ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 07 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 348

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދުނިޔޭގެ އެންމެ ބޮޑު ގަޑި މައްކާގެ މާތް ބިމުގައި

މައްކާގެ މާތް ބިމުގައި މިއަހަރު ރަމްޟާން މަސް ފެށުނު ދުވަހު، ހިނގަން ފެށި ބޮޑު ގަޑިއަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ މިފަދަ އެންމެ ބޮޑު ގަޑިއެވެ. އެހެންކަމުން، މި ބޮޑު ގަޑި ވެފައިވަނީ ލަންޑަންގައި ހުރި މަޝްހޫރު އަދި މުޅި ދުނިޔެ ތަބަޢަވާ ޖީ، އެމް، ޓީ ގަޑިއަށް ގޮންޖާހަލި ގަޑިއަކަށެވެ.

މައްކާގައި މިބެހެއްޓުނު ބޮޑު ގަޑިއަށް ލިބުނު އަނެއް ޙާއްޞަކަމަކީ، ކަޢުބަތުﷲ ގެފުޅު ކުރިމަތީގައިވާ، ވަޤްފު މަލިކް ޢަބްދުލް ޢަޒީޒް ޓަވަރުގެ އެންމެ މަތީގައި ބެހެއްޓިފައިވާ ކަމެވެ. އަދި މި ޢިމާރާތަކީ އަދި މުޅިން ނުނިމި ހުރި ޢިމާރާތެކެވެ. ނަމަވެސް، މިތަނުގެ މަސައްކަތް ދަނީ ވަރަށް ބާރު ދުވެއްޔެގައި ކުރިއަށެވެ. އެހެންކަމުން، 3 ބިލިއަން އެމެރިކާ ޑޮލަރު ޙަރަދުވާ މި ޢިމާރާތް ވެގެންދާނީ، ދުނިޔޭގައި ހެދޭ ދެވަނައަށް މިފަދަ އެންމެ އުސް ޢިމާރާތަށެވެ. އެއީ 600 މީޓަރު ދިގުމިނެވެ. އަދި ދުނިޔޭގައި ހުރި އެންމެ ބޮޑު ހޮޓަލަށެވެ. ހަމައެހެންމެ، ހޯދުންތަކުން ދައްކާގޮތުން ކަޢުބާވެފައިވަނީ ދުނިޔޭގެ އެންމެ މެދަށެވެ. އެހެންކަމުން، ގިނަ ބަޔަކު އުންމީދު ކުރަމުންދަނީ މިކަންވެގެންދާނީ، ޖީ، އެމް، ޓީ ގަޑި ދޫކޮށް، މައްކާގެ ބޮޑު ގަޑިއަށް، އެންމެހާ މުސްލިމުން ތަބަޢަވާނެ ގަޑިއަކަށްވާނެ ކަމަށެވެ.

އަދި ހަމައެހެންމެ، 2008 ވަނަ އަހަރު، ދޯހާގައި ބޭއްވުނު ކޮންފަރެންސެއްގައި، މުސްލިމް ޢިލްމުވެރީންނާއި މާހިރުން ވަނީ "ސައިންޓިފިކަލީ" ގޮތުން މިކަމަށް ހެކިދައްކާ ވަކާލާތު ކޮށްފައެވެ. އެމީހުން ދެކޭގޮތުގައި ލަންޑަނުގައިވާ "ގްރީންވިޗް މީން ޓައިމް" ނުވަތަ ޖީ، އެމް، ޓީ ގަޑި ދޫކޮށް މައްކާގެ ބެހެއްޓޭ ގަޑިއަށް، މުޅި ދުނިޔެ ތަބަޢަވާން ޖެހޭނެކަމަށެވެ. ސަބަބަކީ، މައްކާއަކީ ދުނިޔޭގެ މެދުކަމަށް، ސައިންސްގެ ހޯދުންތަކުން ވަނީ ހޯދާ، އެކަން އެގޮތަށް ނިންމާފައިކަމަށްވެސް، އެބޭފުޅުން ވިދާޅުވެ ހުއްޖަދައްކަވާފައިވެއެވެ.

