Muraasil

ހޯދާ

ބެހިގެންދިޔަ ދިވެއްސެއް އިންޑޮނޭޝިޔާގެ ޖަންގަލީގައި ރާމާ މަކުނަކާ ކައިވެނިކުރި ހާދިސާ

އަހަރެންނަކީ އުމުރުން އެންމެ ސަތާރަ އަހަރުގައި މާލެއައިސް މިހާރު މާލޭގައި ދިރިއުޅެމުން އަންނަ ، ވ.އަތޮޅު ފުލިދޫއަށް އުފަން މީހެކެވެ. ދުވަސްވަރަކީ ނަވާރަސަތޭކަ ފަންސާހުގެ މެދުތެރޭގެ ދުވަސްވަރެވެ. އަހަރެންވެސް ބައްޕަޔާއެކު ފުރަތަމަ އަލަށް މާލެއައި ދަތުރެވެ. މާލެއައިސް ހުންނަނީ އޮޑީގައެވެ. ސަބަބަކީ ދާނެތަނެއް އަދި ރައްޓެއްސެއްވެސް ބައްޕަގެވެސް އަދި އަހަރެންގެވެސް މާލޭގައި ނުއުޅޭތީއެވެ. އޭރުވެސް މާލޭގެ ފަޅުގައި ދޯނިތައް އަޅާފައި ހުންނަނީ އެއްދޯނި އަނެއްދޯންޏާއި ވަރަށް ގާތުގައެވެ. އެކަމަކު ދެދޯނި ފިތި ބާރުވާވަރަކަށް އެހާގާތަކުނޫނެވެ.


އެއްދުވަހަކު ދޯނީގައި އިންދާ އަހަރެމެންދޯންޏާއި ޖެހިގެން އޮތް ބ.މާޅޮސް ދޯނި މީހުން އޮޑިއަށް މުދަލާއި ކާޑުބަރުކުރަން ފަށައިފިއެވެ. އެއީ ހެނދުނުގެ ވަގުތެވެ. އަހަރެންނާއި ވަރަށް ގާތުން އެދޯނީގެ މީހަކު ހަނޑޫބަސްތާއެއް ކޮންޑަށް ލައިގެން އައިސް ދޯނީގައި ބެހެއްޓުމަށް އެނބުރިލިވަގުތެވެ. ކުއްލިއަކަށް އަހަންނަށްފެނުނީ އެމީހާގެ ބުރަކަށީގައިވާ ކަޅުލަކުނުތަކަކާއި އެއްކޮށް ކަޅުކުލައަށް ބަދަލުނުވެހުރި ހުދު ލަކުނުތަކެވެ.

އޭނާއަކީވެސް އެހާ ކުލައަލި މީހެއްނޫނެވެ. ހީވާގޮތުން އުމުރުންވާނީ ސާޅީހަކަށް އަހަރެވެ. ހުރީހުސްގަޔާއެވެ. އެއީ އެޒަމާނުގައި ގިނަ ދިވެހިން އަބަދުމެ އުޅެނީ ހުސްގަޔާ ކަމަށްވުމާއި އަދި މަސައްކަތްކުރަން ލާނެ ވަކިހެދުމެއް ނޯންނާތީއެވެ. އޭނަގެ ބުރަކަށި ފެނުމުން އާދަޔާ ހިލާފު އިހްސާސްތަކެއް އަހަރެންގެ ސިނކުޑީގައި ހިގަންފަށައިފިއެވެ. ސަބަބީ އެބޭބެގެ ބުރަކަށިން ފެންނަންހުރި ލަކުނުތަކުގެ ގޮތުންނެވެ. އަހަރެން އިންތިޒާރުކުރަމުން އައީ އެބޭބެ މަސައްކަތް ހުއްޓާލާނެ ވަގުތަކަށެވެ. ސަބަބަކީ އެކަމާއި ސުވާލުކުރުމަށެވެ. މިއިންތިޒާރުގައި ގަޑިއެއްހާއިރު ވީފަހުން އެދޯނީގެ މީހުން އަވިބާރުވުމުންނާއިއެކު މަސައްކަތް ހުއްޓާލައިފިއެވެ. އެވަގުތު އަހަރެން އެއޮޑި އާ ކައިރިވެލާ " އޭ ބޭބޭ ބުރަކަށީގައި ތިވާ އާދަޔާ ހިލާފު ލަކުނުތަކުގެ ސިއްރަކީ ކޮބާހޭ ކިހިނެއްލާފައިވާ ލަކުނުތަކެއްހޭ " އަހާލީމެވެ. އެވަގުތު އެބޭބެ ތައްޓުމަތީހުރި ރުބައިން ފެންތައްޓެއް ނަގާ ކޯވަރެއް ދިރުވާލަމުން ބުނެލިއެވެ. " އަސްތާ ކޮއްކޯއޭ އެއީ ބޭބެގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ބިޔުވެރި އެހާމެ ދެރަވެ އެހާމެ ވޭން ވެސް ލިބުނުކަންތައް" މިހެންބުނެ އަހަރެމެން ދޯންޏަށްއަރާ ފައްގަނޑުމަތީ އިށީންދެ، ވާހަކަ ކުރިއަށް ގެންދަންފެށިއެވެ.

" އެއީ ބޮޑު މިނިކާސިންގާއެއްގެ ކުރީ ދެމޮއްގަނޑު އަޅުވާލި ތަނެވެ. ތިޔަ ކުދިންނަށް ބޭބެ ފެންނަން މިހިރީ ހަމަ ކިރިޔާއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ތޭވީސްއަހަރެވެ. އަހަރެންގެ ނަމަކީ ހުސޭނެވެ. އަދި ރަށުމީހުން ކިޔާގޮތުން ނަމަ ހުސޭނުބެއެވެ. އަހަރެންނާއި އަހަރެމެންގޭ ކައިރީއުޅޭ މޫސަބެޔާ ދެމީހުން އެއްދުވަހަކު ހެނދުނު ނުވަރިޔަނުގެ ވަދު ދޯންޏެއްގައި އަހަރެމެންގެ ރަށާ ވަރަށް ގާތުގައި އޮންނަ ބ.ކިހާދުއްފަރޭ ހަނދާންވަނީ އެރަށަށް ކާށި އެޅުމަށް ގޮސް ދުއިސައްތަވަރަކަށް ކާއްޓާއި ފަންސާހަކަށް ގަބުޅި އަޅައިގެން ރަށަށް އަންނަން ފުރިތަނާ ހުޅަނގުދެކުނުން އައި ބާރުގަދަ ކޮޅިގަނޑެއްގައި ދޯނި ބަންޑުން ޖަހާލީއެވެ. އަދި ވިލާގަނޑު ދިއުމުން ދޯނި ތެދުކޮށް ދިޔަހިއްކާ މަސައްކަތް ނިމުނުއިރު އެއްވެސް ތަނެއް ނުފެނެއެވެ. ތިބީވަރަށް ވަރުބަލިވެފައި އަދި އަނދިރިވެ ދުނިޔެމަތި އޮތީ ކަޅުވެފައެވެ. ދެން އަހަރެން މޫސަބޭކައިރީ ބުނެފީމެވެ. މޫސަބޭ ފަލިޖަހަންވީނޫންހެއްޔެވެ. އެހެންބުނުމުން މޫސަބޭބުނީ ތަނެއްދޮރެއް ނޭންގޭއިރު ފަލިޖެހުމުގެ ބޭނުމެއްނެތޭއެވެ. ރީތިކޮށް އިންނާށޭ އިރުއެރުމުން ނޫނީ ކުރެވޭނެކަމެއް ނެތޭއެވެ. އެއީ ވަރަށް ފިނި އެކަމަކު ކަނޑުވަރަށްމަޑު ރެއެކެވެ. ނަސީބު ރަނގަޅުކަމުން ކާށިތައްކުރީ ވަތުގައި ތާށިވެފައެވެ. އޮޔާދިޔައީ ވަރަށް މަދު ކާށިކޮޅެކެވެ. އަދި ބޯފެންހަންވެސް ހުރީ އައްސާފައިކަމުން ފެންހަންވެސް އެހުރިގޮތަށް ހުއްޓެވެ. އަދި ދުފާފޮށްޓަށް ލޮނުއެޅިފައި ހުއްޓަސް އެފޮށިވެސް ހުއްޓެވެ. ވަކިވަގުތެއްނޭނގެއެވެ. ނިދިފައި ހޭލުވުނުއިރު އަލިވެ ފަތިސްވެއްޖެއެވެ. ވައިވަރަށް ބާރަށް ހުޅަނގުންޖެހެއެވެ. ނަމަވެސް އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. މިގޮތަށްގޮސް ކަނޑުމަތީގައި އަށްދުވަސް ވީތަނާ، ނުވަ ވަނަ ދުވަހު ރާއްޖެކަހަލަ ގޮނޑުދޮށް އޮންނަ ބޮޑު މާސިންގާ ރަށެއްގެ މަލަމަތިފެންނަންފަށައިފިއެވެ. ދެން އަވަސްވެގަތީ ފަލިޖަހާށެވެ. ފަލިޖަހަމުން ރަށާ ގާތްވާވަރަކަށް މަލަމަތިއުސްވެ ރަށުގެވެލި އެނގެންފަށައިފިއެވެ. އެއީ ހަމަ ބަލާލާބެލުމަށްވެސް ރާއްޖޭގެ ރަށްތައްފަދަ ރަށެކެވެ. އެކަމަކު މަލަ އުސްވެފައި މާބިޔައެވެ. ފަލިޖަހަމުން ގޮސް އެރަށަށް އަރާ ޖަނގަލީގެ ތެރެއަށް ވަދެގެން ހިނގަން ފަށައިފީމެވެ. ޖަންގަލި ވަރަށްބޮލެވެ. ގިނައީ ބިޔަ މާސިންގާ ގަސްތަކެވެ. މުޅި ޖަންގަލިން އިވެނީ ޒާތްޒާތުގެ ޖަނަވާރު ގޮވާއަޑުތަކެވެ. ބިރުވެސް ގަނެއެވެ. އެކަމަކު ބަނޑުހައިވެސް ވެފައިތިބުމާއެކު ފުރަތަމަ ބެލީ ކާއެއްޗެއް ލިބޭތޯއެވެ. މިގޮތަށް ދެމީހުން ހިނގަމުން ދަނީކޮށް އިންސާނުން ރޮއިހޭރޭ ބިރުވެރި އަޑުތައް އިވެން ފެށުމުން ވަރަށް ބިރުވެސް ގަންނަންފާށައިފި އެކަމަކު ހެދޭނެގޮތެއް ނެއްވިއްޔާއެވެ.

