"ލާއިމް.... އައިނީޑް ޔޯ ހެލްޕް......" ލާއިމް ސާހިލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ސާހިލް ބޭނުންވަނީ ކޮން ހެލްޕެއްތޯ އަހާފަދަ ގޮތަކަށެވެ.
"އަހަންނަކަށް ނޭގޭ ޔާނާކަންތައް ކުރާގޮތުން ޔަނާގެ ހިތުގައިވާ އެއްޗެއް.....ބައެއްފަހަރު ހީވޭ ޔާނާވެސް އަހަރެންދެކެ ލޯބިވާހެން .އަނެއްބައި ފަހަރު ހީވާ އެއީ ކުއްހީއެކޭވެސް....ދެން ނޭގޭ.... މިއަންހެންކުދިންގެ ހިތަކީ ވަހުތާނެއްކަހަލަ އެއްޗެއް....." ސާހިލް އޭނާގެ އަތުގައި އޮތް ޓީވީ ރިމޯޓާކުޅެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
ލާއިމްއަށް އަދިވެސް ސާހިލް ބުނަން ބޭނުންވަނީ ކީކޭކަން ނޭގިފައި ބަލަން އިނެވެ. ސާހިލްއާއި ޔާނާގެ ދެމެދުގައި ކަންތައްގަޑެއް ހިގައިފިކަން ލާއިމްގެ ހިތް ބުނަންފެށިއެވެ.
"ލާއިމް...ލާއިމް އަށް ވަރަށް އެގެއެއްނުން އަންހެންކުދިން ހޭންޑަލް ކުރަން... މިބުނީ އެމީހުންގެ ހިތުގައި ވާއެއްޗެހި ލާއިމް އެހާ ފަސޭއައިން ހޯދާ ގޮތެއް މަށަށް ވެސް ކިޔާދީބަލަ..... ޔާނާގެ ހިތުގައި ވާއެއްޗެއް ބަލަން އަހަރެން ކޮންމެފަދަ ކަމެއްވެސް ކުރަން މިހިރީ ތައްޔާރަށް......." ސާހިލް އާދޭހުގެ ރާގަށް އެހެންބުނުމުން ލާއިމްގާތަށް ހިނިވެސް އައެވެ.
"ހަމަ އެހާ ބޭނުންތަ.....؟ ހެހެހެހެހެހެ... މަ ދުވަހަކުވެސް އުންމީދެއްނުކުރަން ސާހިލް މަގޭ ކައިން ތިކަހަލަ ކަމަކަށް މުޅި އުމުރުގަވެސް އެދިފާނެޔޭ.... ހައްތާވެސް ލޯބީގެ ޖާދޫ..." ލާއިމްކުޑަކޮށް ސާޙިލްއާއި ދިމާކޮށްލިއެވެ.
"ހްމް....މަށަށް ވެސް ހީވާގޮތުން ޔާނާވެސް ސާހިލްއަށް ގޮތެއް ހުރޭ... އެއީ ލޯބި ކަމެއް ގެރެންޓިކޮށް ބުނާކަށް ނޭގޭ... ސާހިލްއަށް ވަރަށް ފަސޭހައިން ޔާނާގެ ހިތުގައިވާ އެއްޗެއް ހޯދިދާނެ..އެކަމަކު މަށަށް ހާދަ ހީނުވެއޭ ސާހިލްއަށް އެކަން ކުރެވިދާނެޔޭ....." ލާއިމްގެ ވާހަކަ ނުނިމެނީސް ސާހިލް ވާހަކަ ދައްކަން ފެށިއެވެ.
"ނޫނޭ ތީ ހަމަ ހީވާގޮތް ....އަހަރެން އެއަށްވުރެ ޔާނާދެކެ ލޯބިވޭ...ޔާނާއަށްޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސް ކުރަން މިހިރީ ތައްޔާރަށް..... ނިކަން ބުނެބަލަ ހަދަން ވީގޮތެއް....."
"ސާހިލް ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ ޔާނާއާއި ތަންކޮޅެއް ދުރުގަ އުޅެންވީ.. ޔާނާ ފާހަގަ ވާގޮތަށް އިގްނޯރ ކުރަން ވީ... އެއީ ފުރަތަމަ ކަން...ވާނެތަ.... މިކަން ކުރެވިގެން ދެންއޮތްކަން ކުރެވޭނީ....."ލާއިމް ގެ ވާހަކަ އަޑު އިވުމުން ސާހިލްގެ ދެލޯ ބޮޑުވިއެވެ.
"ލާއިމް...ކަންފަތުގައި މައްސަލައެއް އުޅެނީތަ...އަހަރެން ނުބުނަމޭ ޔާނާއާއި ދުރުވާނެ ގޮތެއް ބުނެދޭށޭ...ތިހެން ހެދީމަ ޔާނާ އަހަންނަށް ގެއްލޭނީއެއްނުން...."ސާހިލް ލާއިމްއަށް ލޯއަޅާލިއެވެ.
"ހެހެހެހެހެ... ސާހިލް.....ކަ މޯން... އަހަރެން ފުރަތަމަވެސް ބުނީ ކީކޭ.. ސާޙިލްއަކަށް މިކަންތަކެއް ނުވާނެއޭ.... "ލާއިމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އެންމެފަހުން ސާހިލް އެކަންކުރަން އެއްބަސްވިއެވެ. ޔާނާއާއި ދުރުގަ އުޅެން އޭނާއަށް ވަރަށް އުނދަގޫވާނެއެވެ. އެހެންނަމަވެސް އޭނާއެކަން ކުރާނެއެވެ. ޔާނާއަށްޓަކައެވެ. ލާއިމް ދެވަނައަށް ދިން މަޝްވަރާއަކީ ސާހިލް އެހެން އަންހެންކުއްޖަކާ ތަންކޮޅެއް ގާތްކޮށް ޔާނާ ކުރިމަތީގައި އުޅުމަށެވެ. ޔާނާ ސާހިލް ދެކެ ލޯބި ވާނަމަ އެކަންތައް ބަލަން މާގިނަ ދުވަހަކު ޔާނާއަކަށް ކުޅަދާނައެއްނުވާނެއެވެ. ޔާނާއަށް ސާހިލްގެ ކުރިމަތީގައި އޭނާގެ ހިތުގެ އުދާސްތައް ބޭރު ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ލާއިމް ބުނަމުންދިޔައެވެ. ސާޙިލް އެކަން ގަބޫލު ކުރިއެވެ.
