މީމުތާ

  • ޝާއިޢުކުރި ތާރީޚް: 03 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 125

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެއާޕޯރޓް ސެކިއުރިޓީއާ އެމް.އެން.ޑީ.އެފް އިން ޙަވާލުވި ފަހުން ދީނީ ކަންތައްތަކުގައި ފިއްތުންތައް ކުރިމަތިވާން ފަށައިފި.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ނުވަތަ އެމް.އެން.ޑީ.އެފްގެ އާންމު ޤަވާޢިދުގެ އެންމެ ފުރަތަމަ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ، އެމީހުންގެ ސުލޫކީ މިންގަނޑުތަކަކީ އިސްލާމް ދީން ކަމުގައެވެ. ހަމައެފަދައިން އެމީހުން ކުރާ ހުވާގައިވަނީވެސް އިސްލާމް ދީނަށް ތެދުވެރިވުމުގެ ވާހަކައެވެ. ކަން މިހެން ހުރިއިރު ޒަމާންތަކެއްވަންދެން ބުރުގާ އެޅުމުގެ ހުއްދަ އެތާނގެ މުވައްޒަފުންނަށް ނުދީ ހިފެހެއްޓުމަށްފަހުގައި ބުރުގާ އެޅުމުގެ ހުއްދަ ދެވިފައިވަނީ މީގެ ތިންހަތަރު އަހަރެއް ކުރިންނެވެ. ތުނބުޅި ދިގު ކުރުމާއި މަތިމަސް ކޮށާއި ތުނިކުރުމަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކަށްވީނަމަވެސް އަދިވެސް އެ މުއައްސަސާގެ މުވައްޒަފުންނަށް ތުބުޅިބެހެއްޓުމުގެ ހުއްދަ ދެވިފައި ނުވާތާނގައި، މަތިމަސް ބެހެއްޓުމުގެ ހުއްދަ ދެވިފައިވެއެވެ. މިއީ ކަނޑައެޅިގެން އިލާހީ އެންގެވުމާ މުޅިން އިދިކޮޅަށް ހަދާފައިވާ ޤަވާޢިދެކެވެ. މިފަދަ ޤަވާއިދު ހަދާ ވެރިން ﷲ އަށް ބިރުވެތިވުން ހުއްޓެވެ. އެހެނީ ފަޓްލޫނުގެ ފައިކުރި ތަނބިކަށްޓަށްވުރެ މައްޗަށް އެކުދިން އެބަހައްޓަނީ ހަތްއުޑުގެ ވެރި އިލާހުގެ އެންގެވުމަކަށެވެ. އެއްވެސް ހާލެއްގައި ސްޓައިލަކަށް ނުވަތަ ފެޝަނަކަށްވެގެންނެއް ނޫނެވެ.
ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އަށް އަލްއަޚް އިބްނި ނޫޙް ލިޔުއްވާފައިވާ ލިޔުއްވުމެއް.

ދިވެހިރާއްޖޭގެ މުހިންމު އެކިއެކި ތަންތާންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އެމް.އެން.ޑީ.އެފް އާ ޙަވާލުވެވިފައިވާއިރު، އޭގެތެރެއިން ދާދި މިދާކަށްދުވަހު މާލޭ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާއާ އެމް.އެން.ޑީ.އެފް އިންވަނީ ޙަވާލުވެފައެވެ. އަދި މިބަދަލާ ގުޅިގެން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެކިއެކި ބޮޑެތި ބަދަލުތައް އަންނަމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ޚާއްޞަ ގޮތެއްގައި ފާހަނގަކުރެވިފައި މިވަނީ އެތަނުގެ މުވައްޒަފުންނަށް ދީނީގޮތުން ކުރިމަތިންވަމުންދާ ފިއްތުންތަކެވެ.

