ޔަސްމާ/ ހދ. ކުރިނބީ

  • ޝާއިޢުކުރި ތާރީޚް: 26 01 2012
  • މިލިޔުން ކިޔާފައިވާ އަދަދު: 2428

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ހިތުގައިޖަހާ ކޮންމެވިންދެއްގައި...42

އެއްއަތުން ފޯންގެ ކީޕެޑާއި ކުޅެމުން އަނެއް އަތް ޖިންސްގެ ޖީބުތެރޭ ބާއްވާއިގެން ލަސްހިނގުމެއްގައި އޭޒިލް ކުރިއަށް ދިޔައެވެ. ކޮރިޑޯ ކަޑައްތުކޮށް ކާފަ އޮތް ކޮޓަރީގެ ދޮރުހުޅުވާލަމުން އިސްއުފުލާލުމާއެކު އޭނާ ސިހިއްޖެއެވެ. އެނދުގެ މަގަތުގައި ގޮނޑިއެއްގައި އިން އެމިލީވެސް އިސްއުފުލާލީ ދޮރުހުޅުވުނު އަޑަށެވެ. ދެޒުވާނުންގެ ލޮލާލޯ ސީދާވެގެން ދިޔަވަގުތު އޭޒިލް އެތެރެއަށް ވަނެވެ. އެމިލީ އިން ފަރާތް ނޫން އަނެއްފަރާތުގައި ހުރި ސަމީރު އޭނާއަށް ފެނުނީ އެވަގުތުއެވެ.

" ސަމީރު. ކޮންއިރަކު ދުރުވީ؟ " އަވަސްއަވަހަށް ތުންފަތަށް ލުއިހިނިތުންވުމެއް ވެރިކުރުވާފައި އޭޒިލް މުޚާތަބްކުރީ ސަމީރުއާއެވެ. " ކުޑައިރުކޮޅެއްވެއްޖެ. މިހާރު ދާންވެގެން މިއުޅެނީ. މީ އޭޒިލްގެ އާއިލާމީހެއްތަ؟ " ސަމީރުގެ ސުވާލުން އޭޒިލްއަށް އުދަނގޫވިއެވެ. އެކަމަކު އެކަން ނުދައްކާ އެއީ ކާފަކަން އަންގާލިއެވެ. " އެހެންތަ. އެހެންވިއްޔާ އޭޒިލް ތީ މަލަކްގެ ބޭބެދޯ. " ސަމީރުގެ ދެވަނަ ސުވާލާއިއެކު އޭޒިލްގެ ނަޒަރު ގޮސް ހުއްޓާލެވުނީ ދުރުގައި އިން އެމިލީއަށެވެ. " އާއެކޭ ބުނެ އެއްބަސްވުމުގެކުރީން އޭނާ ބޭނުންވީ އެމިލީ އެމަންޒަރު ބަލަންއިންކަން ކަށަވަރުކުރާށެވެ.

" މަލަކް އެއީ އަޅުގަނޑުގެ ކޮއްކޮއެއް. " އަޑަށް ބާރުލަމުން އޭޒިލް ޖަވާބުދިނެވެ. އެމިލީގެ ދެލޮލުން ފެނިގެންދިޔަ ހައިރާންކަމަކުން އޭނާގެ ހިތަށް ފިނިކަންލިބުނެވެ. އަދިވެސް އެދެމެދުގައި އެތައްފާރެއް ހުރިކަން ހަނދާންހުއްޓަސް އެކަން އެމިލީއަށް އަންގަން އެހިތް ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ.

ސަމީރު ހިނގައިގަތުމާއެކު އޭނާގެ ފަސްފަހަތުން ތެދުވެގެން ގޮސް ދޮރާއި އަރާހަމަވުމާއެކު އެމިލީ ހުއްޓުނެވެ. އެމިލީ ބަލާލާނެނަމައޭ ހިތަށްއަރައަރާ ކެތްތެރިކަން ކުޑަވެފައި ދޮރާއި ދިމާއަށް ބަލަންހުރި އޭޒިލްއަށް ހިނިތުންވެލެވުނެވެ. އެވަގުތު އެމިލީ މަޑުމަޑުން ހަނާ އަޅާލިއެވެ. އޭނާގެ ދެލޮލުން ފާޅުވި ނުތަނަވަސްކަމާއި އެހަރަކާތުން އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ހަމައެސިކުންތުތެރޭގައި އޭޒިލްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ވަޅުޖަހައިފިއެވެ. ލޯމަތިން އެމިލީ ގެއްލުމާއެކު އޭނާއަށް ވަރުބަލިވެފައިވާ މީހަކުފަދައިން ކައިރީގައި ހުރި ގޮނޑިއަށް ވެއްޓިގަނެވުނެވެ. އެމިލީއަށް އެ ހިތްއެދޭވަރު އިހްސާސްކުރެވެން އެފެށީ ކުރިމަތީގައިވާ އެންމެބޮޑު ހުރަސް ނެތިގެންދިޔަފަހުންނެވެ. އެލޯއްބާއި ދުރުގައި މިހާދުވަހުވެސް އޭޒިލް ހިފެހެއްޓި ބާރަކީ މަލަކްއާއި ވެވިފައި ވި އެންގޭޖްމެންޓްކަން އޭނާއަށް މިއަދު ޔަޤީންވެއްޖެއެވެ.

ގޭގެ ބެލްޖެހޭ އަޑަށް ފަރީޝާ ކުރަން އިން މަސައްކަތް ހުއްޓާލާފައި ދޮރާއި ދިމާއަށް ހިނގައިގަތީ ބޭރުގައި ހުރީ ލުބްނާ އާއި ލަޔާން ކަމަށް ހީކޮށްފައެވެ. އެކަމަކު ދޮރު ހުޅުވާލުމާއެކު އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ހައިރާންކަމެވެ.

" ދަރިފުޅުމެން؟ އަންގާވެސްނުލަމެއްނު. " ކުރިމަތީ ގައި ތިބި އަވްލީން އާއި ދާރިމް ފެނިފައި އޭނާއަށް ބުނެލެވުނެވެ. ދެވަނަ ސިކުންތުގައި ފަރީޝާއަށް އުފަލުން ހިނިތުންވެލެވުނެވެ. " މޯމް. އައި މިސްޑް ޔޫ ސޯމަޗް. " އަވްލީން ކުރިއަށް ޖެހިލާފައި ފަރީޝާގެ ގައިގައި އޮޅުލައިގަތެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލީ ހިތަށްކުރި އަސަރަކުންނެވެ. ކުރަންދިޔަ ކަންތައް ނުކޮށް ބަނޑުގައިވާ ދަރިފުޅާއިއެކު އެނބުރި އާދެވުނުކަމަށްޓަކައި ހިތާއިހިތުން ޝުކުރުކުރަމުން އޭނާ އަދިވެސް ބާރަށް ފަރީޝާގެ ގައިގައި ހިފަހައްޓާލިއެވެ. އަވްލީންގެ ތުންފަތްމަތީގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުމުގެ އަސްލަކީ އޭނާއަށް ލިބިފައިވާ ބަޔާންކުރަންދަތި އުފާވެރިކަމެވެ. އެބޯޝަންގެ ހިޔާލު ދޫކޮށްލިވަގުތުއްސުރެ އޭނާގެ ހުރިހާ އުންމީދުތަކެއް ލިބެންއުޅޭ ދަރިފުޅާއި ގުޅިލާމެހިއްޖެއެވެ. ނޭނގޭ ލޯއްބެއް އެދަރިފުޅާއިމެދު ހިތުތެރޭގައި އޮށްފަޅައި ހެދިބޮޑުވާން ފެށުމާއެކު އިންތިޒާރުގެ ވަގުތުތައް ގުނަންފެށުނީއެވެ.

އަނެއްކޮޅުން ދާރިމްގެ ހާލަކީތޯއެވެ؟ އަވްލީން ގެ މޫނަށް ހުއްޓާލެވިފައިވާ އޭނާގެ ދެލޮލުގައި ވަނީ މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާފަދަ ބެބުޅުމެކެވެ. ނޭނގިނަމަވެސް ދާރިމްގެ އެބެލުމުގައި މިއަދު ވަނީ މުޅިންތަފާތު ކުލައެކެވެ. ފޮރުވުމެއްނެތް އުފާވެރިކަމަކުން ދާރިމްގެ ރީތިމޫނަށް ފެތުރިފައިވާ ހަމަޖެހުން އެރީތި ސިފައަށް އިތުރު ދިރުމެއް ގެނެސްފައިވެއެވެ. އުފާނުކުރަންވީ ސަބަބެއް ނެތެއްނޫންހެއްޔެވެ؟ އަވްލީންގެ އެންމެ ނިންމުމަކުން އޭނާއަށް ހީވީ ދިރިއުޅުމުގެ ހުރިހާ ހާސްކަމެއް ފިލައިގެންދިޔަހެންނެވެ. ދުނިޔެއަށް އަންނަ ޚަބަރާއިއެކު އެހާބޮޑު އުފާވެރިކަމެއް ގެނެސްދިން އެދަރިފުޅު ދުނިޔެއަށް އަތުވެއްޖެނަމަ ކޮޅުނެތްކޮޅަށް އުފާވެރިކަން ގެނެސްދޭނެކަން ކަށަވަރެވެ.

" ދޭ ދެން ކޮޓަރިއަށް އަރާމުކޮށްލަން. މަންމަ ރާޖޫކައިރީ ބުނެގެން ކޮޓަރިއަށް ފިނިއެއްޗެހި ގެންދާނަން. " އަވްލީންގެ ދެކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު އޭނާގެ ކޯތާފަތުގައި ފިރުމާލަމުން ފަރީޝާ ބުނެލިއެވެ. މަންމަގެ ބަސްއަހައިގެން ދެޒުވާނުން ހިނގައިގަތެވެ.

" އަހަރެން ވަންނާނީ ފުރަތަމަ. " ކޮޓަރިއަށް ވަދެވުމާއެކު ފާޙާނާއާއި ދިމާއަށް ހިނގައިގަތް ދާރިމް ހުއްޓުވަމުން އަވްލީން ގޮވާލިއެވެ. " އޯކޭ. " ހުއްޓިފައި ފަސްއެނބުރި ބަލާލަމުން ދާރިމް ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އަވްލީންއަށް ލިބުނީ ހައިރާންކަމެކެވެ. ދެބަސްވުމަކާއިނުލާ އެހާފަސޭހައިން ދާރިމް ޤަބޫލުވާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. އެހެން ފިރިހެނުން ފަދައިން ބަނޑުބޮޑުވުމާއިއެކު ހާއްސަ ޤަދަރެއް އަނބިމީހާއަށް ބަހައްޓަނީބާވައޭ ހިތަށްއެރުމުން އޭނާ ބޭނުންވީ އިތުރަށް ދާރިމް އިމްތިހާނު ކޮށްލާށެވެ. ކަންތައްކުރާނެ ގޮތަކާއި ދޭތެރޭ ވިސްނަމުން ފާހާނާއަށް ވަދެފައި ނިކުތްއިރު ދާރިމް މާހަމަޖެހިލައިގެން އެނދުގައި އޮތްތަން ފެނުމުން އުދަނގޫކޮށްލަން ބޭނުންވެގެން ގޮވާލިއެވެ.

" ދާރިމް. އަހަރެން ވަރަށް ޓަޔަރޑް ވެފަމިހުރީ. އަޅެ އަހަރެންނަށް އެނދުދީފަ ދާރިމް ކައުޗްއަށް ހިނގައިދާނަންތަ؟ " ސުވާލުކޮށްލިއިރުވެސް އަވްލީން ހުރީ ޝައްކެއްގެމަތީގައެވެ. ލޯމަރާލައިގެން އޮތްއިރު އެމޫނުގައިވާ ވަރުބަލިކަމަކުން އަވްލީންގެ އެދުމަށް އިޖާބަދޭނެހެން ހީނުވީއެވެ. " ޝުއަރ. " ފުންމައިގެން ތެދުވިގޮތަށް އެނދުން ފައިބައިގެން ދާރިމް ދާތަން ފެނުމުން އަވްލީންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މާބަނޑުވުމަކީ ހަމައެހާބޮޑަށް އެހެންމީހުންގެ ހާއްސަކަން ލިބޭކަމެއްބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ. އެނދުގައި އިށީންނަމުން ދާރިމް ދިޔަދިމާއަށް ބަލާލިއިރު ކައުޗްގައި އޭނާ އޮށޯވެއްޖެއެވެ.

