މާޝާ
ވާހަކަ ލިޔާހިތް ވާ ކުއްޖެއް.
  • ޝާއިޢުކުރި ތާރީޚް: 26 01 2012
  • މިލިޔުން ކިޔާފައިވާ އަދަދު: 2123
  • މޯބައިލް ލިންކު: m.muraasil.com/11565

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނިމިދާނެ ޖާނާ ހިތާ...25


ރީހާންގެ ވާހަކަ އަޑު އަހާފައި ނަޒްލާ އުފާވި ވަރަށް ދެރަވެސް ވިއެވެ. އަމިއްލަ އުފަލަށް ވުރެން ރީހާން ނަޒްލާގެ އުފާ އިސް ކުރާހެން ނަޒްލާއަށްވެސް ރީހާންގެ އުފަލާ މެދު ވިސްނޭނެ ނަމައޭ ނަޒްލާ ހިތަށް އެރިއެވެ.

ނަޒްލާއާ އެއްކޮޅަށް ހުންނާނެ މީހަކާ ވާހަކަ ދައްކާލަން ނަޒްލާ ވަނީ ބޭނުން ވެފައެވެ. ރީހާން އެދިން ފުރުސަތުގެ ބޭނުން ކުރަން ނަޒްލާ ނިންމީ އެހެން ވެއެވެ.

"މިތާކު ނުދެއްކޭނެ އެވާހަކައެއް" ނަޒްލާ ބުންޏެވެ.
"ހިނގާ ބްރޭކްއެއް ނަގަން؟" ރީހާން ބުންޏެވެ.


"މަންމަވެސް، ގޭ އެހެން މީހުންވެސް ބޭނުން ވަނީ އަހަރެން އާސިމްއާ މެރީ ކުރަން. އާސިމްގެ މަންމަވެސް އިއްޔެވެސް އެވާހަކަ ދެއްކީ. އަހަރެން އެކަމާ ވިސްނިޔަސް ހިތް އެއްބަހެއް ނުވޭ... ޒައިންއަށް ޓަކާ އާސިމްއަށް މާފު ކުރިޔަސް ހިތަކުން ނުފިލާ...
ރީހާން ބުނެބަލަ، އެހެން ހަދައިގެން އަހަރެން ޒައިންއަށް ދެރަ ގޮތެއްތަ މިހަދަނީ؟" ނަޒްލާ ހިތުގަ ވާ ހުރިހާ އެއްޗެއް ރީހާންގެ ކުރިމަތީ ހާމަ ކޮށްލިއެވެ.

"އަހަންނަށް ހީވާ ގޮތް ބުނަންތަ؟ ނަޒޫ ޒައިންއަށް ޓަކާ އާސިމްއަށް މާފު ކޮށްފީމޭ ބުންޏަސް، އަދި ހިތުގެ އަޑިން މާފު ނުކުރެވެނީ. އެހެން ނޫން ނަމަ އޭރުގެ ކަންތައް ނަޒޫގެ ހިތުގަ މިހާރަކު ނޯންނާނެ" ރީހާން ބުންޏެވެ.
ނަޒްލާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.

"ޔޫ ލަވް ހިމް ސޯ މަޗް... ޓޫ މަޗް... ދެޓްސް ވައި އިޓް އިޒް ސޯ ޑިފިކަލްޓް ފޯ ޔޫ ޓު ފޮގިވް ހިމް..." ނަޒްލާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ރީހާންއެވެ.
ދެންވެސް ނަޒްލާ އެއްޗެއް ނުބުންޏެވެ.

"ނަޒޫގެ ތިހިތުން އެހެން މީހަކަށް ޖާގައެއް ނުދެވޭނެ... ހަމަ އެހެން އާސިމްއަށް ފުރުސަތެއް ދެވޭނީވެސް ތިހިތުގެ ފުން މިނުން އޭނައަށް މާފު ކުރެވިގެން. އެދުވަހަކީ ނަޒުގެ ހިތަށް އުފަލާ ހަމަޖެހުން ލިބޭނެ ދުވަސް. އޭގެ ކުރިޔަކުން ނަޒޫއަކަށްވެސް އާސިމްއަކަށްވެސް އަދި ނަޒުއާ އާސިމްއަށް ހެޔޮ އެދޭ މީހަކަށްވެސް ހަގީގީ ހަމަޖެހުމެއް ނުލިބޭނެ" ރީހާން ބުންޏެވެ.

"ރީހާން ތިބުނަނީ އަހަރެންގެ ފެމިލީ އެންމެންގެ އުފަލަށް އަހަރެން ހުރަސް އަޅަނީއޭތަ؟" ހިތްހަމަ ނުޖެހިފައި ނަޒްލާ އަހާލިއެވެ.
ނަޒްލާ އެސުވާލު ކުރި އިރުވެސް ރީހާންގެ ވާހަކައިގައި ކޮންމެވެސް ވަރަކަށް ހަގީގަތް އެކުލެވިފައި ވާކަން އެނގެއެވެ. ނަމަވެސް އަމިއްލައަށް އެއްބަސް ވާން ބޭނުން ނުވީއެވެ. އެވަގުތު ރީހާން ދެކެ ރުޅި އާދެވުނީވެސް އެހެން ވެއެވެ.

"އަހަރެން ތިހެންނެއް ނުބުނަން. އަހަރެން އެދެނީ ނަޒޫގެ އުފާ، އެހެންވެ މިބުނަނީ... ނަޒޫ އާސިމްއަށް މާފު ކޮށްފަ އޭނަޔާ ގުޅޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން"

"އެހެން އެންމެންނެކޭ ރީހާންއެކޭ ތަފާތެއް ނެތެއްނު؟ އަހަރެން ހީކުރީ ރީހާން ވާހަކަ ދައްކާނީ އަހަންނާ އެއްކޮޅަށް ކަމަށް، އެންމެންގެ ހިޔާލާ ރީހާންގެ ހިޔާލު ތަފާތު ވާނެ ކަމަށް. އެކަމަކު..." ރީހާންވެސް އާސިމްއާ އެއްކޮޅަށް ވާހަކަ ދެއްކުމުން ނަޒްލާ ހިތްހަމަ ނުޖެހުނެވެ. ކުރިމަތީ ހުރި ތަށި ދުރަށް ޖައްސާލަމުން ނަޒްލާ ފަހަތަށް ޖެހިލިއެވެ.

