ދިވެހި ވަޠަނުގެ ދުލުން

  • ޝާއިޢުކުރި ތާރީޚް: 31 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 611

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރާއްޖޭގެ ސިޔާސީ މައިދާނުން އެއްފަރާތްވާންޖެހޭ ލީޑަރުން

ޑިމޮކްރަސީގެ ފަތިހަކަށް އަލިވިލި ޑިމޮކްރަސީގެ ޅަފަތުގެ ދައުރު ދިވެހި ގައުމު ވޭތިކުރަމުން ދާއިރު ދިވެހި ސިޔާސީ ޖައްވުން ފެންނަމުންދާ ބައެއް ލީޑަރުންގެ ސަބަބުން ސިޔާސީ މަސްރަހު ކިލަނބުވެ ދިވެހިން ގެނައި ޑިމޮކްރަސީގެ ފޮނި ރަހަ ހިތިރަހައަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުން ގައުމާއިގެން އަމާން ބަނދަރަކަށް ފަށާފައިވާ ދަތުރުގައި ދިވެހި ސިޔާސީ މައިދާނުން އެއްފަރާތްވާން ޖެހޭ ލީޑަރުންގެ ގޮތުގައި މި ފާހަގަކުރަނީ ސިޔާސީގޮތުން ބުރަދަނެއްނެތް ޑިމޮކްރަސީއާއި ބީރައްޓެހި ސިޔާސީ ފަރާތްތަކެވެ. ސިޔާސީ ޖޯކަރުންގެ ގޮތުގައިވެސް މިފަރާތްތައް ބައެއް މީހުން ސިފަކޮށްފާނެއެވެ. ދިވެހި ރާއްޖޭގެ ސިޔާސީ އުދަރެހުން މި ފަރާތްތައް އެއްފަރާތަށް ޖެހުމަކީ ގައުމުގެ ޑިމޮކްރެޓިކް ހަޔާތް ކާމިޔާބުކޮށް ދިވެހިން ބޭނުންވާ ތަރައްގީއާއި ތަމައްދުންގެ ދިވެހި ރާއްޖެއަށް ވާސިލްވުމަށް ނުހަނު ބޭނުންތެރިކަމެކެވެ.

1. ރީކޯ މޫސާ މަނިކު
ރީކޯ މޫސައަކީ ދިވެހި ރާއްޖެއަށް އައިސްފައިވާ ޑިމޮކްރެޓިކް ބަދަލާ ނުބައްދަލު، މިނިވަން މީޑިޔާއާއި ސިޔާސީ ފަރާތްތަކަށް އިންޒާރު ދިނުމުގެ ބަހުރުވައިން ވާހަކަދައްކަވާ ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގެއި މޫސައަށް އަނިޔާކޮށްފައިވާ ވާހަކަ ދެ ދަޅައަށް ކާ ބޭހެއްހެން ކޮންމެ ޖަލްސާއެއްގައި ގޮވާ މޫސާ މަނިކުގެ ސިޔާސީ ފޮލާކެއްކުންތަކާ ދިވެހިން ވަނީ ފޫހިވެފައެވެ. ރީކޯ މޫސަ ސިޔާސީ ދާއިރާ ދޫކޮށް ފިލްމީ ދާއިރާއިން އުސްމިންތަކަކަށް އަދިވެސް އެރޭނެކަމަށް ގިނަބަޔަކުދެކެއެވެ.

2.އުމަރު ނަސީރު
އުމަރު ނަސީރުގެ ސިޔާސީ ހަޔާތުގައި ގޭޓްމަތިން އެރުމާއި ފަތާފައިގޮސް ރަށްރަށަށް އެރުން ފިޔަވާ އިތުރު ކާމިޔާބީއެއް ހާސިލްވެފައެއް ނުވެއެވެ. އަމިއްލަ ޕާޓީ ގަނޑު ވެސް އުވާލަން ކޯޓަށް ގޮސްފައިވާ އުމަރު ނަސީރު އެންމެ ފަހުން ކުޅުނު ޑްރާމާ "ދިވެހި ރާއްޖެއަށް ބަޔަކު އެދުވާނީ ހަމަލާދިނުން" އަދި ސިނަމާތަކަށް ނާދެއެވެ. ސިޔާސީ ޖޯކަރެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ އުމަރު ނަސީރު އަދިވެސް ހުރީ މުލީއާގޭ ގޭޓްމަތިން ފުންމާލާ ވެރިކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

