އަބްދުﷲ ޝަފީގު އަލީ
ތަފާތު ލިއުންތެރިކަމަށް
  • ޝާއިޢުކުރި ތާރީޚް: 08 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1232

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރަހަތަފާތު (3)

އަހަރެން ވިހެއުމުގެ ދުވަސް ކައިރިވަމުންދަނީއެވެ. ކުރިއަށް ވުރެ ހިނގާބިނގާވެ އުޅެން އުނދަގޫވިއެވެ. މިދުސްވަރު އަހަންނަށް އެންމެ ފާހަގަ ކުރެވުނީ ރަމީޒްގެ އުޅުމަށް އަންނަމުންދާ ބޮޑު ބަދަލުންނެވެ. ކުރިން ލަމުން ދިޔަ ޓީޝާޓާއި ޖިންސުގެ ބަދަލުގައި ފަޓްލޫނާއި ދިގު ސޯޓު ބުރިއަށް ބަދަލުކުރިއެވެ. މަތިމަސް ކުރުކޮށްލުމަށް ފަހު ތުނބުޅި ދިގުވާން ދޫކޮށްލިއެވެ. ކުރުތާ އާއި އަތްދިގު ގަމީސްތައް ލާން ފެށިއެވެ. މީ ހަމަ އެކަނި ރަމީޒްއަށް އެކަނި އައި ބަދަލެއްނޫނެވެ. އެ އާއިލާގެ އަނެއް ދެ ފިރިހެނުންނާ އެ މީހުންގެ ރައްޓެހިންނަށް ވެސް އެބަދަލު އައެވެ. ކުރީގައިވެސް ރަމީޒަކީ ގޯސް މީހެއްނޫނެވެ. އެއުމުރުގެ ޒުވާނަކާ ބަލާފަ ރަނގަޅު އުޅުމެއް ހުރި މީހެކެވެ. މިހާރުގެ މި އައި ބަދަލުން އަހަރެން އެންމެ އުފާވީ ނަމާދު ކުރުންވެސް ގިނަވީމައެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އޭރު ނުވިސްނުނު ކަމަކީ އެއްކޮށް އަންނަމުން އެދަނީ ކޮން ބަދަލެއްކަމެވެ. ފަހުން އެނގުނު ގޮތުގައި އެއީ ސުންނަތަށް ތަބާވާ ބައެކޭ މީހަކު ބުނާތީ އެހީމެވެ. އަހަރެން މިކަމާ ސުވާލުކުރުމުން ފުރަތަމަވެސް ބުނީ ބުރުގާ އެޅުމަށެވެ. އަދި ދޫ ހެދުން ލުމަށްވެސް ބުންޏެވެ. އަހަރެންގެ ފިރިމީހާއަށް ކިޔަމަންތެރި ވުމުގެ ގޮތުން އެކަންތައްވެސް ކުރީމެވެ. އަހަރެންނާ ހަމަ އެއްދުވަސްވަރެއްގައި އަނެއް ދެ އަންހެނުންވެސް ބުރުގާ އެޅިއެވެ.