މައްކާގައި މި ބެހެއްޓުނު ބޮޑު ގަޑި، ޑިޒައިންކޮށް ފަރުމާކޮށްފައިވަނީ ޖަރުމަނާއި ސުވިސްގެ އިޖިނޭރުންނެވެ. މި ބޮޑު ގަޑީގެ "ޑައިމީޓަރަކީ" 43 މީޓަރެވެ. އަދި މިއީ ހަތަރުފަރާތަށްވެސް މޫނުމަތި ލާފައިވާ ގަޑިއެކެވެ. އެހެންކަމުން، ޓަވަރުގެ ވަށައިގެން، ހަތަރު ފަރާތުންވެސް މި ގަޑި ފެންނާނެއެވެ. އަދި މިއިން ކޮންމެ މޫނުމައްޗެއްގެ މަތީގައި، " ﷲ " މި އިސްމުފުޅު ފެންނަ ގޮތަށް، ވަރަށް ބޮޑަށް ޑިޒައިންކޮށް، އެތައް ހާސް ބޮކިތަކެއްގެ އެހީގައި ދިއްލޭގޮތަށް ވަނީ ހަދާފައެވެ. އެހެންކަމުން، ރޭގަނޑުގެ ވަޤުތުތަކުގައި 17 ކިލޯމީޓަރުގެ ދުރުމިނުން، އަދި ދުވާލުގެ ވަޤުތުތަކުގައި 11 ނުވަތަ 12 ކިލޯމީޓަރުގެ ދުރުމިނުން ބަލާމީހަކަށް، މިގަޑި ރަނގަޅަށް ކިޔާލެވޭނެއެވެ. ނަމަވެސް، ތިން މަސްދުވަހުގެ ޓެސްޓް ބުރުތަކެއްގެ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހިގަންފެށި، މި ބޮޑު ގަޑީގެ މުޅިން މިހާތަނަށް ނިންމާލެވިފައިވަނީ ގަޑީގެ އެއް ފަރާތުގެ މޫނު މައްޗެވެ. އެއީ ޙަރަމްފުޅާ ކުރިމަތިލާ ފަރާތްވެސް މެއެވެ.

މައްކާގެ މިޓަވަރާއި އަދި ބޮޑު ގަޑި ބެހެއްޓުމުގެ، މި މަޝްރޫޢުގެ ހުރިހާ ކަމެއް ކުރަމުން އަންނަނީ، ސަޢުދީގެ އެންމެ މަޝްހޫރު ޢިމާރާތްކުރާ ކުންފުނި ކަމަށްވާ، ސަޢުދީ ބިން ލާދިން ގުރޫޕުގެ ފަރާތުންނެވެ.


ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-08 08:58:51 | Report this Comment
ދެރަވޭ:

މިގަޑީގެ ބަދަލުގައި ފަގީރުންނަށް އޭގެން ހޭދަކުރިނަމަ ކަލާނގެ ރަހްމަތް ލައްވާނެކަން ޔަގީން މިޒަމާނުގައި މައްކާގައި އުޅޭ މީހުން ގަޑި ގެންގުޅޭނެކަން ޔަގީން ޖީއެމްޓީ އަށް ގޮން ޖަހަންވެގެން ދެއްކުންތެރި ވެމަކީ އިސްލާމް ދީނުގައި އޮންނާނެ ގޮތް ހެނެއް ހިއެއް ނުވޭ
ވެސްޓަރން މޮސްކް: ދެރަވޭއެވެ! ކަލޭގެ ހުރި ނުބައިކަމާއި އިސްލާމުންގެ މައްޗަށް ހުރި ހަސަދަ ނިކަން ދެކޭށެވެ. ބަލަގަ ހުރިހާ މޮޅަކާއި ބޮޑެތި އެއްޗެއްސެއް ލިބެންޖެހޭނީ ހަމަ އިނގިރޭސިންނަށް އެކަނި ހެއްޔެވެ؟ ތާއަބަދު މުސްލިމުންގެ ދެރަ ވާހަކަ ދައްކާ މުސްލިމުން މޮޅުކަމެއްވެސް ކުރަން ނުވަނީހެއްޔެވެ؟ ވަރަށް އަވަހަށް ދުނިޔޭގެ ގަޑިއަކީ މިގަޑި ކަމުގައި ވެގެން ދާނެއެވެ. އެއީ މައްކާ އަކީ ސައިންޓިފިކް ގޮތުން މުޅި ދުނިޔޭގެ މެދެވެ.. ދެން ލަލާއެވެ.. ކަރުސަތު ނާމާއެވެ. ތިބާގެ ލިޔުމަށް ޡަވާބު ލިބޭ ހުއްޓެވެ.
ދެރަވޭ: ހަސަދަ ވަނީކީ ނޫން، ސައޫދީންނަށް ދުނިޔޭގެ އެކިކަންކޮޅުގައި މުސްލިމުން އުޅެމުންދާ ހާލު ނުފެންނަނީ ހެން ހީވެ، މި ލާރިން ފަލަސްތީނުގެ ނިކަމެތިންނަށް ބޮޑު އެހީ އެއްވޭނެކަން ޔަގީން، ކަލޭގެ ވިސްނުން ތިހުންނަނީ އަދިވެސް 17 ވަނަ ގަރުނުގެ ސަލީބީންނާ ހަނގުރާމަ ކުރަން އުޅުނު މީހުންގެ ވިސްނުން، މުސްލިމުން ނުޖެހޭ އިނގެރޭސިން ގަޑިއެއް ބަހައްޓާ އިރަށް ގަޑިއެއް ބަހައްޓާކަށް، ހަގީގަތަކީ ދުނިޔޭގެ އެއްވެސް ބަޔަކު މި ގަޑި އަށް ފޮލޯ ނުކުރާނެކަން، އެއީ ފިޒިކްސް ލޯ އެއް ބަދަލުކުރުން ކަހަލަ ކަމެއް، އެހެންނޫނަސް ދުނިޔޭގެ މެދަކީ ހިޔާލީ ގޮތުން ވަރަށް ކުރިއްސުރެ އެޅިފައިވާ ރޮނގެއް، އިސްލާމަކަށް ވީމާ ައޭގެ މާނަ އަކީ ކަލޭމެންހެން ތަންދޮރު އޮޅުންނުފިލުވާ ފެންނަ ކޮންމެ ގަބޫލުކުރުމެއްނޫން، ދީން ހަލާކުވަނީ ތިކަހަލަ ނުކިޔަވާ ޖާހިލުންނާހެދި

