
އާއެކެވެ. އަޒޫގެ ފިރިމީހާ ދެއަތްބަށް މީހަކާ އިންނަނީއެވެ. އަދި ވަރަށް އަވަހަށް ރަމީޒްވެސް އަދި އޭނަގެ ކޮއްކޮވެސް އެކަންކުރާނެކަމަށްވެއެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަޑު ކަނޑައިގެން ވެއްޓެން އުޅުނުހެންނެވެ. މަޑުމަޑުން ހުރިތަނަށް ތިރިވިއެވެ. ދުވަހަކު ހުވަފެނުންވެސް ނުފެންނަ ފަދަ ބިރުވެރި ކަމަކާ ދިމާވިފަދައެވެ.
މަޑުމަޑުން އެކޮޓަރިން ނިކުމެ، އަހަރެންގެ އެނދުމައްޗަށް ވެއްޓި ރޯން ފެށީމެވެ. އަހަރެން ކުރިން އަޑުއަހާ ގޮތުގައި މީހުން ދެއަތްބަށް ކައިވެނިކުރަނީ ނުވަތަ އެހެން ކައިވެންޏަކާ ދިމާއަށް ދަނީ އަނބިމީހާގެ ކޮންމެވެސް މައްސަލައެއް ދިމާވެގެންނެވެ. ނުވަތަ ދެމަފިރިންގެ އަރާރުން ބޮޑުވެ، އިތުރަށް އެކުގަ ނޫޅެވޭނެކަން އެނގުމުންނެވެ. އަހަރެންނަށް ފެނިފަހުރީ މީގެ ކުރިން މީހުންނަށް ދިމާވެފައި ހުރިގޮތްތަކާއި ފިލްމާއި ވާހަކައިން އެކަންތައްތައް ސިފަކުރެވި، ކަންތައްތައް ހިނގާފައިވާގޮތެވެ. ދީނީ ގޮތުން އެއީ ކިހިނެތް އޮންނަކަމެއްކަން އެއްގޮތަކަށްވެސް ނޭންގެއެވެ. ހާއްސަކޮށް ކުއްލިއަކަށް މިހެން ދިމާވުމުން ލިބޭނެ ޝޮކަކީ ހަމައެކަނި މިހެން ދިމާވާ އަންހެނަކަށްނޫނީ ތަސައްވަރު ކުރެވޭނެ ކަމެއްނޫނެވެ. އަހަރެންގެ ސްކޫލް ދައުރުގައި އެތައް ރައްޓެހިންނެއްވަނީ، އެމީހުން ރައްޓެހިވެގެން އުޅޭ ކުއްޖާ އެހެންމީހަކާ އެކީ ތަންތަނުންފެނިގެން ނުވަތަ އެހެންވެސް ގުޅުމެއް އުފެދިގެން ބޮޑެތި މައްސަލަތައް އުފެދިފައެވެ. ބައެއްކުދިން މުޅި އުމުރު ދުވަހުގެ ހިތާމައަކަށް ވެގެންވެސް އުޅެއެވެ. އެއީ އަދި އެމީހުން ރައްޓެހިވެގެން އުޅޭ ކުދިންނެވެ. އަހަރެންނަށް ދިމާވެގެން މިއުޅެނީ އަލަތު ފިރިމީހާގެ މައްސަލައެވެ. އަހަރެންގެ ހުރިހާ އުފަލެއް ހަމައެކަނި ދިން މީހާއެވެ. އެހެން ފިރިހެނަކަށް ބައި އަޅާފަ ޖިންސީ އުފާތަކާއި ލޯބި ނުދީ ހަމައެކަނި ފުރަތަމަ ހިއްސާކުރި މީހާއެވެ. އެހެން އަންހެނަކު އަހަރެންގެ ފިރިމީހާ ޝެއަރކުރަން ރުހެވޭނެހެއްޔެވެ.