ަ
އެހެންދުވަސް ދުވަހާ ހިލާފައް މިއަދު ޔާނާގެ މޫނުމަތިން ފެނިގެންދަނީ ހިތްހަމަ ޖެހުމާއި އުފާވެރި ކުލަވަރު ތަކެވެ. ރޭގައި ސާޙިލްގެ ފަރާތުން އިވިގެން ދިޔަ ލަވައިން އޭނާގެ ހިތް ވަނީ މުޅީން ހަމައަކަށް އެޅިފައެވެ. އެހެންނަމަވެސް އެކުލަ ފަނޑުވެގެން ދާކަށް މާގިނަ އިރެއްނުނެގިއެވެ. ކޮލެޖަށް ދިޔަ މަގުމަތީގައިވެސް ސާހިލް ޔާނާއާއި އެއްގޮތަކަށްވެސް އަގައިން ނުބުނެއެވެ. ޔާނާއަށް އެހެންދުވަސްދުވަހު ސިއްރުން ބަލާގޮތަށް ނުވެސް ބަލައެވެ. ޔާނާއަށް އެކަމުން ކޮންމެވެސް ވަރެއްގެ އުދަގޫތަކެއްވިއެވެ. ސާޙިލް ލަމްހާއާއި ހީހީފައި ވާހަކަ ދެއްކިއިރުވެސް ޔާނާއާއިއެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ.
ސާހިލް ކްލާހުގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ޔާނާއާއި ވާހާކަ ނުދައްކާހުންނަން ޖެހުމުން ސާހިލްއަށްވެސް ވަރަށް އަސަރު ކުރިއެވެ. އަދި ޔާނާގެ ބެލުންތަކުން ސާހިލްގެ އަޒުމް ބައެއްފަހަރު ގުޑުވާލާހެންވެސް ހީވެއެވެ. ސާހިލްގެ ނަޒަރު ހުއްޓުނީ ހެވިދިއްލިފައިއިން ސުނާއަށެވެ. އޭނާ އެކުރަން އުޅޭ ކަންތަކުގައި ސުނާބައިވެރިކުރަން ޖެހިލުންވިޔަސް އެނޫންގޮތެއް ނެތެވެ.
"ސުނާ ... މާފްކުރާތި ..ސުނާއަށް ނުވެސް އަންގާ މިކަހަލަ ކަމެއްގައި ސުނާ ޔޫސް ކުރެވޭތީ...."ސާހިލް ހިތާހިތާ ކިޔާލިއެވެ.
ޔާނާ އުންމީދުކުރީ މިއަދު ސާހިލް އިށީންނާނީ އޭނާއާއި ޖެހިގެން ކަމަށެވެ. އެހެންނަމަވެސް ކަންތައް ވީ ޔާނާ ހީކުރި ގޮތަކަށް ނޫނޭވެ. ސާހިލް އޭނާއަށް ބަލާވެސް ނުލާ ގޮސް ސުނާކައިރީ އިށީނެވެ. އަދި ސުނާއާއި ވާހަކަ ދައްކާތަން ފެނުމުން ޔާނާ ހައިރާންވިއެވެ. ސާހިލްއަށް އެހާ ބަދަލު އައީ ކީއްވެބާއޭ ޔާނާގެ ހިތައް އެރިއެވެ.
ސުނާގެ ހިތް އުފަލުން ނަށައިގަތެވެ. ސާޙިލް އެހާ ގާތްކޮށް އޭނާއާއި ވާހަކަ ދެއްކީ މީފުރަތަމަ ފަހަރެވެ. ސާހިލް އެގޮތަށް އުޅެން ފެށުމުން ސުނާއަށް ހައިރާންކަމެއް ލިބުނެވެ. އެހެނަސް އެކަމާ މާބޮޑަށް ސުނާ ވިސްނާކަށް ބޭނުންމެއްނުވިއެވެ. ސުނާއަށް ހީވީ ސާހިލްއަށް އޭނާގެ ލޯބި އަގުވަޒަންކުރެވުނީހެންނެވެ.
ދޭތެރެއަކުންސުނާ ،ޔާނާއަށް ބަލާލައެވެ. ޔާނާ އެމީހުންނަށް ބަލާތޯ އެވެ. ސުނާ ބޭނުންވީ ޔާނާ ދެރަކޮށްލުމަށެވެ. ޔާނާ ބަލަން އިންގޮތުން ޔާނާއިނީ ހިތަހަމަ ނުޖެހިފައިކަން ސުނާއަށް އެގުނެވެ. އެކަންވީ ސުނާހިތައް ފިނިކަމެއް ލިބިދިން ކަމަކަށެވެ.
"ސާހިލް..... ކަމަކާ ހިތްހަމަ ނުޖެހިފަތަ......" ލާއިމްއާއި ލަމްހާގެ އިންތިޒާރުގައި މަޑުކޮށްގެންހުރި ސާހިލް އަށް ފަހަތަށް ބަލާލެވުނީ ޔާނާގެ އަޑުއިވުމުންނެވެ.
"ނޫން... .."ސާޙިލް ކުރުގޮތަކަށް ޖަވާބު ދެމުން ކާރަށް އެރިއެވެ.
ސާހިލްގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުމުން ޔާނާދެރަވިއެވެ. އަދި ސާޙިލް އަޅާވެސް ނުލާ ކާރަށް އެރުމުން ޔާނާ ލަދުވެސް ގަތެވެ. ޔާނާ ކާރަށް އަރަންވެސް ޖެހިލުންވިއެވެ. އެދެމެދުގައިވާ ބީރައްޓެހިކަން މިހާ ހިސާބަށް ހިގައިދާނެ ކަމަށް ޔާނާއެއްގޮތަކަށްވެސް އުންމީދެއްނުކުރެމެވެ.