"އަހަރެން މިބުނީ ހަގީގަތަށް. އަހަރެންގެ ހިތް އަހަރެންގެ ވިސްނުމާވެސް އަހަރެން މިދައްކާ ވާހަކަޔާވެސް މުޅިން ދެކޮޅު، އެކަމަކުވެސް ނަޒޫއަށް ރަނގަޅު ގޮތް އަހަރެން މިބުނެދިނީ. އަހަރެން މިހެން ބުންޏަސް މީ ނަޒޫގެ ލައިފް، ގޮތެއް ނިންމާނީ ހަމަ ނަޒޫ" ރީހާން ނަޒްލާގެ އަތް ތިލައިގަ ހިފާލިއެވެ.

ނަޒްލާ މަޑުމަޑުން ރީހާންގެ އަތު ތެރޭން އަތް ދަމައިގަތީ ރީހާން ވާހަކަ ދެއްކި ގޮތުން ހިތްހަމަ ނުޖެހިގެންނެވެ. ހަގީގަތުގަވެސް ނަޒްލާ ހީކުރީ ރީހާންގެ ހިޔާލު އެންމެންނާ ތަފާތު ވާނެ ކަމަށެވެ. ނަމަވެސް ނަޒްލާ ހީކުރި ގިތަކަށް ނުވިއެވެ.


އޭގެ ފަހުން ތިންމަސް ވެގެން ދިޔަ އިރު ޝާއިރުއާ އާސިމް ކޮންމެ ރެއަކުހެން ނަދީމްއާ އެކީ ނަޒްލާމެން ގެއަށް އާދެއެވެ. ކުރީގައި އެތިން މީހުންގެ މަރުކަޒަކަށް އެގެ ވީހެން އެކަން އަނެއްކާވެސް އެގޮތަށް ވާން ފެށިއެވެ. ރޭގަނޑު ދަން ވަންދެންވެސް ވާހަކައިގައި ތިބެން ފެށިއެވެ.

އެދުވަސް ކޮޅު ނަދީމްއާ ޔުމްނާގެ ފުރަތަމަ ދަރިފުޅަށް ޔުމްނާ ބަލިވެ އިންކަން އެނގުނެވެ. ނަދީމްއަށް ވުރެންވެސް ކުރިން އެހަބަރު ލިބުނީ ނަޒްލާއަށެވެ. ޔުމްނާއަށް ލިބެން އުޅޭ ދަރިފުޅަށް ފުރަތަމަ ހަދިޔާ ދިނީވެސް ނަޒްލާއެވެ. އެއުފަލުގައި އާއިލާއާ ރައްޓެހިންވެސް ބައިވެރިވެ ޔުމްނާއަށާ ނަދީމްއަށް މަރުހަބާ ކިޔެވެ.

ކޮންމެ ރެއަކު އާސިމް ފެނި، އެއަޑު އިވި، އެހާ ކައިރީގައި އާސިމް ވާކަމުގެ އިހުސާސުން ނަޒްލާގެ ހިތް ބަދަލުވާން ފެށިއެވެ. އާސިމް ފެންނަ ކޮންމެ ފަހަރަކު، އެއަޑު އިވޭ ކޮންމެ ފަހަރަކު ނަޒްލާގެ ހިތް މޭފަޅާފައި ނިކުމެދާނެ ހެން ހީވާ ވަރަށް ތެޅެން ފަށައެވެ. ނަމަވެސް ނަޒްލާއަށް ވަމުންދާ ގޮތުގެ އެއްވެސް އިޝާރާތެއް އާސިމްއަށް ވިޔަނުދޭން ނަޒްލާ މަސައްކަތް ކުރެއެވެ.

ހަމަ އެހެން އާސިމްވެސް ނަޒްލާ ފެންނަ ހިސާބުގައި ކޮންމެ ރެއެއްގެ ގިނަ ވަގުތު ހޭދަ ކުރަން ފެށުމުން ލިބޭ އުފަލާ އެއްވަރަށް ހިތްދަތި ކަންވެސް އިހުސާސް ކުރަމުން ދިޔައެވެ. ކަރު ހިއްކައިގެންފައި ވާއިރު އަތް ޖެހޭ ހިސާބުގައި ފެން ހުރެ، އެފެނަށް ފުރަގަސް ދޭން މަސައްކަތް ކުރާ މީހެކޭ އާސިމްއެކޭ ތަފާތެއް ނެތެވެ.

ދެ އަހަރާ ފަސްމަހުގެ ޒައިން ދުވަހެއް ދުވަހަކަށް އާސިމްއާ ވައްތަރު ވަމުން ދިޔައެވެ. ޒައިން އުރާލާ ކޮންމެ ފަހަރަކު އާސިމްގެ ހިތަށް އެތައް ހަނދާންތަކެއް އުނދަގޫ ކުރެއެވެ. އަމިއްލައަށް ނަގާލެވުނު ދިރިއުޅުމާ މެދު އާސިމް ހިތާމަ ނުކުރާ ދުވަހެއް ނުދެއެވެ. ޒައިންއާ ދިމާއަށް ބަލާލާ ކޮންމެ ފަހަރަކު ކުރެވުނު ކުށުގެ އިހުސާސް ކުރެވި އަމިއްލަ ނަފްސު ދެކެ ރުޅިއާދެވެއެވެ.

އަދިވެސް އާސިމްގެ ހަޔާތަށް ނަޒްލާ ގެނެވޭނެ ކަމުގެ އުންމީދު އާސިމް ކުރަމުން އައި ނަމަވެސް ދުވަސްތައް ދިޔަ ވަރަކަށް އެއުންމީދު ދިޔައީ ފަނޑު ވަމުންނެވެ. ނަޒްލާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވި ނަމަވެސް އަދިވެސް އާސިމް ދެކެނީ ނަޒްލާގެ ހުވަފެން ތަކެވެ. އަދިވެސް އެހިތުގައި ވަނީ ނަޒްލާއެވެ.