ރަމީޒު ގެއަށް އައުމުން އެވާހަކަ އެހީމެވެ. އޭނަގެ މޫނުން އެއްވެސް ހާސްކަމެއްވެސް، ދެރަވުމެއް، ހިތާމައެއްވެސް ފާޅެއްނުވެއެވެ. ވަރަށް ހަމަޖެހިލާފައިބުނީ ތިމަންނަ މިއުޅެނީ އިތުރު ކައިވެންޏެއްކުރަންކަމަށެވެ. އަހަރެން ރޮމުން އާދޭސް ކުރީމެވެ. އަހަރެންގެ ހުރީ ކޮން އުނިސިފައެއްތޯ އެހީމެވެ. އަހަރެންނަށް ކުރެވުނީ ކޮން ކުށެއްތޯ އެހީމެވެ. ރަމީޒްގެ ޖަވާބަކީ އަހަރެން ފަދަ އަތްބެއް ނުލިބޭނެކަމަށާއި ދެވަނަ ކައިވެންޏެއްކުރަނީ އަހަރެންނަށް ރަނގަޅަކަށް ކަމަށެވެ. ރަމީޒުގެވެސް ރަނގަޅަކަށެވެ. އެއީ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއް ކަމަށާއި އެކަމާ ގިނަ ސުވާލުނުކުރަންވެސް ބުންޏެވެ. ދީނީ ގޮތުން ކަންތައްތަކާ އިތުރު ސުވާލުކުރަން ޖެހިއްޖެ ނަމަ ކުފުރު ވެދާނެކަމުގެ އިންޒާރުވެސް ދިނެވެ. އެހިސާބުން އަހަންނަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ހިތަށް ކިތަންމެ އަސަރެއްކޮށްފައި ވިޔަސް، ހިތްހަމަ ނުޖެހުނަސް އެކަމާ ދެކޮޅަށް ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ.
ރަމީޒަށް ވުރެ ކުރިން އަނެއް ދެމީހުން ދެއަތްބަށް ކައިވެނި ކުރިއެވެ. އެމީހުންގެ އަނބިންނެއް ގެއަކަށް ނުގެނެއެވެ. އޭގެ ހަފްތާއެއް ފަހުން ރަމީޒްވެސް އިންނަން ތައްޔާރުވިއެވެ. އަހަރެން ކައިރި ވަރަށް ދިގުކޮށް ވާހަކަ ދެއްކިއެވެ. އަހަރެން ހިތްހަމަ ޖެއްސުމުގެ ގޮތުން ދެއްކި ވާހަކަތަކެވެ. އަހަރެންނާއި ރަމީޒް އިންނަން އުޅޭ ކުއްޖާއާއި އެއްވެސް ތަފާތެއް ނުކުރާނެކަމަށް ވައުދުވިއެވެ. ދެމީހުންނަށް އެއްވަރަށް އަޅާލާނެކަމަށާއި ރޭކުރުމާއި އެހެނިހެން ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ކަމާއެކު ކަންތައްތައް ކުރާނެކަމަށް ވައުދުވިއެވެ.
ރަމީޒްގެ ދެވަނަ ކައިވެނި ކުރެވިއްޖެއެވެ. ގޭތެރޭގަ އަހަރުމެން ތިން އަންހެނުން ބަސް ހުއްޓި، ހަރަކާތް ހުއްޓިއްޖެއެވެ. އެ އެންމެންގެ އަނބިވެސް އުޅެނީ އެމީހުންގެ ގޭގޭގައިވިޔަސް ހަފްތާގެ ކޮންމެވެސް އެއް ދުވަހެއްގައި އަބަދުވެސް އެންމެން އެއްކޮށް ކައިބޮއި ހަދަމެވެ. އެހެންކަމުން އެފަދަ ދުވަސްތަކުގައި ވަކިންބޮޑަށް އަހަރުމެންގެ ނިކަމެތިކަން އިހްސާސްވަމުން ދިޔައެވެ.
ރަމީޒްގެ ބިޒީ ދިރިއުޅުމުގައި އިތުރު ބުރަކަމެއް ކުރިމަތި ވުމުން އަހަރެންނާއި ދަރިފުޅަށް ވަގުތެއް ނުދެވެއެވެ. ވަކި ތާވަލެއްގެ ދަށުން ރޭކުރުމުގެ ކަންތައް ދިޔަޔަސް އެހެން ކަންކަމުގައި އަހަރެންނާ ދޭތެރޭ އަޅާލުން ކުޑަވާންފެށިއެވެ. އެކަންތައްތަކުގައި އެބުނާ ތާވަލެއް ނެތެވެ. އެކަނިމާއެކަނި ހުސް އެނދެއްގައި ނިދާ ހޭލާއިރު، އަނެއްކޮޅުން އިރުއޮއްސޭއިރުވެސް ފިރިމީހާ ލޮލަކަށް ނުފެނެއެވެ. މިހުރިހާ ކަންކަމަކީ އަހަންނަށް އެއްގޮތަކަށްވެސް ތަހައްމަލު ކުރެވޭނެ ކަންތައްތަކެއްނޫނެވެ.