ކާރުގެ ލެނގިލައިގެން ހުރި ޔާނާއަށް ސާހިލް ބަލާލިއެވެ. ލާއިމް ބުނީ ތެދެކެވެ. ޔާނާއަށް ކޮންމެވެސް ގޮތެއް ވާކާން ޔާނާގެ މޫނުމަތިން ދޭހާ ކޮށްދެއެވެ. ޔާނާ އެހާވަރުން އޭނައާއި ވާހަކަ ދައްކަން ބޭނުންވެގެން އުޅޭގޮތް ސާހިލްއަށް ވަރަށް ކަމުދިޔައެވެ. ސާހިލްގެ މޫނުމަތީގައި ހިނިތުންވުމެއް ވެރި ކޮށްލިއެވެ.
"ޔާނާ.... ކީއްވެ ކާރަށް ނާރާ ތިހުރީ..." ލާއިމް ކޮލެޖުން ނިކުމެގެން އައިސް ކާރުކައިރީ މަޑުކޮށްލިއެވެ. ޔާނާގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރު ތަކުން ސާހިލް އޭނާގެ ރޯލް ރަނގަޅަށް ކުޅެމުންދާކަން ލާއިމްއަށް ފާހަގަ ވިއެވެ.
ޔާނާ ފަނޑު ހިނިތުންވުމެއް ދެމުން ކާރަށް އެރިއެވެ. ސާހިލްއުޅުނު ގޮތުން އޭނާގެ މޫޑުވަނީ މުޅީންވެސް ގޯސްވެފައެވެ. ސާޙިމްއާއި ދުރުގަ ހުރުމަށް އަމިއްލައަށް ނިންމި ނިންމުމާ ދޭތެރޭ ރުޅިއާދެވުނެވެ. ސާޙިލް އެހާ ދުރު ދުރުން އެއުޅެނީ ޔާނާވެސް ކަންތައް ކުރިގޮތުން ނޭހިތް ބުނަމުން ދިޔައެވެ. ގެއަށް ދިޔަ މަގުމަތީގަވެސް ޔާނާއިނީ ވަރަށް މަޑުމަޑުންނެވެ. ޔާނާގެ ބޮލޮގައި ފާޑަކަށް ރިއްސަން ފެށިއެވެ.
އެރޭ ޔާނާ ކޮޓަރިއަށް ވަންގޮތަށް ނުވެސް ނިކުމެއެވެ. ފިލާވަޅުވެސް ބަލާނުލާ އެނދަށް އެރިގޮތަށް އޮތީއެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެފައި އޮތް އިރު ޔާނާއަށް ސިފަވަމުން ދިޔައީ ސުނާއާއި ސާހިލް އެވެ. ދެމީހުން އެހާ އެއްކޮށް އުޅުނު މަންޒަރު ކުރިމަތިން ސިފަވަމުންދާ ކަހަލައެވެ.
"ސުދާ ހިނގާބަލަ ޕެނެޑޯލް ގަނެގެން އަންނަން..."ޓީވީ ބަލަން އިން ސުދާ ލަމްހާގެ އަޑު އިވުމުން ތެދުވިއެވެ.
"ކާކަށް ދޭން ބޭސް ގަންނަން ދަނީ... ދައްތައަށް ކަމެއްވީތަ..."ސާހިލް ލާމްހާއަށް ބަލާލާމުން އަހާލިއެވެ.
"މިގޭގަ މަންމަ އެކަނި ބަލިވާން ހުންނަނީ.... އެހެންމީޙަކުވެސް ބަލިވެދާނެއެއްނުނަ...ހެހހެ.... މިދަނީ ޔާނާއަށް ދޭން ބޭސް ގަންނަން ދާން...."ލަމްހާ ސުދާއާއި އެއްކޮށް ހިގައިގަންނަމުން ބުނެލިއެވެ.
"ޔާނާއަށޭ.... ޔާނާއަށް ކިހިނެތްވީ...."ސާހިލްއަށް ސޯފައިން ފުންމައިގެން ތެދުވެވުނެވެ. ސާހިލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
"ސާބަހޭ.... މާ ބޮޑު ކަމެއްނުވޭ...ބޮލުގަ ރިއްސާތީއުޅެނީ.... "ސާހިލްއަށް ވީގޮތް ފެނުމުން ލަމްހާހިތުގައި ޝައްކުތަކެއް އުފެދުނެވެ.
ސާހިލްއާއި ޔާނާގެ ދެމެދުގައި ގުޅުމެއް އޮތީހެއްޔެވެ. މިހާރަކަށްއައިސް ސާހިލްގެ ފަރާތުން ފެންނަމުންދާ ބަދަލް ތަކަކީ އެކަމަށް ހެކިދޭ ކަންތަކެވެ.
"ލަމްހާ މަޑުކޮށްލާ.... ދޮންބެ އަންނާނަން ބޭސް ގަނެގެން.... މިހާ ލަސްވެފަ ހުއްޓާ ލަމްހާ ދާނެ ކަމެއްނެތް..." ސާހިލް ކާރުގެ ތަޅުދަނޑި ނަގަމުން ލަމްހާގެ ޖަވާބަކަށް ބަލާލުމެއްނެތި ނިކުމެގެން ދިޔައެވެ. ލާއިމްވެސް ސާހިލްގެ ފަހަތުން ނިކުމެގެން ދިޔައެވެ.
އެމަންޒަރު ބަލަން ހުރި ލަމްހާއަށް ހެވުނެވެ.