މިގޮތަށް ވަރަށް މަޑުމަޑުން އެކިސަރަހައްދުތަކަށް ވަންނަމުން ދަނިކޮށް އާދެވުނީ އޮރެންޖާއި އާފަލު އަދި މޭބިސްކަދުރާއި މިބާވަތުގެ މޭވާ ހައްދާފައިވާ ތަނަކަށެވެ. އަދި ހިތް ހަމަޖެހޭވަރަކަށް އޮރެންޖާއި މޭބިސްކަދުރުކައިފީމެވެ. ދެންބެލީ މީހަކު ފެނޭތޯ އެވެ. މިގޮތަށް ހިނގަހިނގާތިއްބާ ވަރުބަލިވެގެން ފަނޅޯދަނޑެއްގައި މަޑުކޮށްލިތަނާ ދެމީހުންނަށްވެސް ނިދިއްޖެއެވެ. ހޭވެރިކަންވީއިރު ބަޔަކުމީހުން އަހަރެމެންދެމީހުން ހަތަރެސްފައި ބަނދެފިއެވެ. އޭގެ އަށެއްކަމީހުންތިއްބެވެ. އަދި އޭގެފަހުން އަހަރެމެން ދެމީހުން ގެންދިޔައީ ބޮޑު މޭބިސްކަދުރު ދަނޑަކަށެވެ. އެތަނަށް ގެންގޮސް ދެމީހުންގެ އަތް ފުރަގަހައްލާ މޭބިސްކަދުރު ގަހާއެއްކޮށް ބަނެވެ. ދެން އެމީހުން ހިނގައްޖެއެވެ. އަހަރެން ބުނީމެވެ. މޫސަބޭވޭ މިއީ އަނެއްކާ ކޮންތަނެއްބާވައެވެ. މިއީ ކޮންބައެއް ބާވައެވެ. އެމީހުން މިއުޅެނީ ކިހިނެއް ހަނދަންހެއްޔެވެ. ކުޑަ ހިނދުކޮޅަކުން އިވެންފެށީ ކޮންމެވެސް އެއްޗެއް ތޫނުކުރާއަޑެވެ. އަދި އެވަގުތު މޫސަބޭ ބުންޏެވެ. އެއީ މިނިކާބަޔެކެވެ. އެއިވެނީ ވަޅިތޫނުކުރާއަޑެވެ. އެއުޅެނީ އަހަރެމެން ކަތިލަންވެގެންނެވެ. މިހެންބުނުމުން ސަލާމަތްވުމަށް ދެމީހުން މަސައްކަތް ފަށައިފީމެވެ. މިގޮތަށް ތެޅިފޮޅެނިކޮށް އަހަރެންގެ އެއް އަތް މޮހުނެވެ. އަދި ދެވަނަ އަތް މޮހާ މޫސަބޭ ސަލާމަތްކޮށްގެން ދެމީހުން އެކުގާ ދުވަން ފަށައިފީމެވެ. ދުވަމުން ދުވަމުން އައިވަރަކަށް މީހުންގެ ރުއިމާއި ހަޅޭކުގެ އަޑުއަންނަނީ ގަދަވަމުންނެވެ. އަދި މިއީ ނުބައި ބަޔަކު އުޅޭ ރަށެއްކަން އެނގެންފަށައިފިއެވެ. ޖަންގަލިތެރޭގެވެސް އެކިތަންތަނުގައި ޖަނަވާރާއި އިންސާނުންހެން ހީވާ ތަކެތި މަރާފާ ކުނިވެފައިވާ މަސްގަނޑުގަނޑު ފެންނަން ހުއްޓެވެ. އިރުކޮޅަކުން ގަންނާކުރައްވާ ބިރުން އެކަކު އަނެކަކަށް ގެއްލިއްޖެއެވެ. ސަބަބަކީ ދެމީހުންނަށް ދެމަގުން އެޅުނީ އެވެ. އެވަރަށް ބިރުގެންފައި ތިބޭ އިރު ވާނީވެސް އެހެންތާ ދޯއެވެ. ދެން އަހަރެންބެލީ ކުރިޔަށް ނުގޮސް މޫސަބޭ ފެނޭތޯއެވެ. މިގޮތަށް ބޮނދަމުން މަޑުމަޑުން ދަނިކޮށް ބަޔަކު ވަރަށް ގާތުން ހަޅޭއްލަވާ އަދި ރޮއިހަދާ އަޑުފަށްގަނޑު އިވެންފަށައިފިއެވެ. އެވަގުތު އަހަރެން ކައިރީހުރި އަލަނާސީ ފީންޏަކަށް ވަދެ ފިލާއޮތީއެވެ. މިގޮތަށް އޮވެ އަޑުއިވޭ ދިމާލަށް ބަލަންފަށައިފީމެވެ. އިރުކޮޅަކުން މަށަށް ފެނުނީ އަށެއްކަ މީހުންވެގެން މޫސަބޭ ވަށާލާ ވަޅިންނާއި ތޫނު ތަކެތިން ހަމާލާދެނިކޮށެވެ އަނެއް ބަޔަކު ކޮޅުފައިންތަޅަނީއެވެ. މިގޮތަށް އިރުކޮޅޭއްވީތަނާ އެތާ ހުރިވަރަށް ކަޅު ބޮޑު މީހަކު އޭނާގެންގުޅުނު ބޮޑު މުޅޮއެއް ފާޑުގެއެއްޗަކުން މޫސަބޭގެ މޭމަތީ ޖެހިޖެހީނުން ހަށިގަނޑު އަނެއްފަރާތަށް ފޫއަޅުވާލުމާއިއެކު މޫސަބޭ މަރުވީއެވެ. އަހަރެން ގަންނާކުރެއްވިބިރުން މީހާ ވަގުތުން ހުންއައިސް ދެކަމު އެއްކޮށް ހާޖިތައް ދެވިއްޖެއެވެ. އަދި އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ދެން ހޭއެރި އިރު ހުރީ އަނދިރިވެފައެވެ. ރޭގަނޑު ޖަންގަލި ވަރަށް އަނދިރި އެވެ. އެކަމަކު އިންސާނުންގެ އަޑެއްބަޑެއް ނީވެއެވެ. މޫސަބޭ މަރާލުމުން ވަރަށް ދެރަވިއެވެ. އެހާމެ ބިރުވެސް ގަތެވެ. އެމީހުންގެ ނުބައި ސުންފާ ޢަމަލުތައްފެނުމުން ދެންމިގޮތަށް ޖަންގަލީގައި އުޅެނިކޮށް ވިއްސާރަ އައިސްފި ވާރޭ ވެހިގަތުމުން ތާހިރުވެގެން އަނެއްކާވެސް ކާބޯއެއްޗެއް ފެނޭތޯ އާއި މީހުން ދިރިއުޅޭ ހިސާބެއް ފެނޭތޯ ބަލަންފަށައިފީމެވެ. ރޭގަނޑުކަމުން ދިރޭތަކެތީގެ އަޑުތައް ހުންނަނީ ޖަންގަލީތެރެ ގުގުމާލާފައެވެ. ފަތިސްވެ އަލިވެ އިރުއެރުމުން ގަސްގަހުން މޭވާ ބިނދެބަނޑުހައިކަން ފިލުވޭތޯ މަސައްކަތްފަށައިފީމެވެ. އޭރު ވަނީ މޫސާބޭ މަރާލިހިސާބާ ވަރަށް ދުރަށްއާދެވިފައެވެ. މިސަރަހައްދުން އިންސާނުންގެ އެއްވެސް ހިލަމެއް ނުވެއެވެ. ބަޔަކު ދުވަހަކު އައިސްގޮސްވާ ހިސާބެއްހެން ހީވެސްނުވެއެވެ. މިސަރަހއްދުގައި ވަރަށް ގިނަ ރާމާމަކުނުއުޅެއެވެ. އަދި ބުނަންނޭންގޭ ޒާތުގެ ޖަނަވާރުތައްވެސް އުޅެވެ. މިސަރައްދުގައި ތިންދުވަސްވީފަހުން ހަތަރުވަނައަށްވީ ދުވަހު ފެންބޮވާތީ ފެންބުއިމުގެ ބޭނުމުގައި ހިނގަންފަށައިފީމެވެ. ކުރިން ބޮއިއުޅުނީ މުޅިންވެސް އޮރެންޖުގެދިޔައެވެ. މިހެންދަނިކޮށް އަހަރެންހުރި ސަރަހައްދާއި މާދުރުނޫން ހިސާބެއްގައި އޮތް ސަރާސަރުދިގު ކޯރެއްފެނުނެވެ. އެކޯރާއިކައިރިވިއިރު ވަރަށް ގިނަ ދޫނިސޫފާ ސޫއްޕާއި އެކިކަހަލަ ޖަނަވާރުތައް ފެންބުއިމުގައި މަސްއޫލުވެތިއްބެވެ. އަހަރެންވެސް މަޑުމަޑުން ކޯރުގެ ކައިރިއަށްގޮސް ކޯރުގެ އެއް އަރިމަތީ އުސްކޮށްހުރި ގުންޑޮޅިއެއްފަދަ ތަންފުކެއްގައި ހުރެ އަތްގޮށިން ފެންފޮދެއްނަގާ ބޯންހުއްޓާ އިރުކޮޅަކުން ހުރިހާ ދިރޭތަކެތި އަޑުގޮއްވާލާފައި ދުއްވައިގަތެވެ. އަދި އެވަގުތު