އަހަރެންގެ އަލަތު ދަރިފުޅު ދުނިޔެއަށް ނޭވާލީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ހަމަ ސީދާ އަހަރެންގެ ފޮޓޯކޮޕީއެކެވެ. އެހާވެސް ދޮނެވެ. ހަމައެކަނި ތަފާތަކީ އިސްތަށިކޮޅެވެ. ރަމީޒްގެ ހުންނަ ކަހަލަ ބުޅި އިސްތަށިކޮޅެވެ. އެދުވަހު ފުރަތަމަ ފަހަރަށް މައިދައިތަ ލޯބިން ވާހަކަ ދެއްކިއެވެ. ދަރިފުޅުގެ ކަންތަކުގައި އެންމެ އަވަދިނެތި އުޅުނު އެކަކަކީ މައިދައިތައެވެ. އަހަރެންގެ މަންމައަށް ވެސް އެ އުފާވެރި ހަބަރު ދިނީމެވެ. ދަރިފުޅަށް ކިޔާނެ ނަމެއްވެސް ދިނީ މަންމައެވެ. މަންމަ އެންމެ ހިތްހަމަ ނުޖެހުނީ އަހަރެން ވިހެއުމަށް މާލެ އަށް ނުދިއުމުންނެވެ. ސިއްހީ މަރުކަޒެއްގައި ވިހާއިރު އެތަނުން ފަރުވާތެރި ނުވެދާނެތީ މަންމަ ހުރީ ކަންތައް ބޮޑުވެފައެވެ. ނަމަވެސް މިއީ ރަމީޒްގެ ނިންމުމެވެ. މިތަނަށްވެސް އަންނަން ޖެހުނީ އަންހެން ޑޮކްޓަރެއް ހުރީމައެވެ. އެހެންނޫންނަމަ އަހަރެން ވިއްސާނީ ގޭގައި ފޫޅުމައެއްގެ ބެލުމުގެ ދަށުން ކަމަށް ރަމީޒް ވަނީ ކުރިންވެސް ބުނެފައެވެ.

ދަރިފުޅު ބޮޑުވަމުން އައީ އަހަރުމެން ދެމީހުންގެ ވެސް ފުރިހަމަ ލޯތްބާއި އަޅާލުމާ އެކީގައެވެ. އަހަރެން ވަރަށް ބޮޑަށް ދަރިފުޅުގެ ކަންތަކުގައި އުޅެމެވެ. އަހަރެންގެ ހުރިހާވެސް މީހަކީ އެއީއެވެ.

އަހަރެންގެ ދިރިއުޅުމަށްވެސް ބޮޑު ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ. ހަމައެކަނި އަހަރެންނެއްނޫނެވެ. އަހަރުމެންނެވެ. ތިން މީހުންނަށްވެސް މޫނު ބުރުގާ އާއި ގަޔަށް ދޫ ކަޅު ހެދުންލާން މަޖުބޫރިކޮށްފިއެވެ. އެންމެ އާދައިގެ ފޮތިން ހެދުން ފަހަން ޖެހުނެވެ. ތެދަށް ބުނާނަމަ އަހަރެން ހުރީ މިއިން އެއްވެސް ކަމަކަށް ތައްޔާރުވެގެންނޫނެވެ. އެއަށްވުރެ ބޮޑު ހަގީގަތަކީ އެވަރުގެ އީމާންތެރިކަމެއް އަހަންނަށް ލިބިފައިނެތުމެވެ. ކުއްލިއަކަށް، ވާނުވާ ނޭންގި މިހުރިހާކަމެއް ކުރަން ޖެހުމެވެ. ކަމުގެ އެކޮޅު މިކޮޅު ބުނެ ނުދިނުމެވެ. އަހަރެން މޫނު ބުރުގާ އެޅީމެވެ. އަދި ގަޔަށް ދޫ ކަޅު ހެދުންވެސް ލާން ފެށީމެވެ. އަހަރެންގެ މުޅި ހަށިގަނޑު ހުރިހާ ލޯތަކަށް ފޮރުވީމެވެ. ރަމީޒް ވަރަށް އުފާވިއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކަށް އަހަރެން ފަރުދާ ކުރެވުނީމައެވެ. އަހަރެންގެ ކިޔަމަންތެރިކަމުންނެވެ. ރަމީޒްއަށް ނޭންގެނީއެވެ. އަހަރެންގެ ހިތް އެވަރަށް ބަންދުނުވާ ކަމެވެ.