ގެއަށް ވަންގޮތަށް ސިޑިއާއި ހަމައަށް ގޮސްފައި ލުބްނާ ހުއްޓުނެވެ. ނިއްކުރިމަތީން ހިލިފައިވާ ދާތިކިތައް އަތުގެ އިނގިލިތަކުން ފުހެލާފައި ސިޑީގެ ތިރިންމައްޗަށް ނަޒަރުހިންގާލީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ. އެއްއުކުޅުގައި އަތްވިދެލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިތަން ފެނިފައި ކައިރީގައި ހުރި ލަޔާން ގޮވާލިއެވެ. އޭނާ ހުރީ ނިކަން ރަނގަޅަށް ލުބްނާގެ ހަރަކާތްތަކަށް ބަލާށެވެ.

" ލުބޫ. އިހަށް ސޯފާގައި އިށީންދެލާ ވަރުބަލި ފިލުވާލައިގެން ކޮޓަރިއަށް ދާންވީނު. " ލުބްނާ ބަލާލުމާއެކު ލަޔާން ލަފާދިނެވެ. " ވަރަށް ރަނގަޅު ހިޔާލެއް. ރާޖޫ ދޭބަލަ ލުބޫއަށް ފިނި ޖޫސްތައްޓެއް ގެންނަން. " ޑައިނިންރޫމުން ނިކުތް ރިފާއަށް އެއަޑު އިވިގެން އެމީހުންނާއި ބައިވެރިވެލާފައި ގޭގައި ގެންގުޅޭ މީހާއަށް ގޮވާލިއެވެ.

ލުބްނާގެ މޫނުމަތީގައިވާ ހަމަޖެހުން ރިފާ ފެނުމާއެކު ނުރުހުމަށް ބަދަލުވެގެންދިޔައެވެ. ވަގުތުގެ ބޭނުން ހިފަމުން ލަޔާން ދުރަށް ދާން ހިނގައިގަތެވެ. ލަޔާންގެ ފަސްފަހަތުން ރިފާވެސް ދިޔައެވެ. ނުރުހުންވެފައި އިން ނަމަވެސް އެދެމީހުން ސިޑިންއަރަން ފެށުމާއެކު ލުބްނާއަށް އެދިމާއަށް ބަލާލެވުނެވެ. އެންމެމަތީ ހަރުފަތާއި ހިސާބުން ދެޒުވާނުންގެ އަތާއި އަތް މެހިގެންދިޔަ މަންޒަރު ފެނުނުވަގުތު އޭނާއަށް ދަތްކުޑިވިކާލެވުނެވެ. އަތަށް ތަދުވެގެން ބަލާލިއިރު މުށްކަވާލެވިފައިވާ އަތުގެ ދިގުނިޔަފަތިތައް ހުރީ ހުދުހަމުގައި ޖެހިބާރުވެފައެވެ.

" ވެލްކަމް ޓު ކޮލޮމްބޯ. މަލަކް! " އިލްފްގެ އަޑުން ސިހިފައި ބަލާލިއިރު އޭނާ ހުރީ ކުރިމަތީގައި އަތްދިއްކޮށްލައިގެންނެވެ. އޭރު ބޯޓުގައި ތިބި އެހެން އެންމެންކަހަލަ ގޮތަކަށް ފައިބާނިމިއްޖެއެވެ. ބަލަހައްޓައިގެން މަލަކް އިނީ ފައިބަން ބޭނުންނުވެފައި ކަމެއް ނޫނީ އިލްފްގެ އެއަތުގައި ހިފަން ބޭނުން ނުވެފައިކަމެއް ނޭނގެއެވެ.

" ނުފައިބާނަންތަ؟ " މަލަކްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުމުން އިލްފް އަހާލިއެވެ. ސީޓު ބެލްޓް ނައްޓާލާފައި މަލަކް ތެދުވިއެވެ. އެއަޅާލުންކުޑަ އަމަލުން އިލްފްގެ ހިތަށް ތަދުވިއެވެ. ތުންފަތުގައި ދަތްއަޅާލަމުން އޭނާ ފައިބަންވެގެން ދިޔައެވެ.

އެއަރޕޯޓުން ނިކުމެގެން ނޫރަލިއާއަށްދާން ކާރަށް އެރުމަށްފަހުވެސް މަލަކް އިނީ ހިމޭނުންނެވެ. ކުޑަމިނުން އިސްއުފުލާ ނުލައެވެ. މުޅިން އާތަޖުރިބާއަކަށް ވާއިރުވެސް އެމޫނުމަތިން އެއްވެސް ޝައުޤުވެރިކަމެއް ނުފެނުނެވެ. އިލްފް އިންތިޒާރުކުރީ ގެއަށް ދެވޭންދެންނެވެ. ރައިޑަލްގެ ރީތިކަން ފެނިގެންވެސް މަލަކްގެ މޫޑް ބަދަލުވެދާނެކަމަށް އޭނާ އުންމީދުކުރިއެވެ. ބައްޕަ ބުނެފައިވާގޮތުންވިއްޔާ އެއީ ދުނިޔެމަތީގެ ސުވަރުގެއެކެވެ.

ފަރުބަދަމަތީގެ އުސްމަގުތަކުން ދުއްވާފައިދިޔަ ކާރު އަވަށްގަނޑާއި ދުރުން ޖަންގަލީގެތެރެއަށް ގޮސް ރައިޑަލްއާއި އެންމެކައިރިއަށް އޮތް މަގަށް މަޑުކޮށްލައިފިއެވެ. ލޯގަނޑުން ބޭރުބަލާލުމާއެކު އިލްފްގެ ދެލޮލުން ފެނުނީ ހައިރާންކަމެވެ. އިހުތިޔާރަކާނުލާ އޭނާއަށް ދޮރުހުޅުވާލާފައި ނިކުމެވުނެވެ. މައްޗަށް އަރަން ތިންހަރުފަތުގެ ކުޑަސިޑިއެއްލާފައި ރައިޑަލްއަށް ދިއުމަށްޓަކައި ކަޑައްތުކުރަންޖެހޭ ތިރީހަކަށް ފޫޓްބިން ގެއާއި ސިޑިއާއި ދެމެދު ބަރިއަކަށް ދެފަރާތުގައި ހެދިފައިވާ ޝުގަރމާޕަލް ގަސްތަކުން ފައިބާފައިވާ ރަތްކުލައިގެ ފަތްތަކުން ފޮރުވާލާފައިވާއިރު އެއީ ރަތްފިނިފެންމާފިޔައިގެ ދޫލައެއްފަދައެވެ. މިގަސްތައް ނިމޭހިސާބުން ރައިޑަލްގެ ވަށައިގެން އެއްވަރަކަށް ހައްދާފައިވާ އުންމިނުގައި ހަތަރުފޫޓްހުރި ފެހިކަންގަދަ ދުގެތިތަކަކީ އެގޭގެ ވަށާފާރެވެ. އޭގެ އެތެރެ އޮތްގޮތެއް އަދި އިނގޭނީ އެހިސާބަށް ދެވުނީމައެވެ.

" މަލަކް. ނިކަން ބަލާބަލަ! " ހުއްޓުންއަރައިފައި ހުރި އިލްފް އައިސް މަލަކްއިން ސީޓުގެ ދޮރުފަތް ހުޅުވާލާފައި ވާހަކަދެއްކިއެވެ. މަލަކް އިސްއުފުލާލީ އެވަގުތުއެވެ. އަސަރެއްނެތް ގޮތަކަށް އިލްފްގެ މޫނަށް ބަލާލާފައި އޭނާ ފޭބިއެވެ. ކުރިއަށް ބަލާލުމާއެކު އޭނާ ފެނުނީ ހުއްޓުންއެރިތަނެވެ. ދެލޯބޮޑުވެގެންދިއުމާއެކު މަލަކްގެ އަނގަތަންމިނަށް ހުޅުވުނެވެ.

" ﷲގެ ކުޅަދުންވަންތަކަން. އެން އައި ކޭންޓް ބިލީވް އައިމް އެކްޗުއަލީ ހިއަރ. އިލްފް މީ ހުވަފެނެއްނޫންތަ؟ " މަލަކްއަށް ލިބުނު ހައިރާންކަމުގައި އޭނާ އެހެން ހުރިހާކަމެއްގެމަތީން ހަނދާންނެތުނެވެ. އިލްފްގެ އަތުގައިހިފާ ދަމައިގަންނަމުން ކުރިއަށް ދެފިޔަވަޅެއް އަޅާފައި އެއަތުން ދޫކޮށްލަމުން އޭނާ ދުއްވައިގަތެވެ. ވަކިހިސާބަކަށް ހުއްޓި، ގުދުވެފައި ދެއަތްފުރާ ރަތްކުލައިގެފަތްނަގާ މައްޗަށް އުކާލަމުން އެދެއަތް ހުޅުވާލާފައި އެނބުރިގަތެވެ. އިލްފްހުރީ ދުރުގައި ބަލާށެވެ. އެތައްދުވަހަކަށްފަހު މަލަކްގެ މޫނުން ހަމަޖެހުމުގެ ކުލަވަރު ފެނުމުން އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. ބުނެދޭންދަތި މީރުކަމެއް އެތެރެހަށީގައި ރާޅުބާނިލައިގަތެވެ.

ރަތްފިނިފެންމާ ފިޔަތަކެއްފަދައިން ވައިގެތެރޭގައި ލުއިލުއިކޮށް އުދުހިލާފައި އެނބުރި ތިރިއަށް އައި ފަތްތައް މަލަކްގެ ހަށިގަނޑުގެ އެކިހިސާބުގައި ބޮސްދީފައި އެނބުރި އޭގެ މަޤާމުގައި ގޮސް ހިމޭންވުމާއެކު އޭނާ ދެވަނަފަހަރަށްވެސް ގުދުވެފައި އަނެއްފަތްތައް ނަގާ މައްޗަށް އުކާލިއެވެ. ތިންވަނަފަހަރު އަދި ހަތަރު ފަސްވަނަފަހަރުވެސް އެކަން ތަކުރާރުކުރިއެވެ. ކުޑަކުއްޖެއްފަދައިން އޭނާ ފުމެމުން އެނބުރެމުން ދިޔައެވެ. މަލަކްގެ ފިޔާތޮށި ދެތުންފަތްދޭތެރެއިން ނިކުތްނަންފެށި ހުނުމުގެ އަޑު ލުއިލުއި މިއުޒިކެއްފަދައެވެ. އެފޮނިއަޑުގެ ބާރުން މުޅިމާހައުލަށްވެސް އިތުރު ދިރުމެއް ގެނެސްދިންކަހަލައެވެ. ޖެހެންފެށި ލުއިވައިރޯޅިތަކުގެ ގޯނާއަށް ކެތްނުވެގެން ގަސްތަކުގައިވާ ތަނޑިބަލިވެފައިވާ އެތައްސަތޭކަ ފަތެއް ވެހޭވާރޭފަދައިން މަލަކްގެ ބޮލަށް ފައިބަންފެށުމާއެކު ޝުގަރމާޕަލް ގަސްތަކުގެ އާރޯކަންވެސް އިތުރުވެގެން ދިޔަހެން އިލްފްއަށް ހީވިއެވެ. އެގަސްތަކުގައިވާ އެތައްބިލިއަން ފަތެއްގެ ރަތްކުލަ އިތުރުވެގެންދިޔަހެން ހީވިއެވެ. ޝާއިރެއްނަމަ އެމަންޒަރު ސިފަކުރާނީ ރަތްފިނިފެންމަލެއްގެ ކަރުގަނޑުގައި ބިއްލޫރި ޝަބްނަމްތިއެއްވާ މިސާލުގައެވެ.