އަހަރެންވެސް ބޮޑަށް އެގުންޑޮޅިއާ ނިވާވެލީއެވެ. ފެންބުއިމުގެ އަލާފިލުވާލި ތަނާ އަހަރެން އުޅޭ ސަރަހައްދުގައި އުޅޭ މަކުނުތައް ފެނުނެވެ. އެސޮރުމެން އަހަންނަށް އަތުން ހަނާއަޅައެވެ. އަހަރެންވެސް މަޑުމަޑުން އެތަނުންފައިބާ މަކުނުތަކާއެކު ހިނގައިގަތީއެވެ. ދެން އެއްކަލަ އަޑުފައްގަނޑުބާރުވިއެވެ. ހުރިހާމަކުނުތައްވެސް ގަސްތަކަށް އަރާ ބޮނދައިފިއެވެ. އަހަރެންވެސް ފިލީއެވެ. އަސްތާއެވެ. އެއީ ބޮޑުމިނިކާ ސިންގާއެކެވެ. އޭތި ފެންބޯން ކޯރުކައިރިއަށްއައީއެވެ. އޭރު ކޯރުގައި އެއްވެސް ދިރޭއެއްޗެއްނެތެވެ. އެސަރަހައްދުގައި ދިރޭތަކެތި އެހާ ގިނައީ ކޯރުއޮތުމުންނެވެ. މަކުނުތަކާއިއެކު ހިނގަމުން މަކުނުތައް އުޅޭ އަހަރެންވެސް ކުރިންހުރި ސަރަހައްދަށް އައުމުން މަކުނުތައް އަހަންނަށް ކާބޯތަކެތި މޭވާ ތަރުކާރީ ގެނެސްދޭންފަށައިފިއެވެ. އަދި ބޯފެންވެސް ބައެއްފަހަރު މީދާކޭ އުނބުގަނޑުތަކުގައި ގެނެސްފައިހުރެއެވެ. މަކުނުތައް ކައިރީ އުޅޭންފެށުމުން އެތަކެތި ޖައްސާވައްތަރުތައް އެނގެންފަށައިފިއެވެ. އެސޮރުމެން ވަރަށް ހެވެ. ދެއިރު ކާތަކެތި ގެނެސްދެއެވެ. ގެނެސްފައި ހުންނަނީ ހަމަ ތާޒާ ތަކެއްޗެވެ. ބައެއްފަހަރަށް ކޯރުފަދަތަންތާހުންނަ ކަހަލަ މަސްވެސް އަވިން ހިއްކައި ރޯފިލުވައިގެން ގެނެސްދެއެވެ. މިތަނުގައި ތިންވަނައަށްވީ ދުވަހު މިތާ އުޅޭ ވަރަށް ބޮޑު އަންހެން މަކުނެއް އަހަންނާއި އަވަލާފިއެވެ. އަދި މިމަކުނަކީ ފިރިމަރުވެފައިވާ މަކުނެއްކަން އަތުގެ އިޝާރާތުން ހާމަކޮށްދިނެވެ. މަކުނު ކާންދިނީމަ ކައިގެން މަކުނުކައިރީ މިގޮތަށް އުޅޭނިކޮށް މަކުނު ބޭނުންވީ މަކުނާ އިންނާށެވެ. އަހަރެންވެސް އޭގެ އޯގާތެރިކަމަށް ހިތްލެނބި އޭތިބުނާހާގޮތަކަށް އަމަލުތައް ބެހެއްޓަންފަށައިފީމެވެ. މަކުނު ބޭނުންވިގޮތަށް މަކުނާ އިނދެގެން މަކުނު ކައިރީނިދާންފަށައިފީމެވެ. އޭތި ހަދާފައިވާ ޚާއްޞަ ހާލީގައެވެ. އެހެންމަކުނުތައް އެމަކުނަށް ވަރަށް އިޙްތިރާމްވެސް ކުރެއެވެ. މަކުނާ ލޯބިކޮށް އޭތީގެ އިޙްސާސްތައް ހިއްސާކުރެއެވެ. ދުވަސްތައް މިތާ ހޭދަކުރަމުންގޮސް އެއްދުވަހަކު ހިތަށްއަރައިފިއެވެ. މިއުޅެވެނީ ރަނގަޅުގޮތަކަށްނޫނެވެ. މިހެން އޮޅެނިކޮށް މަކުނު މަށަށް ބަލިވެ އިނދެދާނެއެވެ. މިފަދަ ޚިޔާލުތައް ހިތައްވަންނަންފެށިއެވެ. މިދުވަހުވެސް މިކަމުގެ ފިކުރުގައި ހުއްޓާ އިރުއޮއްސުނީއެވެ. ނިދަންޖެހެނީ މަކުނުގެ ކައިރީގައިކަމުން ނިދަން ވަރަށް އުނދަގޫވިއެވެ. އަހަރެން ބަލިވެސްވާންފަށައިފިއެވެ. މަކުނުގެ އުދާސްތައް ފިލުވައިދޭންވެސް ޖެހެއެވެ. އަހަރެން ބަލިވުމުން ހުރިހާމަކުނުތައް ވަރަށް ހެވެއެ. ފާޑުފާޑުގެ މީރުކާތަކެތި ގެނެސްދެއެވެ. އަހަރެން އޮންނަނީ އަންހެންމަކުނުގެ ހާލީގައެވެ. އެތަން ވަރަށް ރައްކާތެރިއެވެ. މިގޮތުގައި ދުވަސްތަކެއް ހޭދަވީފަހުން ރަށްމަތިންނާ ޢާއިލާއާ އަންހެނުންމަތިން ހަނދާންވާންފަށައިފިއެވެ. ކުރިންވެސް އަބަދުވެސް އެމީހުންމަތިން ހަނދާންވެއެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުންގޮސް އަނެއްކާވެސް އިތުރުބިރެއް ހީވާންފެށިއެވެ. ސަބަބަކީ އެމަކުނު މަށަށް ބަލިވެ އިނދެދާނެތީއެވެ. ޖެހިގެން އައިދުވަހު ހުރިހާ މަކުނު ކާތަކެތި ހޯދަން ހެނދުނު ދިޔަވަގުތު ދުވަމުން ހިގަމުން އެސަހަރުން ބޭރަށް ނިކުމެއްޖައީމެވެ. ކުރިންބުނި ކޯރުން ފެންބޮއިގެން ކޯރުހުރަސްކޮށް ވަރަށް ދުރަށްދެވުނުފަހުން ހަވީރުވަނިކޮށް ވަރަށް ގާތުން ގުގުމާލާފައި ބިޔަ ޖަނަވާރެއްގެ ހަޅޭކުގެ އަޑުއިވުނެވެ. އަދި އިރުކޮޅަކުން ގާތްވަމުން ގާތްވަމުން އައިސް އެއްކަލަ ބޮޑު މިނިކާސިންގާއާ ބައްދަލުވިއެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭންގުނެވެ. ދުއްވައިގަނެވުނީ އައިކޮޅަށެވެ. ދުވަމުން ފުންމަމުން ކަހަލަ ގޮތަކަށް އައިސް އެއްކަލަ ކޯރާހަމައަށް އައިސް މަޑުޖެހެލީމެވެ .ވަރުބަލިވެގެންގޮސް މީހާ ސޮހިއްޖެއެވެ. އޭތިވެސް ދެންނާންނާނެކަމަށް ހީކޮށް ކޯރުން ފެންބޯން ތިރިވެލިތަނާ އެއްކަލަ މިނިކާސިންގާ ވަރަށް ގާތުން ގޮވައިގަތެވެ. އޭރުވަރަށް ގާތްވެސްވެއްޖެއެވެ. ހީވަނީ އަހަރެންނާ ދެމެދުގައި ހުންނާނީ ދިހަވަރަކަށް ފޫޓް ކަމަށެވެ. އަހަރެން ކޯރުތެރެއަށް ފުންމާލައިފީމެވެ. އަދި ފަތަން ފަށައިފީމެވެ. ކޯރުގެ އެ ސަރަހައްދަކީ ވަރަށް ތިލައެސަރަހައްދެއް ކަމުން އޭތި ކޯރުތެރޭން ވަރަށް ބާރަށް އާދެއެވެ. އެސޮރުގެ ފައި ކޯރުގައި ޖެހެއެވެ. އަހަރެންވެސް ލަހިވެގެންގޮސް ކުރާނެކަމެއްނެތް ހާލުގައިވެސް ފުން ހިސާބަށް ދެވިއްޖެއެވެ. އެ ހިސާބަށް ފޯރި ވަގުތަކީ އޭތީގެ ކުރީގެދެމޮއްގަނޑު އަހަރެންގެ ބުރަކަށީގައި އަޅުވާލިވަގުތެވެ. އެހިސާބުން އޭއްޗަކަށް ނާދެވުނެވެ. ބުރަކަށިން ވަރަށް ދިލަނަގަން ފަށައިފިއެވެ. މުޅިކޯރު ހީވަނީ ލޭގަނޑެއްހެންނެވެ. އަހަރެން ގައިން ބާރުދޫވީ ކޯރުގެ އަނެއްފަރާތަށް