އަހަރުމެން ދިރިއުޅެމުން ދިޔައީ ފިރިން ބުނިގޮތެއް ހަދައިގެންނެވެ. ފިރިމިހާއަށް ކިޔަމަންވުމުގައި އަހަރުމެންނަކީ ނަމޫނާ ބަޔެކޭ ބުނެވިދާނެއެވެ. ދީނީގޮތުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަ އެކަކު އަނެކަކާ މަޝްވަރާކޮށެއް ނުހަދަމެވެ. އަހަރެން ހީކުރީ އެމީހުންނަކީ އަހަންނަށްވުރެ އީމާންތެރިކަން ވަރުގަދަ ބަޔަކަށްވީތީ، އަހަރެން މިފަދަ ވާހަކައެއް ދެއްކުމުން ދެކޭނެ ގޮތެވެ. ނަމަވެސް އަހަރުމެން ތިންމީހުންގެ ޝުއޫރުތައް ބަންޑުންވެ، ކެތްތެރިކަން ކޮޅުންލާން މެދުވެރިވީ އާދައިގެ ސަބަބެއް މެދުވެރިވެގެންނޫނެވެ. އެއީ ކޮންމެ އަންހެނަކަށްވެސް ކެތްކުރަން ދަތި ވޭނަކަށް ވެދާނެއެވެ. ހަމަޔަގީނުންވެސް އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ކެތްކުރަންދަތި ވޭނެއެވެ.

އަހަރެންނަށް އެ ބިރުވެރި ހަބަރު ލިބުނީ އެންމެ ދޮށީ ފިރިހެންމީހާގެ އަނބިމީހާ، އަޒޫގެ ފަރާތުންނެވެ. އޭނަ މުޅި ދުވަހު ކޮޓަރިން ނުނިކުމެ އުޅުމުން އަހަރެން ހީކުރީ ބަލިވީ ކަމަށެވެ. އެހެންނޫނަސް މިހާރަކަށް އައިސް ކެއުމުގެ ވަގުތުތަކުގައި ނޫނީ އަހަރުމެން ބޭރަށްވެސް ނުނިކުންނަމެވެ. ދެދުވަސްވަންދެން އަޒޫ ބޭރަށް ނުނިކުތުމުން އަހަރެން ނިންމީ އެކޮޓަރިއަށް ވަދެ ހާލު ބަލާލުމަށެވެ. އަޒޫ ފެނުމުން އަހަރެންވެސް ދެރަވިއެވެ. އޭނަގެ ދެލޯ ހުރީ ރަތްވެފައެވެ. ވަރަށް ބޮޑު ހިތާމައެއްކުރާކަން ފުރަތަމަ ބަލާލުމުންވެސް އެނގިއްޖެއެވެ. އަހަރެން ވަނުމުން ދުވެފައި އައިސް ކޮނޑުގަ ބޯއަޅައިގެން އޮވެ، ގިސްލަގިސްލާފައި ރޯން ފެށިއެވެ. އަހަންނަށްވެސް ރޮވުނެވެ. އަހަރެމެން އެންމެންނަކީ ދައްތައިން ކަމަށް ދެކިގެން އެކަކު އަނެކަކު ގެ ހިތާމައިގައި ބައިވެރިވެގެން އުޅޭ ބަޔެކެވެ. އަޒޫގެ ހިތާމައިގަ ބައިވެރިވެ އޭނަގެ ހާލު ކިޔާދިނުމަށް އާދެސް ކުރީމެވެ. އޭނަގެ ޖަވާބަކީ މިހިތާމަ އުފުލަން ޖެހެނީ ހަމައެކަނި އަޒޫއެއްނޫން ކަމަށާއި އަހަރުމެން ތިން މީހުންވެސް އެއް ހާލަތަކަށް އަންނަނީކަމުގައެވެ.

(ނުނިމޭ)

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-08 19:30:20 | Report this Comment
އަބްދުﷲ ޝަފީގު އަލީ:

ވާހަކަ ކުރުކޮށް ލިއެވެނީ ވަރަށް ބިޒީކޮށް އުޅޭތީ، މިހާރު އަޕްޑޭޓްވުން ވަރަށް އަވަސް ދޯ... ކިއުންތެރިން ތިދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
shan dotay: v.salhi
ސާނާ: ވަރަށް ސަޅި

Posted on 2010-04-09 00:44:22 | Report this Comment
ނިއު:

ސަޅި. ވަރަށް

Posted on 2010-04-09 00:47:14 | Report this Comment
އައިޝް:

ވަރަށް ސަޅި. ޝުކުރިއްޔާ...