ނަޒްލާ އާސިމްއަށް މާފު ކޮށްފިމޭ ބުނިތާ ދޮޅު އަހަރު ވީއިރު އާސިމްއާ ގުޅުމަށް އެދި ނަޒްލާ ގާތު ވާހަކަ ނުދައްކާ އެކަކުވެސް އެދެ އާއިލާއަކު ނެތެވެ. އެނަސޭހަތުގެ އަޑު ނަޒްލާ ނާހާނެ ކަމަށް އެންމެން ނިންމިތާވެސް ކިތަންމެ ދުވަހެކެވެ.


ނަމަވެސް އެންމެން ހީކުރި ގޮތާ ހިލާފަށް ކަންތައް ވެގެން ދިޔައީ ޔުމްނާ ބުނި ފަދައިން އެހިތްދަތި ހަނދާންތަކަށް ވުރެން އާސިމްގެ ލޯބި މުހިންމު ކަން ނަޒްލާއަށް ވިސްނުނު ދުވަހެއް އައުމުންނެވެ.



ކަރުދާސްތައް ފަހުފަހަރަށް ބަލާލާފައި ނަޒްލާ އެއެއްޗެހި ފައިލް ކޮށްލިއެވެ. އަދި މެޒުމަތި އޮތް އެހެން ދެފައިލަކާ އެކީ އެފައިލްވެސް ހިފައިގެން ގޮސް ރީހާންގެ ކެބިންއަށް ވަދެ ރީހާންގެ މޭޒުމަތީ ފައިލްތައް ބެހެއްޓިއެވެ.

"ނިމުނީތަ؟" ކިޔަން އިން ލިޔުންތައް ބަހައްޓާފައި ރީހާން އެހިއެވެ.
ނަޒްލާ ބޯޖަހާލާފައި ދާން ވެގެން އެނބުރުނެވެ.

"ނަޒޫ..." އެވަގުތު ރީހާން ގޮވާލިއެވެ. ނަޒްލާ އެނބުރިފައި ބަލާލިއެވެ.
"ކޮން ކަމަކާތަ ތިވަރަށް ތި ވިސްނަނީ؟" ރީހާން އެހިއެވެ.

"ނުވިސްނަން... ތީ ރީހާންއަށް ހީވާ ގޮތް" ނަޒްލާ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ.

"ކަމެއް އޮތީތަ އަދި؟ ލަސް ވަނީތަ؟" ނަޒްލާ ގަޑި ބަލާލުމުން ރީހާންއަށް އަހާލެވުނެވެ.

"އުހުނ..." ނަޒްލާ ބޯ ހަލުވާލިއެވެ.
"އެހެން ވިއްޔާ އިހަށް އިށީނދެބަލަ..." ރީހާން އެދުނެވެ.

އިރުކޮޅަކު ވިސްނާލާފައި ރީހާންގެ މޭޒު ކައިރީ ހުރި ގޮނޑީގައި ނަޒްލާ އިށީނެވެ.
"ދެން ބުނެބަލަ، ކޮބާތަ މައްސަލައަކީ؟" ރީހާން ސުވާލު ކުރިއެވެ.

"ކާކުތަ ބުނީ މައްސަލައެއް އެބަ އޮތޭ؟ ކާކުތަ ރީހާން ކައިރީގަ ބުނީ އަހަރެން ކަމަކާ އެބަ ވިސްނައޭ؟" ނަޒްލާ ވާހަކަ ދެއްކީ އިސް ޖަހައިގެން އިނދެއެވެ. ނަޒްލާ ހީކުރި ވަރަށް ވުރެން ބޮޑަށް ރީހާންއަށް ނަޒްލާ އެނގެއެވެ.

"ނަޒޫ ހިކުރީތަ ނަޒޫ ނުބުނިއްޔާ އަހަންނަކަށް ނޭނގޭނެޔޭ؟ އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ. ނަޒޫ ކީށްވެތަ ތިހާ ގޮތްދޫ ނުކުރަނީ؟ އާސިމް ދެކެ އިންތިހާއަށް ލޯބި ވާއިރު ކީށްވެތަ ދެކޮޅު ހަދަނީ؟ ކީށްވެތަ ނަޒޫ ތިހާ ބޯހަރީ؟" ރީހާންއަށް ހުރިހާ ކަމެއް އެނގޭކަން ނަޒްލާ އަށް އަންގާލަން ރީހާން ބޭނުންވިއެވެ.

ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަހު ނަޒްލާއަށް އަންނަމުން ދިޔަ ބަދަލު ރީހާންއަށް ސިއްރެއް ނުވެއެވެ. އެދުވަހު ރީހާންއާ އެވާހަކަ ދެއްކި ފަހުން ނަޒްލާ ރީހާންއާ ވާހަކަ ދެއްކުން މަދު ކޮށްލީ ނަޒްލާ އާސިމްއާ ގުޅުމަށް ރީހާން ބާރު އެޅީތީކަން ރީހާންއަށް އެނގެއެވެ. ނަމަވެސް ނަޒްލާ ހިތްހަމަ ނުޖެހުނަސް ރީހާން ހުރީ އެވާހަކަ ހުއްޓާނުލާން އަޒުމް ކަނޑައަޅައިގެންނެވެ.

"ނަޒޫއަށް ހީވަނީތަ އާސިމް އަދިވެސް ނަޒޫއަށް އެކަހަލަ ދެރައެއް ދީފާނެހެން؟ އަދިވެސް އެގޮތަށް ނަޒޫއަށް ހަރޓް ކޮށްފާނެހެން ހީވަނީތަ؟ އެއީތަ ވެގެން ތިއުޅެ ގޮތަކީ؟" ނަޒްލާ އެއްޗެއް ނުބުނެ އިނުމުން ރީހާން އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ.

"އަހަރެން ހިތަށް އަރާ... އާސިމްއަށް އެކޯސް ނުލިބުނު ނަމައޭ... އެރޭ އެގެޔަށް ނުދެވުނު ނަމައޭ... އަނެއް ދުވަހު އާސިމް ނުގޮސް މަޑު ކުރި ނަމައޭ... އެކަމަކު ހުސް ނަމަ... ލޯތްބަކީ މިހާ ކޮމްޕްލިކޭޓެޑް އެއްޗަކަށް ވާންވީ ކީށްވެތަ؟" ނަޒްލާ ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.

"އެއީ ދެން އެކަން އޮންނަ ގޮތް... ބައެއް މީހުންނަށް ލޯތްބަކީ އެހާ ފަސޭހައިން ހޯދޭ އެއްޗަކަށް ނުވަނީ ހަމަ..." ހީލާފައި ރީހާން ބުންޏެވެ.