ދެވުނުފަހުންނެވެ. ދެންވީގޮތެއްނޭންގުނެވެ. ހޭއެރިއިރުއޮތީ ކުރިންބުނި އަންހެން މަކުނުގެ ހާލީގައި ބަންޑުންނެވެ. އޭރުވެސް ވަރަށް ދިލަނަގައެވެ. ހުރިހާ މަކުނު ވަށާލާފައިތިއްބެވެ. އަދި އަހަރެން ރޯތީ ބުރަކަށްޓަށް ފުމެހަދައެވެ. އެހާފޫންކޮށް ޒަހަމެއް ނެތް ސަބަބަކީ އޭގެ ކުރީ ދެމޮއްގަޑުން އެވަގުތު ބާރުދިޔުމެވެ. އެއީ އަހަރެންގެ ނަސީބުކަންނޭނގެއެވެ. އެހެންނޫންނަމަ އަހަރެން ކާލީހެވެ. އެއީ ވަރަށް ބިޔަ މިނިކާސިންގާއެކެވެ. މަކުނުތައްހުރީ ބޭސް އަޅާފައެވެ. ފަހުން އެނގުނުގޮތުގައި މަކުނުތައް ބޭހަށް އެޅީ ރުކުގެ ފަންތޮށީގެބުޑުގައި ހުންނަ ފަންތޮށި ކުނޑިއެކެވެ. އަހަރެން ހުންނަނީ ހުސްގަޔާއެވެ. މަކުނުތަކާއިއެކު އުޅޭ އިރު އުޅޭވެނީ ވެސް އެތަކެތިއުޅޭގޮތަކަށެވެ. ތުނބުޅިއާ ބޯވަރަށް ދިގެވެ. އަދި މިހާވަރަށް ކަޅުވި ސަބަބަކީ އަވީގައި ގިނަވަގުތު އުޅެންޖެހުމެވެ. އަދި މަކުނުގެ ހާލިވެސް ދުވާލުހުންނަނީ އިރުފެންނަކަހަލަ ގޮތަކަށެވެ. ހައެއްކަދުވަސްވީފަހުން ހާލިން ފައިބާ ހިނގާލާ ހަދަންފަށައިފީމެވެ. ހަތްވަނައަށްވީދުވަހު މާދުރުނޫން ހިސާބެއްގައިހުރި ރުކަކަށްއަރާ މީހުން ދިރިއުޅޭ ސަރަހައްދެއްފެނޭތޯ ބަލަންފަށައިފީމެވެ. މިގޮތަށް ގަސްގަހަށާއި ރުއްރުކަށް އަރާބަލަމުން ދަނިކޮށް މީހުންހެން ހީވާ ބަޔަކުއުޅޭ ތަނެއްފެނުނެވެ. އެއީ ވަރަށް ގޮނޑުދޮށާކައިރީގައި އުޅޭބަޔެކެވެ. އެހެންމިބުނީ ފަހަރެއްގައި މަކުނުކަމަށްވެސް ވެދާނެތީއެވެ. ޖެހިގެން އައިދުވަހު މަކުނުތައް ކާތަކެތި ހޯދަން ހަވީރު ދިޔަވަގުތު މީހުން އުޅޭހެން ހީވާ ސަރަހައްދަށް ދިއުމަށް ނައްޓާލައިފީމެވެ. ހިނގަމުން ގޮސް އިރުއޮއްސުމުން މަޑުނުކޮށް ހިނގަމުން ދިޔައީއެވެ. ޖަނަވާރުގެ އަޑުފައްގަނޑުން މުޅި ޖަނގަލިވަނީ ގުގުމާލާފައެވެ. އެހާބޮޑަށް ބިރެއްނުގަނެއެވެ. ރޭގަނޑުވީމާ އެއީ އެސަރަހައްދުގައި މީހުންގެ ހިލަމެއް ނުވާތީއެވެ. ބުރަކަށީގައި ލާފައިވާ ޒަހަމުތަކުގެ އަސްލުމިހާރު ވާނީ އޮޅުންފިލާފައެވެ. އެއީ ވަރަށް ދެރަވެ އަސަރުކުރި ދުވަހެކެވެ. މިމަރުވަނީއޭ އަބަދު ހިތައްއަރައެވެ. އެކަމަކު ދިރިހުންނާނެއޭ ރަށަށްދެވޭނެއޭ ހިތްބުނެއެވެ. ބުރަކަށީގެ ޒަހަމުތައް ވަރަށް ފަސޭހައިން ރަނގަޅުވާންފެށިއެވެ. އެސިންގާގެ ވަކިތައް ރަނގަޅަށް ނޭޅެނީސް އަހަރެން ގެނބުނީއެވެ. އެހެންނޫނުންނަމަ މަރާލިސްކަން ހަމަ ޔަޤީންނެވެ. މަޑުމަޑުން ހިނގަމުން ހިނގަމުން ގޮސް ފަނޑުފަނޑު އައްޔެއް ކަހަލަ އައްޔެއް ފެންނަންހުރި ސަރަހައްދަކަށް ދެވިއްޖެއެވެ. ކައިރިވުމުން އެއީ ގެތަކެއްކަން އެނގުނެވެ. ގޭތެރޭގައި ދިއްލާފައިވާ ބައްތީގެ ފަނޑުއަލި ފެންނަމުން ދެއެވެ. އެތާގެ ގޭގެހުރީ ފަނުންނެވެ. ވަރަށް ތިރިތިރިކޮށް ވަރަށް ނިކަމެތިގޮތަކަށް ހަދާފައިވަނީ އެގެތަކަށް ދެވެންހުރީ އަހަރެންމިހިރަ ތަނުގައި ހުރި ފެންސްހުރަސްކޮށްފައެވެ. އަހަރެން ފެންސްކައިރިއަށް ދެވުނުއިރު ފަތިސްވާހެން ހީވާން ފަށައިފި އެވެ. ދެންއެތާއެވެ. އަލިވަންދެން މަޑުކޮށްގެން ހުއްޓާ އަހަންނާއި އެންމެ ގާތަށް ހުރިގޭގެ ދޮރު ތޮށަލިގަނޑު އެއްފަރާތް ކޮށްލާފައި ފަލަ ކަޅު ބޮޑުމީހަކު ނުކުތެވެ. އެމީހާ ނުކުމެގެން ދިއުމުން އަލިވީމަ އަހަރެން ފެންސް ހުރަސްކޮށް އެގޭގެ ދޮރުމައްޗަށް އަރާ ސަލާމްގޮވާލީމެވެ. އިރުކޮޅެއްފަހުން ކަޅު ބޮޑު އަންހެނަކު ނުކުމެ އޭނާގެ ބަހުރުވައިން އެއްޗެކޭ ބުނެ އެގެއަށް އަހަރެންވައްދާ ކާންދީ ފެންވަރާތަން ދެއްކިޔެވެ. ފެންހުރީ ފާޑެއްގެ ބޮޑު ޖާޑިއެއްކަހަލަ އެއްޗެއްގައެވެ. ކާންހުރީ ކަނޑުމަހާއި މޭވާއާއި ތަރުކާރީ އެވެ. ދެންއިރުކޮޅެއްފަހުން އަހަންނަށް ނިދުނީއެވެ. އޭނާގެ ފިރިމީހާ ކަމެއް އަދި ރައްޓެހިވެގެން އުޅޭ ފިރިހެނެއްކަމެއް އަހަންނަކަށް ނޭންގެއެވެ. އޭނާ އަންނަ ގަޑި ޖެހުމުން އެއަންހެން މީހާ އަހަރެން ފޮރުވިއެވެ. މިދުވަސް މިގޮތަކަށްވޭތުވެ ރޭގަނޑު ނިދާފައިއޮއްވާ މެންދަމު ދޭއްޖަހާކަށްހާއިރު މީހަކު ކައިރީގައި އުޅޭހެންހީވެގެން ހޭލެވުނެވެ. ހޭލެވިގެން ބަލާލިއިރު އެއީ އެއްކަލަ ފިރިހެންމީހައެވެ. އެމީހާގެ ގައިން ދުވަނީ ވަރަށް ނުބައިވަސް ގަނޑެކެވެ. ހުރީ ވަރަށް ހެވިފައެވެ. ހީވަނީ ހިތްހަމަޖެހިފައި ހުރިހެންނެވެ. އެކަމަކު ފަނޑުއަލީގެ ތެރެއިން އެއީ ނުބައި ސުންޕާ މީހެއްކަން އެނގުނެވެ. އޭނާ އަހަރެން ނިދާފާއޮތްތާކައިރި އޭނަބޭރުންއައިއިރުގެނައި ކެޔޮފަތަށްލާ އޮޅާލާފައިވާ ކޮންމެވެސް އެއްޗެއް ބާއްވާފާ އަހަރެން ކައިރިން އޭނާ ދިޔައެވެ. އަހަރެންހީކުރީ އޭނާ ގެއިންދިޔައީކަމަށެވެ. އެކަމަކުވެސް ބިރުން ނުނިދެއެވެ. އޭނޭ އިރުކޮޅެއްފަހުން އަނެއްކާވެސް އެގޭތެރެއަށްވަދެ އަންހެންމީހާ އާ ދެމީހުން ސަކަރާތްޖަހަންފަށައިފިއެވެ. ސަކަރާތުގައި ވަގުތުތަކެއްވީފަހުން އޭނާ އަންހެން މީހާގެ ކައިރިން ނުކުމެ އަހަންނާއި ދިމާއަށްއަންނާން ފެށުމުން އަހަރެން