Posted on 2010-04-09 01:10:11 | Report this Comment
މާރިޔާ:

ވަރަށް އިންޓްރެސްޓިންގ..އާދެ.. މިވާހަކަ އަޕްޑޭޓްވާލެއް އަވަސް...ކުރިއަށް އޮތްތާގައި ވެސް އެހާ އަވަހަށް އަޕްޑޭޓްވާނެ ކަމަށް އުންމީދުކުރަން

Posted on 2010-04-09 09:56:23 | Report this Comment
އިބުރާހިމް ފުޅުބެ:

މިވާހަކައިގައި، އިބުރާހިމް ފުޅުބެއަށް ވިސްނެނީ އެހެންއެއްޗެއް، ، މޫނު ބުރުގާ އަޅައި ވަކިބަޔަކު، އުޅޭ ދިރިއުޅުމެއް، މޫނު ބުރުގާ އަޅާމީހުންނާމެދު ދެން މިމުޖުތަމަޢުގައި އުޅޭ ދެންތިބި މީހުންގެ ކުރިމަތީގައި، ފަލީހަތްކުރުންހެން ބޮޑަށް ހީވަނީ އަޅެ އިބުރާހިމް ފުޅުބެއަށް، އަބުދުﷲ ޝަފީޤު ޖަވާބު ދީބާ، މިވާހަކައިގެ ބޭނުމަކީ ކޮބާ
އަބްދުﷲ ޝަފީގު އަލީ: މިއީވެސް މުޖުތަމައުގައި ހިނގާ ކަންތައްތަކެވެ. އިބްރާހިމްފުޅުބެ މި ވާހަކަ ނިމެންދެން ކިޔައިފިނަމަ އިބުރަތެއް ލިބިދާނެއެވެ. ކުރުކޮށް ބުނާނަމަ މި ވާހަކައިން ލިބޭނެ އެއް އިބުރަތަކީ ފުރަތަމަވެސް ތިމާ ދީނީ ގޮތުން ހޭލުންތެރިވާށެވެ. އޭގެފަހުގައި އީމާންތެރިކަމެވެ. ބޭރުފުށުން ދަޅަދައްކައިގެން ހެއްދެވިހާ ފާފައެއް ކުރުމަކީ އެފަދަ ރީތި އުޅުމެއް އުޅޭ، މޫނުބުރުގާ އެޅި ސޯލިހު އެހެން އަންހެން ކަނބަލުންނަށްވެސް ހުތުރަކަށްވާނެކަން މި ވާހަކައިން އެނގިގެންދާނެއެވެ. އީމާންތެރިކަމާއި ތަންދޮރު ނޭންގުމުގެ އިންފާރު މި ވާހަކައިން ފެނިގެންދާނެއެވެ. މިފަދަ ވާހަކަތައް ނުދައްކާ ތިބުމުގެ ބޭނުމެއްނެތެވެ. މީގެކުރިންވެސް މުޖުތަމައުގެ ކަންތައްތައް ފޮރުވައިގެން އުޅެގެން ކަންތައްތައް މިވަނީ ހައްދުފަހަނަ އަޅާފައެވެ. މިވަރުން އިބްރާހިމްފުޅުބެއަށް ވިސްނޭނެކަމަށް ހީކުރަމެވެ. ޝުކުރިއްޔާ