" ސަރ. " މަލަކްގެ ހަރަކާތްތަކަށް ބަލަންހުރި އިލްފް ސިއްސުވާލީ ކައިރިއަށް އައިސް ހުއްޓުނު ނޯކަރުގެ އަޑުންނެވެ. ބަލާލިއިރު އޭނާ ހުރީ ފޮށިތައް ގެއަށްލާފައި އައިސް އިލްފްއަތަށް ތަޅުދަނޑި ދިއްކޮށްލައިގެންނެވެ. އަދިވެސް އެއްފަހަރު މަލަކްއަށް ބަލާލާފައި ތަޅުދަނޑިހިފައިގެން އޭނާ ހިނގައިގަތެވެ. އެމީހުން ގޮވައިގެން އައި ކާރު އެނބުރި ދިއުމަށްޓަކައި އަނބުރާލީ އެވަގުތެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އަމިއްލަދުނިޔެއަކަށް ގެއްލިގެންދިޔަ މަލަކްއަށް ހަމަހޭވެރިކަން ގެނަ އަޑަކަށް އެއަޑުވިއެވެ. ސިހޭކަހަލަ ހަރަކާތަކާއިއެކު ކުއްލިއަކަށް ހުއްޓިފައި ބަލާލިއިރު ކައިރިވަމުންދިޔަ އިލްފް ފެނިފައި އަނެއްފަރާތަށް މޫނު އަނބުރާލަމުން އޭނާ ހިނގައިގަތީ ކުރީގައި ހުރެގެންނެވެ.

ދުގެތިގަސްތަކަށްފަހު ފެހިކާޕެޓް ފެތުރިފައިވާ ކުޑަތަންކޮޅެއް ދޮރުމައްޗަށް ދޫކޮށްފައި ދެންހުރީ ރައިޑަލްގެ އިމާރާތެވެ. ތިންފުރާޅަށްހުރި ދެބުރީގެ ކުޑަކުޑަ ރީތިގެއެކެވެ. ގޭގެ ދޮރުހުޅުވާލުމާއެކު އިލްފްގެ ފަހަތުން މަލަކްވެސް ވަނެވެ. ހުދުފާރުތަކާއިއެކު އެގޭގެ މާބަލްމުށި ތަޅުމުން އޮފްއަރައެވެ. އެކިހިސާބުގައި ބަހައްޓާފައިވާ މަސްނޫއީ ބޮޑެތި މާގަސްތަކުން ޒީނަތްތެރިކަން އޭގެ އިންތިހާއަށްހުރިއިރު ކަޅުކުލައިގެ ފަރުނީޗަރތަކުން އިތުރު މުއްސަދިކަމެއް ގެނެސްދީފައިވެއެވެ. ވަންނައިރު އެންމެފުރަތަމައަށްހުރި ދެމީހަކަށްފެތޭ ކުޑަސިޓިންރޫމާއި ޖެހިގެން ބަދިގެހުރެފައި ދެންޖެހިގެން އެފަރާތުގައި ވަނީ އެގޭގެ ގުދަނާއި ޖެހިގެން ނޯކަރުހުންނަ ކޮޓަރިއެވެ. ސިޓިންރޫމްގައި ބަދިގެހުރި ފަރާތްނޫން އަނެއްފަރާތުގައިވާ ސިޑިއަކީ މަތީބުރީގެ ދެކޮޓަރިއަށް ދެވެންހުރި މަގެވެ. އަވަސްނަޒަރަކުން މުޅިގެއަށް ބަލާލާފައި މަލަކް މައްޗަށް އެރިއެވެ. މަތީބުރީގައިވާ ތިންކޮޓަރިތެރޭން ފުރަތަމައަށް ހުރި ކޮޓަރިއަށް ވަނުމަށްޓަކައި ތަޅުގައިހިފާ އަނބުރާލުމާއެކު ފަހަތުން އަޑުއައެވެ.

" ތީ އަހަރެންގެ ކޮޓަރި. " ފަސްއެނބުރި ބަލާލިއިރު ހިނިތުންވެފައިހުރި އިލްފް ފެނިފައި މަލަކް ތަޅުން އަތްދޫކޮށްލަމުން ދުރަށްޖެހުނެވެ. " އެކަމަކު މަލަކް ބޭނުމިއްޔާ ދީފާނަން. އެހެންނޫނަސް ދެކޮޓަރިއެއްގައި އަހަރެމެން އުޅެންޖެހޭނީ ކުރުމުއްދަތެއް. އެއަށްފަހު އަހަރުމެން ދެމީހުން އުޅެންހުރި ކޮޓަރިއެހުރީ އެންމެ ބިތްދޮށަށް. މިހާހިސާބުން ހިތުގައި އުފެދޭ ސުވާލަކީ ދޮންމަންމަ ކޮންސިހުރެއް ހަދައިގެންބާވައޭ މަލަކް ގެ ނިންމުން ބަދަލުވީ. ކުޑަވަގުތުކޮޅަކަށް އަހަރެން ޤަބޫލުކުރިން ހަޔާތުގެ ދެންއޮތްބައި ހޭދަކުރަންޖެހޭނީ އެކަނިކަމަށް. " ޔޫ ނޯ ވަޓް އައި މީން. " އިލްފްގެ ވާހަކަތަކުން މަލަކްގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ.

" މީ އަހަރެންގެ އަމިއްލަ ނިންމުމެއް. މީގައި އެހެންމީހެއްގެ ނުފޫޒެއްނެތް. އަދި އަހަރެންނަކީ އަމިއްލަ ހިތާއި ހަނގުރާމަކުރާނެމީހެއްވެސް ނޫން. ސޯ އައި ޑިޑް ވަޓް އިޓް ސެއިޑް. " މަލަކްގެ ޖަވާބުކުރެވެ. އެކަމަކު އޭގައި ފޮރުވިފައިވާ މާނައެއް އޮތްކަން އިލްފްގެ ސިކުނޑި ނަގައެއްނުދިނެވެ. އުފާވެރިކަން ވެރިވެގެންދިޔަ މޫނުމައްޗަށް އިތުރު ދިރުމެއް ގެނެސްދިން ހިނިތުންވުމަކާއިއެކު ދެއަތްފުޅާކޮށްލަމުން އޭނާ ކުރިއަށް ޖެހިލިއެވެ.

" އަހަރެންގެ ނިންމުން މިގޮތަށް ބަދަލުވިއަސް އަހަރެން އަދި އިލްފްއަކަށް މާފެއްނުކުރަން. " އެން ޔޫ ނޯ... އައި ޑޯން ޓްރަސްޓް ޔޫ އެނީމޯރ. " އެދެމެދަށް އަތްހުރަސްކޮށްލަމުން އިލްފް ހުއްޓުވާފައި މަލަކް އިއްވާލިއެވެ. އިލްފްގެ ހިނިތުންވުން ފިލައިގެންދިއުމާއެކު ދެން އެމޫނަށް ފެތުރުނީ އަނެއްކާވެސް ނުތަނަވަސްކަމެވެ. އިތުރަށް އެންމެ ސިކުންތެއްވެސް މަޑުކޮށްނުލާ މަލަކް ގޮސް ޖެހިގެންހުރި ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

ދެއަތްދެއަތާއި އުނގުޅާލުމަށްފަހު މޫނުފުހެލާފައި ޒޫނާ އަނެއްކާވެސް ދެކޮޅަށް ހިނގަންފެށިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން އޭނާ އިރުއިރުކޮޅާ ބޮޑުދޮރާއި ދިމާއަށް ކަޅިއެއްއެއްލައެވެ. ކުއްލިއަކަށް ގޭގެ ބެލްޖަހާލި އަޑަށް އޭނާ އަވަސްއަވަހަށް އެދިމާއަށް ހިނގައިގެންފިއެވެ. ހިތްއަވަސްވިވަރުން ޒޫނާގެ ދެއަތްތިލަ ދާހިތްލާލައިފިއެވެ. ތަޅުގައިހިފާ އަނބުރާލިނަމަވެސް އޭނާއަށް ދޮރެއްނުހުޅުވުނެވެ.

" ޒޫނާ! " ފަހަތުން ޒިޔާދުގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއިރު އޭނާ އައިސް ކައިރިއަށް ހުއްޓެނީއެވެ. " ޒޫނާ ހަމަޖެހިބަލަ. ތިހާ ކަންބޮޑުވެގެން ކިހިނެތް އޭޒިލްއާއި ވާހަކަދައްކާނީ؟ " އެއްގޮތަކަށްވެސް ބިރުނުގަނޭ. އޭޒިލްގެ މަންމަގެ ހިތް އެހާ ސާފުއިރު ކިހިނެތް އޭނާގެ ހިތް ނުސާފުވާނީ؟ އަހަރެންނަށް ޔަޤީން އޭޒިލްއަށް ވިސްނޭނެކަން. އޭނާ ޒޫނާއަށް މާފުކުރާނެ. " ލޯބިވާ އަނބިމީހާގެ ދެކޮނޑުގައިހިފާ އެމޫނަށް ނަޒަރުހުއްޓާލަމުން ޒިޔާދު ހިތްވަރުދިނެވެ. ނުތަނަވަސްވެފައިވާ ޒޫނާގެ ދެލޮލަށް އެކަނި ބަލާލުމުންވެސް އޭނާ ހާސްވެފައިވާ މިންވަރު ޒިޔާދުއަށް ވަޒަންކުރެވުނެވެ.

ޒިޔާދުގެ ހިތްވަރުދެނިވި ބަސްތަކުން ޒޫނާގެ ހާސްކަންކުޑަވިއެވެ. ފުންނޭވާ އެއް ދޫކޮށްލުމަށްފަހު ހިނިތުންވެލާފައި އޭނާ ދެވަނަފަހަރަށްވެސް ތަޅުގައިހިފާ އަނބުރާލިއެވެ. އޭނާ ހީކުރިގޮތާއި ހިލާފަށް ދޮރުމަތީގައި ތަރުކާރީ ކޮތަޅެއްހިފައިގެން ހުރި ވިވިއަން ފެނިފައި ހިނިއަންނަގޮތްވިއެވެ. ދޮރުފަތުން އަތްދޫކޮށްލާފައި އެނބުރި ދިއުމަށްޓަކައި ހިނގައިގަތް ޒޫނާގެ ދެފައިގައި ކަސްތޮޅުއެޅުނީ ފަހަތުން މަންމާއޭ ކިޔާ ގޮވާލިއަޑަށެވެ. ވަގުތުން އޭނާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ފަސްއެނބުރި ބަލާލަމުން ލަސްލަހުން އުފުލާލި އެސްފިޔަތަކުތެރޭން ވިވިއަންގެ ފަހަތުގައި ހުރި އޭޒިލް ފެނުމާއެކު ޒޫނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އެބުނިއެއްޗެއް އަދިވެސް އެއްފަހަރު ތަކުރާރުކޮށްލަބަލާށޭ ބުނެފާނަމޭ ހިތަށްއެރިއެވެ.

ވިވިއަން އެތެރެއަށް ވަދެގެންދިއުމާއެކު ޒިޔާދުވެސް ހައިރާންވެފައިހުރެ ޒޫނާގެ ކައިރިއަށް ޖެހިލާފައި އޭޒިލްއަށް ބަލަންފެށިއެވެ. ނައުޝީން އެމީހުންނަށް ފެނުނީ އޭޒިލްގެ ފަހަތުން އެތަނަށް ވަނީމައެވެ.

" އަހަރެމެން މިއައީ ވާހަކައެއްދައްކަން. " ނައުޝީންގެ އަތުގައިހިފާލަމުން އޭނާ އިއްވާލިއެވެ. އެއްފަހަރު އޭޒިލްގެ މޫނަށް އަނެއްފަހަރު ގުޅިލާމެހިފައިވާ ދެޒުވާނުންގެ އަތަށް ޒޫނާ ބަލާލީ ހައިރާންކަމުގެ ލޮލަކުންނެވެ. ވާހަކަދައްކަންވެގެން މަސައްކަތް ކުރިނަމަވެސް ދެތުންފަތުގައި އުފެދިފައިވާ މަޑު ތުރުތުރަކުންޒޫނާއަކަށް އެއްޗެއް ބުނެވޭގޮތެއްނުވިއެވެ. ފަހަތުން އައުމަށް އިޝާރާތްކޮށްލާފައި އޭނާ ހިނގައިގަތީ ކުރިއަށެވެ. ފަހަތުން އޭޒިލްއާއި ނައުޝީން ދާތަންބަލަން ޒިޔާދުހުރީ ހިތްހަމަޖެހިފައެވެ. މަންމާއޭ ބުނެ އޭޒިލްގެ ދުލުން ބޭރުކޮށްލި އެންމެ ލަފްޒަކުންވެސް އެހިތް ޒޫނާއަށްޓަކައި ސާފުކަން ޒިޔާދު ދެނެގެންފިއެވެ.