ތެދުވެއްޖައީމެވެ. އަދި އޭނާ އާ އެކު އައުމަށް އަތުގެ އިޝާރާތުން ބުންޏެވެ. ގެއިންނުކުންނަމުން އެއްކަލަ ކެޔޮފަތްގަނޑު އޭނާ ނަގާ ކޮނޑަށްލާ ބޭރު އަށިމަތީގައި އޮތް ދޮންކެޔޮގަނޑު އަހަންނާއި ހަވާލުކުރިއެވެ. އަދި ފެންއަޅާފައިވާ ހަމެއްފާޑުގެ އެއްޗެއްވެސް އަހަރެން އަތަށް ދިނެވެ. ދެމީހުން ހިނގަމުން ހިނގަމުން ގޮސް އެގެއާދިމާ ގޮނޑުދޮށުގައިވާ ހުއިފީއްޏެއްފަދަ ތާކަށް ވަނީއެވެ. މަތިން ފަތާއި ފަންއަޅާ ކުޑަކޮށް ހިޔާކޮށްފައިވާ ކުޑަ ޖަލިޔާފާޑު ބޮއްކުރައެކެވެ. އޭތި ދެމީހުންވެގެން މޫދަށް ބޭލުމަށްފަހު ގެނައިސާމާނުތައް އަރުވައިފީމެވެ. ދެން އަހަރެން ދެފަލި ދެފަރާތަށްބާލާ ފަލިޖަހަން ފަށައިފީމެވެ. އެއީ ދެފަލި ލީ ކުޑަ ބޮއްކުރައެކެވެ. އޭނާބުނާ މިސްރާބަށެވެ. އެކަލޭގެ އިނީ ނަނުބައި ހަދާށެވެ. ބޮޑު ދެބުޅިއާއި ފަލަދެވާ އޮތެވެ. ނަނަކަށް އެއޮތީ ދެވަލެވެ. ބުޅިވެސް ހުރީ އަހަރެމެން މިދެކޭ ޒާތަކަށް ނޫނެވެ. ދޯނީގައި މަހުގައި އަޅުވަން ގެންގުޅޭ ދާވަނިފާޑަށެވެ. ވަރަށް ބޮޑެވެ. ހީވާގޮތުން އޭރު ފަތިސްވެއްޖެއެވެ. ދުނިޔެމައްޗަށް އަލިކަން ފާއްދާލައިފިއެވެ. ދެން އިރުކޮޅަކުން އޭނާ އެއްކަލަ ކެޔޮފަތްގަނޑު ނަގާ ވިނަވާލިއެވެ. އަސްތާއެވެ. އޭގެތެރޭގައި އޮތީ ނުވަރޭފެނުގެ ކުޑަކުޑަ ކުއްޖެކެވެ. ހީވާގޮތުން އެއީ ވިހާފައި އަދި ގިނަ ވަގުތުތަކެއްނުވާ ފިރިހެންކުއްޖެކެވެ. އަހަރެން ވަރަށް ޝައުޤްވެރިކަމާއިއެކު އެކުއްޖާއަށް ބެލީމެވެ. ހީވަނީ ހަމަ މިރޭވިހާފައި މަރާލާފައިވާ ކުއްޖެއްހެންނެވެ. ގަންނާކުރެއްވިބިރެއް ބުނަންވެސް ނޭނގެއެވެ. ދެފަލިއެއްލާލާ މޫދަށް ފުންމާލަފާނަމޭ ވެސް ހިތަށް އެރިއެވެ. އެކަމަކު އެވެސްމަރޭ މިވެސްމަރޭ ހިތްބުނެއެވެ. ހެޔޮއެއްޗެހި ދޫމައްޗަށްގެނެސް ދުލުން ޝަހާދަތް ކިޔޭތޯބަލަން ފަށައިފީމެވެ. އެކަލޭގެއަށް އަހަރެން އިނީ ފުރަގަސްދީގެންނެވެ. އެއީހަމަ ބިރުންބަލަން ނުކެރިގެންނެވެ. ބަލަން ޖެހެނީ ވަގުވަގަށް ސިއްރުސިއްރުންނެވެ. އަދި ހަމައެއާއެކު އަހަންނަށް އެތިފަހަރެއް އެއްލަފާނެތީވެސް މެއެވެ. އަހަރެންއިނީ އަހަންނަށް ހަމަލައެއް ދީފިނަމަ ކަނޑަށް ފުންމާލަން ތައްޔާރަށެވެ. އޭނާ ކުޑަކުއްޖާނަގާ ތިން ބުރިއަށް ބުރިކޮށްލިއެވެ. ބޯބޭންދީ ވަކިންނެވެ. އޭނާ އެން ކޮށާނިމުނު އިރު އެބުނާ ކަނޑުއޮޅިއަކަށް އާދެވިއްޖެއެވެ. އެއީ މާކަނޑެވެ. އަހަރެންގެ އަތުގައި މަސްމަރަން ބޭނުންކުރާ ދޮޅުފޫޓެއްހާދިގު ލަކުޑި މުގުރެއް އޮތެވެ. އޭތިބޭއްވީ އޭނާ އަހަންނާއި ހަމަލައެއް ދީފާނެތީ އަތުޖެހޭފަށުގައެވެ. އެއްމަސްކަނޑާވަޅިއަކީވެސް ހަމަ އެރޭ ހަނުލާފައިވާ ވަޅިއެކެވެ. ހީވަނީ ތޫނު ހަންޖަރެއްހެންނެވެ. އެންމެ ފުރަތަމަ އަހަންނާއި މޫސަބޭ މިރަށަށް އައިއިރު ދެމީހުން އަތުލި މީހުން ގެންގުޅޭ ކަހަލަ ވަޅިއެކެވެ. މީހާވެސް ހަމައެމީހުންނާ ވައްތަރެވެ. މިތަނުގައި އުޅެނީ މުޅިންވެސް މިވައްތަރު މީހުންކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ފުރަތަމަ އެންގަޑު އަޅާ ނަނުބައި އެއްލިއެވެ. ހަމަ އެންގަނޑުގޮސް ކަނޑުގައި ޖެހުމާއިއެކު އަސްތާ އެހިފާ ދުއްވައިގަތީ ބޮޑުއެއްޗެކެވެ. ނަނުބައި ކޮޅައްޖައްސާލާފައި ނައްޓާލާފަ އެދިޔައީއެވެ. އަހަރެން އިނީ ވަރަށް ވިސްނާއެވެ. ދެވަނަ އެންގަނޑު އަޅާ އެއްލިއެވެ. ހަމަ ކަނޑުގައި ޖެހުނުކަމެއްނޭނގެއެވެ. ގަނެގެން އެއޮށް ދުއްވައިގަތީ އެވެ. އިރުކޮޅަކުން ނަނުބައި މުގުލަށް ޖައްސާލާފައި އެދިޔައީ ކަނޑާލާފައެވެ. ވަގުތު މިހިރަ އަންނަނީ ކުޑަތަންވަމުންތާއެވެ. އަހަރެންހުރީ ވަރަށް ހޭއަރައެވެ. ސަބަބަކީ އެންތައް މަހެއް ނުބެވި ހުސްވެއްޖެނަމަ އަހަރެން އެންމަހަށް ކޮށާލާނެކަން ޔަޤީންވާތީއެވެ. ދެން އޮތީ އެންމެފަހު އެންގަނޑުކަމަށްވާ ބޯބުރި އެވެ. ނަނުގައި ބޯއަޅާ ތައްޔާރުކުރަންފަށައިފިއެވެ. އަރެންނާއި ދިމާއަށް ނަޒަރު ހިންގާލާގޮތުން އޭނާގެ ފިކުރުގައި ނުލަފާ ފޮރުވިފާވާ ކަންތައްތަކެއް ވާހެންވެސް ހީވެއެވެ. ދެންވާނީވެސްއެހެންނެވެ. ނަނުގާ ބޯއަޅާ އެއްލިވަގުތު އޭނާއަށް އެނބުރި ނުގަނެވެނީސް އެއްކަލަ ލަކުޑި މުގުރުގަނޑުނަގާ އޭނާގެ ބޮލުގެ ފުއްބުރުގާ ޖެހިޖެހީނުން ކަނޑަށް ވައްޓާލައި، ދެއަތަށް ބާރުލާ ފަލިޖަހަން ފަށައިފީމެވެ. ޖަހަމުން ޖަހަމުން ގޮސް ވަރުބަލިވީމާ މަޑުކޮށްލައިގެން އިންނަނީއެވެ. މިހެން އިންނައިރު ކުރިޔަށްވުރެވެސް ބޮޑަށް ހިތަށްބިރުވެރިކަން އާދެއެވެ. ސަބަބަކީ އޭނާ އާ ކަނޑުމަތިން ދިމާވެދާނެތީއެވެ. މަހަށް ފުރަންވެގެން އެރުވި ކާބޯތަކެތި ހުރުމުން ކެއުންބުއިމަކަށް ދައްޗެއްނުވެއެވެ. މިގޮތަށްގޮސް ކަނޑުމަތީގައި ފަސްދުވަސްވަރުވީފަހުން ހިކިފަސްތަނެއް ފެންނަންފަށައިފިއެވެ. އެއީ ދިވެހިރާއްޖޭގެ ރަށެއްނޫނެވެ. އެއީވެސް ބޭރުތަނެކެވެ. މަޑުމަޑުން ފަލިޖަހަމުން ކައިރިވަމުން އައިވަރަކަށް ޔަޤީނާގާތަށް އެއީ ރާއްޖޭގެ ރަށެއް ނޫންކަން އެނގެން ފަށައިފިއެވެ. ކަނޑުމަތިން ވަރަށް ބޮޑަތި ބޯޓް ފަހަރާއި ދިމާވެއެވެ. އެކަމަކު އެމީހުން އެއްގޮތަކަށްވެސް އަޅާވެސް ނުލައެވެ. މަޑެއްވެސް ނުކުރެއެވެ. ހާލުގައި ޖެހިގެންކަން މިއުޅެނީ އަންގާނެ ގޮތެއްވެސް ނޭނގެއެވެ. ރަށާކައިރިވަމުން އައިސް ރަށުގެ ބޭރުމައްޗަށް އެރުމުން ރާޅު ބިންދާތީ އާއެކު އެހިސާބުން ބޮއްކުރާ ދޫކޮށްލާ ފަތަން ފަށައިފީމެވެ. ފަތަމުން އައިސް ކަރުތާފެނާއި ހަމައަށް އާދެވުނީމަ ފައިން ހިގަން ފަށައިފިއެވެ. ރަށުގެ ގޮނޑުދަށަށް ބަލާލީމާ މީހުން ގިނަވާހެން ހީވެއެވެ. ވަރަށް ބައިވަރުމީހުން އަތުވެއްޖެއެވެ. ރާޅުފެންފަށާއި ހަމައަށް އެރުމާއި އެކު ދެންވީގޮތެއް ނޭންގުނެވެ. ހޭއެރިއިރު އޮތީ ކޮންމެވެސް ދުއްވާ އެއްޗެއްގައެވެ. ކައިރީގައި މީހުންތިއްބެވެ. އެއީ މިހާރުނަމަ ޓްރެކްޓަރެއްފާޑުއެއްޗެކެވެ. އެމީހުން އަހަރެން ގެންދިޔައީ މީހުން ދިރިނުއުޅޭ ހިސާބުގަނޑެއްގައި ހުރި ބޮޑު ޢިމާރާތަކަށެވެ. އެތަނުން ފެންވަރުވާ ތުނބުޅިބާލާ ބޯވެސްކޮށާދީ ފަޓްލޫނަކާއި ދެޓީސާރޓެއްވެސްދިނެވެ. ވަރަށް ރަނގަޅަށް ކާންދީ އަދި ބުރަކަށީގައި އެއްކޮށް ރަނގަޅުނުވެ ހުރި ފާރުތަކުގައިވެސް ބޭސްއަޅާދީ ހެދިއެވެ. ދެންއެދުވަހު ނިދުނީއެވެ. ނިދާފައި ހޭލެވުނީ އަނެއްދުވަހުއެވެ. އޭރުވަރަށް ގިނަ މީހުން އެތާންގެތެރޭގައި އުޅެއެވެ. ހީވަނީ އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަނެއްހެންނެވެ. ހީވީ ހަމަރަނގަޅަށެވެ. އެއީ ގެރިކިރާއި ހަކުރު ހަދާ ފެކްޓްރީއެކެވެ. އެތާ ހަތަރުމަސްދުވަސްވަންދެން އަހަރެން ބެހެއްޓއެވެ. އަދިމުސާރަވެސްދެއެވެ. ހުކުރުދުވަހު މަސައްކަތެއް ނުކުރެއެވެ. އެއީ އޮފް ދުވަހެވެ. އަހަރެންވެސް ރަށުތެރެއަށް ހުކުރުދުވަހު ދަމެވެ. އަދި ރާއްޖެ އާދެވޭނޭގޮތެއްވޭތޯ މީހުންނާއި ސުވާލުކުރަމެވެ. ބަސްނޭންގުމުން ވާހަކަ ދައްކަން ޖެހެނީ އަތުގެ އިޝާރާތުންނެވެ. އެރަށުގައި މުސްލިމުން އުޅޭހެންވެސް އަހަންނަށް ހީވެއެވެ. ބަންގިގޮވާއަޑު ބައެއްފަހަރު އިވެއެވެ. އެއްދުވަހަކު ފެކްޓްރީ މީހަކުކައިރީ ރާއްޖޭގެ ވާހަކަ ދެއްކުމުން އަހަރެން ބަންދުދުވަހު ބޭރަށް ނުދެވޭގޮތަށް އެތެރޭގައި ހައްޔަރުކުރިއެވެ. ޖެހިގެން އައި ހުކުރުދުވަހު ބޭރަށް ގޮސް މިސްކިތެއްހޯދައިފީމެވެ. އަދި އޭރު ހުކުރުވަގުތުވެސް ވަރަށް ކައިރިވެއްޖެއެވެ. މިސްކިތަށް އަރާ ހުކުރުކޮށް ނިމިގެން މީހުން ފައިބަންފެށުމުން ވަރަށް ސާދާގޮތަކަށްހުރި އުމުރުން ދުވަސްވީމީހަކާއި އަތުން ވާހަކަދައްކަން ފަށައިފީމެވެ. އަދި އޭނާއަށް އަހަރެން ބުނާއެއްޗެއް ވިސްނިއްޖެހެން ހީވިއެވެ. އޭނާ ބުނީ ދެން އަންނަހުކުރަކުން ބައްދަލުކުރާށެއެވެ. އެހެން ބުނުމުން ދެމީހުން ވަކިވީއެވެ. އަނެއްކާވެސް ބޭރުގައި އުޅުމަށްފަހު ފެކްޓްރީއަށް ދިޔައީއެވެ. ގޮސް ޖެހިގެން އައި ހުކުރުދުވަހު ހެނދުނު ހުކުރަށްއައިސް މިސްކިތުގައި އިންދާ އޭނާ މިސްކިތަށް އައުމުން އަހަރެން ބައްދަލުކޮށް ވާހަކަ ދައްކައިފީމެވެ. އޭނާބުނީ ސިލޯނަށް ފޮނުވާދޭނަމޭ ދެން އޭރުން ކަލޭގެ ސަރުކާރުން ކަލޭ ރާއްޖެ ފޮނުވައިދޭނެކަމަށެވެ. އާދިއްތަދުވަހު ފުރަން ތައްޔާރުވެގެން މިމިސްކިތް ކައިރިއަށް އަންނާށޭވެސް އެމީހާ ބުންޏެވެ. އަހަރެން އާދިއްތަދުވަހު ފަތިހު ފެކްޓްރީ ގާޑަކަށްހުރި މީހާކައިރި ހެދުމެއް ގަނެލަން ބޭރަށް ގޮސްލަނީއޭ ބުނެފައި އަވަސް އަވަހަށް ނުކުމެގެން ދިޔައީއެވެ. މިސްކިތަށް އައިސް އެއްކަލަ ބޭ އަންނާނެ ގަޑިއެއްގެ އިންތިޒާރުގައި އިންދާ ދޮޅުގަޑިއެއްހާއިރުފަހުން އޭނާ އައިސް އޭނާގެ އަސްމަތީ އަހަރެން ގެންގޮސް ލީ ސިލޯނަށް ދާ ބޯޓަކަށެވެ. އެބޯޓްމީހުންނާ ވާހަކަ ދެއްކީ އޭނާއެވެ. އަހަރެންގެ ހުރިހާ ވާހަކައެއް އެބޯޓްގެ މީހުންނަށް އޭނާ ކިޔައިދިނެވެ. އަދި ސިލޯނު ސަރުކާއި އަހަރެން ހަވާލުކުރުމަށްވެސް އޭނާ ބުންޏެވެ. އެކަން އެނގުނީ ސިލޯނުގައި ހުރެފައި މާލެ ފޮނުވި އިރު އެތަނުން އަހަރެން މާލެފޮނުވުމަށް ހަވާލުވެހުރި ދިވެއްސެއްގެ ފަރާތުންނެވެ. ސިލޯނަށް އާދެވުނީ ފަސްދުވަސްފަހުންނެވެ. މަލެ އާދެވުނީ ފަންސަވީސްދުވަސްފަހުންނެވެ. އަހަންނަށް އެނގުނު ގޮތުގައި އަހަރެން ސަލާމަތްވެގެން އެދެވުނު ފެކްޓްރީ ހުރި ޤައުމަކީ ތައިލޭންޑެވެ. އޭގެކުރީގައި މޫސަބޭ މަރާލި އަދި މިނިކާމީހުން އެއުޅުނުރަށަކީ އިންޑޮނީޝިޔާގެ ބާލީކައިރީ އޮންނަ ސިމްބާވާ ކިޔާރަށެކެވެ. މާލެއައިސް ދިހަވަރަކަށް ދުވަސްފަހުން އުފަން ރަށަށް އާދެވިއްޖެއެވެ. އައީވެސް އަތޮޅުގެ އެހެންރަށެއްގެ އޮޑިއަކުން ނެވެ. ރަށަށް އައިސް އަންހެނުންނާއި ބައްދަލުކުރިއިރު އަންހެނުން އެހެން މީހަކާއިއިނދެ ބަނޑުވެސް ބޮޑެވެ. އަހަރެން މަރުވީކަމަށް މަންމަމެން ފާތިޙާ ކިޔަވާ އަދި އަހަރެން ގެއްލުމުގެ ހިތާމައިގައި ގެއްލުނުތާ ފަސްވަނައަށްވީދުވަހު ބައްޕަވެސް ވަނީ ނިޔާވެފައެވެ. "