ތާޢީދު: އަޅުގަނޑު މިވާހަކަ މިހިސާބަށް ކީއިރު ވިސްނުނީވެސް ހަމަ ތިފަދައިން ، ސަބަބަކީ ފިރިމީހާ ރަނގަޅުވެފައި އަންހެނުންނަކަށް (ވާހަކައިގަ ވާގޮތުންނަމަ) ނެތް ބުނެދީފައެއް ދީނަށް އުޅޭނީ ކިހިނެއްކަމެއް، ތިމާމިކުރަނީ ކީއްކަމެއް، ކީއްކުރަން ކުރާކަމެއް ކަމެއް . އެއީ ވަރަށް ބޮޑުގޯހެއް ހަޤީޤަތުގައި، ފުރަތަމަ ޖެހޭނީ އަންގަދޭން، އެބައިމީހުންނަށް ނަސޭހަތްދޭން.....ނިކަންބަލާ މިއަދު ޔޫރަޕަށް، އެތާގައި އިސްލާމްވާމީހުންގެތެރެއިން ގިނައީ އަންހެނުން...އަދި އިސްލާމްވުމަށްފަހު ހިތުންރުހުމުން އިސްލާމްދީނުގެ ހުރިހާ ހުކުމްތަކެއް އެބައިމީހުންގެ ހަޔާތުންފެނޭ! އެކީއްވެތޯ.؟ އެއީ އެބައިމީހުން ފުރަތަމަ އިސްލާމްވަނީ ރަނގަޅަށް އިސްލާމްދީން އުގެނުމަށްފަހު...ހަމަމީހަކު ބުނީތީ ކަމެއްކުރާ އުސޫލުންނެއް ނޫން (އެއްވެސް އިޚްލާޞްތެރިކަމެއްނެތިއެއްނޫން) އިސްލާމްދީނުގައި ތިމާކުރާ އަޅުކަން (މުސްލިމުންގެ މުޅި ދިރިއުޅުން) ﷲގެ ހަޟްރަތުގައި ޤަބޫލުވުމާއި ނުވުން ބިނާވެގެންވަނީ އެމީހާގެ އިޚްލާޞްތެރިކަމުގެ މައްޗަށް. | ﷲއަށް ޙަމްދުކުރަން އަހަރެންނަށްވެސް ކައިވެނިކުރިފަހުން އިސްލާމްދީނުގެ ފުރިހަމަތެދުމަގު ފެނުނީ....އަހަރެން އަހަރެންގެ އަނބިމީހާޔަށްވެސް ދިނީ ދަޢުވަތު...ސީޑީތަށް ދިނިން ދަރުސްތަކަށް ގެންދިޔައިން، އޭނަ އަމިއްލަޔަށް އިސްލާމްދީނުގައި ކަންތައްތައް އޮންނަގޮތް އޮޅުންފިލުވަން ވަގުތުވެސް ދިނިން...ފުރަތަމަ ކަމަކަށް ނަމާދަށް އަމުރުކުރީ.... މިއަދު ﷲގެ ރަޙްމަތުން އަހަރެންގެ އަންހެނުން ނަކީވެސް ހަމަ މޫނުބުރުގާވެސް އަޅާ އަންހެނެއް...ނަމާދުތައްވެސް ބަރާބަރަށް ކުރޭ ....