މީގެ ތެރެއިން އެއްކަމަކީ އެތަނުގެ މުވައްޒަފުންގެ ފަޓުލޫނުގެ ފައިކުރި ތަނބިކަށްޓަށްވުރެ ކުޑަ ތަންފުކެއް މަތީގައި ހުރުމުގެ ސަބަބުން އެމީހުން ގެއަށް ފޮނުވާލުމެވެ. އެއާޕޯޓު ސެކިއުރިޓީ އާއި ޙަވާލުވެފައިވާ ބޭފުޅުންނަށް މިވަގުތު އެންމެ ކަންބޮޑުވާ މައްސަލައަކަށް މި މައްސަލަވަނީ ވެފައެވެ. ޑިއުޓީ ފެށުމުގެ ކުރީގައި އޮންނަ ބްރީފިންގައިވެސް މިވާހަކަ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދައްކަމުންދާކަމަށް އެތަނުގެ މުވައްޒަފުން މަޢުލޫމާތުދެއެވެ. ބްރީފިންގައި މުވައްޒަފުންގެ ހެދުންއެޅުމުގެ ޤަވާޢިދުކިޔައިދީ، ކަނޑައެޅިގެން ފަޓުލޫނުގެ ފައިކުރި ހުންނަން ޖެހޭނީ ތަނބިކަށްޓާއި ފުންނާބާއި ދެމެދުގައި ކަމަށް އަންގަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި މީގެ ކުރިން އެތަނުގެ އަންހެން މުވައްޒަފުން ބުރުގާ އަޅަމުންއަންނަ ސައިޒު ބޮޑުވެގެން ބުރުގާތައް ކުޑަކުރަންވެސް އަންގަމުންދާކަން ރާއްޖެއިސްލާމަށްވަނީ ޚަބަރުލިބިފައެވެ.

ކުރިންވެސް ވެރިކަންކުރި ފަރާތްތަކުންވަނީ ދީނަށް އުޅުމަށް މަސައްކަތް ކުރާކުދިންނަށް އެކިއެކި އަނިޔާތަކާއި ގޯނާތައް ކުރަމުން ގޮސްފައެވެ. ވޭތުވެދިޔަ ދައުރުގައި ފިރިހެނުންގެ ތުނބުޅިއާއި އަންހެނުންގެ ބުރުގާއާއި އަޅައިގަނެގެން އުޅެމުންދިޔަ ވެރިޔާގެ ސިޔާސަތު މިއަދު ދެމެހެއްޓުމަކީ ވަރަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާންޖެހިދާނެ ކަމެއްކަން މިފުރުސަތުގައި ހުރިހާ ވެރިންނަށް ހަނދާން ކޮށްދެމެވެ. މިފަދަކަންތައް ތަކުރާރު ވުމަކީ އެއްވެސް ހާލެއްގައި މިއަދުގެ އައުރޫޙުގެ މުސްލިމުން ނޯޖަވާނުން ޤަބޫލުކުރާނެކަމެއްނޫންކަން މިފުރުޞަތުގައި ދަންނަވާލަމެވެ.

ﷲ އީ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ޢިއްޒަތްތެރިންނާއި ވެރީން، އެމީހުންގެ ނުބައިކަމުގެ ސަބަބުން ނިކަމެތިކުރައްވަވައި މީސްތަކުންގެ ޙާލަތު އެފުއް މިފުށަށް ޖެއްސެވުމަށް އެކަލާނގެ ކުޅަދުންވަތަވެގެންވެއެވެ. އެކަމުގެ ނަމޫނާ އަޅުގަނޑުމެންގެ ލޯމަތިން ޕާޓީއެއްގެ ޒަޢީމުގެ ގޮތުގައި ފެނިގެން ދާނެއެވެ. ދީނަށް ހުރަސް އަޅަައި، އެކަލާނގެ މަގުގައި ދެމިތިބުމަށް ލޯބި ކުރާ މީހުންނަށް ފިންތުންތައް ކުރިމަތި ކުރުވާ ފަރާތްތަކުން އެކަލާނގެ އަށް ބިރުވެތިވާށެވެ. މިފަދަ މާތް ރަމަޟާންމަހުގެ ފުރުޞަތު ނަގާނުލައި މިފަދަ ކަންކަމުން ތައުބާވެ އެއްކިބާވާށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.