"ސާހިލް... ތިހާވަރަށް ހާސްނުވެބަލަ.....ތިވަރުން އެއްވެސް ކަމެއްނުވާނެ.... ޔާނާއަށް މިއަދު ވެފަ ހުރިގޮތުންވެސް މަށަށް އެގިއްޖެ ޔާނާ ސާހިލްދެކެ ލޯބިވާކަން.... ދެން ލޯބިވަންޏާ ސާހިލް މިއަދުކަންތައް ކުރިގޮތުން އެފަކީރުގެ ބޮލޮގަ ނުރިއްސިއްޔާ ދެރައެއްނުން.... އެހެންނޫނަސް އަހަރުމެންގެ ޕްލޭން ވޯކް އެބަ ކުރެޔޭ އޭގޭ މާނައަކީ..."ލާއިމް ސާހިލްގެ ހިތް ހަމަޖައްސައިދެވޭތޯ ބެލިއެވެ. ސާހިލް ބަލާލުމެއްނެތި އެހާ ބާރަށް ކާރު ދުއްވަން ފެށުމުން ލާއިމް ހިތްހަމަ ނުޖެހުނެވެ. އެހާ ކުޑަކަމަކާ ސާހިލް އެވަރު ވަންޏާ އެމީހުންގެ ޕްލޭން ވޯކް ނުކުރާނެކަން ލާއިމް ސާހިލްއަށް ވިސްނައިދިނެވެ. އެހެންނަމަވެސް ސާހިލް އެއަޑެއްނޭޙިއެވެ.
"ލަމްހާ.... ހާދަ އަވަހަކަށް ތިޔައީ....ބޭސް ލިބުނުތަ...؟"ކޮޓަރިއަށް ވަދެގެން އައި ލަމްހާ ފެނުމުން ޔާނާ ހައިރާންވިއެވެ. އެހާ އަވަހަށް ފިހާރަޔަށް ގޮސްފައި އެބުރިއައީ ކިހިނެތްހެއްޔެވެ.
"ހެހެހެ ... އަހަރެން ދާން އުޅެނިކޮށް ދޮންބެ ބުނެގެން ދޮންބެއާއި ބޭސް ގަންނަން ހަވާލު ކޮށްފަ މިއައީ...."ލަމްހާއަށް ޔާނާގެ މޫނުމަތި އަލިވެގެން ދިޔަތަން ފެނުނެވެ.
"ޔާނާ ... އަހަރެން ސުވާލެއްކޮށްލަންތަ..... ތެދަށް ޖަވާބު ދޭތި...." ލަމްހާ ޔާނާގެ މޫނަށް ބަލަން ހުރެ އެހެން ބުނުމުން ޔާނާ ކުޑަކޮށް ހާސްވިއެވެ. ލަމްހާ އަހަން އެއުޅެނީ ކީކޭބާ ހެއްޔެވެ.
"ޔާނާ ދޮންބެދެކެ ލައިކްވޭދޯ........."ލަމްހާގެ ސުވާލުން ޔާނާގެ ދެލޯބޮޑުވިއެވެ. ލަމްހާ ޔާނާއާއި ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.
"އެއްވެސް މީހަކު ކައިރީ ނުބުނާނަން..... އެކަމުން ދޮގު ނަހަދާތި..ލައިކް ވޭދޯ..." ލަމްހާ އެހާ ގާތްކޮށް އަހާލުމުން ދޮގު ހަދާކަށް ޔާނާ ބޭނުމެއްނުވިއެވެ. މަޑު މަޑުން ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.
"ހްމް..."ޔާނާ އިސްދަށަށް ޖަހާލަމުން ހޫނ ބުނެލިއިރުއޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ލަމްހާއަށް ފެނުނެވެ.
ލަމްހާ ދެރަވިއެވެ. އެހެންމީހުން ލޯބި ވެވެމުން އުފާވަނީއެވެ. އެހެންނަމަވެސް ޔާނާ ދެރަ ވީ ކޮންކަމަކާ ހެއްޔެވެ.
"ދެންކީއްވެ ތިރޮނީ......ދޮންބެއަށް އެގޭތަ ޔާނާ ދޮންބެ ދެކެ ލައިކް ވާކަން..."
"ނުބުނަން... އަހަރެންނަކީ ސާހިލްއާއި އެކަށީގެންވާ މީހެއްނުން....އަހަރެންގެ މާޒީ އެގިއްޖެއްޔާ ސާހިލް އަހަންނާ ވާޙަކައެއްވެސް ނުދައްކާނެ...އެހެންވީމަ ކީއްކުރަން ބާކާރު ކަމެއް ކުރަން އުޅެންވީ......" ޔާނާ ދެއްކި ވާހަކަތަކުން ޔާނާގެ ވަރަށް ހިތި މާޒީއެއް ވާކަން ލަމްހާއަށް އެގުނެވެ.
"ޔާނާ .... ދެންއެކަމަކު މާޒީގަ ވެފަ އޮތް ކަމެއް ކިހިނެތް ބަދަލު ކުރާނީ... އެހެންނޫނަސް ދޮންބެއަކީ ތިހީކުރާ ކަހަލަ މީހެއްނުން... އެއަށް ވުރެ އަންޑަސްޓޭންޑިން ވާނެ ....... ލަމްއަށް ގެރެންޓީކޮށް ބުނަން އެގޭ ދޮންބެއަށް ޔާނާ ކަހަލަ ރަނގަޅު ކުއްޖެއް ލިބިޖެއްޔާ ދޮންބެއަށް ވުރެ ނަސީބު ރަގަޅު މީހެއް ނުހުންނާނެކަން......ލަމްހާ ޔާނާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
"ނޫން.... އަހަރެން ވަރަށް ދެރަވާނެ ދެވަހަ ފަހަރަށް އަހަރެންގެ ހިތް ހަލާކު ވެއްޖެއްޔާ..... އެހެންނޫނަސް މިހާރު ސާހިލް އުޅެނީ ވަރަށް ދުރު ދުރުން.... ސާޙިލްހިތްހަމަ ނުޖެހޭ ކަމެއް މަށަށް ކުރެވުނީ ކަންނޭގެ..."ޔާނާގެ ހަނދާނަށް ކުރީ ރޭގެ ހާދިސާ އައެވެ.
ޔާނާ ކުޑަގޮތަކަށް ލަމްހާއަށް ސާހިލް ކަންތައް ކުރިގޮތް ކިޔާލަދިނެވެ. ލަމްހާ ސުނާ ދެކެ ވަރަށް ރުޅިއައެވެ. އަދި ސާހިލްދެކެ އެއަށްވުރެ ބޮޑަށް ރުޅިއާދެވުނެވެ. އެހާވަރަށް ޔާނާގެ ފަސްފަހަތުން އުޅެފައި އެހެން ކަންތަކުރީތީ ލަމްހާ ހައިރާންވިއެވެ. އެކަމަކު ދެންމެ ސާހިލް އުޅުނު ގޮތުން އޭނާ ޔާނައަށް އަޅާލާވަރު ލަމްހާއަށް ފާހަގަ ވިއެވެ. ދެން އެހެންވީއިރު ސާހިލްގެ އަމަލާ ޔާނާ ބުނާއެއްޗާ ދިމާނުވަނީ ކީއްވެހެއްޔެވެ.
ދޮރުގައި ޓަކި ޖަހަލި އަޑު އިވުމާއެކު ލަމްހާގޮސް ދޮރޮ ހުޅުވާލީ ސާޙިލްކަމަށް ހީކޮށެވެ.
"ލާއިމް......ކޮބާ ދޮންބެ" ލަމްހާ ސާހިލްފެންނަން ނެތުމުން އަހާލިއެވެ.
"ވަރަށް ނިދިއައިސްސިޔޯ ކިޔާފަ ގޮއްސި ނިދަން.....ކޮބާ ޔާނާ ކިހިނެތް.... މާދަން ކޮލެޖަށް ދެވޭނެތަ..."ލާއިމް އެދުގެ އެއްފަރާތެއްގައި އިށީނެވެ.
ލާއިމްގެ ޖުމްލަ އަޑުއިވުމުން ޔާނާގެ ހިތް ކުދި ކުދި ވިއެވެ. އޭނާ ހީކުރީ ސާހިލް އޭނާގެ ހާލު ބަލާލަން އެއްފަހަރުނަމަވެސް އަންނާނެ ކަމަށެވެ. ލަމްހާވެސް އޭނާގެ ކަންފަތަށް އިވުނު ބަސްތައް ގަބޫލު ކުރަން ދަތިވެފައި ހުއްޓެވެ.
"ހްމް...ކޮލެޖަށް ދެވޭވަރުވާނެ.... ދެންކޮޑަކޮށް ނިދާލާންވީ ...."ޔާނާބޭނުންވީ އެކަނިވެލާށެވެ. ލާއިމް ނިކުމެގެން ދިޔުމުން ލަމްހާވެސް ދިޔައީއެވެ. ސާހިލް އެގޮތަށް ކަންތައް ކުރުމުން ލަމްހާ ކުޑަކޮށް ލަދުގަތެވެ. އިރުކޮޅެއްކުރިން ސާހިލްއަށް އެހާ ތައުރީފް ކުރެވުނު މޮޔަ ހިތައް އެރިއެވެ. ޔާނާ ދެރަވާނެ ވަރު ހިތައް އެރުމުން ލަމްހާވެސް ދެރަވިއެވެ.
ލާއިމް ސާހިލްގެ ކޮޓަރިޔަށް ވަންއިރު ދެކޮޅަށް ހިގާލަ ހިގާލާ ސާހިލްހުއްޓެވެ. އޭސީ ޖައްސާފައި ހުރި އިރުވެސް ސާހިލްވަނީ ދާހިއްލާ ފޯވެފައެވެ.
"ކޮބާ....ޔާނާ ކިހިނެތް...އަހަރެން ކޮބައިތޯ އެހިތަ...." ސާހިލް ލާއިމްފެނުމާއެކު އަހާލިއެވެ.
"ސާބަހޭ ދޯ...ޔާނާއެއް ނާހާ ..އެކަމުން ލަމްހާއެހި ..... ޔާނާ ބުނި މާދަން ކޮލެޖަށް ދެވޭވަރު ވާނެޔޯ.... އަދި ބުނަން ޔާނާ ފެނުނީމަ ވަރަށް ދެރަވި... އެކަމުންއަހަރުމެން ޖެހޭނޭ ކެތްކުރަން ...ޔާނާގެ ހިތުގައި ސާހިލްގެ ލޯބި ހޭއްލާއްވާލާފަ މިފަހަރު ދޫކޮށްލާނީ..."ލާއިމް ލެޕްޓޮޕް ނަގާ އުގުމަތީ ބަހައްޓަމުން ސާހިލްއަށް ބަލާލީއެވެ.
"ޔަގީންތަ..... އަހަރެން ވަރަށް އިތުބާރު ކުރަން ލާއިމްއަށް.. ލާއިމް ބުނާ ހުރިހާ ގޮތަކަށް ހަދައިގެން މިހިރީވެސް ޔާނާދެކެ ވާލޯތްބެއްގެ ބޮޑުކަމުން..... އިފް ދިސް ޑި ޑިންޓް ވޯކް..އައި އޭމް ގޮއިންޓް ކިލް ޔޫ...." ސާހިލް ބާލީހެއް ނަގާ ލާއިމްގެ މޫނަށް ޖަހާލިއެވެ.
އެހަފްތާ ނިމިގެންދިޔައީ ޔާނާއަށް ވޭންދެނިވި އަސަރުތަކެއް ކުރުވާފައެވެ. އޭނަގެ ހިތް އެތައް ފަހަރަކު ސާހިލް ރޮއްވާލައެވެ. ސާހިލްއާއި ސުނާގެ ގާތް ގުޅުންފެނި ޔާނާގެ ކިޔެވުމަށްވެސް ބުރޫ އަރަވަންފެށިއެވެ. ކްލާހުގައި ކިޔަވާ ދޭގަޑީގައި ޔާނާއަށް އިސްކަން ދެވެނީ ސާހިލްގެ އަމަލުތަކަށެވެ. ގެއަށް ދެވޭއިރު ޔާނަ ހުންނަނީ ބޮލުގަ ރިއްސާފައެވެ. ކޮޓަރިތެރޭ ޔާނާއަށް ގިނަ ވަގުތު ހޭދަކުރެވެން ފެށުނެވެ. ޒުބެއިދާވެސް އެކަން ފާހަގަ ކުރެވި އެވާހަކަ ކޮންމެދުވަހަކު ދައްކައެވެ. ޔާނާ އުޒުރަކަށް ބުނަމުންދިޔައީ ފިލާވަޅުތައް ދަސްކުރަނީ ކަމުގައެވެ.