Posted on 2010-04-09 23:51:58 | Report this Comment
މުޞްލިޙު މުޙައްމަދު އިސްމާޢީލް:

ނަމަވެސް ނަންގަންނަންތޯއެވެ.. ފިރިހެނުންނަށް އެމީހުންނަށް އަނބީންގެ މެދުގައި އިންޞާފު ޤާޢިމުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްނަމަ ދީނުގެ ފަރާތުން އޭނާއަށް އިޚްތިޔާރު ލިބިގެންވާ ކަމެއް އެއީ އެތް އަންބަތް ވުރެ ގިނަ އަނބީންނާއި އިނުން. އެއީ ގިނަވެގެން އެއްފަހަރާ 4 އަނބިންގެ މިންވަރަށް. އަދި މިގޮތް އިޚްތިޔާރު ކުރުމުގައި ފިރިމީހާ އަނބިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭ.. އަދި އެކަމަށް ހުރަސް އެޅުމަކީ ޢިޖްތިމާޢީ ގޮތުން ވަރަށް ގިނަ ގުނަ މައްސަލަތަކެއް ކުރިމަތިވާނޭ ކަމެއް. އެކަން އަޅުގަނޑުމެންނަށް އިޙްޞާސްވަނީ އެކަންތައްތައް ދިމާވުމުން.. އަޅުގަނޑު މިވާހަކަ ނަންގަންނަން ޤަޞްދުކުރީ މިވާހަކައިގެ މިޞްރާބުވަމުންދާ ގޮތުން އެތިން ފިރހެނުންވެސް އިތުރު އަނބީންތަކެއް އެމީހުންގެ ޙަޔާތަށް އަންނަ އުޅޭކަހަލަ ސިގްނަލެއް އެބަލިބޭ... އަދި އެކަމާއި އެމީހުންގެ މިހާރުގެ އަނބީންގެ މިވަޤުތަށް އެކަން ދިމާވާން އޮތް އަނބިމީހާގެ ދެރަވެ ރުއިމަކީ އެކަމަށް އޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ފާޅުކުރުމުގެ ކޮޅުމަތި.. ތެދުތެދަށް ދަންނަވަންޏާ ވާހަކައިގެ ކުރިއަށް އޮތްބައިގައި ވަރަށް ސާފުކޮށް މިކަން ލިޔެވިފައި އޮންނާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ. ވީމާ އަޅުގަނޑު އެދެނީ މިގޮތަށް ވާހަކައިގެ ސިފައިގައި ލިޔުއްވި ނަމަވެސް އިސްމާލްދީނުގެ މިފަދަ މުހިންމު މައްސަލަތަކުގެ ޢާންމު ޙުކުން ކިޔުންތެރީންނަށް އޮޅުން އަރާގޮތަށް ވާހަކައިގެ ރާގު ބައްޓަން ނުކުރެއްވުމަށެވެ.
މަލަކާ: ހުއްދަ ހޯދާކަށް ނުޖެހެޔޭ؟؟؟ ކީކޭކިތަށްއަރައިގެން މިމީހުން އުޅެނީ..

Posted on 2010-04-10 12:14:18 | Report this Comment
ސޮފް:

އިބްރަތް ތެރި ވާހަކަ އަކަށް ވާނެ ކަމަށް އުއްމީދުކުރަން...

Posted on 2010-04-11 00:06:03 | Report this Comment
މަރީ:

ދެން 4 ކޮންއިރަކުތަ ނިކުންނާނީ؟

Posted on 2010-04-11 10:53:37 | Report this Comment
މައިދައިތަ:

ނީޑް މޯ

Posted on 2010-04-12 15:14:47 | Report this Comment
ޙައްޤު:

މަލަކާ އަށް: ޢާނ.. 2 ވަނަ، 3 ވަނަ އަދި 4 ވަނަ އަނބިމީހާ ޚިޔާރުކުރުމަކަށް ފިރިމީހާއަށް އަންހެނާގެ ހުއްދަ ހޯދާކަށް ނުޖެހޭ.. އެކަމަކު މީގެ މާނައެއް ނުން އަންހެނާއަށް ބުނެދޭން ނުޖެހޭނެޔޭ.. ފުރިހަމަ އަށް އިންޞާފު ހޯދައިނުދޭ އެފަދަ ފިރިއެއްގެ ފުށުން އެއަންހެނާއަށް ލިބިދޭންޖެހޭ ޙައްޤުތައް ހޯދުމުގެ މަގު އިސްލާމް ދީނުގައި ފަހިވެފައިވޭ...އެއީ އަންހެނުންގެ ޙައްޤަށް އުނިކަން ލިބޭކަމެއް ނޫން.. ކިތަންމެ ރުހުނަސް ނުރުހުނަސް ޙައްޤު ގޮތުގައި 2 ނުވަތަ 3 ނުވަތަ 4 އަނބީން ގެންގުޅޭ ފިރިމީހާއަށް އިސްލާމްދީނުގައި އިޚްތިޔާރު ލިބިދީފައިވާ ކަމެއް އެއީ.

Posted on 2010-04-14 08:28:40 | Report this Comment
ކޮބާ:

5ކޮބާހޭ

Posted on 2010-05-02 22:16:45 | Report this Comment
އިންތިޒާރު:

5 ކޮބާ؟ހާދަ ލަހޭދޯ؟

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.