އަޙުމަދު މުޙައްމަދު

  • ޝާއިޢުކުރި ތާރީޚް: 19 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1684
  • މޯބައިލް ލިންކު: m.muraasil.com/6130

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ވެލާ އާއިލާގެ ޕިކްނިކް ދަތުރު

ވެލާގެ އާއިލާއިން "ޕިކްނިކެއް" ދިއުމަށް ޤަސްދު ކުރިއެވެ. ޤުދުރަތީ ގޮތުންވެސް ވެލަޔަކީ ކަންތައްތައް ކުރުމުގައި ލަސް އެއްޗަކަށްވާތީ އެ "ޕިކްނިކަށް" ތައްޔާރުވުމަށް ހަތް އަހަރު އެ ވެލާތަށް ހޭދަކުރިއެވެ. އެހަތް އަހަރަށްފަހު ވެލާތަށް ޕިކްނިކުގައި މަޑުކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އެދަތުރަށް ފެށިތާ ދެވަނަ އަހަރު އެކަމަށް އެކަށީގެންވާ ތަނެއްހޯދާ އެތަނުގައި ބަނޑަހަ ޖެހިއެވެ!
އެތަން ސާފުކުރުމުގައި އެވެރިން ހަމަސް ހޭދަކުރިއެވެ. އެއަށްފަހު ޕިކްނިކަށް ގެނައި ސާމާނުތައް ތަރުތީބުން އަތުރާ ރާވަން ފެށިއެެވެ. ތަކެތި އަތުރަމުން ދިޔައިރު ކާތަކެތި ހެދުމަށް ބޭނުންވާ ލޮނި ނުގެނެވޭކަން އެވެރިންނަށް ފާހަގަ ކުރެވުނެވެ. ލޮނާ ނުލާ މި ޕިކްނިކަކީ ބޮޑު "ޑިޒާސްޓާރ" އަކަށް ވާނެކަމަށް އެވެރިން ނިންމިއެވެ. ވަރަށް ދިގު މަޝްވަރާއަކަށްފަހު އެންމެ ކުޑަވެލާ ލޮނުބަލައި ގެއަށް ފޮނުވުމަށް ނިންމުނެވެ. މިހެން ކަން ނިމުނީ އެ ކުޑަވެލައަކީ ހަރަކާތް ލަސް މިގުރޫޕްގެ މެންބަރުންގެތެރއިން އެންމެ ހަލުއި މެންބަރުކަމަށް ވާތީއެވެ. ނަމަވެސް މިކުޑަވެލާ މިކަމާ ވަރަށް ޝަކުވާކޮށް، ދެކޮޅުހަދާ ބޮޑާހޭކުމަށް ފަހު ވަކި ޝަރުތެއްގެ މަތިން މކަމާ އެއްބަސްވިއެވެ. އެއީ އެވަލާ އަންނަންދެން އެހެން މެންބަރުން އެއްގޮތަކަށްވެސް ނުކައި ތިބުމަށެވެ. މިކަމާ އެހެން މެންބަރުން ލޮލޮން ބޮލުން ރުހުނެވެ.
ތިން އަހަރު ފާއިތުވެ ދިޔައިރުވެސް ކުޑަވެލައެއް ނާދެއެވެ. ފަސްއަހަރު..... ހައަހަރު ވެސް ފާއިތުވެއްޖެއެވެ. ހަތްވަނަ އަހަރު އެކުޑަވެލާ ނާންނަނިސް، އެ އާއިލާގެ އެންމެ ދުވަސްވީވެލާ ބުންޏެވެ. ދެން އަހަރެންނަކަށް މިބަނޑުހައިކަމަކަށް ކެތެއްނުކުރެވޭނެއެވެ. އަދި ސޭންޑްވިޗްތައް ހުޅުވާލުމަށް ފަހު ކެއުމަށް ޚިޔާލުދިނެވެ.
ހަމަ އެވަގުތު ކުއްލިއަކަށް އެއްކަލަ ކުޑަވެލާ ގަހެއްގެ އަނެއްފަރާތުން ނުކުމެ ހަޅޭލަވައިގަތެވެ. "ބަލާބަލާށެވެ. އަހަރެން އަންނަށްދެން ކަލޭމެންނަށް މަޑުނުކުރެވޭނެކަން އޭރުވެސް އަހަންނަށް އެނގެއެވެ. ވީމާ މިހާރު ދެން އަހަރެން ލޮނު ބަލައެއް ނުދާނަމެވެ!"
"އަހަރެމެންގެ ތެރެއިން ބައެއްމީހުންގެ ދިރިއުޅުން މިބޭކާރު ކޮށްލަނީ އަހަރެމެންގެ އުންމީދުތަކާއި ބޭނުންތަކާއި އެއްގޮތަށް އެހެންމީހުންގެ ދިރިއުޅުން ބަދަލުކުރާނެކަމުގެ އުންމީދުގައެވެ. އަހަރެމެން އަބަދުވެސް މިވިސްނަނީ އެހެންމީހުން ކަންތައްތައް ކުރާގޮތާ ދޭތެރޭގައެވެ. އަހަރެމެންގެ އަމިއްލަ ޒިންމާތައް ހަނދާން ނައްތާލާފައެވެ."

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-20 08:31:29 | Report this Comment
ނ:

ހެހެހެހެހެހެ ވ ސަޅި

Posted on 2010-03-20 11:52:30 | Report this Comment
ކަހަނބު:

ހަހަހަ ފައްކާ ވެލައެއްތީ

Posted on 2010-03-20 21:50:14 | Report this Comment
އަފުރާ:

ވަރަށް އިބުރަތްތެރި ވާހަކަ އެއް

Posted on 2010-03-21 07:06:34 |
ކާކު:

ވަރަށް ރީތި ޢިބުުރަތް ތެރި ވާހަކައެއް؛ މީ އަމިއްލަ އުފެއްދުމެއްތަ ނޫނީ؛ ތަރުޖަމާއެއްތަ!

Posted on 2010-04-27 11:39:12 | Report this Comment
ލިޒީ:

ވަރަށް ބެސްޓް...

Posted on 2010-05-02 17:31:30 | Report this Comment
ގާރލް:

ހެހޭ. ވ. ސަޅި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.