ލަމްހާގެ އެދުމުގެ މަތިން ޔާނާ ޑާންސް ޕްރެކްޓިސްތަކުގައި ބައިވެރިވާން ފެށިއެވެ. ކޮންމެރެއަކުވެސް ޓެރަސްގައި ޕްރެކްޓިސް ކުރިއަށް ދާއިރު ޔާނާ އެމީޙުންނަށް ކުޑަކޮށް ސްޓެޕްތައް ކިޔާލަދެއެވެ. ބައެއްފަހަރު ޑާންސްގައި ބައިވެރި ވެދާނަމޭވެސް ޔާނާގެ ހިތައް އަރައެވެ.
"ޔާނާ... ތިހެން އަދި ކިޔާލަ ދިނަސްނޭގޭނޭ....ދެން ޕްލީސް ...އަހަންނަށް އޯކޭ ޝޯގައި ބައިވެރި ނުވިޔަސް ..އެކަމުން ޔާނާއަށް ޕްރެކްޓިސްގައި ބައިވެރިވެވިދާނެއެއްނުން...."ލަމްހާ ޔާނާއަށް އާދޭސް ކުރަން ފެށިއެވެ. ލަމްހާ ބޭނުންވަނީ ޔާނައަށް ކުޑަ ވަގުތު ކޮޅަކަސް ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުމަށެވެ. ލަމްހާގެ އާދެސް ތަކަށްއެންމެފަހުން ޔާނާއަށް ޖެހުނީ އެއްބަސްވާށެވެ.
ޔާނާ ލައިގެންހުރި ޖިންސުގެ ފައިކުރި އޮޅާލުމަށްފަހު މިއުޒިކާއެއްވަރަށް ފައި ހަމަ ކުރަމުން ދިޔައެވެ. ޔާނާ ނަށަން ފެށުމާއެކު ދެންތިބި ކުދިން ހުއްޓާލީ ޔާނާގެ ކުޅަދާނަ ކަން ފެނިފައެވެ. ލަވަ ނިމިގެން މިއުޒިކްގެ އަޑު ކެޑުމުން ހުރިހާއެންމެން ޔާނާއަށް ތައުރީފްކުރިއެވެ.
"ޔާނާ..ޔޫ ހޭވް ނައިސް މޫވްސް..... ގަބޫލެއްވެސް ނުކުރެވޭ... ހާދާ މޮޅޭ ޑާންސްކުރަން....ވަރަށް ހިތްގައިމު ޔާނާ ސްޓޭޕްތައް ހަދާގޮތް ..އަދި އެހާ ބީޓަށް ރަގަޅު... ކީއްވެ ޑާންސްގަ ބައިވެރިނުވީ....."ސުދާ ޔާނާގެ އަތަށް ޓިޝޫއެއް ދިއްކޮށްލަމުން އަހާލިއެވެ.
"ހެހެ..ކަމެއްނުވޭ..."ޔާނާ ހިނިތުންވެލަމުން ގޮސް ގޮނޑީގައި އިށީނެވެ. އެތައް ދުވަހަކަށްފަހު އެހާވަރަށް ނަށާލެވުމުން މީހާހުރީ މާނޭވާ ލެވޭގޮތް ވެފައެވެ.
"ޔާނާ...ޔާނާއަށް އެގޭތަ ކަޕުލް ޑާންސް ކުރަން.... މިބުނީ ލިފްޓްތައް ނުލާ...." ސުދާ ކޮށްލި ސުވާލުން ޔާނާގާތަށް ހިނިއައެވެ.
"ހެހެހ....އާނ.... ކިހިނެތްވީ...."
"އެނގޭތަ މަށާ އެއްކޮށް ޑުއެޓްގަ ބައިވެރިވަނީ ކާކުކަން.....އެ ރިހާން ގަނޑު...ހާދަ ފޫއްސެއް ވެޔޭ....އަދި އެގޭތަ އޭނަ ސިލެކްޓް ކުރި ލަވައެއް....ހަމް ކިޔާ ފިލްމެއްގެ ކޮންމެވެސް ޖުއްމާ ޗުއްމާ ދޭ ދޭ ޗުއްމާ......އެވެސް ދެން މީހުން ޑާންސް ކުރާ ލަވަތަ..."ސުދާ ކުދި ކިޔަން ފެށިއެވެ. ލަވައިގެ ނަން ބުނުމުން ޔާނާވެސް ހީހީ ހަލާކު ވާވަރު ވިއެވެ. ކުރާނެ ކަމެއްނެތެވެ. ސުދާއަށް ޖެހޭނީ އެލަވައަށް ރިހާންއާއި އެއްކޮށް ޑާންސް ކުރާށެވެ.
ޔާނާ ގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުން ފެނުމުން ލަމްހާ ވަރަށް އުފާވިއެވެ. މުޅި ހަފްތާ ތެރޭވެސް ޔާނާ އެހާ ހިތްހަމަޖެހިފައި ހުރި ތަން ފެނުނީ އަދިކިރިޔާއެވެ.
"ލަމްހާ.......ޔާނާ...." ލާއިމްގެ އަޑު ޖެހުމުން ހުރިހާއެންމެންވެސްއެދިމާއަށް ބަލާލީ އެއްފަހަރާއެވެ. ލާއިމް ލެޕްޓޮޕް ހިފާލައިގެން ދޮރުމަތީގައި ހުއްޓެވެ. ލާއިމްގެ ފަހަތުން ސާހިލްފެނުމުން ޔާނާ އަވަސް އަވަހަށް އިންތަނުން ތެދުވިއެވެ. ޔާނާ ބޭނުންވީ އެތަނުން ވީހާވެސް އަވަހަކަށް ދާށެވެ. އެހެންނަމަވެސް އޭނާ ހުއްޓުވީ ލާއިމްއެވެ.
"ޔާނާ ދަނީތަ..މަޑުކޮށްބަލަ...."
"ހްމް... "ޔާނާ ކުރު ޖަވާބެއްދިނެވެ.