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-06 05:17:24 | Report this Comment
ފަޑަބޯކު:

ޕެރެގްރާފު ތަކަކަށް ބަހާލައިގެން ލިޔާނަމަ ކިޔަން ފަސޭހަވާނެ ދޯ. އެއްވެސް މީހަކު މި ލިޔުން އެއްކޮށް ކިޔާނެހެނެއް ހިއެއްނުޥޭ

Posted on 2010-03-06 10:45:00 | Report this Comment
އަލްމާ:

ޝައުގުވެރި ވާހަކައެއް! ކިޔާ ހިތްވެގެން އެންމެ ފަހު ޖުމްލައާއި ހަމައަށްވެސް މިވާހަކަކީ!!

Posted on 2010-03-06 11:23:54 | Report this Comment
ޝެނީ:

މީ ހަމަ ހަގީގަތެއްތަ؟؟ ވަރަށް އަސްރުގަދަ ލިއުމެއް ކޮންމެއަކަސް!!!!!!މިމީހާ މިހާރު ކޮބާ އަދި އޭނާގެ އަންހެނުން ކޮބާ؟؟؟؟؟؟

Posted on 2010-03-06 13:05:47 | Report this Comment
ގޮއްބެ:

އޭ އަސްލު ހަމަ ސަޅިއޭ އިނގޭ... ހީވަނީ ހަމަ ފިލްމެއް ބަލާލިހެން

Posted on 2010-03-06 14:28:38 | Report this Comment
އަލީ:

ވަރަށް ގަބޫލުނުކުރޭ ކަންތައް އެބަހުރި

Posted on 2010-03-06 17:07:13 | Report this Comment
ސޮފްޓް:

މީ ޙަގީގީ ވާހަކަ އެއްތަ؟؟؟
މިރާން: އާނ!މީ ޙަގީގީ ވާހަކަ އެއް. އެކަމު ހުންނާނެ ތަންތަން ކޮޅު މޮޑެފަ.
ސޮފްޓް: މިކަހަލަ އިތުރު ވާހަކަ ތަކެއް ގެނެސް ދިނުން އެދެން...