"ކީށްވެތަ އަހަރެން އާސިމް ދެކެ ލޯބި ވާންވީ؟ ރީހާން ދެކެ އަހަންނަށް ލޯބި ނުވެވުނީ ކީށްވެތަ؟ އެހެން ނޫން ނަމަ މިހާ އުނގަދުލެއް ނުވީސް ކަންނޭނގެ..." ނަޒްލާ ރޮވިފައި އިނދެ ރީހާންއާ ދިމާއަށް ބަލާލިއެވެ.

އެސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުމުން ރީހާން އެއްޗެއް ނުބުނެ އިނެވެ.

ނަޒްލާ ލޯ ފޮހެލިއެވެ. އެވަގުތު ރީހާންގެ މޭޒުމަތީ ހުރި ފޯން ރިންގް ވިއެވެ.

"ހަލޯ؟" ރީހާން ފޯން ނެގިއެވެ. އެކޮޅުން ބުނި އެއްޗެއް އަޑު އަހާފައި ރީހާން ނަޒްލާ އަތަށް ފޯންދިނެވެ.

"މަޑު ކޮށްލައްޗޭ ނަޒޫ..." އޮފީހުގެ ރިސެޕްޝަނިސްޓް ބުނި އަޑު އިވުނެވެ. ނަޒްލާ ކަންފަތުގަ ފޯން ޖައްސާލައިގެން އިނެވެ.

"ނަޒޫ..." އިރުކޮޅަކުން އިވުނީ އަސްމާގެ އަޑެވެ.
"ސިމީ؟ ކިހިނެއްވީ؟" ނަޒްލަ އަހާލިއެވެ.

"ނަޒޫ... ނަޒޫ..." ދެފަހަރަކު ނަޒްލާއަށް ގޮވާލާފައި އިވުނީ އަސްމާ ރޯންފެށި އަޑެވެ. ނަޒްލާއަށް ފޯނުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. ވީގޮތެއް ނޭނގުނު ނަމަވެސް ނަޒްލާގެ މޭ ބާރަށް ތެޅެން ފެށިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ނަޒްލާއަށް ޔަގީން ވިއެވެ.

"ސިމީ، ކިހިނެއްތަވީ؟ ބުނަބަލަ!" ނަޒްލާ ހާސްވެފައި ސުވާލު ކުރިއެވެ.
ނަޒްލާ ހާސްވީ ވަރުން ރީހާންވެސް ކަންބޮޑުވެފައި ނަޒްލާއާ ދިމާއަށް ބަލަން އިނީ ވާނުވާ ނޭނގިފައެވެ.

"ނަޒޫ، ތުއްތުބޭ..." އަސްމާ ބުނަން އުޅެފަވެސް އަނެއްކާވެސް ނުބުނެ ހުއްޓާލިއެވެ.
ނަޒްލާއަށް ކޮޅަށް ތެދުވެވުނެވެ. ހިތުގެ ތެޅުން ކުޑަ އިރުކޮޅަކަށް މަޑު ޖެހިލިއެވެ.

"ކީކޭ...؟" ނަޒްލާއަށް އަހާލެވުނެވެ.

"ނަޒޫ ތުއްތުބޭ އެކްސިޑެންޓް ވެގެން... ހޮސްޕިޓަލުގަ... ނޭނގެ ވާނެ ގޮތެއްވެސް..." ރޮމުން އެންމެ ފަހުން އަސްމާ ބުންޏެވެ.
ނަޒްލާ އަތުން ފޯން ދޫވިއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ރީހާން ތެދުވެފައި ފޯނުގައި ހިފިއެވެ.

"ނަޒޫ، ކިހިނެއްވީތަ؟" މެޒު ވަށާލާފައި ރޮވިފައި ހުރި ނަޒްލާ ކައިރިއަށް އައިސް ރީހާން އަހާލިއެވެ. ނަމަވެސް ނަޒްލާ ޖަވާބެއް ނުދިނެވެ.

"ހަލޯ؟" ރީހާން ފޯން ކަންފަތުގައި ޖައްސާލިއެވެ.
"ރީހާންތަ؟ ނަޒޫ ކޮބާ؟" އަސްމާ ކަންބޮޑުވެފައި އެހިއެވެ.
"ނަޒޫ އެބަހުރި. ކިހިނެއްތަ ވީ؟ އަނެއްކާ ޒައިންއަށް ކަމެއް ވީތަ؟" ރީހާން އަވަސް އަވަހަށް އަހާލިއެވެ.

"ރީހާން، ނަޒޫ ގޮވައިގެން އޭޑީކޭއަށް އައިސްދީބަލަ އަވަހަށް... ތުއްތުބޭ އެކްސިޑެންޓް ވެގެން..." އަސްމާ އެދުނެވެ.
"އާނ..." ރީހާން ވަގުތުން ބުންޏެވެ. އަދި ފޯން ބާއްވާފައި ނަޒްލާއަށް ބަލާލިއެވެ.

އެއްއަތް މޭގައި ޖައްސާލައިގެން އަނެއް އަތް އަނގަމަތީ އަޅައިގެން ހުރި ނަޒްލާގެ ލޮލުން ކަރުނަ އާދެއެވެ. ރީހާން ނަޒްލާގެ ދެކޮނޑުގައި ހިފާލިއެވެ.

"ރީހާން، ޕްލީޒް... އަހަރެން ބޭނުން ހޮސްޕިޓަލަށް ދާން..." ނަޒްލާ ރީހާންއަށް ބަލާލާފައި ބުންނެވެ.
ރީހާން ބޯޖަހާލާފައި ނަޒްލާގެ އަތުގަ ހިފައިގެން ނިކުތެވެ.


ނަޒްލާއާ ރީހާން ހޮސްޕިޓަލަށް ދިޔައިރު އާސިމްމެންގޭ އެންމެން އެތާ ތިއްބެވެ. ނަޒްލާ ފެނުމުން އަސްމާ އައިސް ނަޒްލާގެ އަތުގަ ހިފާލިއެވެ.

"ސިމީ، ކިހިނެއްތަ ވީ؟" ލޮލުން ކަރުނަ ފޮހެލަމުން ނަޒްލާ އެހިއެވެ.

