ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 214

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުދުހޭ ބޫޓާއި ބޮނދާވެރީން .... އާސްޓައިލެއްތަ؟

އިރާގުގެ ޓީވީ ޖާނަލިސްޓަކު އެމެރިކާގެ ރައީސަކީ ކުއްތާއެއްކަމަށް ސިފަކޮށް އޭރު ހުންނެވި ޖޯޖް ޑަބްލިޔު ބުޝްއާއި ދިމާއަށް ބޫޓުކިބައެއް އެއްލުން ވެގެންދިޔައީ މުންތަޒަރުލް ޒައިދީއަށް އެތައްބަޔަކު ތައުރީފުކުރި ކަމެކެވެ. ނަމަވެސް އެމެރިކާގެ ޓްވިންޓަވަރު ގޮއްވާލި ހާދިސާ ހިމެނިގެންދިޔައީ ސިހުމަކަށެވެ.

އިރާގުގައި ހިނގި ހާދިސާއަށްފަހު "ބޫޓު އުދުހުން" ވެގެންގޮސްފައިމިވަނީ ހާދިސާއަކަށެވެ. 14 ޑިސެމްބަރ 2008 އަށްފަހު ދެންފެނުނީ ޗައިނާގެ ބޮޑުވަޒީރު ތުރުކީގެ ބޮޑުވަޒީރުފަދަ ލީޑަރުންނާ ދިމާއަށްވެސް އުދުހޭބޫޓު ހޯރައަޅަމުން ދިޔަތަނެވެ. ހަމައެގޮތަށް އިސްރާއީލުގެ އުއްތަމަ ފަނޑިޔާރާ ދިމާއަށްވެސް ބޫޓުކިބައެއް ދިޔަތަން ފެނުނެވެ.

ބައިނަލްއަޤްވާމީ މާލީއިދާރާގެ މެނޭޖިންގ ޑިރެކްޓަރާއި ނޭޓޯއަށް ތާއީދުކުރާ ޔަކްރޭންގެ ސިޔާސީ ބޭފުޅުންގެ އިތުރުން އިންޑިޔާގެ ސިޔާސީ ބޭފުޅުންވެސް މިސިލްސިލާގެ ބޮޅުތަކަކުން ނެއްޓިގެނެއްނުދިޔައެވެ.

ހުސްވިމަހު ފެނުނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ކަޝްމީރަށް އިސްކުރެވިފައވާ އިންޑިޔާގެ އިސް އޮފިޝަލާއި ދިމާއަށް ބޫޓުކިބައެއް ދިޔަތަނެވެ. އެހެންނަމަވެސް ވިދުވަރުގެ ހަލުއިކަމާއެކު މިފަދަ ހާދިސާތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ދިޔައީ ފެތުރެމުން އާވަމުން އެވާހަކަތަށް އެކިގޮތްގޮތަށް ސިފަވެ ތަކުރާރުވަމުންނެވެ.

ޖަރާސީމެއްފެތުރޭފަދައިން މިފަދަ ކަންތައްތައް ދުނިޔެއަށް ފެތުރި އޭގެ މޫތައް ދިމަދިމާއަށް ހަރުވަމުންދާއިރު ސިޔާސީ މާހައުލުވަނީ ސިހުންތަކުން ބާރުގަދަކޮށް އެފަދަ އިތުރު ކުރިމަތިލުންތަކަށް މަގުފަހިވާ ހަރަކާތްތަކުގެ ތެރެއަށް ވަދެ ހުސްވެފައެވެ.

ސިޔާސީ މާހައުލާއި ފާޑުކިޔުންތަކަކީ އެކަތި އަނެކައްޗާއިގުޅި ލާމެހިފައިވާ އެއްޗެކެވެ. އަދި މިއީ ގިނަބަޔަކަށް އެކަމުން އާ ވާހަކަތައް ފަތުރައި ހީލާ މަޖާކޮށްލަން ލިބޭ ހަދިޔާއަކަށް ވެދެއެވެ.

ދިވެހިރާއްޖޭގައިވެސް މިފަދަކަމެއް ހިނގައިދިޔައެވެ. މިހާރު ހުންނެވި ރައީސް މުހައްމަދު ނަޝީދު ރަށަކަށް އަރައިވަޑައިގަންނަވަން އުޅުއްވުމުން އެމަނިކުފާނުގެ ހަށިކޮޅަށް ކިސަޑުއުކީއެވެ. ބޫޓަށް ނުވިނަމަވެސް ހަމަ ކޮޕީކެޓެކެވެ. އެރަށަކީތޯއެވެ. ގިތެޔޮގުޅިން ވަސްފިލުވައިލި ރަށެވެ. އެރަށެއް ހަލާކުކޮށް އެރަށަކަށް އޭރު ހުންނެވި ރައީސެއްގެ ނުވަތަ އަތޮޅުވަޒީރެއްގެ ނުފޫޒުން ހިތްދަތިކަމާއި ނިކަމެތިކަންދިން ރަށެވެ.