" މިސިޓީތަކާއިމެދު ކޮންމެވެސް އެއްޗެކޭ ބުނެބަލަ. " ކޮޓަރިއަށް ވަދެފައި ވާހަކަދައްކަންވެގެން ޒޫނާ ތައްޔާރުކޮށްލުމާއެކު އެއަށްވުރެކުރީން އޭޒިލް ބުނެލިއެވެ. ޖިންސްގެ ޖީބުންނެގި ފަތްޖަހާފައިވާ ސިޓީތައް އެނދުމައްޗަށް އަޅާލިތަން ބަލަންހުރެފައި ޒޫނާ ގޮސް އެތަނުން އެއްސިޓީ ނަގާ ނިއުޅާލިއެވެ. ހުދުވެގެންދިޔަ މޫނުމަތީގެ ހުރިހާ ދިރުމެއް ނެތިފިލައިގެން ދިޔަވަގުތު އޭނާގެ ކަޅުކުލަގަދަ އެސްފިޔަތަކަށް ކުޅަދާނަ ނުވެގެން ކަރުނަ ފައިބަންފެށިއެވެ. އޭޒިލްއަށް އެމަންޒަރު ފެނުމުން އޭނާގެ ހިތުގައިވެސް ރިހުމެއް އުފެދުނެވެ.

" ކިހިނެތް ކޮންތާކުން މިއެއްޗެހި ފެނުނީ؟ " މޮޔައެއްފަދައިން އަވަސްއަރުވާލާފައި ދެއަތުން އެއްފަހަރާ އެތައްސިޓީއެއްނަގާ ބަލަމުން ޒޫނާ ސުވާލުކުރިއެވެ. މެދުކެނޑުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއިއެކު ސިޓީގެ ތެރެއަށް އެނަޒަރު ހިންގަމުން އިރުއިރުކޮޅާ ލޯފުހެލައެވެ. " ތީ ބައްޕަ ރައްކާކޮށްފައިހުރި އެއްޗެއް. " ހިމޭންވަގުތުކޮޅަކަށްފަހު އޭޒިލް ޖަވާބުދިނެވެ. ސިޓީތައް އެހުރިތަނަށް އެނދުމައްޗަށް އަޅާލާފައި ޒޫނާ އައިސް އޭޒިލްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ރަތްވެފައިވާ އޭނާގެދެލޮލުން ހިތާމައިގެ އިތުރަށް ނަފްރަތުގެ ކުލަވަރުވެސް ފާޅުވާންފަށައިފިއެވެ.

" އިތުރަށް ބުނާނެ އެއްޗެއްނެތް. ހަޤީޤަތްމިވަނީ ހާމަވެފައި. ދަރިފުޅުގެ ބައްޕަދެކެ މަންމަ ލޯބިވީ އޭގެ އެންމެމަތީ މިންވަރަށް. އެކަމަކު އެލޯބި ނަފްރަތަށް ބަދަލުކޮށްލީ ހިތަށްލިބުނު ފަސޭހަވުމެއްނެތް ވޭން. އެދުވަހު މިލޮލުން އޮހޮރުނު ކަރުނަތައް އަލިފާންކަނިތަކަކަށްވެ މަންމަގެ މުޅިދިރިއުޅުމުގައި ހުޅުޖެހި. ވަށައިގެންވާ ހުރިހާއެއްޗަކަށް ނަފްރަތުކުރެވުނު. ބަލާބޮޑުކުރި މައިންބަފައިންނާއި ކުށެއްނެތް މައުސޫމް ދަރިފުޅު ދޫކޮށްލުމުގެ ވޭނަށްވުރެ ހިތުގެ ވޭން މާބޮޑު. އެދުވަހު ބޭނުންވީ އެއެންމެންނާއި ވަކިން މުޅިން އެހެން ދުނިޔެއަކަށް ބަދަލުވާން. އެހެން ކަމަކަށް ބޭނުންވާވަރަށްވުރެ ބޮޑަށް ބޭނުންވީ އަމިއްލަ ހިތުގެ ވޭނަށް ޝިފާއެއްދޭން. " އެހަނދާންތައް ހިތުންފިލުވައިލަން. " އެކަމަކު ފަހުން ޤަބޫލުކުރެވުނު އެއީ ހައްލެއްނޫންކަން. ދުނިޔެއަކީ އިމްތިޙާނެއް.. އެ އިމްތިޙާނުން ފާސްވާނީ ވަރަށް ހިތްވަރުކޮށްގެން. ހިތާމައަކީ މަންމައަށް އެކަން އެދުވަހު ނުވިސްނުނުކަން. " ޒިޔާދު އާއި ބައްދަލުނުވިނަމަ މިއަދުވެސް..." ޒޫނާގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. އޭޒިލްގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރީ ގޮތެއް ނިންމުމުގެ ފުރިހަމަ އިހްތިޔާރުދީފީމޭ ބުނާކަހަލަ ގޮތަކަށެވެ.

" ބައްޕަގެ ހިތުގައި މަންމައަށް ހާއްސަކަމެއް ދެވިފައިނުވާއިރު މިސިޓީތައް މިހާދުވަހު ރައްކާކޮށްފައި ހުރީކީއްވެ؟ " އޭޒިލްކޮށްލީ އެންމެ މުހިންމު ސުވާލެވެ. " ތިސުވާލު އޭނައާއި ކުރަންވީނު؟ " ސިޓީތައް ލިބުނުއިރު އޭނާ އުޅޭތަންވެސް އެނގިފަ އޮންނާނީ. " ފިޔާޒްގެ ނަންވެސް އޭނާގެ ދުލުން ދެވަނަފަހަރަށް ކިޔަން ޒޫނާ ބޭނުންނުވާކަހަލައެވެ. ނިއްކުރިމައްޗަށް އިތުރުވެގެންދިޔަ ކުދިރޫތަކުން އެކަނިވެސް ފިޔާޒްއަށް އޭނާ ނަފްރަތުކުރާވަރު ހާމަވެގެންދިޔައެވެ.

" ހުއްޓާލާ! ހެޔޮނުވާނެ. އަހަރެންގެ ބައްޕައާއިމެދު ތިފަދައިން ވާހަކަނުދައްކާ. " ނައުޝީންއަށް ކެތްނުވެގެން ބުނެލެވިއްޖެއެވެ. " ބައްޕަ؟؟؟ " ޒޫނާގެ ނަޒަރު ނައުޝީންއަށް ހުއްޓާލަމުން އޭނާ ބުނެލިއެވެ. " ދައްތާ އަހަރެންނަށް މާފުކުރޭ. އެކަމަކު ބައްޕައާއި ބެހޭގޮތުން އިތުރަށް ދެން އެންމެ ލަފްޒެއްވެސް އަޑުއަހާކަށް ކެތެއްނުވާނެ. " އިންސާނަކަށްވީތީ ކުށެއްކުރެވިފަ އޮވެދާނެ ކަންނޭނގެ. އެކަމަކު އަހަރެންގެ ބައްޕައަކީ އެހާ ގޯސްމީހެއްނޫން. އަހަރެން ވަރަށް ރަނގަޅަށް ބައްޕަ ދަންނަން. މަރަށް ހާޒިރުވެއޮތް ވަގުތުވެސް ބައްޕަގެ ނަސޭހަތަކަށްވީ އަހަރެންގެފަރާތުން އޮޅުމެއްގައިވެސް އެހެން އިންސާނަކަށް ކެއްސެއްނުދިނުން. ވީއިރު ކިހިނެތް އަހަރެން ތިކަން ޤަބޫލުކުރާނީ؟ " ބައްޕަގެ ހަނދާންތަކުން ނައުޝީންގެ ހިތް ރޮއްވާލައިފިއެވެ. ދެލޮލުގައި ބޮނޑިވެގެންދިޔަ އަދަދުނުވާ ކަރުނަތައް ކޯދުލާފައި ކޯތާފަތްމައްޗަށް ފައިބައިގަތެވެ. ލޯބިވާ ކޮއްކޮއާއި މަންމަގެ މޫނުމަތީގައިވާ ހިތާމައަކުން އޭޒިލްގެ ހިތަށްކޮށްފައިވާ އަސަރު ފުންވެގެންދިޔައެވެ.

" ކީކޭ ތިބުނީ؟ މަރަށް ހާޒިރުވެ އޮތްވާ.... ޒޫނާގެ ދެތުންފަތް ތުރުތުރުއަޅައިގަތްވަރުން އޭނާއަށް ޖުމްލަ ފުރިހަމައެއްނުކުރެވުނެވެ. އޭޒިލްއަށާއި ނައުޝީންއަށް ސިހިފައި އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

" އަހަރެންގެ ބައްޕަމަރުވިކަމެއް ނޭނގޭތަ؟ " އޭގެފަހުން މިހާރު އަށާރައަހަރުވީ. " ޒޫނާއަށް ބަލަމުން ޤަބޫލުނުކުރެވޭ ރާގަކަށް ނައުޝީން ވާހަކަދެއްކިއެވެ.

ޖަވާބުދިނުމުގެ ބަދަލުގައި ޒޫނާއަށް ރޮވުނީއެވެ. ދެއަތްތިލައިން މޫނުފޮރުވާލުމާއެކު އޭނާއަށް ހުރިތަނަށް ތިރިވެވިއްޖެއެވެ. ކަންބޮޑުވެފައި ތިބި އޭޒިލްއަށާއި ނައުޝީންއަށް ދެންވެސް އެކަކު އަނެކަކުގެ މޫނަށް ބަލަބަލާ ހުރެވުނީއެވެ. އެގޮތުގައި ކުޑައިރުކޮޅެއް ވޭތުވެގެންދިޔަފަހުން ޒޫނާ ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި ނެގިފައިލެއްގެތެރެއިން ފަތްޖަހާލާފައިވާ ކަރުދާސްގަނޑެއްނަގާ ދިއްކޮށްލުމާއެކު އޭޒިލް އޭގައި ހިފިއެވެ. ނިއުޅާލުމަށްފަހު ކިޔަންފެށުމުގެކުރީން އޭނާ އަދިއެއްފަހަރު ނައުޝީންއަށް ބަލާލިއެވެ.