ވީގޮތް ނަޒްލާއަށް ކިޔާދޭން އަސްމާ އަނގަ ހުޅުވާލިއެވެ. ނަމަވެސް އާސިމް އޮތްގޮތް ހަނދާން ވުމުން އެއްޗެއް ނުބުނެވުނެވެ. ރޮވުނީއެވެ.

"ޝާއިރު ބުނެބަލަ... އާސިމްއަށް ކިހިނެއްތަވީ؟" އެވަގުތު އަސްމާ ކައިރިއަށް އައި ޝާއިރު ގާތުން ނަޒްލާ އެދުނެވެ.

އެކްސިޑެންޓް ވިގޮތާ އާސިމްއަށް ވީ އަނިޔާ ޝާއިރު ކިޔާދީ ނިމުނު އިރު ނަޒްލާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެއްވެސް އެއްޗެއް ނުބުނެ ނަޒްލާ ގޮސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނެވެ.

"ނަޒޫ..." ރީހާން ނަޒްލާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

"ރީހާން ދެން ދޭ. އޮފީހުގަ މަސައްކަތްވެސް ހުންނާނެއެއްނު؟" ނަޒްލާ ބުނެލިއެވެ.
"ކޯލްމީ، އިނގޭ..." ނަޒްލާގެ އަތުގަ ހިފާލާފައި ރީހާން ބުންޏެވެ. އަދި ނަޒްލާ ބޯޖަހާލުމުން ތެދުވެގެން ދިޔައެވެ.

އެއިން ގޮތަށް އިސް ޖަހައިގެން އިން ނަޒްލާ ސިހުނީ ނަދީމް އައިސް ނަޒްލާ ކައރީގައި އިށީނުމުންނެވެ.

"ނަޒޫ..." ނަދީމް ގޮވާލިއެވެ.
"ދޮންބެގެ ފޯން ދީބަލަ..." ނަދީމްއާ ދިމާއަށް އަތް ދިއްކޮށްލަމުން ނަޒްލާ ބުންޏެވެ. ނަދީމް ފޯން ނަގާ ނަޒްލާ އަތަށް ދިނެވެ.
ނަޒްލާ ގުޅީ ގެޔަށެވެ. ފޯން ނެގީ ނިހާއެވެ.

"ނިނީ، ދޮންތަ ތަންކޮޅެއް ލަސް ވާނެ އިނގޭ. މާފިނި ނުވަނީސް ޒައިން ފެން ވަރުވާލައްޗޭ. ގުޅަން ވެއްޖެއްޔާ ދޮންބެގެ ފޯނަށް ގުޅާލާ، ދޮންތަ މިއުޅެނީ ބޭރުގަ، ފޯން އޮފީހުގަ ބާއްވާފަ ނިކުމެވުނީ" ނަޒްލާ ބުންޏެވެ. ނިހާ އާއެކޭ ބުނުމުން މާގިނަ ވާހަކަ ނުދައްކާ ފޯން ކަނޑާލާފައި ނަދީމް އަތަށް ދިނެވެ.


ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އާސިމް ތިއޭޓަރުން ނެރުނު އިރުވެސް ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ނަޒްލާ ހަމަ އެގޮނޑިގައި އިނެވެ. އާސިމްމެންގޭ މީހުން ތެރޭން އެކި ފަހަރު އެކީ މީހުން އައިސް ނަޒްލާ ކައިރީގައި އިނދެއެވެ. ނަމަވެސް އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއވެ. އެވަގުތު ނަޒްލާ އިނީ ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައި ނޫންކަން އެމީހުންނަށް އެނގެއެވެ.

އާސިމް ރޫމަށް ބަދަލު ކުރުމާއެކު ޝާއިރުއާ ނަދީމް ފިޔަވާ އެހެން އެންމެން އެކޮޓަރިއަށް ދިޔައެވެ. އެދެމީހުން ނަޒްލާ ކައިރީގައި މަޑުކޮށްގެން ތިބީއެވެ.


"ތުއްތުބޭ ހޭ އަރައިފި..." ގަޑިއެއްހާ އިރު ފަހުން އަސްމާ ނިކުމެ ނަޒްލާ ކައިރީގައި އިށީންނަމުން އެތިން މީހުންނަށް ބުންޏެވެ.

އިރު އޮއްސެން ކައިރި ވުމުން އާސިމްމެންގޭ މީހުން ގެޔަށް ދިޔައީ ޝާއިރުއާ އަސްމާ ހޮސްޕިޓަލުގައި މަޑުކުރަން ބުނެފައެވެ. ނަދީމްއާ ޝާއިރު އާސިމްގެ ކޮޓަރިއަށް ވަނީ އެމީހުން ދިޔުމުންނެވެ. އެދެމީހުންގެ ފަހަތުން އަސްމާވެސް ވަނީ ނަޒްލާ އެއްޗެއް ނުބުނެ އިނުމުންނެވެ.

"ނަޒޫއަށް އެނގޭތަ؟" އިރުކޮޅަކު އޮވެފައި އާސިމް ނަދީމް ކައިރީ އަހާލިއެވެ. ނަދީމް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ނަދީމްމެން އައުމުން އެމީހުންނާ އެކު ނަޒްލާވެސް އަންނާނެޔޭ އާސިމްގެ ހިތަށްއެރީ ކީށްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އާސިމް އެކްސިޑެންޓް ވިކަން އެނގި ނަދީމްމެނާއެކީ ނަޒްލާ ނައުމުން ދެން އޮތުރު ސުވާލެއް ކޮށްލާކަށްވެސް އާސިމްއަކަށް ނުކެރުނެވެ.

އާސިމް ދެކެ އެހާ ވަރަށް ލޯބިވި ނަޒްލާ މިއަދު އާސިމްއަށް ވީކީށްތޯ ބަލާލަންވެސް ނައީ ހެއްޔެވެ. އެހިތުގައި އާސިމްއަށްޓަކާ ހަމްދަރުދީއެއްވެސް މިއަދު ނުވަނީ ހެއްޔެވެ. އެފަދަ ސުވާލުތައް ހިތުގައި އެނބުރެމުން ދިޔަ ނަމަވެސް އާސިމްގެ ހާލު ބަލާނުލާ ނަޒްލާއަށް ކެތް ނުވާނެ ކަމަށް އާސިމްގެ ހިތް ބުނަމުން ދިޔައެވެ.