މިވާހަކަ ދައްކާނެކަމެއް ނެތެވެ. މިހާރު މިވަނީ އަދި ކުރިއަށްވުރެ ހާލުބޮޑުވެފައެވެ. ޖުމްހޫރީ އަސާސްތަކެއްގެ މައްޗަށް އެކުލަވައިލެވުނު ގާނޫނުއަސާސީގެ ވަގުތީ މަރުހަލާނިމި ދާއިމީވުމަށް ވަގުތު އައިސް ޖެހުނުއިރު ބޮޑުދެގެރި ތަޅާހިސާބުގައެވެ. އަސާސީ ގާނޫނުތައް ނިމުނުއިރު ގާނޫނީ ރާސްތާވަނީ ހުސްވެ ފަޅުވެފައެވެ. މިހިސާބުންވެސް ނިމުނީކީނޫނެވެ. ސަރުކާރުގައި އިސްވެތިއްބެވި ފަރާތްތައް ސަރުކާރުގެ ހުންގާނު އޮރިވާހަކަ ދައްކަނީއެވެ. އެއްބަޔަކު ކޮޅުފަހުން ބޭލިއިރު އަނެއްބަޔަކު ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރަން ދެކޮޅުހަދައި ފޭބީއެވެ.

އަނެއްކޮޅުން ކޯޅެނީ މާނަކާހާއްޔެއް ނުވަތަ ކާޅުހާއްޔެކެވެ. ކުލައިގެ ތަފާތު ފެނުނީ ދެކުނު އެފްރިކާއިންނެވެ. އެކަމަކު އޭގެ އަސަރުތައް ފެނުނީ ރައްޔިތުން ތަމްސީލުކުރާ ނަމޫނާގެ ތެރޭގައެވެ. މިފަދަ ކުލައިގެ އަރައިރުންތަކެއްގައި ދުވަސްތައް ގެއްލި އޮރިހުންގާނަށްއެރީ އިތުރު އޮރިކަމެކެވެ. ނަމަވެސް ސުވާލަކީ އޮރިވެފައިވަނީ ހުންގާނުތޯ ނުވަތަ މައިދާތޯ އެއީ އުފެދޭ ސުވާލެވެ.

ގިނަދުވަސްތަކެއްނުވެ ފެނުނީ އޮޑިފަސްސިޔައިން ނުދުވެ ހަންޖާ ކެނޑުނުތަނެވެ. ހަމައެކަނި ހުންގާނަށް ކެއްވާވަރެއް ނުވިއެވެ. އަނެއްކާވެސް އޮޑި އާލާތްކުރީއެވެ. ނަމަވެސް މިފަހަރު އެރީ ހަމަ އެއާލާތްތަކެވެ. ދޮށިބޮޑިތަކާއި ރިތްތަކެވެ. ފަލިތަކާއި ހާޑުތަކެވެ. ނަމަވެސް އޮޑިން ފެހިކަހާ ސާފުކުރަންއެޅި ކަނދުތައްވަނީ ކަންފަތިވެފައެވެ. އޮޑި ހަރުކޮށްލާނެ ހިތްވަރުނެތް ހިސާބަށް ދުއްވާލީ އޮޑިންބާލަންޖެހޭ އާލާތްތައް ނުބޭލިގެންނެވެ. ބޫޓު ނޫކިނަމަވެސް ކޮވެލިގޮތުން ހުއްޓިގެން ދިޔަތަނެއް ނުފެނުނެވެ. ކުޑަވަގުތުކޮޅަކަށް އަނެއްކާވެސް ހިންދައިލީ ބަލިމާނުންގެ ރިތްވަޅަށްވުރެ ފަލިވަޅު އަޅަންތިބި މީހުން ގަދަވެގެންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-06 23:58:21 | Report this Comment
މުޞްލިޙު މުޙައްމަދު އިސްމާޢީލް:

މިއީ ލިޔުމަކީ ސީދާ ސިޔާސީ އޮށްގާ އުކުމެއް. ރަނގަޅަށް އޮށްގާ އުއްކަވާފަ ހުރި ކަމަށް ފެނޭ.. ނުނޭ .. ދިވެހިންވެސް މިބިތީ މިކިޔާ ސިޔާސީ ދާއިރާ ނިކަން ރިވެތިކޮށް ކަންފަތިވެފަ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.