= ޒޫނާއަށް =
މިއަދު އަހަރެން ކިޔައިދޭން މިއުޅެނީ މިހަޔާތާއިމެދު ޒޫނާއަށް އެނގިފައިނުވާ ކަންތައްތަކެއްގެ ވާހަކައެވެ. ޒޫނާ ލިޔެފައިވާ ހުރިހާ ސިޓީއެއް ބަރާބަރަށް އަހަރެންނަށް ލިބުނުވާހަކަވެސް މިފުރުސަތުގައި ފާހަގަކުރަމެވެ. އެހުރިހާ ސިޓީއެއްގެ ޖަވާބު އަހަރެން ދޭން މި ގަސްތުކުރަނީ އެންމެ ސިޓީއަކުންނެވެ. މީ ޒޫނާއަށް އަހަރެން ލިޔާނެ ފަހު ސިޓީވެސްމެއެވެ. ޒޫނާއެވެ. އަހަރެންގެ އެންމެ ބޮޑު ހަޤީޤަތަކީ އަހަރެންގެ އިތުރު އަންބަކު މާލޭގައިހުރިކަމެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯއްބެވެ. އެކަމަކު ބައެއްފަހަރު ލޯއްބަކީ ކައިވެނީގެކުރިން އެކަނި ފޮނިކަން ދެމިހުންނަ އެއްޗެކެވެ. ޒޫނާއަށް މިހިތްދެވުނީ ޒޫނާގެ ކިބައިން އަހަރެންނަށް ކަމުދާ އެތައް ސިފައެއް ފެނިރީތިވެގެންނެވެ. ނޫނީ އެއީ އެވަގުތަށް ހަޔާތުން އުނިވެފައިވާ އުނިކަން ފޫބައްދާލުމަށްޓަކައި ހިތަށްފެނުނު އެންމެ ރަނގަޅު ނަތީޖާއެވެ. ކާށިކެވޭނީ ދަތްހުރިދުވަހުއޭ ބުނާބީދައިން އަހަރެންވެސް ބޭނުންވީ ހިތްހަމަޖއްސާލާށެވެ. ހީކުރިވަރަށްވުރެ އެތައްގުނައެއް ފުރިހަމަވެގެންދިޔަ ވަގުތުތަކެއްކަމުގައި އެދުވަސްތައް ހިމެނުނެވެ. ކައިވެންޏަށްފަހު ޒޫނާގެ ކައިރީގައި އަހަރެން ހޭދަކުރި ކޮންމެސިކުންތުކޮޅަކީ ހުވަފެނަކަށްވުރެ ކުލަރީތި ބަހާރުމޫސުމަކަށްވުރެ އުފާވެރި އަދި ފިނިފެންމަލުގެ ދާނަކަށްވުރެ އަރާމު ދުވަސްތަކެކެވެ. ޝުކުރުއަދާކުރާނީ ކޮންދުލަކުންކަމެއްވެސް ނޭނގެއެވެ. ޒޫނާ އަހަރެންނަށް ހަނދާންކުރުން ލާޒިމް އެތައް ހަނދާންތަކެއް ދީފިއެވެ. އަހަރެން އެނބުރިމިދަނީ އެހަނދާންތަކަކީވެސް ހަޔާތުގެ ހިއްސާއެއްކަމުގައި ޤަބޫލުކޮށްގެންނެވެ. ތެދުތެދަށް ބުނަންޏާ ޒޫނާގެ ލޯބި އަހަރެންގެ ހިތާއި ހަމައަށްވެސް ފޯރިއެވެ. އެކަމަކު ކުރާނެކަމެއްނެތެވެ. ވަކިވާން މިޖެހުނީ އެލޯއްބަކީ ވަގުތީއެއްޗެއްފަދައިން ކޮންމެވެސްދުވަހަކުން ދޫކޮށްލާފައި ދާންޖެހޭ އެއްޗަކަށް ނުހަދަންވެގެންނެވެ. އާދައަކަށްވެއްޖެނަމަ ދޫކޮށްފައިދާންޖެހުމުން ހިތާމަކުރަން ޖެހިދާނެތީ ބިރުހީވެއެވެ. މިހާރު އަހަރެން ކަންބޮޑުވާންޖެހޭ އެއްވެސްކަމެއްނުވެއެވެ. ހުރިހާކަމެއް އިހުހުރިގޮތަށް ބަދަލުވެއްޖެއެވެ. ފުރަތަމަކައިވެންޏަށް ލިބިފައިވާ ހީނަރުކަންވެސް ކަޅުހިޔަންޏެއްފަދައިން ދެން އަހަރެންގެ ހަޔާތަކަށް ވެރިއެއްނުވާނެއެވެ. ކުރިމަތީގައި މިހާރުވަނީ ސާފުވެފައިވާ އުދަރެހެކެވެ. އަލިވެ އުޖާލާވެފައިވާ ސީދާ ރާސްތާއެކެވެ. ކޮޅުނެތްކޮޅަށް އުފާވެރިކަމެވެ. ޒޫނާވެސް ދެން އަހަރެން ހަނދާންނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށްދާށެވެ.
ޒޫނާގެ ފިޔާޒް

" މިސިޓީގައި ބައްޕަ މިއޮތީ ހުރިހާވާހަކައެއްވެސް ބުނެދީފަ. " ކިޔާނިންމާލުމަށްފަހު ނައުޝީންއަށް ދިއްކޮށްލަމުން އޭޒިލް ބުނެލިއެވެ. " ތިބުނީ ރަނގަޅަށް އޭޒިލް. ނުސީދާބަހުން ހުރިހާ ހަޤީޤަތެއްވެސް އެވަނީ ހާމަކޮށްފަ. ނުވިސްނުނީ މަންމައަށް. " އެކަމަކު މިއަދު އަހަރެންނަށް ވިސްނިއްޖެ ފިޔާޒް ބޭނުންވާގޮތް. އޭނާ ބޭނުންވީ އަހަރެންގެ ދިރިއުޅުން ބަރުބާދުވުމުގެ ބަދަލުގައި އާބާދުވާން. އޭނާ ބޭނުންވީ އޭނާއަށް ނަފްރަތުކޮށްފަ އެހަނދާންތައް އަހަރެންގެ ހިތުން ފުހެލަން. " މުޅިއުމުރު އެމީހަކަށް ނަފްރަތުކޮށް ބަދުދުޢާކުރި އިންސާނާ ނިމިގެން އެދިޔައީވެސް އަހަރެންނަށް ހެޔޮގޮތްއެދިއެދިހުރެ. " ނައުޝީން. ނައުޝީންގެ ބައްޕައަކީ ވަރަށް މާތްމީހެއް. އެއީ ވަރަށް ރަނގަޅުމީހެއް. " ކަރުނަ ފުހެލުމަށްފަހު ނައުޝީންގެ ކޮނޑުގައި ހިފަހައްޓާލަމުން ޒޫނާ ބުނެލިއެވެ. އޭޒިލްގެ މޫނަށް އޭނާ ބަލާލީ އެއަށްފަހުއެވެ.

ކަރުނަގިނަވެފައިވާ ޒޫނާގެ ދެލޮލަށް އަނެހާސްކަރުނަތައް އިތުރުވެގެންދިޔައީ އޭޒިލްގެ ދެލޮލުން އޭނާ ދުށް އަސަރަކުންނެވެ. ދުލުން ނުބުންޏަސް އެދެލޯ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. " ދަރިފުޅާ! " ހިތްފުރިގެން ބަނޑުންވަމުންދިޔަވަގުތު ޒޫނާގެ އަނގައިން ނިކުތެވެ. އިހުތިޔާރަކާނުލާ ދިއްކޮށްލެވުނު ދެއަތުގައި އޭޒިލް ހިފާލީ އަވަސްއަވަހަށެވެ. " މަންމާ. މަންމަގެ އެއްވެސް ކުށެއްނެތް. " އަހަރެން މަންމައަށް މާފުކޮށްފިން. " އޭޒިލް ބުނެލިއެވެ. އަހަރުތަކަކަށް ދެމިގެންދިޔަ އެއިންތިޒާރުގައިވެސް މިއަދު ނިމުމުގެ ސިއްކަޖެހުނީއެވެ. ޒޫނާއަށް އޭނާގެ ދަރިފުޅު އަނބުރާލިބިއްޖެއެވެ.

ދުވަސްތައް މާޒީއާއިއެކުވަމުން ދެހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. އެއްވެސްކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެއޭ ބުނާބީދައިން މިފާއިތުވި ދެހަފްތާ ތެރޭގައިވެސް އެތައްކަމެއް ބަދަލުވެގެން ދިޔަތަން ފެނުނެވެ. ޒޫނާއަށް އޭނާގެ ފިރިހެންދަރިފުޅުގެ މައާފް ލިބުނުފަދައިން މައިންބަފައިންގެ ރުހުމާއި މައާފްވެސް އަނބުރާލިބިގެންދިޔައެވެ. އޭޒިލްއާއި ޒިޔާދުގެ މަސައްކަތުން އެއީ މާދަތިކަމަކަށް ނުވިއެވެ. އަބްދުﷲވެސް ރަނގަޅުވެގެން ހަމަޖެހުމާއެކު ދުވަސްތައް ވޭތުކުރަންފެށިއެވެ. ބްރީޒް ގާރޑެންއަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ހެންނެވެ. ކޮންމެދިމާލަކުންވެސް ފެންނަނީ ހިނިތުންވެފައިވާ މޫނުތަކެވެ.

ފެސްކޯގެ މަލަމަތިވެސް މިހާރަކަށް އައިސް ފެންނަނީ މުޅިން ބަދަލުވެފައިވާތީއެވެ. މީގެ ދުވަސްކޮޅެއްކުރީން އެގޭތެރޭން ފެނުނު ވީރާނާކަން އާރޯކަމަކަށް ބަދަލުކޮށްލީ އަންނަންއުޅޭ ދެމެހުމާނުންނެވެ. ލަންކާއިން އައިފަހުން ދާރިމްވެސް އޮފީހަށް ނިކުންނަން ފަށައިފިއެވެ. އެކަމަކު ކުރިއާއި ހިލާފަށް އޭނާ ފެންނަނީ މަސައްކަތުގައިވެސް އިތުރު ޖޯޝަކާއި ފޯރިއެއްދައްކާލައިގެން ނިކަން ޝައުޤުވެރިކަމާއިއެކު ކުރިއަށްދާ މަންޒަރެވެ. އެކަނިވާ ކޮންމެފަހަރަކު މިނެޓަކު ދެފަހަރު އަވްލީންގެ ހާލު ބަލާލުމަކީ ދާރިމްގެ މިހާރުގެ އާދައަކަށްވެއްޖެއެވެ. މަސައްކަތުން ސިކުނޑި މިނިވަންވާ ކޮންމެވަގުތުކޮޅަކީ އަންނަންއުޅޭ ދަރިފުޅާއި އަވްލީންގެ ހިޔާލުތަކަށް ހުސްކޮށްލެވޭ ވަގުތުތަކެކެވެ. އޮފީހުގައި ހޭދަކުރާ ވަގުތުގެ އިތުރުން އެހެން ހުރިހާވަގުތެއް މިހާރު ދާރިމް ހޭދަކުރަނީ އަވްލީން ފެންނަހިސާބުގައެވެ. ސިކުންތުކޮޅަކަށްވެސް އޭނާ ފެންނަން ނެތިއްޖެނަމަ އެހިތުގެ ތެޅުން އަވަސްވެއެވެ. ނުތަނަވަސްކަމުން ސިކުނޑިފުރާލައެވެ. ހައިރާންވާންޖެހުނުކަމަކީ ލަންކާއިން އައިފަހުން ފާއިތުވެދިޔަ ދެހަފްތާތެރޭގައި އެންމެފަހަރަކުވެސް އޭނާގެ ހިތަށް މަލަކްގެ ހިޔާލެއްނައިކަމެވެ. އިތުރު އެހެންމީހަކުވެސް މަލަކްމަތިން ހަނދާނެއްނުކުރެއެވެ. ބްރީޒްގާޑެންގެ ހަތަރުފާރުއެތެރޭގައި އެނަން ކިޔުންވެސް ޒިޔާދު އޮތީ މަނާކޮށްފައެވެ. އަބްދުﷲގެ ތަބީއަތް މުޅިންރަނގަޅުވެ ކަންތައްތައް ހަމައަކަށް އެޅުމުގެކުރީން އެވާހަކަ ދައްކާކަށް ޒިޔާދު ބޭނުމެއްނުވެއެވެ.

އަނެއްކޮޅުން ފެސްކޯގެ މެމްބަރުންނަށްވެސް މަލަކްއާއި އިލްފްގެ ސިއްރު އޮތީ ވަންހަނާކުރެވިފައެވެ. އެމީހުންނަށް ޚަބަރުލިބިފައިވާގޮތުން އިލްފް ވީ މުހިންމުބޭނުމަކު ޒިޔާދު ރާއްޖެތެރެއަށް ފޮނުވާލާފައެވެ. މަލަކްއާއި ބެހޭގޮތުން އަރުވާފައިވަނީ އަދިމުޅިން ތަފާތު އަޑެކެވެ. މަތީ ތައުލީމަ ހާސިލްކުރުމަށްޓަކައި ލަންކާއަށް ފޮނުވާލިކަމަށް ޒިޔާދު ބުންޏަސް އެއީ ދޮގެއްކަން އެނގޭ އެކަކު އެވަގުތުވެސް ފެސްކޯގައި ހުއްޓެވެ. ޒަމާނާއެކު އައިސްފައިވާ ބަދަލުތަކުން އެންމެބޮޑު ފައިދާއެއް ލިބުނުބަޔަކަށް އެމިލީ އާއި އޭޒިލްވީ ހުއްޓިގެންދިޔަ އޭޒިލްއާއި މަލަކްގެ ކައިވެނީގެ ސަބަބުންނެވެ.