އޭގެ އިތުރުން އަހަރެންގެ ހިތްހަމަ ނުޖެހުމުގެ މައްޗަށް އިތުރު ބޮޅެއް އިތުރުވީ ރަމީޒްއާ އެކީގައި އޭނަގެ ހަގު އަނބިވެސް ގެއަށް އަންނަން ފެށުމުންނެވެ. ފުރަތަމަ ދުވަސްކޮޅުގައި އޭނަ އިންނަނީ ސިޓިންގރޫމް ގައެވެ. ރަމީޒް މަސައްކަތު ނިމިގެން ފެންވަރާ ރީތިވެލުމަށް ގެއަށް އަންނަ ވަގުތުކޮޅެވެ. އެވަގުތުގެ ބޭނުން އަހަރެން ކިތަންމެ ރަނގަޅަށްވެސް ހިފަމެވެ. އަހަރެންނަކީ ތާވަލު ހަދައިގެން ޖިންސީ އެދުން ފުއްދުމަށް ތައްޔާރުވެފަ ހުރި އަންހެނެއްނޫނެވެ. އަހަރުމެންނަށް ވަކި ތާވަލެއްގެ ދަށުން މައްސަރު ކަންތަކާ ލައިގަތުމަށް ފަހު ދެން އޮންނަނީ ހަށި ހުއްދަ ދުވަސްތަކެވެ. އެތަނުން އެންމެ ދުވަހެއްވެސް ގެއްލުވާލާކަށް އަހަރެން ބޭނުމެއްނޫނެވެ. ހާއްސަކޮށް މިހާރުގެ ހާލަތުގެ ގޮތުން އަހަރެންނަށް ޓޭބަލު ކުރެވިގެން ފިރިމީހާ އަންނާނެ ރެއަކަށް އިންތިޒާރުކުރަމުންދާ އިރުއެވެ. މިކަމަށްވެސް ހުރަހަކަށްވީ ރަމީޒްގެ ހަގު އަނބިމީހާއެވެ. އޭނަ މިހާރަކަށް އައިސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރަމީޒްއާއި އެކީ ފެންވަރަން ފާހާނާއަށް ވަދެއެވެ. އަހަރެންނަށް ޖެހެނީ ބޭރަށް ނުކުންނާށެވެ. ބޭރު ހިރުނދު ގަސްދޮށު ޖޯލީގައި މަޑުކުރާށެވެ.
އަހަރެން އެންމެ ފަހުން އަޒޫއާ ވާހަކަ ދެއްކީމެވެ. ދެމީހުންގެ ހިތާމަ ހިއްސާ ކުރާކަށްނޫނެވެ. ދިރިއުޅުމުގައި، ފިރިމީހާއަށް މިވަރަށް ޑިޕެންޑުވުމުގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތެއް ހޯދުމަށެވެ. މުޅި ރޭގަނޑާއި ދުވާލު ފިރިމީހާއަށް ކުރަން ޖެހޭ އިންތިޒާރުތައް ދިގުކަމުންނެވެ. ފޫހިފިލުވާލަން ބޭރަށް ނުނިކުމެވޭއިރު، ގޭގައި ކުރިން ގެންގުޅުނު ޓީވީވެސް ހުރީ ތަޅާލާފައެވެ. އެހެންކަމުން އަހަރުމެން މިނޫން ގޮތެއް ހޯދަން ޖެހެއެވެ. އަހަރެންނާއި އަޒޫއާ ހިލާފަށް ރަމީޒް ކޮއްކޮގެ އަނބިމީހާ އަމާނީ މިއިން އެއްވެސް ކަމަކާ ދެރަވެގެން އުޅޭ ތަނެއް ނުފެނެއެވެ. އޭނަ އަބަދުވެސް ހުންނަނީ ވަރަށް ހަމަޖެހިލާފައެވެ. އަހަރުމެންނަށް ވިސްނުނީ އަމާނީގެ އެ ހިތްހަމަ ޖެހުމުގެ ފަހަތުގައި ހުރީ ކޮންކަމެއްތޯ ބެލުމެވެ.
(ނުނިމޭ)
Posted on 2010-04-12 11:41:43 |
Report this Comment
Posted on 2010-04-12 13:14:02 |
Report this Comment
Posted on 2010-04-12 15:02:32 |
Report this Comment
Posted on 2010-04-14 09:11:08 |
Report this Comment
Posted on 2010-04-18 15:49:18 |
Report this Comment
Posted on 2010-04-19 07:35:16 |
Report this Comment
Posted on 2010-04-19 07:57:49 |
Report this Comment
Posted on 2010-04-21 10:46:34 |
Report this Comment
Posted on 2010-04-23 20:19:27 |
Report this Comment
Posted on 2010-04-25 13:35:45 |
Report this Comment
Posted on 2010-04-28 11:22:33 |
Report this Comment
Posted on 2010-05-04 16:25:05 |
Report this Comment
Posted on 2010-05-04 21:42:16 |
Report this Comment
Posted on 2010-05-25 10:34:51 |
Report this Comment
Posted on 2010-09-15 21:19:28 |
Report this Comment
Posted on 2010-09-19 22:37:00 |
Report this Comment
Posted on 2010-09-23 11:59:46 |
Report this Comment
Posted on 2011-09-16 02:51:03 |
Report this Comment