"ލަމްހާއަށް އެނގޭތަ މިހާރު ކުޑަ ޗޭންޖެއް ގެނެސްއިން އަހަރުމެންގެ އައިޓަމްއަކަށް.....މިހާރު ސޯލޯ ލަވަކިޔަން ހަމަޖެހުނީ މަށާއި ޔާނާ....ސާހިލް ޑުއެޓް ޖައްސަނީ ....އެއީ އެކޮޅުން ބައިވެރިވަނީ ސުނާ.....ސުނާ ހޭންޑަލް ކުރެވޭނީ ހަމަ އެކަނި ސާޙިލްއަށް ވީމަ..." ލާއިމްގެ ވާހަކަ އަޑު އިވުމުން ޔާނާގެ ހިތަށް ހީވީ މީހަކު ހޫނުފެންއެއްޗެއް އޮއްސާލިހެންނެވެ.
އެތާދެންއިތުރަކަށް އެންމެ މިނެޓަކަށްވެސް މަޑުކުރާކަށް ޔާނަ ބޭނުމެއް ނުވިއެވެ. އިސްދަށަށް ޖާހާލައިގެން މަޑު މަޑުން ކުރިއަށް ހިގައިގަތީ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަންފެށުމުންނެވެ. އެމަންޒަރު ސާހިލްއަށް ފެނުނެވެ. ސާހިލް ބޭނުންވީ ޔާނާގެ ފަހަތުން ދާށެވެ. އެހެންނަމަވެސް ލާއިމް ލޯ އަޅާއިގަތުމުން މަޑުކޮށްލީއެވެ.
ލަމްހާ ހައިރާންވެފަ ސާހިލްއަށް ބާލާލިއެވެ. ސާހިލްދެކެ ރުޅިއާދެވުނީ ޔާނާއަށް ކުށަކާނުލާއެހާ ހިތްދަތިކަން ދޭތީއޭވެ. ލަމްހާވެސް ޔާނާގެ ފަހަތުން ދިޔައީ މޫނު ކުނިކޮށްލައިގެން ހުރެއެވެ. ވާނުވާ ނޭގި ސުދާ އަށް ހުރެވުނި ބުނާނެ އެއްޗެއް ނޭގިފައެވެ.
ޔާނާ ކޮޓަރިއަށް ވަންގޮތަށް ބާރަށް ރޮއެ ގަނެވުނެވެ. އެހާވަރަށް ސާހިލް އޭނާގެ ހިތުގައި ޖައްސަނީ ކީޢްވެހެއްޔެވެ. އޭނާގެ ވެސް އޮތީ ހިތެކެވެ. އެހިތަށްވެސް ތަދުވާނެކަން ސާހިލްއަށް ނުވިސްނެނީހެއްޔެވެ. ޔާނާއަށް ވިސްނުނީ ސާހިލްއޭނާދެކެ ލޯބި ނުވަނީ ކަމަށެވެ. އެހެން ކަމުން ކިތަންމެ ހިތުގައި ޖެހުނަސް ޔާނާ ބޭނުންވީ ސާޙިލް ފެންނަ ހިސާބަށް ވެސް ނުދިއުމަށެވެ.
ޝޯއަށް ހުރިހާމަކެއް ތައްޔާރުކުރެވެމުން ދިޔައެވެ. ޔާނާވެސް އަވަދި ނެތި ސުދާއާއި ލަމްހާގެ ހެދުން އިސްތިރި ކުރުމުގައި އުޅުނެވެ.
"ލަމް... މިއޮތީ ލަމްގެ ހެދުން......"ޔާނާ އިސްތިރި ކޮށްފައި އޮތް ލަމްހާގެ ހެދުން ދެމުން ބުނެލިއެވެ.
"ޔާނާ... ކޮބާ ޔާނާގެ ހެދުން...ނުވެސް ދައްކަމެއްނުން....." ލަމްހާ އޭނާގެ ހެދުހުން އަލަމާރީގައި އަޅުވާލިއެވެ.
"އިޓްސް އަ ސަޕްރައިސް...... ލަމް އަންނާނަން އެއްޗެއް ކާލައިގެން ކުޑަކޮށް ބަނޑުހައިވެފަ މިހިރީ..."ޔަނާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
ޔާނާ ބަދިގެއަށް ވަދެ ތެލި ތަކުގެ މަތި ހިއްލަމުން ދިޔައެވެ. ކާހިތްވާކަހަލަ އެއްޗެއް ފެނޭތޯއެވެ. ރިހާކުރު ތެލުލާފައި ހުރިތަން ފެނުމުން ޔާނާ އަވަސް އަވަހަށް ދެ ރޮށި ތައްޓަކަށް ލައިގެން ކާންއިށީނެވެ. ބަނޑުހައި ހޫނު ކަމުގެ ސަބަބުން އަނގަޔަށް ލެވޭގޮތް ތަންކޮޅެއް އަވަސް ވެގެން ދިޔައެވެ. އޭގެ ނަތީޖާއަކަށް ވީ ކަރުގައި އަޅާކަށް މާގިޔަ އިރެއް ނުނެގިއެވެ. ޔާނާކެއްސަން ފެށުމާއެކު ނޯށަށްވެސް އަރައިގެން ދިޔައެވެ. ކުއްލިއަކަށް ކައިރީގައި މީހަކު ފެންތައްޓެއް ބެހެއްޓުމުން ޔާނާ އަވަށް އަވަހަށް އެއްކޯވަރުން ފެންތަށި ހުސްކޮށްލިއެވެ.
"ތޭންކްސް....."ޔާނާ ފުންނޭވާއެއްލަމުން ފަހަތަށް ބަލާލިއިރު ސާހިލް ފެނުމުން ހައިރާންވިއެވެ. ސާޙިލްއެތަނަށްއައި ކަމެއްވެސް އޭނާއަކަށް ނޭގެއެވެ. ޔާނާ ތެދުވެގެން ގޮސް ތަށިދޮންނަން ފެށިއެވެ.
"ޔާނާ... ކިހިނެތް..... "ސާހިލް އައިސް ޔާނާގެ ކައިރީ މަޑުކޮށްލަމުން ކަބަޑަށް ލެނގިލިއެވެ. ސާހިލްދެން އިތުރަކަށް ޔާނާގެ ހިތުގައި ޖައްސާކަށް ބޭނުމެއް ނޫނެވެ. ޔާނާއަށް ހުރިހާ ވާހަކައެއް ކިޔާދޭން ސާހިލް ބޭނުންވިއެވެ.