ބޮޑުބޭބެގެއަށް ދިއުމުގެ ބަހަނާގައި އެމިލީ ގިނަގިނައިން ބްރީޒްގާޑެންއަށް ދާތީފެނެއެވެ. ގޭގެ އިސްމެމްބަރުންނަށް ވަންހަނާވެހުރެ ދެލޯބިވެރިންގެ ލޯބީގެ މާބަގީޗާގައި މާތައްފޮޅުވުމުގައި އެމީހުން އަވަދިނެތިވިއެވެ. މިހާހިސާބުން ލަޔާން އާއި ރިފާގެވާހަކަވެސް ނުބުނެ ދޫކޮށްލެވޭކަށްނެތެވެ. އެދެމެދުގައިވާ ލޯބި ދުވަހެއްދުވަހަކަށް ކުރިލާހެދެމުން ވަރުގަދަވަމުންދިޔަ މަންޒަރު ކައިރިންބަލަމުންދާ ލުބްނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔައެވެ. ނުރުހުންވިނަމަވެސް ގޭތެރޭގައި އޭނާގެ ބާރެއްނެތުމުން ލުބްނާއަށް ޖެހެނީ ހިމޭނުން އިންނާށެވެ. ރިފާ އޭނާއާއި ދޭތެރޭ ކަންތައްކުރާލެއް ރަނގަޅުކަމާއިމެދު ޚުދު އޭނާގެ ސިކުނޑިވެސް ބައެއްފަހަރު އެއްބަސްވެއެވެ. އެކީގައި ހޭދަކުރި އެތައްއަހަރަކުން އޭނާގެ ހިތަށްނުވިގޮތްތަކެއް ލަޔާން ފެނުމުން މިހާރު ވާކަންވެސް ލުބްނާއަށް ވަނީ ފާހަގަކުރެވިފައެވެ.

އަލަތު ކައިވެނީގެ މުނާސަބަތުގައި ރައިޑަލްގައި ބޭއްވި ކުޑަކުޑަ ހަފްލާގެ ވަގުތުހަމަވެގެން މެހުމާނުންތައް ގެއަށްދާން ފެށުމާއެކު މަލަކްވެސް އޭނާގެ ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. ސިޑީގެ ހަރުފަތްތަކުން މަތީބުރިއަށް އަރާފައި ކުރިމަތީގައިވާ ތިންކޮޓަރިއަށް އޭނާ ބަލާލީ ދެފިކުރެއްގައި ހުރެގެންނެވެ. ވަންނާނީ އަލަތުދެމަފިރީންނަށް ހާއްސަވެފައިވާ ކޮޓަރިއަށްބާވައޭ ނޫނީ އޭނާގެ އަމިއްލަ ކޮޓަރިއަށް ބާއްވައޭ ހިތަށް އަރައަރާ ބަލަހައްޓައިގެން ހުއްޓެވެ. ފަހަތުން އައި ނޯކަރ ލޫސީ ކުރިއަށްޖެހިލާފައި އެރެއަށް ހާއްސަކުރެވިފައިވާ ކޮޓަރީގެ ދޮރުހުޅުވާލުމާއެކު މަލަކްއަށް ޖެހުނީ ހިތާއިދެކޮޅަށްވެސް އެތެރެއަށް ވަންނާށެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމާއެކުވެސް މަލަކްގެ ނޭފަތުގައިޖެހުނީ މަޑުމަޑު މީރުވަހެކެވެ. ފައިދަށުގައިވާ ރަތްފިނިފެންމާ ފިޔަތަކުގައި ފައިއެޅުނުވަގުތު އެލިބުނު ފިނިކަން ހިތާއި ހަމައަށްވެސް ފޯރިއެވެ. އުއްބައްތީގެ ފަނޑުއަލީގައި މަލުގެފިޔައިން ޒީނަތްތެރިކޮށްފައިވާ ނިދާއެނދު ފެނުމާއެކު މަލަކްގެ ހިތް ތެޅެންފެށިއެވެ. އޭނާ އެތެރެއަށްލާފައި ފަހަތުން ލޫސީ ދޮރުލައްޕާލުމުން އަދި ވަކިން ކަންބޮޑުވިއެވެ. ދެން އެދޮރުހުޅުވާނީ އިލްފްކަން އޭނާއަށް އެނގެއެވެ.

ލައިގެންހުރި ހެދުމުގެ ބޮޑުފަސްބައިގައި ދެއަތުންހިފާ ބޮނޑިކޮށްލަމުން ލަސްލަހުން އޭނާ އެނދުގައި އިށީނެވެ. ކުޑަދޮރާއި ދިމާއަށް ހުއްޓާލި ނަޒަރު ދުށީ މެދުއުޑުގައި ޝާއްބަކަމާއިއެކު ރަނިކަންކުރަމުންދިޔަ ބުރުހަމަ ހަނދެވެ. ލުއިވައިރޯޅިތަކުގެ ގޯނާއަށް ކެތްނުވެގެން ނަށަމުންދިޔަ ލޭސް ކާޓޭންތަކުގައިވެސް ވަނީ ހަނދުގެ ރިހިއައްޔެވެ. ކުއްލިއަކަށް ދޮރުހުޅުވުނުއަޑަށް މަލަކްގެ ހިތުގެތެޅުން ކުރިއަށްވުރެވެސް އަވަސްވެގެންދިޔައެވެ. ރޫރޫއަޅަންފެށި އެސްފިޔަތައް އުފުލާލަމުން ދޮރާއި ދިމާއަށް ބަލާލުމާއެކު ކުރިމަތީހުރި އިލްފް ފެނިފައި އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.
ނުނިމޭ

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2012-01-26 09:16:04 | Report this Comment
ސަޒް:

ވވވވވވވވވވވވވވވވ ނަައިސް
ޔަސްމާ/ ހދ. ކުރިނބީ: ހާސްފަށުން ޝުކުރިއްޔާ ޝަޒް.

Posted on 2012-01-26 09:40:55 | Report this Comment
އިޒޫ:

ވ ރީތި އެކަމު ވާހަކަ ގެނެސްދޭލެއް މާލަހީ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އިޒޫ. ހަމަ ބިޒީކަމުން. މަސައްކަތްކުރާނަން ތިކަން ރަނގަޅުކުރަން.

Posted on 2012-01-26 10:08:32 | Report this Comment
ލީ:

ވވވވވވވވވވވވވވވވވވވވވވވވވވވވވވވ ރީތި. އަނެއްބައި އަވަހަށް ގެނެސްދެއްޗޭ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ލީ. ޓްރައި ކުރާނަން

Posted on 2012-01-26 10:18:15 | Report this Comment
މަލަކް:

ޔަސް ދެން އަނެއް ބައި ކޮންދުވަހަކުންތަ؟ ހާދަ އިންތިޒާރެއް ކުރެވިއްޖެއޭ...ވ. އަވަސް ކޮށްލައްޗޭ.....
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް މަލަކް. ހާދަ ރަނގަޅޭ އިންތިޒާރުކުރީތީ. ވީހާ އަވަހަކަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން

Posted on 2012-01-26 11:23:27 | Report this Comment
ނުޝް:

ޔަޝް ކިހިނެއްތަ؟؟ އުންމީދުކުރަން ރަނގަޅުވާނެ ކަމަށް... މިބައިވެސް ވަރަށް ރީތި!! ވަރަށް ކިޔާހިތުން އިނދެގެން ވާހަކަ ކިޔާނިންމަލެވުނުގޮތްވެސް ނޭނގުނު... ސިފަކުރުންތައްވެސް ވަރަށް ފުރިހަމަ... އަނެއްބައިވެސް މިއަށްވުރެ ފުރިހަމަ ވާނެކަމަށް އުންމީދު ކުރަން.......... ޓޭކް ކެއަރ..
ޔަސްމާ/ ހދ. ކުރިނބީ: ހާލު ރަނގަޅު. ހޯޕް ނުޝްވެސް ހެޔޮހާލުގައި ވާނެކަމަށް. އިރާދަކުރެއްވިއްޔާ އަނެއްބައި މިއަށްވުރެ ފުރިހަމަވާނެ. އަދި ވީހާ އަވަހަކަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން.

Posted on 2012-01-26 11:55:52 | Report this Comment
ޑީ ޗަމައު:

މިބައިވެސް ވވވވވވވވވވވވވވވވވ ހަބޭސް.......... އަނެއްބައި ވީ އެންމެ އަވަހަކަށް ގެނެސްދިނުން އެދެން...............
ޔަސްމާ/ ހދ. ކުރިނބީ: ޑީޗަމައު. ހާދަ ނުފެނެއޭ. އެކަމަކުވެސް ވަރަށް ހެޕީވެއްޖެ މިކޮމެންޓް ފެނުނީމަ. ތޭންކްސް. އަނެއްބައި ވީ އެންމެ އަވަހަކަށް ގެނެސްދޭނަން

Posted on 2012-01-26 12:00:17 | Report this Comment
އާތި:

ވ. ރީތިޕާރޓެއް ތިގެނެސްދިނީ. އެކަމް މާލަހުން މިފަހަރު. ހުރިހާކަމެއް ހަމައަކަށް އެޅުނީދޯ. ވާހަކަނިމެނީތަ ޔަސް. އަނެއްބައި އަވަސްކޮށްލައްޗޭ. ކީޕް އިޓް އަޕް
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އާތި. ހުރިހާކަމެއް ނޫންދޯ. އަދި އެތައްކަމެއް އެބަހުރި. އެކަމަކު ވާހަކަ ހަމަ ނިމުމަކާއި ގާތްވީ ދެންމި. އަވަސްކުރެވޭތޯ ބަލާނަން ނެކްސްޓްޕާޓް

Posted on 2012-01-26 12:11:29 | Report this Comment
:

މިބައި ވަރަށް ރީތި...ވަރަށް ހިތް ހަމަ ޖެހިއްޖެ މިބައި ކިޔާލާފަ... ހުރިހާ ކަމެއް މިދަނީ ވަރަށް ރަނގަޅަށް... ދޯ؟ ދާރިމްވެސް އަވީ ދެކެ ލޯބިވޭ އެބަ، އަނެއްކާ އެމިލީއާ އޭޒިލްވެސް ގުޅިއްޖެ، ދެން އޮތީ ސަމީރުގެ ރުހުމާމެދު އުފެދޭ ސުވާލު... ހީވަނީ އެކަންވެސް ރަނގަޅު ވާނެހެން... މަލަކްއާ އިލްފް ކައިވެނި ކޮށްފި، ދެން އެމީހުންގެ ކަންތައް ވާނީ ރަނގަޅުތާ! ވަރަށް ސަޅި... ލުބްނާއާ ލަޔާންއާ ރިފާގެ ޓްރައޭންގްލްއަށް ދެން ގޮތެއް ހަދަންވީ...
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް. ހުރިހާ ބަޔަކަށްވެސް އަލިއަޅުވާލާފަ ހުރިގޮތް ސަޅި. ތިބުނާހެން ސަމީރު ދެން އޮތް ސުވާލަކީ. ލުބްނާ އެން ރިފާގެ މެދުގައިހުރި ލަޔާން އެއީވެސް އުދަނގޫ މައްސަލައަކަށްވާނެ. ކޯޒް ލުބޫ އިޒް ޗޭންޖިން. ތޭންކްސް ފޯރ ދަ އައިޑިއަރސް

Posted on 2012-01-26 12:26:12 | Report this Comment
ސޭމް ސަމް:

މިވާހަކަ ވ.ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ރީތި.......................ދެން އޮތް ބައިވެސް ވ އަވަހަށް ގެނެސްދޭނެ ކަމަށް ހީކުރަން....(:
ޒެކް: ސޭމް ހައްހައްހާ.......ކައެވެސްތަ؟
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ސޭމްސަމް. ހާދަ ދުވަހެއްކޮށްލާފަ. އުންމީދުކުރަން ހުރިހާކަމެއް ރަނގަޅުކަމަށް. ޒެކް އެކަނިތަ ވާހަކަ ކިޔަންވީ. ހެހހެހެ ސޭމް އަކީ ވަރަށް ކުރިއްސުރެ ޔަސްގެ ވާހަކަ ކިޔާކުއްޖެއް ދޯ ދޫނި. ހެހެ

Posted on 2012-01-26 13:02:14 | Report this Comment
އަފީ:

މިހާރު ވާހަކަ އަޕްލޯޑް ކުރަނީ ހާދަ ލަހުންނޭ. ވ.ޜީތި ޥާހަކަ. އަވަހަށް ވާހަކަ ގެނެސްދެއްޗޭ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އަފީ. ތިކަންތައް ރަނގަޅުކުރާނަން.

Posted on 2012-01-26 13:24:28 | Report this Comment
އޭންޖަލް:

މާލަހުން އަޕްކުރަނީ... އަވަސް ކުރައްޗޭ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އޭންޖަލް. އައި ވިލް ޓްރައި

Posted on 2012-01-26 13:52:27 | Report this Comment
ނުތޫ:

ވަރަށް ރީތި އެކަމު ހާދަލަހުންނޭ މިޕާރޓް ތި ނެރުނީ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ނުތޫ. ހަމަ ބިޒީކަމުންނޭ ލަސްވަނީ. އެކަމަކު ކުރިއަށްހުރި ބައިތައް އަވަސްކުރަން މަސައްކަތްކުރާނަން.