Posted on 2010-03-06 17:33:46 | Report this Comment
ފާތުން:

ވަރަށް ރީތި ، އަސަރުގަދަ ވާހަކަ އެއް، މިބޭބެ މިހާރު ކޮބާ، ބައްދަލު ކޮއްލަން ވަރަށް ބޭނުން!(ހަގީގަތެއް ނަމަ)

Posted on 2010-03-06 17:45:30 | Report this Comment
މުރާސިލާ :

މީގައި ވާ "އިލޮޖިކަލް ފެކްޓް" އަކީ މިނިކާވަގަށް އޭނަ ހާ ބާރަށް ނުދުވުން .. ކެއުމަށްޓަކައި މިނިކާވަގުގެ އަތުން ހަމަލާ ދިނުން ... މި ފަދަ ކިތައްމެ ކަމެއް .. މި އީ ފެއަރީ ޓެއިލްސް އެއްތަ ؟

Posted on 2010-03-07 13:45:36 | Report this Comment
ހަލީމް:

ކާކުބާ ކައިވެނި ކޮށްދިނީ.މީ ވަރަށް ގަބޫލުކުރަންދަތި ވާހަކަ އެއް.

Posted on 2010-03-07 14:33:46 | Report this Comment
ހސނ:

ތިއީ ފޭކު ވާހަކައެއް ޙަގީގަތާއި ޚިލާފު ޤަބޫލުކުރަން ދަތި ތަންތަންކޮޅު އެބަތިބި.....

Posted on 2010-03-08 03:46:19 | Report this Comment
ަހުމަދ ިބރަހިމ :

ކަލެ މެނ ފަދަ ބޮނ ވި ެހ ނުނ

Posted on 2010-03-08 11:07:51 | Report this Comment
އައްޕަ:

ހަގީގީ ވާހަކަ އެއް ކަމަށް ގަބޫލެއް ނުކުރެވޭ

Posted on 2010-03-08 15:05:26 | Report this Comment
އަލީ:

ފޭކު ސުޓޯރީއެއް......

Posted on 2010-03-08 22:40:27 | Report this Comment
މިރާނޫޫ:

މިރާން ގެ ހުވަފެނެއްކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭމީ

Posted on 2010-03-09 06:38:38 | Report this Comment
ޢިމާދު:

100% ފޭކް ވާހަކައެއް. ބުއްދި ޤަބޫލު ކުރާ ކަހަލަ އެއްވެސް ވާހަކައެއް ނެތް

Posted on 2010-03-09 08:50:46 | Report this Comment
ތުނޑި:

އެއީ1955 ހާ ހިސާބުގައި ސްޓޯރީ ޓެލާޔާ ދިމާވި 40 ވަރަކައް އަހަރުގެ މީހަކު ކިޔާދިން ވަހަކައެއް. އެހެންވީމަ އެމީހާ ދުނިޔޭގަ ހުރުން ވަރައް ދުރު. މީވެދާނެ ތެދަކައް ވެސް ކޮންމެ ކަމަކީވެސް ކުޅަދުން ވަންތަ ކަން.

Posted on 2010-03-09 10:48:40 | Report this Comment
އޭންޖީ:

ވަރަށް ފޭކު ވާހަކައެއް...

Posted on 2010-03-09 22:55:14 | Report this Comment
ބިޒީ އޮންލައިން:

ނަހުލާ ލައްވާ މިވާހަކައް ފިލުމެއްކުޅެއްވީނު؟

Posted on 2010-03-10 01:12:39 | Report this Comment
ތަރަބެ:

ބޮޑަށް ޚިޔާލީ ވާހަކައެއް ގޮތަށް ގެނައި ނަމަ ވަރަށް ސަޅިވީސް........ މިހާރުވެސް ސަޅި!

Posted on 2010-03-10 11:42:25 | Report this Comment
Mastr:

need a way to contact him if he is alive.. thnx

Posted on 2010-03-10 15:30:29 | Report this Comment
އެސްފިޔަ.:

ވާހަކައިންތަންކޮޅެއްކިޔާފައި ނުނިއްމާހުއްޓައެއްނުލެވުނެވެ.ލާމަހާފައިހުރިގޮއްވަރައްމޮޅު އެކަމަކު އެގޭމީހަކަށް ގަބޫލުނުކުރެވޭވަރުގެބައެއް ތަންތަންކޮޅު އެބަހުއްޓެވެ، މިސާލަކަށް. އަމިއްލަދަރިން މަރާލާގެން ކާޖަނަވާރެއް ލޭކޮށާލާގެން ހޭނެތި ފައިވާ އިންސާނަކަށް ފަރުވާ ދީދީބަލަންތިބޭނެހެން ހީވޭހެއްޔެވެ.މިކަހަލަބައެއް ތާންތަން ކޮޅުއެބަތިއްބެވެ.އެހެންނަމަވެސް ވަރައްސަޅި........

Posted on 2010-03-10 16:58:37 | Report this Comment
ކަތިބެ:

ހަމަ ޔަޤީނުންވެސް ފޭކް ވާހަކައެއް، އެއީ ގަބޫލްކުރަންދަތި ކަންތައްތަށް ހުރީމަ.

Posted on 2010-03-11 18:37:16 | Report this Comment
ހާލި:

25 ދުވަސް ފަހުން އައިއިރު އަނބިމީހާ އެހެން މީހަކާ އިނީމަ އިއްދަ ހަމަނުވެނުން
ގަޅި: އެއީ ސިލޯނައް ދިޔަތާ ފަންސަވީސް ދުވަސް ފުހުން ނޭ....ޕިސް ޕިސް..ވިސްނަބަ

Posted on 2010-03-12 02:34:19 | Report this Comment
ހާލި ގެ ހާލި:

ގަޅި! ސިލޯނަށް ދެވުނުތާ 25 ދުވަސް ފަހުން ރާއްޖެ އާދެވުނު ވާހަކައޭ... ރަގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ!

Posted on 2010-03-13 06:17:38 | Report this Comment
ކާލީ:

ކިން ކޮންގެ ރާއްޖެ ވަޝަން!!! ސުރުހީ ވަރަށް ސަޅި. ވާހަކަ މިއަށްވުރެ ރަގަޅު ކުރެވިދޢނެ

Posted on 2010-03-13 21:18:43 |
ފެންޓަމް:

ފޭކް ވާހަކައެއް. ސިންގާ އެއް މީހަކަށް ހަމަލަދޭކަށް ބުރަކަށްޓަކާ ދިމާއެއް ނުކުރާނެއެވެ. ފުރަތަމަ އަމާޒަކަށް ވާނީވެސް ވައިނޮޅިއެވެ. އަންހެން މަކުނެއް އިންސާނަކާއެކު އެގޮތަށް ގުޅުމެއް ނުހިންގޭނެއެވެ. އަދި ބަލިވެވެސް ނީދެވޭނެއެވެ. އޭގެ ފިރިޔަކަށް އިޚްތިޔާރެއްވެސް ނުކުރާނެއެވެ. އަތުން ހަނާވެސް ނާޅާނެއެވެ. މިކަހަލަ ފޭކެއް ލިޔާކަށް ބޮޑުކަމެއް ނޫނެވެ.
ޕަކަަ: ފެންޓަމް ހަމަތަ...އަދި އެއް ފަހަރު ވިސްނާފަ ކޮމެންޓް ކޮއްބަލަ

Posted on 2010-03-13 21:56:09 | Report this Comment
ކުޑަ ހިޔަޅު:

ހަހަހަހަހަހަ މީ ޓޮޕް އޮޕް ދި ޕޮޕްސް ވާހަކައް..........

Posted on 2010-03-20 21:46:16 | Report this Comment
ގުލާބީ މާ:

އޭނާބުނީ ސިލޯނަށް ފޮނުވާދޭނަމޭ ދެން އޭރުން ކަލޭގެ ސަރުކާރުން ކަލޭ ރާއްޖެ ފޮނުވައިދޭނެކަމަށެވެ...... ބަސްނޭންގުމުން ވާހަކަ ދައްކަން ޖެހެނީ އަތުގެ އިޝާރާތުންނެވެ.... ހަމަބަސް ނޭނގެނީ ތަ؟

Posted on 2010-04-04 22:25:58 | Report this Comment
ެޖދލދިެ:

ނަހުލާ ލައްވާ ހަދައިގެން..ކަމަކު ނުދާނެ..ނަހުލާ ހަދަނީ ހުސް ކޮޕީ. ދެން މާ ނަހުލާ ވެފަ ތި އުޅެނީ ..އެއީ މާ މޮޅުމީހެއްތަ..ހަހަހަހަހަހަ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009