"އަދި ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަ ހުރިން......."ޔާނާއަށް ސާހިލްދެކެ ރުޅިއާދެވުނެވެ. ސާހިލް އަކީ ކޮންކަހަލަ މީހެއްހެއްޔެވެ. އެއްފަހަރު ރީއްޗަށް ވާހަކަ ދެއްކީޔާ އަނެއް ހަފަހަރު އޭގެ އިދިކޮޅެވެ. އޭނާއަކި ސާހިލް ގެންގުޅެން ހުރި ބުދެއްހެއްޔެވެ. މިހާރު އެހާ ރީއްޗަށް ވާހަކަ ދައްކަނީ އޭނާގެ ހިތުގައި ޖައްސަންހެއްޔެވެ،
"ކަމަކާ ރުޅި އައިސްއަތަ......"ޔާނާގެ ރުންކުރު ޖަވާބުން ސާހިލް ދެރަވިއެވެ.
"އަހަރެންމީ ކާކު ރުޅިއަންނަން..... ސާޙިލްދެކެ ރުޅިއަންނަން އަހަންނަށް އެއްވެސް ހައްގެއް އެބައޮތްތަ...." ޔާނާ އެހެންބުނެލުމަށް ފަހު ދާން ހިގައި ގަތުމުން ސާހިލް ޔާނާގެ އަތުގައި ހިފެހެއްޓިއެވެ.
"ދޫކޮށްލާ..... އަހަރެން މީ ސާހިލް ބޭނުންގޮތަކަށް ހަދަން ބަހައްޓާފަ ހުރި ބުދެއް ނޫނޭ....ހިތައް އެރީމަ ވާހަކަ ދައްކާފަ ހިތައް އެރީމަ ނުވެސް ދަންނަ މީހަކަށް ހަދާލާފަ.... ބަލަ ސާޙިލްއަކަށް ނޭގޭތަ އަހަރެންގެވެސް އޮންނަނީ ހިތެކޭ...އަހަރެންވެސް ދެރަވާނެ ކަން ސާހިލްއަށް ނުވިސްނެނީ ކިޢްވެ... ތިގޮތަށް ސުނާއާއި އެއްކޮށް........." ޔާނާ އަތްފޮޅުވާލިއެވެ. އޭރު ޔާނާއަށް ކުޑަކޮށް ގިސްލެވެއެވެ. ޔާނާ އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ.
"ސުނާއާއި އެއްކޮށް ކީކޭ..... ޔާނާ ހިތް ހަމަ ނުޖެހެނީތަ އަހަރެން ސުނާއާއި ވާހަކަ ދެއްކީމަ....."ސާހިލް ޔާނާގެ ކުރި ބައްދާލިއެވެ. ސުނާއޭ ބުނި އަޑު އިވުމާއެކު ޔާނާގެ މޫނު ރަތް ވެގެން ދިޔައެވެ. ސާހިލްގެ މޭގައި ދެއަތް އަޅާ ކޮށްޕާލެވުނެވެ.
"އާނ...ރުޅި އާދޭ...... އަހަރެން ސުނާދެކެ ނަފްރަތް ކުރަން....." ޔާނާ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ.
"އެކީއްވެ..ސުނާއަކީ ނުލާހިކު ރަނގަޅު ކުއްޖެއް... ސުނާ ދެކެ ތިހާރުޅި އަންނަ ސަބަބެއް ނިކަން ބުނެބަލަ.."ސާހިލް ބޭނުންވީ ޔާނާގެ ދުލުން އޭނާދެކެ ލޯބިވާކަމަށް ބުނުވާށެވެ. އެހެންކަމުން ޔާނާ ރުޅިއަރުވާލީ ގަސްތުގައެވެ.
ޔާނާއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. މީހަމަ ޔާނާ ލޯބިވާ ސާހިލް ހެއްޔެވެ. ޔާނާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ޔާނާއަށް ގޮސް ހިފާލެވުނީ ސާހިލްގެ ގަމީހުގެ ގިރުވާނުގައެވެ.
"ސާޙިލްއަށް ނޭގޭތަ ....އެއީ އަހަރެން ސާހިލް ދެކެ ލޯބިވާތީ....އާން އަހަރެން ސާހިލްދެކެ އިންތިހާއަށް ލޯބިވާތި.......މިހާރު އެގިއްޖެތަ......" ޔާނާގެ އަޑު ތަންކޮޅެއް ގަދަވެގެން ދިޔައެވެ. އޭރު އޭނާގެ އަޑު ތުރު ތުރު އަޅައެވެ.
Posted on 2012-02-22 20:14:07 |
Report this Comment
Posted on 2012-02-22 20:46:54 |
Report this Comment
Posted on 2012-02-22 20:54:09 |
Report this Comment
Posted on 2012-02-22 20:55:10 |
Report this Comment
Posted on 2012-02-22 21:39:43 |
Report this Comment
Posted on 2012-02-22 21:59:34 |
Report this Comment
Posted on 2012-02-23 00:14:28 |
Report this Comment
Posted on 2012-02-23 07:41:44 |
Report this Comment
Posted on 2012-02-23 07:51:03 |
Report this Comment
Posted on 2012-02-23 07:51:18 |
Report this Comment
Posted on 2012-02-23 08:40:35 |
Report this Comment
Posted on 2012-02-23 08:55:03 |
Report this Comment
Posted on 2012-02-23 16:26:35 |
Report this Comment
Posted on 2012-02-23 21:04:20 |
Report this Comment
Posted on 2012-02-24 20:49:47 |
Report this Comment
Posted on 2012-02-24 21:14:59 |
Report this Comment
Posted on 2012-02-24 22:33:49 |
Report this Comment
Posted on 2012-02-24 22:48:01 |
Report this Comment
Posted on 2012-02-24 23:42:15 |
Report this Comment
Posted on 2012-02-25 12:06:39 |
Report this Comment
Posted on 2012-02-25 22:00:09 |
Report this Comment
Posted on 2012-02-25 22:05:22 |
Report this Comment