Posted on 2012-01-26 13:56:28 | Report this Comment
މޯޑް މޯޑް:

ޔަސްގެ ވާހަކަ ތަކަކީ ވަރަށްވެސް ރީތި ވާހަކަ ތަކެއް، ނަމަވެސް އިންތިޒާރު ވަރަށް ދިގު......................... ވާހަކަ ކިއެއްކަމަކު މީގެ ކުރިން ކޮމެންޓެއް ނުކުރަން...... ދެންގެނެސް ދޭ ބައިތަށް އަވަހަށް ގެނެސް ދޭނެ ކަމަށް އުންމީދު ކުރަން....................އުފާވެރި ދުވަހަކަށް އެދެން.............
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް މޯޑް މޯޑް. ވަރަށް އުފާވެއްޖެ ފުރަތަމަ ފަހަރަށް ކޮމެންޓްކޮށްލީމަ. ދިގުއިންތިޒާރުގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތްކުރާނަން. މޯޑްއަށްވެސް ވަރަށް ވަރަށް އުފާވެރި ދުވަސްތަކަކަށް އެދެން.

Posted on 2012-01-26 14:25:01 | Report this Comment
އައި:

ވ ވ ވ ވ ވ ރީތީ !! އެކަމ ތަންކޮޅެއްހަހީ އަޕްލޯޑްވާލެއް!! hope to see the next part soon!
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އައި. މަސައްކަތް މިކުރަނީ އަވަސްވޭތޯ

Posted on 2012-01-26 14:34:29 | Report this Comment
ނަޝް:

ޔަޝް ކީއްވެތަ މިވާހަ މިހާރު އެހާ ލަސްވަނީ... ކޮންއިރަކުން އަނެއްބައި އޮތީ؟ އަވަހަށްގެނެސްދޭތި އިނގޭ.. ވެއިޓިން ފޯ ނެކްސްޓް ޕާރޓް ޕްލީޒްޒްޒްޒްޒްޒްްޒް
ޔަސްމާ/ ހދ. ކުރިނބީ: ނަޝް ތޭންކްސް. ބިޒީވީމަ ލަސްވަނީ. ދެން ކޮންމެރެއަކު ނުނިދާ ހުރުމަކީވެސް ވާނެކަމެއްނޫނެއްނު. ދޯ. ބައެއްފަހަރު ރެސްޓްވެސް ކުރަންޖެހޭނެ. އަނެއްބައި ވީހާވެސް އަވަސްކުރަން މަސައްކަތްކުރާނަން

Posted on 2012-01-26 15:10:05 | Report this Comment
އެކަނިވެރި ކުއްޖާ:

މި ވާހަކަވެސް ނިމެނީ ދޯ.....ވ ސަޅި...އެކަމަކު މާ ލަހީ އަޕްޑޭޓް ވާލެއް....ދެން އަވަހަށް އަނެއްބައި ގެނެސްދީ...ތެންކުސް ޔަސް..
ޔަސްމާ/ ހދ. ކުރިނބީ: އާ ވާހަކަ ނިމެނީ. ތޭންކްސް އެކަނިވެރިކުއްޖާ. މަސައްކަތްކުރާނަން ދެންހުރި ބައިތަކުގެ އަޕްޑޭޓް އަވަސްކުރަން

Posted on 2012-01-26 15:32:56 | Report this Comment
ވާހަކަ :

ދެން އޮއި ބައި ތަންކޮޅެއް އަވަހަށް ގެނެސްދެއްޗޭ ޔަސްމާ !
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ވާހަކަ. މަސައްކަތްކުރާނަން އަވަސްކުރަން

Posted on 2012-01-26 16:33:36 | Report this Comment
ބަދޫ:

ޔަސް ހަދަލަހޭ އަޕް ކުރާލެއް ............... އަވަހަށް ގެނެސް ދޭނަމަ ވވވ ސަޅި ވާނެ ވވވވވވވވވ ނައިސް މި ޕާރޓް ވެސް
ޔަސްމާ/ ހދ. ކުރިނބީ: ސޮރީ ބަދޫ. ހަމަ ވީވަރު މީ. މަސައްކަތްކުރާނަން ދެންހުރި ބައިތައް އަވަސްކުރަން.

Posted on 2012-01-26 18:15:14 | Report this Comment
sidhu:

love it.....
ޔަސްމާ/ ހދ. ކުރިނބީ: އޯހ ޝިދޫ. ތޭންކްސް. ލަވްޔޫ ޓޫ މައި ހަނީ

Posted on 2012-01-26 18:25:48 | Report this Comment
ޒެކް:

ވވވވވވވ ސަޅި އިނގޭ......އެކަމް ހާދަ ލަސްވީ ދޫންޏާ،.......މާ ބޮޑައް ބިޒީ ވީ ތަ؟
ޒެކް: ރިޕްލައި ކޮށްވެސް ނުލަ........:(
ޔަސްމާ/ ހދ. ކުރިނބީ: ޒެކް އައިމް ސޮރީ. އެކަމަކު މިކޮމެންޓަށް ރިޕްލައިކުރިން. ނެޓްވޯކް ސްލޯވީމަ ސަބްމިޓްނުވީ ކަންނޭނގެ. ދެން އެއްފަހަރާ ގިނަކޮމެންޓްތަކެއް އެޕްރޫވްކުރީމަ ޒެކްގެ ރިޕްލައިއެއްނެތްކަން ފާހަގަނުކުރެވުނީ. އައިމް ސޮރީ އެގެއިން. ޒެކް އަށް އެނގެއެއްނު ޔަސް ފަހަރެއްގާވެސް ޒެކް އިގްނޯ ނުކުރާނެކަން. ވެލް ތޭންކްސް އަ ބިލިއަން ދޫނީ. އަސްލު ހަމަ ބިޒީކަމުން ލަސްވަނީ. އުމްމްމްމމަމަމަމ

Posted on 2012-01-26 18:35:22 | Report this Comment
ފާތުން:

ޔަސް ކޮންތާކު އުޅެފަތަ ތިޔައީ؟؟ އަނެއްކާ އިލްފް ފަހަތު އަޅުވާލައިގެން ނޫރަލިޔާއަށް ދިޔައީތަ؟ ހެހެ. ހާދަ ދިގު އިންތިޒާރެއްކޮށްފީމޭ. މަލަކް މެންނާއެކީ މީވެސް މިއުޅެނީ ނޫރަލިޔާގަ، އެހެން ނުވާންވީ ކީއްވެ؟ ޔަސް ނުލާހިކު ފުރިހަމައަށް ސިފަކޮށްދީފަ އެއިނީ. ހަމަ ތެދެއް މީ މިހުރީ ހަމަ އާޝޯޙު ވެފަ. ހަމަ ހީވަނީ ކޮންމެ މަންޒަރެއް ލޮލުކުރިމަތިން ސިފަވާހެން. ހަމަ ސުޕާރބް. ދާރިމް އަށް އަވި ދެކެ ލޯބިވެވެނީ ދޯ. ދެޓްސް ވަޓް އައި ވޯންޓް. ދެރައީ މަލަކް އިލްފް ދެކެ ރުޅިއަންނާތީ. އެމީހުންދެ ސުހާގްރާތް އަންނާނީ މަލަކް ގެ ކަފަ މައާފް ކުރީމަ ކަންނޭގެ ދޯ. ހެހެހެ. އެކަމަކު އަދިވެސް ފިޔާޒް ގެ މާޒީ ގަ އޮޅުން ނުފިލާ ކަންތައް އެބަހުރި. ފިޔާޒް އެންޑް ނައުގެ މަމް އާ ދެމީހުންގެ އޮތީ ކޮން މައްސަލައެއް. އަސްލު ބުނެވޭނީ ފިޔާޒް ވ.އަމިއްލަ އެދުންބޮޑޭ. އޭނަދެ އަމިއްލަ އެދުމަށް ޒޫނާ ދޫކޮށްލީ. ނަސީބެއް ނުން އޭޒިލް ޒޫނާ ައށް މައާފް ކުރިކަން. ވާހަކަ ވ.ސަޅި. ޕްލީީީީީީީީީީީީޒް ލަސްނުކޮށް އަނެއްބައި އަޕްޑޭޓް ކޮށްދެއްޗޭ. ލަވްޔޫ އެންޑް ޓެކްކެއާރ
ޔަސްމާ/ ހދ. ކުރިނބީ: ނުދަން އެއްވެސްތާކަށް. ބިޒީވީމަ ލަސްވީ އަޕްޑޭޓް. ތޭންކްސް ފާތުން. ހާދަ ކެތްގަދަވެގެންނޭ ތިހާ ދިގުއިންތިޒާރެއްކުރެވޭނީ. އަސްލު ތިކުދިންނަށް ޝުކުރުއަދާކުރާނެގޮތެއްވެސް ނޭނގެ. ފާތުން ނޫރަލިއާގަ ހުރިއްޔާ އިލްފްމެންގެ ވެޑިންއަށްވެސް ދާނެތާ ދޯ. ހީވޭ ވަރަށް ދައުވަތުލިބުނުހެން. ހެހެ ފާތުންއަށް ޔަސްގެ ސިފަކުރުންތައް ކަމުދިޔައީމަ ވަރަށް އުފާވި. މަލަކް އިލްފްދެކެ ރުޅިއަންނަވަރަށް ލޯބިވެސް ވެއެއްނު. ސޯ ނޭނގެއެއްނު ކަންތައްވާނެގޮތެއް. އެލޯބީގެ ބާރުގައި ކާފަ މާފުނުދެނީސް ވެސް ބެހިގެން ހިނގައިދާނެ. ހެހެ ހަމަ ޕޯސިބަލް. ލެޓްސް ސީ. މައްސަލައަކީ ކައިވެނީގެކުރިން ވީލޯބި އޭގެފަހުން ނުވާކަން. ކަމުނުދާ ސިފަތަކެއްހުރިއްޔާ ލޯބިވެސް ހީނަރުވާނެ. ފެށޭކޮޅުގަ ނައުގެ މަމްގެ މިޒާޖު ހުންނަގޮތް ގެނެސްދީފަ ހުންނާނީ. އެއީ ވަރަށް ޒީލަގަދަ ނުބައި އަންހެނެއް. ފިޔާޒްގެ ސިޓީގަވެސް އޮތެއްނު ދިރިއުޅުމުގެ އުނިކަން ފޫބެއްދުމަށޭ ޒޫނާކައިރިއަށް ދިޔައީ. މާނައަކީ ފިޔާޒް ބޭނުންވި އޯގާތެރިކަމާއި ލޯއްބެއް އޭނާއަކަށް ނުލިބުނޭ ފުރަތަމަ ކައިވެންޏަކުން. ފާތުން. ފިޔާޒް ޒޫނާ ދޫކޮށްލީ އޭނާއަށް ޖެހިފައިވާ ބައްޔަކީ ފަސޭހަނުވާ ބައްޔެއްކަން އެނގިގެން. އޭނާ ބޭނުންވި ޒޫނާއަށް ހިތާމައެއް ލިބުމުގެ ބަދަލުގައި އެހެން ރަނގަޅު ދިރިއުޅުމެއް ފަށަން. ސިޓީގައި އޭނަ އެގޮތަށް ލިޔެފައިވަނީ ޒޫނާގެ ނަފްރަތުހޯދަން. އެކަމަކު ފިޔާޒް ޒޫނާދެކެ ލޯބިވީ އަމިއްލައެދުމަށްވުރެ ޒޫނާގެ މުސްތަޤްބަލް އިސްކުރާހާ ބޮޑަށް. ލަވް ޔޫ ޓޫ. ޓޭކްކެއަރ

Posted on 2012-01-26 20:53:19 | Report this Comment
ޝަފް:

ޔަޝް ހައު އަރ ޔޫ.. ހޮޕް ޔޫއަރ ފައިން.. މިޕާޓް ވެސް ހަމަ އޮބި.. ވވވވ ރީތި.. ބަޓް އަޕްވާލެއް މާލަހީ.. އަނެއަޕާޓް ގެނެސް ދޭނީ ކޮންއިރަކުން.. ޕްލީސް އަވަސް ކޮއްލައްޗޭ އިނގޭ ޔަޝް.. ޓޭކް ކެއަރ.. ބާއީ.. އުމްމްމްމަ..:)
ޔަސްމާ/ ހދ. ކުރިނބީ: ހަމަ ވަރަށް ރަނގަޅު. ޝަފްވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަން. ތޭންކްސް ޝަފް. މަސައްކަތްކުރާނަން އަވަސްކުރެވޭތޯ. ޓޭކް ކެއަރ. އުމްމްމްމްމްމްމަމަމަމމަމަ
ޝަފް: ޔޫ އަރ ވެލްކަމް.. ޝަފް ވެސް ދެން ގުޑް ދޯ.. ހިތައްވެސް އެރިއޭ ޔަޝް ބިޒީ ވީމައޭ މިހާލަސްވަނީ.. އެހެންވެސް ވާނެދޯ ޔަޝް.. ކިތަންމެ ލަހުން ގެނެސް ދިނަސް ޔަޝް ގެ ވާހަކަތައް ކިޔާކައް ފޫއްސެއްނޫން.. ޔޫ އެންޑް ލާރާ އިސް މައި ފޭވަރިޓް ރައިޓަރސް.. ސޯ ފޫއްސެއްނުވާނެ އެއްނުން ދޯ.. ހެއްހެއްހޭ..:)
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް އެގެއިން ޝަފް. ޝަފްމެންނަށް ޝުކުރުއަދާކޮށް ނުނިމޭނެ ދުވަހަކުވެސް. އަސްލު ލިއުންތެރިންނަށްވުރެ ކިއުންތެރިން އެންމެތަންކޮޅެއްވެސް ދެރައެއްނޫން. ތިގޮތަށް އިންތިޒާރުގެ ހިތިކަން ތަޖުރިބާކުރުމަކީ ވަރަށް ކެތްގަދަމީހުންނަށް ކުރެވޭކަމެއް. ލާރާފަދަ މޮޅުލިއުންތެރިއެއްގެ ފޭންއަކަށް ޔަސްވެސް ތިހާކަމުދާތީ ވަރަށް އުފާވޭ. ހާދަ ރަނގަޅޭ. ޓޭކް ކެއަރ

Posted on 2012-01-26 21:44:02 | Report this Comment
އާސްތް:

މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގާނޫނު އަސީސީގެ ހައްގުގައި އަޅުގަޑުމެންގެ ވެބްސައިޓުން ކުރަމުން މިގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މިވެބްސައި އިޝްތިހާރު ކުރުމުގައި ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަން ބޭނުމެވެ. www.dhivehipress.com
ޔަސްމާ/ ހދ. ކުރިނބީ: މިސައިޓަށްވާނެ ވަދެލަން ހުރިހާކުދިންވެސް.

Posted on 2012-01-27 07:02:09 | Report this Comment
ނިޔާ:

ވާހަކަ ވަރަށް ސަޅި ހުރިހާ މީހުންގެ ބައި ވެސް ވަރަށް ފުރިހަމައަށް ގެނެސްތިދެނީ އެކަމަކު އަދިވެސް ނުވޭތަ ސިޑް ނައުޝީންއާ ދިމާލައް ނަވީއޭ ކިޔާފަ ގޮވާލާކަށް... މިބައި ހާދަ ލަސްވީ އަނެއްކާ ބަލިވެތަ ތިއުޅެނީ..އަވަހަށް އަނެއް ބައި ގެނެސްދެއްޗޭ...
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ނިޔާ. ވަގުތުޖެހުނީމަ އެކަންވެސް ވާނެ. ބައްޔެއްނޫން. ބިޒީވީމަ ލަސްވީ. މަސައްކަތްކުރާނަން ދެންހުރި ބައިތައް އަވަސްކުރަން

Posted on 2012-01-27 07:49:06 | Report this Comment
ޝަ ޔާ ން:

ވަރަށް ރީތިމިބައިވެސް ޔަސް ހާދަމޮޅޭ
ޔަސްމާ/ ހދ. ކުރިނބީ: ތޭންކްސް ޝަޔާން. އަނެއްކާ ޔަސްގެ ދަރިފުޅުތަ މީ...ހެހެހ ކިޑިން...
ޝަޔާން: ޔަސް ބޭނުމިޔާ ދަރިފުޅު ކިޔަސް އޯކޭ ހެހެހހ
ޔަސްމާ/ ހދ. ކުރިނބީ: ހެހެހެހ...ޔަސްގެ އުމުރާއި ނުގުޅޭ ކުއްޖެއްވިއްޔާ ނުކިޔާނަން. ހެހެ މިބުނީ އެއްއަހަރުން ދަށުގެ ކުއްޖެއްނަމަ އޯކޭ. ދެތިކިޕީ.

Posted on 2012-01-27 13:34:21 | Report this Comment
ރިފާ:

ކޮންއިރަކުތޯ ނޫރަލިއާއަށް ފްލައިޓް ދަތުރު ކުރަންފެށީ؟؟؟ ހެހެހެ.... އެނީވޭސް، ވާހަކަ ވަރަށް ރީތި.... ވެއިޓިންގ ފޮރ ނެކްސްޓް ޕާރޓް
ޔަސްމާ/ ހދ. ކުރިނބީ: ރިފާ ތިއޮތީ އެންމެ ސަޅި ކޮމެންޓްކޮށްލާފަ. އެހެން އެކަކަށްވެސް ފާހަގަނުކުރެވުނު އެންމެ ގަދަ ތަންކޮޅު މިއޮތީ އަތުލާފަ. ލިއުނުއިރު އަވީ އެން ދާރިމް ކޮލޮމްބޯއަށް ކުރި ދަތުރު މައިންޑްގަ އިނީމަ ވީގޮތްކަންނޭނގެ. އެތަން ރަނގަޅުކޮށްލާނަން. ތޭންކްސް އެލޮޓް ސްވީޓީ.

Posted on 2012-01-27 17:14:07 | Report this Comment
ނައު:

ފައިނަލީ ހުރިހާ ކަމެއްވެސް ރަނގަޅު ވަނީ ދޯ ޔަސް. ލަވް ދިސް ސްޓޯރީ. ދެން އޮތް ބައި އަވަހަށް ގެނެސް ދެވޭތޯ ބަލައްޗޭ ޔަސް 3>
ޔަސްމާ/ ހދ. ކުރިނބީ: އާ ނައު. ހުރިހާކަމެއްވެސް ވަރަށް ރަނގަޅަށް މިދަނީ މިހާރު. ތޭންކްސް ޑިއަރ. މަސައްކަތްކުރާނަން އަވަސްކުރަން

Posted on 2012-01-27 20:47:39 | Report this Comment
ސުނީ:

ދުވަސްތަކަކަށްފަހު ގެނެސްދިނަސް ވާހަކަ ވަރަށް ބެސްޓް. ވާހަކަ ކިޔަން ނުލިބިދާނެތީ ވަރަށް ދރަވެފަ ހުއްޓާ ތިގެނެސްދިނީ. ވަރަށް ޝުކުރިއްޔާ ޔަސް! އުންމީދުކުރަން އަނެއްބައި އެހާލަސް ނުވާނެކަމަށް..... ޔަސްގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ދެއްވާށި.......
ޔަސްމާ/ ހދ. ކުރިނބީ: ސުނީ ހާދަ ރަނގަޅޭ ތިހާ އަންޑަސްޓޭންޑިންވީމަ. އަދި ފޫހިކަމެއްނެތި އިންތިޒާރުކުރާތީ. ތޭންކްސް ތޭންކްސް ޑިއަރ. ނޫނޭ އެއްގޮތަކަށްވެސް ނުގެނެސްދީ ހުއްޓާލާފާނެކަމަށް ހީނުކުރާތި. ނިންމާލާފަ ނޫނީ ހުއްޓައެއްނުލާނަން. އިންޝާﷲ. ތިކުދިންގެ ހެޔޮދުއާ ޔަސްއާއިއެކު ވަންޏާ އަދަށްވުރެ މާދަމާ ފަހިވާނެ.

Posted on 2012-01-27 22:49:56 | Report this Comment
ކިޔުންތެރިއެއް:

ކޮންމެ މީހަކުވެސް ވާހަކައެއް ފެއްޓުމުގެގެ ކުރިން ވަރަށް ފޮނި ކަނޑާފާ ބުނާނެ ތިމަން މިފައްޓާ ވާހަކަ ދެދުވަހުން އެއްދުވަހު ނުވަތް ހަފްތާއަކު ދެދުވަހު އަޕްކޮށްދޭނަމޭ ކޮބާތަ ކަނޑާ ސަޅިބައިތައް ޔަގީނާއި ގާތަށް ބުނާބުހެ އިތުބާރު ނުހިފެއްޓެންޏާ މިކަހަލަ ފޮނި ނުކަނޑަބަލަ ފުރަތަމަދުވަސްކޮޅު ވާހަހަ ކަ އަޕްވިގޮތް ރަގަޅު ބަހާއި ދިމާވޭ ނަމަވެސް އެއިވެސް ހިނދުކޮޅެއްގެ ކަމެއްދޯ ބުނާ ގޮތަށް އަމަލުން ނުދެއްކެއްޏާއި މިކަހަލަ ކަންތައްތައް ނުކުރީމައި ވީނު. އެހެންނޫނީ ގާވާއިދުން ވާހަކަ އަޕްކުރާމީހުންގެ ވާހަކަތައް ވިޔަން ފަށަންވީނު. އޭރުން ޓައިމްވެސް ޕާސްޓްވާނެ. މިހުރިހާ އެއްޗެއްސެއް ކިޔަން މިޖެހުނީ މިގޮތަށް އަލަށްފަށަންއުޅޭވާހަކައަކާއި ބެހޭގޮތުން އެހާކުރިން ކިޔުންތެރިން ހައްދާފަ ބަހާއި އަމަލާ ދިމާނުވީމަ ކޮއިފުޅާ. ފަހަރެއްގައިވެސް ކޮއިފުޅުގެ މިވާހަކަ ހަޑިވެގެންނެއްނޫން ދެންވެސް ކުރިއަށް އޮތްތަނުގައި ވިސްނައިގެ ނޯޓިސްނެރެ އިއުލާން ކުރަން ހަނދާންކުރައްޗޭ. އަދިވެސް އެއްފަހަރު ބުނެލަންބޭނުން ވަރަށް ސަޅި މިވާހަކަ
ޔަސްމާ/ ހދ. ކުރިނބީ: ކިއުންތެރިޔާ ތިބުނީ ހަމަ ހުސް ރަގަޅު ވާހަކަ. ތިހިޔާލަށް ހާސްފަށުން ޝުކުރިއްޔާ. ދެން ޔަސްގެ ވާހަކައެއް މުރާސިލްގަ އަޕްކުރަންޏާ އެއްކޮށް ޓައިމްކޮށް ނިންމާފަ ނޫނީ އަޕްނުކުރަން އަޒުމްކަނޑައަޅައިގެން މިއުޅެނީވެސް. އޭރުން އަޕްޑޭޓް މައްސަލައެއް ނުޖެހޭނެއެއްނު ދޯ ދޫންޏާ. ތޭންކްސް ތޭންކްސް އަދިވެސް.

Posted on 2012-01-28 19:40:49 | Report this Comment
އަސްމާ:

ހާދަ ލަހޭ ވާހަކަ އަޕްޑޭޓް ވާލެއް
ޔަސްމާ/ ހދ. ކުރިނބީ: އަސްމާ ޔަސް އެބަމަސައްކަތްކުރަން ތިކަން ރަނގަޅުކުރެވޭތޯ. ތޭންކްސް

Posted on 2012-01-29 01:59:22 | Report this Comment
މާކުންނަ:

ޔަސް ވާހަކައިގެ މިބާއި ވަރައް ރީތި ތަންކޮޅެއް ލަސްވާތީ ވަރއް ދެރަވޭ އިލްފު އައް ތައްޕަޅެއް ނުދީފިޔާ ރަންގަޅު މަލަކުއް އައް މިރޭ އިލްފްއާދުރައް ނުދައްޗޭ ތިހިތުގެ ހާލަތު އިލްފުއައް ކިޔާދީބަލަ ޔަސް ވަރައް ރީތި ހަމަހަބޭސް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.