71 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުން ރޭގަޑުގެ 8 ގަޑިއިރާއި 9 ގަޑި އިރާއިދެމެދުގައި ނިދާ މިންވަރު އަމިއްލައަށް ރިޕޯރޓްކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ރޭގަނޑުގެ ނިދިން 8 ގަޑިއިރަށްވުރެ މަދުން ނިދި ލިބޭ ޒުވާނުނާއި ސައިކޮލޮޖިކަލް ޑިސްޓްރެސްއާ ސީދާ ގުޅުމެއްވާކަމަށް މި ދިރާސާއިން ދެއްކިއެވެ. އަދި ރޭގަނޑުގެ ނިދިން ގެއްލޭ ކޮންމެ ގަޑިއިރަކަށް ސައިކޮލޮޖިކަލް ޑިސްޓްރެސްއާ ކުރިމަތިވުމުގެ ނުރައްކާ 14% އިތުރުވާކަމަށް ވެއެވެ. އަދި ރޭގަނޑުގެ ނިދިން 6 ގަޑި އިރަށްވުރެ މަދުން ނިދިލިބޭ ޒުވާނުން އެވްރެޖްކޮށް ރޭގަނޑުގައި ނިދާ ޒުވާނުންނަށްވުރެ ސައިކޮލޮޖިކަލް އުނދަގޫތަކާ ކުރިމަތިލުމުގެ ދެގުނަ ބޮޑެވެ.
"މިހާރުވެސް ސައިކޮލޮޖިކަލް އުނދަގޫތަކާ ކުރިމަތިލަމުންދާ ޒުވާނުން އެމީހުން ނިދާމިންވަރު މަދުވާ ވަރަކަށް މިބުނެވިދިޔަ އުނދަގޫތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރުވޭ" މިދިރާސާ އިސްކޮށްކުރެއްވި އޮސްޓްރޭލިޔާގެ ޔުނިވާރސިޓީ އޮފް ސިޑްނީގެ ޑރ. ނިކް ގްލޯޒިއަރ ހާމަކުރެއްވިއެވެ.
"ނިދާ މިންވަރު މަދު ޒުވާނުންނަށް ސައިކޮލޮޖިކަލް ޑިސްޓްރެސް އާ ކުރިމަތިވަނީ ވަރަށް ކުރު ވަގުތުކޮޅަކަށް ނިދުމުން ނަމަވެސް މެދުމިންވަރެއްކަމައްވާ 7 ގަޑިއިރު ނިދާ ޒުވާނުންނާ މިކަހަލަ ޑިސްޓްރެސްތަކާ ކުރިމަތިވާ މިންވަރު ދަށް" ގްލޯޒިއަރ ވިދާޅުވިއެވެ.
ޔުނިވާރސިޓީ އޮފް ސިޑްނީގައި ކުރިއަށްގެންދިޔަ މި ދިރާސާގައި 20،822 ޒުވާނުން ބައިވެރިވިއެވެ. އެގޮތުން ބައިވެރިން އެމީހުން ފާއިތުވެދިޔަ މަހުގެ މަސައްކަތު ދުވަސްތަކުގައްޔާއި އަދި ބަންދު ދުވަސްތަކުގައި ނިދާފައިވާ މިންވަރު ސިއްރު ފޯމެއްގައި ރިޕޯރޓްކުރިއެވެ. މި މަޢުލޫމާތުގެ އަލީގައި ބައިވެރިން އެވްރެޖްކޮށް ރޭގަނޑު ނިދާ މިންވަރު ހޯދިއެވެ. އެގޮތުން 30% ބައިވެރިން 7 ގަޑިއިރާއި 8 ގަޑިއިރާއި ދެމެދުގެ ވަގުތަށް ނިދާފައިވާއިރު 18% ބައިވެރިން 7 ގަޑިއިރަށްވުރެ މަދުން ނިދާކަމަށް ރިޕޯރޓްކުރިއެވެ. އަދި 2% ބައިވެރިން 5 ގަޑިއިރަށްވުރެ މަދުން ނިދާކަމަށް ރިޕޯރޓްކުރިއެވެ.
ސައިކޮލޮޖިކަލް ޑިސްޓްރެސްބަލަނީ ފާއިތުވެދިޔަ 4 ހަފްތާގައި އެމީހެއްގެ ކިބައިން ފެންނަ ކަންތައްތަކެއްގެ މައްޗަށެވެ. އެގޮތުން ވަރުބަލިކަން، ހާސްކަން، އުންމީދު، ކެތްތެރިކަން، އުފާ، ކަންބޮޑުވުން، ހިތާމަ އަދި އަމިއްލަ ނަފްސާއި އަގުކުރާ މިންވަރުގެ މައްޗަށެވެ.
"ހާސްވުމާއި ކަންބޮޑުވުން އެގައުމުގެ އާބާދީތަކުގައި ޙާއްސަކޮށް ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ކަމަށް އެތައް ޤައުމުތަކަކުން ރިޕޯރޓްކުރަމުން ގެންދޭ.. މިކަމުގެ ސަބަބަކަށް ބެލެވެނީ ލައިފްސަޓައިލަށް އަންނަ ބަދަލުތަކުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި ނިދާ މިންވަރު އިންތިހާއަށް ދައްވެގެން ދިއުން" ގްލޯޒިއަރ ވިދާޅުވިއެވެ.
އެހެން ދިރާސާއަކުން ދައްކާގޮތުގައި މި އުމުރުގެ މެދުގައި ނިދާ މިންވަރު އިތުރުކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވަން ފަށާގަޑި ލަސްކުރުމާއި، ރޭގަނޑު ޓީވީ ބަލާ މިންވަރު ދަށްކުރުމާއި އަދި ނިދުމުގެކުރިން ވީޑިއޯ ގޭމުކުޅުމާއި އިންޓަރނެޓް ބޭނުންކުރުން މަދުކުރުން ހިމެނެއެވެ.
Posted on 2010-09-04 16:49:45 |
Report this Comment
Posted on 2010-09-05 03:11:28 |
Report this Comment