"ނަޒޫއަށް ގޮވަން ވީތަ؟" އަސްމާ އަހާލިއެވެ.

'ގޮވަން ވީހޭ؟ ނަޒޫ ކޮބާ؟" ނުވިސްނިފައި އާސިމް ސުވާލު ކޮށްލިއެވެ.
"ނަޒޫ ހޮސްޕިޓަލުގަ އިންނަތާ މިހާރު ކޮން އިރެއް؟ އާސިމް ގެނައިތާ ބައި ގަޑިއެއްހާއިރު ވީތަނާ ނަޒޫ އައި ގޮތަށް އަދިވެސް އޭނީ" އާސިމްގެ ސުވާލުގެ ޖަވާބު ދިނީ ޝާއިރުއެވެ.

"ގޮވަންތަ؟" ނަދީމް އަހާލިއެވެ. އާސިމް ބޯޖަހާލުމުން ނަދީމް ނިކުތެވެ.

"ނަޒޫ، ވަދެބަލަ..." ބޭރަށް ނިކުމެފައި ނަދީމް ނަޒްލާއަށް ގޮވާލިއެވެ.
އަތުގަ އޮތް ޓިޝޫ ކޮޅުން ނަޒްލާ ލޯ ފޮހެލިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލާފައި ތެދުވިއެވެ.

ދޮރު ހުޅުވާލާފައި ނަޒްލާ އެތެރެއަށް ވަން އިރު އަސްމާއާ ޝާއިރު ތިބީ އާސިމްއަށް އިށީނދެގެން އިންނަން ފަސޭހަ ވާނެހެން އާސިމްގެ ބުރަކަށި ދަށަށް ބާލީސް ލައިދޭށެވެ.

"ރަނގަޅުތަ؟" ބާލީސް ހަމަ ޖައްސާލަމުން އަސްމާ އެހިއެވެ.
އާސިމް ބޯޖަހާލީ ދޮރުމަތީ ހުރި ނަޒްލާއަށް ބަލަން އިނދެއެވެ.

އަސްމާއާ ޝާއިރު ނިކުމެ ދޮރު ލައްޕާލިއެވެ.

ނަޒްލާ ލަސް ފިޔަވަޅުތަކެއް އަޅަމުން އާސިމް ކައިރިއަށް ދިޔައެވެ. އެނދާ ދެފޫޓެއްހާ ކައިރިއަށް ހުއްޓިފައި ނަޒްލާ އިސް އުފުލާ އާސިމްއަށް ބަލާލިއެވެ.

ނުނިމޭ

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2012-01-26 16:36:14 | Report this Comment
މާޝާ:

މިހާ ލަސް ވިތީ ސޮރީ... އަނެއް ބައި ހޯމަ ދުވަހުން... އެއީ ފަހު ބައި އިނގޭ ކުދިންނޭ...

Posted on 2012-01-26 16:41:03 | Report this Comment
ކޭ:

ނުނިމޭތަ؟
މާޝާ: ނިންމާލަން ވީ ދޯ؟ ހެހެހެ، ތޭންކްސް ކޭ
ކޭ: ކޭ ހީކުރީ މީ ފަހުބައި ކަމަށް. ވަރަށް އަވަސްކޮއްލަދެއްޗޭ . ކޭ އަށް ރަނގަޅީ އަދިވެސް އާސިމް އަށް ނަޒޫ ނުލިބި ރީހާން އަށް ލިބިއްޖެއްޔާ. ކޭ ޤަބޫލު ކުރާގޮތުގަ އެހެން މީހެއްގެ ބަހަށް ހެއްލިގެން ލޯބިވާ މީހަކަށް ޝައްކު ކުރާނީ އަމިއްލަ ނަފްސަށްވެސް އިތުބާރު ނެތް މީހެއް ވީމަ. ކޭ ގެ ހަޤީޤީ ދިރިއުޅުމުގަ ދިމާވި ކަހަލަ ގޮތެއް މީ. ކޭގެ ބޯއިފްރެންޑް ކޭއަށް އިތުބާރު ނުކޮށް އޭނަގެ ފްރެންޑްސް ދެއްކި ވާހަކަ ޤަބޫލުކޮށްގެން ރަށަށް އައިސްހުރި ބީރައްޓެއްސަކާ އަޅުވާކީ. ކޭ ގެ ފެމިލީ ޕްރެޝަރ ކޮށްގެން ފަހުން އޭނައާ ގުޅުނިން. އެކަމަކު އަދިވެސް އެދުވަސް މަތިން ހަނދާނެއް ނުނެތޭ. މިހާރު އޭނައާ މެރީ ކުރިތާ 3 އަހަރުވެއްޖެ. ބޭވަފާތެރިވި ކަމަށް ނިންމައި ނުކުރާ ކަމެއް ކޭގެ ބޮލުގަ އެޅުވީމަ އަދިވެސް އެލަކުނު ފިލައިގެން ނުދޭ. ދުވަހަކު ނުވެސް ފިލާނެ. ކޭ އޭނަ ދެކެ އެހާ ލޯބިވީއިރު ކޭގެ ލޯތްބަށްވެސް ބޮޑު މަލާމާތެއްނު އޭނައަށް އެކުރެވުނީ. މާށް މިވާހަކަ ނިންމާލާއިރު ވިސްނާލައްޗޭ. ކޭއަށް ހަމަ އެންމެ ރަނގަޅީ ނަޒޫ އާސިމްއަށް ހެޔޮހިތުން މާފްކޮށްފަ ރީހާންއާ ގުޅުން.
މާޝާ: ކޭ ދެކެ ގޮތްވެސް މާޝާއަށް އެނގިއްޖެ، ކޭގެ ހިޔާލަށް އިޙްތިރާމް ކުރަން، ބަލައިވެސް ގަންނަން، އެކަމަކު ވާހަކަ އޮތީ ލިޔެ ނިމިފަ، ރީހާންއަށް ނަޒޫ ލިބުނަސް އަދި އަސިމްއަށް ލިބުނަސް ދެން މާޝާއަކަށް ބަދަލެއް ނުކުރެވޭނެ... އެކަމު އާހިޔާލެއް ދިންނަމަ ވާހަކައެއް ފަށަން ހިތްވަރަކަށް ވީސް ކަން ޔަގީން.... ވަރަށް އުފާ ވެއްޖެ ތި އެކްސްޕީރިއެންސް ޗެއަރ ކޮށްލީތީ، މިބާހަކަ ނިމުނީމަ ކޭގެ ކޮމެންޓެއް ފެންނާނެ ކަމަށް އުންމީދު ކުރަން، އަދި މާޝާގެ އާ ވާހަކައަށްވެސް ކޭގެ ސަޕޯޓް ލިބޭނެ ކަމަށް ހީކުރަން... ތޭންކްސް އަލޮޓް