Posted on 2010-09-08 09:03:12 | Report this Comment
ދޮގުނުހަދާ:

ވަށްއެއްޗެއްގެ ސަރފޭސް ގެ މެދު ޕޮއިންޓެއް ނީންނާނެ މި ދިރާސާ އަކީ އެއްގޮތަކަށްވެސް ވައިގައި ނުހިފި އެއްޗެއް،
ޝަފީއު: ތި ވިދާޅުވާ އެއްޗެއް ނޭނގުނު... ކުޑަކޮށް ލިޔުމަށް ހަވާލާދީ ވިދާޅުވީމަ އެނގިދާނެ ކަންނޭނގެ...
ޮލޮލ: މައކާ ޓައިމް ގެ ނަމުގައި އިން ވިކިޕީޑިއާ އާރޓިކަލް ބައްލަވާލައްވާ، ފުޓުބޯޅަ އެއްގެ މެދަކީ އޭގެ ވައިޖަހާ ތަންކަމުގައި ވާނެ ގޮތެއް ނޯންނާނެއެއްނޫންތޯ؟ ސާރފޭސް ގެ ކޮންމެ ޕޮއިންޓެއްވެސް މެދުކަމުގައި ބެލިދާނެ، ދެން އޮތް ގޮތަކީ މެގްނެޓިކް ގޮތުން ބެލުން، އޭރަށްވެސް މައްކާ މިސް ވޭ، (މެގްނެޓިކް ޕޯލްގެ ލޮނގިޓިޔުޑް ގޫގުލް ކުރައްވާ) ބޮޑަށް ލަފާ ކުރެވެނީ އެއީ ސްޕިރިޗުއަލް މެދު ކަމަށް، ސައިންސް މިކަމަށް ހެއްކެއް ނުދޭ ޖީއެމްޓީ އަކީވެސް ދަތުރުކުރަންފަސޭހައަށް އިނގިރޭސިން އެޑޮޕްޓް ކުރި ލައިންއެއް

Posted on 2010-09-08 09:15:02 | Report this Comment
ސައިފް:

އަލްޙަމްދުލިﷲ މުސްލިމުންނަށް ލިބުނު ފަޚްރެއް.
ހަމްޒާ: ށައްކެއް ނެތް ވަރަށް ބޮޑު ފަޚުރެއް. އެކަމަކު ތިޔަ ގަޑި ތައްޔާރު ކުރީ އަރަބިން ކަމަށްވާނަމަ.

Posted on 2010-09-12 21:26:58 | Report this Comment
މާދެރަވޭ:

ސައުދީމީހުން ބަހުރޭނަށް ގޮސް ނައިޓްކުލަބްތައް ގަނެގެން އެކުރާ ޚަރަދު އެމީހުން ޕާކިސްތާނަށް ދިނަސް ރާއްޖޭގެ ފަގީރު މީހުންކޮޅު ނުކައި ނުބޮއި ތިބެގެން މި އެއްކުރި ލާރި ތަކަށް ވުރެން ގިނަވާނެ. އަހަންނަށް ވެސް ފެންނަނީ އަދިވެސް ގަޑި ހަތަރު ފަސް ގުނައަކަށް ބޮޑު ކޮށްލަން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.