Posted on 2012-01-26 16:44:13 | Report this Comment
ޝާހީ:

ސަޕްރައިޒް ޓު ސީ....... އަދި ނުކިޔަން އިނގޭ ކިޔާފަ ކޮމެންޓް ކުރާނާން.....
މާޝާ: އާނ، ޝާހީގެ ކޮމެންޓަށް ވެއިޓް ކުރާނަން..

Posted on 2012-01-26 17:12:21 | Report this Comment
ސަނޫ :

މި ބައި ހަމަ ހަބޭސް .......ކީފްއިޓް އަފް
މާޝާ: ތޭންކްސް ސަނޫ
ސަނޫ: ވެލްކަމް....... މާޝާ

Posted on 2012-01-26 17:14:12 | Report this Comment
އެކްސް:

އަޅެ ހާދަ ރީއްޗޭ މި ބައިވެސް....ދެން ކޮންއިރަކުންތަ އަޕް ވާނީ.....
މާޝާ: ހޯމަ ދުވަހުން އެކްސް، ތޭންކްސް ވަރަށް ބޮޑަށް

Posted on 2012-01-26 17:46:47 | Report this Comment
އަސްމާ:

ރީތި، އަނެއްބައި ވީ އަވަހަށް ގެނެސްދޭތި.....
މާޝާ: ތޭންކްސް އަސްމާ، އަނެއް ބައި ހޯމަ ދުވަހުން ގެނެސް ދޭނަން އިރާދަ ކުރެއްވިއްޔާ

Posted on 2012-01-26 18:16:51 | Report this Comment
ރައުޝީ:

ވ ވ ވ ވަރަށް ސަޅި...... ފުރަތަމަ ބައި ކިޔާފަ ހުރިހާބައެއް ނުކިޔާ ދޫކޮށެއް ނުލެނުނު. ހީ ކުރަން ދެން ހުރި ބައިތައްވެސް ރީތިވާނެކަމަށް....
މާޝާ: އަސްލުތަ؟ ވަރަށް އުފާ ވެއްޖެ، ދެން އެންމެ ބައެއް އިންނާނީ ރައުޝީ، އެބައި ރީތި ވާނެ ކަމަށް މާޝާވެސް ހީކުރަނީ

Posted on 2012-01-26 18:21:18 | Report this Comment
ކުޑޫ:

ސިސް ވަރަށް ސަޅި މިބައިވެސް.. އަނެއްބައިވެސް ވަރަށް އަވަަށް ގެނެސްދެއްޗޭ އިނގޭ... ވަރަށް ކިޔާހިތްވޭ.... ދެން ނަޒްލާ އާސިމްއަށް މަޢާފު ކުރާނީ ދޯ؟
މާޝާ: ތޭންކްސް ސޯ މަޗް ކުޑޫ، އަންނަ ބައިން ތިކަންވެސް އެނގިދާނެ.

Posted on 2012-01-26 18:30:35 | Report this Comment
ފާތުން:

ވާވް ވާހަކަ ބ.ސަޅި. މަށަށް އިނގޭ އާސިމް އަށް އަނިޔާ އެއް ނުވަނީސް ނަޒޫ އެއްބަހެއް ނުވާނެކަން. އެޓްލާސްޓް ނަޒޫ އަށް ގަބޫލުކުރެވިއްްޖެ ދޯ އާސިމަ ނުލާ ނޫޅެވޭނެކަން. ވާހަކަ ވވވވ.ސަޅި
މާޝާ: ހެހެހެ، އެހެންތަ؟ ފާތުން ހާދަ މޮޅޭ، ކޮންމެސް ދުވަހަކުން އެކަން ގަބޫލު ކުރަންތާ ޖެހޭނީ، ދޯ؟ ތޭންކްސް

Posted on 2012-01-26 18:31:33 | Report this Comment
AMy:

v salhi mi part wes...amy hykury me fahubai kamah...knireh mi story ge inthixaarugaa hunnathaa..dhn aneh part kn dhuwahaku??
މާޝާ: އަސްލު މާޝާ ހުރީ މިބައިން ވާހަކަ އެކީ ނިންމާލަން 12ވަރަކަށް ޕޭޖުން، އެކަމު އެވަރަށް ޓައިޕް ކުރަން ޓައިމް ނުވީ، އެކަމު ދެން އިންނާނީ ހަމަ ފަހުބައި އިނގޭ، މަންޑޭގަ އަޕްކުރާނަން އިރާދަ ކުރެއްވިއްޔާ، ތޭންކްސް އަމީ
Amy: OMG...monday ga???...haadha dhuwahekey.:(
3547:މާޝާ: ވީކް އެންޑްގަ ޓައިމް ނުވާތީ... ސަންޑޭގަ ޓައިޕްކޮށްލާފަ މަންޑޭގަ އަޕް ކޮށްލާނަން...

Posted on 2012-01-26 20:43:07 | Report this Comment
ޒުއްބަ:

ހާއި.މާޝާ ކިހިނެއް؟ މިބައިވެސް ވަރަށް ރީތި.މަހީކުރީ މީ ފަހުބައި ކަމަށް. މާޝާގެ އިތުރު ވާހަކަ ޔަކަށް އިންތިޒާރު ކުރަން .....
މާޝާ: ރަނގަޅޭ ހަމަ... ހެހެހެ... ނޫނޭ. ހްމްމް... އެބަ ވިސްނަން ތިކަމާ

Posted on 2012-01-26 21:54:45 |
މިޝީ:

ވާހަކަ ވަރަށް ރީތި.... ނަޒުލާމެން އުޅެނީ ރަށުގައެއް ނުން... ދެން އެކުސިޑެންޓް ވެގެން އޭޑީކޭ އަށް ގެނައިމަ ކޯޗަކަށް އެވީ........ އެރަށު ހޮސްޕިޓަލް ނަން ބޭނުން ކުރިނަމަ ރިއަލްވީސް.....
3547:މާޝާ: ނޫނޭ މިޝީ، ނަޒޫމެން އުޅެނީ މާލޭގަ، ރަށުގައެއް ނޫން...

Posted on 2012-01-27 01:10:22 | Report this Comment
chau:

mar sha hama best ey buneveyny story liyuma... v v v v v v v v reeethi mi bai... so curious... can't wait to read the last episode... dhn konkahala vaahaka ehtha mar sha liyaany... i really want to knw about your new story... anyways thnks alot... :) ♥
3547:މާޝާ: ތޭންކްސް ސޯ މަޗް ޗައު... ދެން ލިޔާނެ ވާހަކައަކާ މެދު މާޝާވެސް އަދި މިވިސްނަނީ... ބައިވަރު ވާހަކަ ލިޔެފަ ހުންނާނެ، ހިތަށް މިއަރަނީ ކޮން ވާހަކައެއްބާއޭ ދެން މުރާސިލްއަށް ލާނީ...

Posted on 2012-01-27 08:57:07 | Report this Comment
ޒަހޫ:

މި ވާހަކަ ވވވ.ސަޅި އިނގޭ
3547:މާޝާ: ވަރަށް ބޮޑަށް ޝުކުރިއްޔާ ޒަހޫ

Posted on 2012-01-27 10:29:30 | Report this Comment
ޝަޒް:

ޝަޒް އިއްޔެ ހަތަރުދަމު މި ޕާރޓް އަޕް ވޭތޯ ހުރީ އެކަމަކު އަޕް ވި އިރުވެސް ނޭގުނު...މިއަދު މި އިންގުނީވެސް...މި ޕާރޓް ހަމަ ވަރަށް ސަޅި. މި ވާހަކަ ނިންމާލާފިއްޔާ މި ވާހަކާ ގަ އުޅޭ ހުރިހާ ކުދިން މަތިންވެސް ވަރަށް މިސް ވާނެ...ނ ޔޫ ޓޫ....ވެއިޓިންގް 4 ނެސްޓް ޕާރޓް.....
3547:މާޝާ: ހެހެހެ، މިވާހަކައިގެ މިއުޅޭ ހުރިހާ ކުދިންވެސް ޝަޒްމެން މަތިން ވަރަށް ހަނދާން ވާނެ... ހެހެހެ، އިއްޔެ ތަންކޮޅެއް ލަހުން ވާހަކަ އަޕް ކުރަން އުޅެވުނީ، އެކަމު މުރާސިލްއަށް ލޮގިން ނުވެވުގެން ލަސްވީ... ތޭންކްސް ޝަޒް

Posted on 2012-01-27 12:39:15 | Report this Comment
އައިޝާ14:

މިބައިވެސް ވ.ސަޅި، އަޅެ ރީހާން ހާދަ ރަނގަޅޭ ދޯ.. އެންމެންނަށްވެސް އެހާ ވިންނޭނަމަ ދޯ؟ އައިޝާވެސް ހީކުރީ މިބައި މީ އެންމެ ފަހު ބައި ކަމަށް. މާޝާ އައިޝާ ކައިރީ ބުނި ނަމަ ޓައިޕް ކޮށްދިނީމުސް،، ހެހެހެ، އިންތިޒާރޭ އޮތީ ހިތް އެދޭތީ، ހާލު އެންގޭނެހޭ ނުބުނެ ހުރެވޭނެހޭ، މާޝާގެ ވާހަކާގައި ދެން ވާނެ ގޮތެއް ބަލަން ބޭނުން ވާތީ... ހެހެހެ
3547:މާޝާ: ތޭންކްސް އައިޝާ14، އާނ ރީހާން ވަރަށް ރަނގަޅު ވާނެ، ހެހެހެ، އާދޭ ޓައިޕް ކޮށްދޭން، ޔާރު ދޭނޭ ޖަވާބެއް އަޅަށް ނޭނގުނީ، އެހެން ވެ ކުރިން ނުބުނީ... ހެހެހެ.

Posted on 2012-01-27 15:31:09 | Report this Comment
ސަލް:

ހާދަ ސަސްޕެންސް ބޮޑޭ.. ހަމަ ހިތް ތެޅެނީ ..... ވވ ވ ވ ވ ވ އަވަހައް އަނެއްބައި ވެސް އަޕް ކޮއްލައްޗޭ.... އަމް ކިއުރިޔަސްލީ ވެއިޓިން..... ވ ވ ވ ވ ސަޅި މި ބައި ވެސް.......
މާޝާ: ތޭންކްސް ސޯ މަޗް ސަލް... މަންޑޭގަ ކިޔާލެވޭނެ... ކެތް ކޮށްލާ

Posted on 2012-01-27 17:05:20 | Report this Comment
ނައު:

މާޝާ ހަމަ އެންމެ ފަހުން އާސިމް އެކްސިޑެންޓް ކޮއްލީ ދޯ. ހެހެހެ. އެނީވޭސް ލަވް ޔޯ ވޯކް އިނގޭ 3>
މާޝާ: ހެހެހެހެ...އާނ ދެން އެހެން އެވީ... ތޭންކްސް

Posted on 2012-01-29 01:50:29 | Report this Comment
މާކުންނަ:

އާޗާހަމަ ވަރައް ސަޅި އާސިމް އެކުސިޑެންޓުވީ ދެން ނަޒޫއަކައް ނުކެރޭނެ ބޮޑާހާކާފަހުންނާކްއް އާސިމް އައް ނަޒޫލިބެނީތަ މާޝާ ވަރައް ރީތި ހަމަހަބޭސް
މާޝާ: ދެން ހަމަ ނުކެރޭނެ ބޮޑާ ކާކަށް ދޯ މާކުންނަ؟ ހެހެހެ... ވަރަށް ބޮޑަށް ޝުކުރިއްޔާ

Posted on 2012-01-29 15:55:41 | Report this Comment
ނާއިޝް:

ވވވވ....ސިޅި މި ޕާރޓް......
މާޝާ: ތޭންކްސް ނާއިޝް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.