3.ހަސަން ސައީދު
ކިނބުރުވެރި ބޮޑާ ޝަހުސިއްޔަތެއްގެ ވެރިއެއް ކަމަށް ގިނަބަޔަކު އިއްތިފާގްވާ ހަސަން ސައީދަކީ ސިޔާސީއެއްވެސް އުރައްޕެއް ހުރި ބޭފުޅެއްނޫނެވެ. ބުރު ސޫރައަށް ބަލާފައި އަހެންކުދިންގެ ވޯޓް ވޭތުވެދިޔަ ރިޔާސީއިންތިހާބްގައި ލިބިފައިވާ ހަސަން ސައީދުވަނީ ސިޔާސީ މައިދާނުން ފެއިލްވެފައި ކަމަށް ގިނަބަޔަކުދެކެއެވެ. ބޭރު މީހަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ހަސަން ސައީދު ދިވެހި ޒައާމަތާ ހަވާލުވުމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ދިވެއްސެއްގެ ހައިސިއްޔަތުން އަހުރެން އިންކާރުކުރާކަމެކެވެ.

4.ގާސިމް އިބްރާހީމް
ރައްޔިތުންގެ މަޖިލިސްގައި ރިޝްވަތުގެ ހުތުރު ކުޅިވަރު ކުޅުއްވިއެވެ. ސިޔާސީ މައިދާނަށް ހުރި ބިރުވެރިކަމެކެވެ. ޑާޓީ ޕޮލިޓިކްސް އިން ދިވެހި ސިޔާސީ މާހައުލު ސަލާމަތްކުރުމަށްޓަކައި ގާސިމް އިބްރާހީމް ސިޔާސީ ދާއިރާއިން އެއްފަރާތްވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

5.އިލްހާމް (ގެމަނަފުށީ ދާއިރާ މެންބަރު)
އިލްހާމް ފާހަގަކުރެވިފައިވަނީ ސިޔާސީ މައިދާނުގައި އެންމެ ގަދައަޑުން ހުތުރު ބަހުން ރުޅީވެރިކަމާއި އެކު ވާހަކަދައްކަވާ ބޭފުޅާގެގޮތުގައެވެ. ޑިމޮކްރެޓިކް ހަމަތަކާ ބީރައްޓެހި ބޭފުޅެކެވެ. މިފަދަ ބޭފުޅަކު ޕާޓީއެއްގެ ނައިބު ޒައީމް ކަމަށް އިންތިހާބުވިގޮތަކާ މެދުވެސް ސުވާލްއުފެދެއެވެ.

6. މަވޯޓާ ޝަރީފް
އިތުރު ތައާރަފަކަށް ބޭނުންނުވާ މަވޯޓާ ޝަރީފްއަކީ އިތުބާރުގެއްލިފައިވާ ސިޔާސީ ޖޯކަރުންގެ ލިސްޓުގެ ކުރީގައިވާ ބޭފުޅެކެވެ.

7. އަލީ ވަހީދު
ސިޔާސީ ކުޑަ ކުއްޖާގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އަލީ ވަހީދު ސިޔާސީ މައިދާނުން ދުރަށް ދިޔުން ބުއްދިވެރިއެވެ. މަޖިލިސްތެރޭގައި ކުޅުއްވާ ޑްރާމާއިން ބަސްނާހާ ކުޑަކުއްޖެއްގެ ސިފަ ފެނިގެންދެއެވެ.

8އިމާދު ސޯލިހް
ސިޔާސީ މައިދާނުން ދުރަށް ދިޔުން އެދެވިގެންވެއެވެ. އިމާދް ސޯލިހް ރައްޔިތުންގެ މަޖިލިސްގައި ހަޑި ހުތުރުބަހުން ވާހަކަދައްކާފައިވެއެވެ.

މަތީގައި ބަޔާންވެދިޔަ ލީޑަރުންނަށް ނުވާ ސިޔާސަ ސިޔާސީ ލީޑަރުންނަކީ ގައުމުގެ ސިޔާސީ ހަމަޖެހުން ނަގާލާ މަސްރަހް ކިލަނބުކުރަން ހިތްވަރުދޭފަރާތްތެކެވެ. މި ފަރާތްތައް ސިޔާސީ މައިދާނުން އެއްފަރާތްވެއްޖެ ނަމަ ސަރުކާރުން ގައުމާއިގެން އަމާން ބަނދަރަކަށް ފަށާފައިވާ ދަތުރު ކާމިޔާބު ކަމާއިއެކު ނިންމާލެވޭނެއެވެ. ބަޔާންވެދިޔަ ލީޑަރުން ސިޔާސީ މައިދާނަށް މިވީހާ ތަނަށް ހަލަބޮލިކަމާއި ފިތުނަ ފަސާދައެފެއްދުމާއި ނުތަނަވަސްކަން ނޫން ކަމެއްގެނެސްފައި ނުވެއެވެ. ދައްކާ ވާހަކައިންވެސް ކުރާ އަމަލުންވެސްމެއެވެ. ގައުމަށްޓަކާ ގައުމުގެ މުސްތަގްބަލަށްޓަކައި މި ފަރާތްތައް ސިޔާސީ މައިދާނުން އެއްފަރާތްވާންވެއްޖެއެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-02 10:06:21 | Report this Comment
އާދަމްމަނިކުބޭ:

ލިޔުންތެރިޔާއަށް އެކަށީގެންވާ ސަބަބުތަކެއް ދެއްކިފައެއް ނުވޭ. ހައްތާވެސް ތިޔަހުރީ ޒާތީ މައްސަލަތައް. މިހާރު މަޖިލިސް އޮތްގޮތުން ތިޔަވިދާޅުވާ ގޮތަށް ވާހަކަ ނުދައްކަވަނީ ކޮންބޭފުޅުންނެއްތޯ؟ އަދި އިތުރަށް ވިސްނާލެއްވުން އެދެން.

Posted on 2010-09-02 12:04:59 | Report this Comment
ހަނާ:

ވަރަށް ބަރާބަރު ލިޔުމެއް. ބޮޑު ދެޕާޓީގަވެސް އެބަ ތިބި ސިޔާސީ ގޮތުން ވާނުވާ ނޭނގޭ މޮޔައިން. މި ލިސްޓް ހަމަ ބަރާބަރު

Posted on 2010-09-02 21:01:05 | Report this Comment
އަގުބޮޑު:

ލިޔުންތެރިޔާ ތިހިރީ ދެމިޔަކަނުން ސޮނި ވެއްޓި ހަމަ ބުއްދި ފިލާފަ ތަ؟ އަހަރެމެނ މިގަޢުމަށް ބޭނުންވަނީ ޒުވާން ލީޑަރުން އަސަރުން ފުރިގެންވާ ސްޓާރުން. މިސާލަކަށް ޖިންނިޖިނާ މެންފަދަ މީހުން.

Posted on 2010-09-04 02:14:39 | Report this Comment
ޒާތީވެފަ:

ވަރައް ޒާތީ ލިސްޓެއް، މިލިސްޓްގައިވާ ގިނަމީހުންގެ ޖެހިލުންކުޑަކަމާހުރެ އަދިކުޅަދާނަކަމާ ވަރައްވެސް ހަސަދަވެރި ވެފައިވާ މީހަކު ނެރެފައިވާ ލިސްޓެއްކަމައް ފެނޭ.

Posted on 2010-09-05 03:15:58 | Report this Comment
މުޙައްމަދު ޔާމީން އިބްރާހީމް:

މި ގައުމުގައި ސިޔާސީ ބައިބައިވުން ބޭނުމެއް ނުވޭ. މިގައުމަށް ބޭނުންވަނީ އެއްބައިވަންތަ ކަން...ހެޔޮ ނުވާނެ މީ ދެމީހުންނާއި ފަޅި ދިރިއުޅޭ ގައުމެއް. މި ދެތިން މީހުން ބައިބައިވީމަ ދެން ކިހިނެތް ވާނީ...އަޅުގަނޑުމެންގެ އިހު ކާބަފައިންގެ ހަޔާތަކީ މިހާރުގެ ވަސީލަތްތައް ނެތަސް މާ އަރާމު ދިރިއުޅުމެއް ކަމުގެ އިހުސާސް ކުރެވޭ..އަޑު މަޑު މަޑުމައިތިރި ހިތްތިރި އެކުވެރި ގައުމަކަށް ގައުމު ވުމަކީ އަޅުގަނޑުމެންގެ އުއްމީދު.. އެ އުއްމީދު ހާސިލް ކުރުމަށް ޕާޓީ ސިޔާސަތު އުވާލުން މުހިންމު.

Posted on 2010-09-05 17:46:26 | Report this Comment
ފައިބެ :

ފައިބެ ގަބޫލު ކުރާ ގޮތުގައި ލިސްޓް ގައި ހިމަނަންޖެހޭ އެކަކު މަދު އުގޫފާރު ދާއިރާގެ މެންބަރ އަފްރާސީމް އަލީ މިލިސްޓް ގެ ކުރިއަށް މިބޭ ފުޅާ ލުން އެއީ މިގައުމު ސަލާމަތް ކުރަން ބޭނުން ނަމަ މިމީހާ އަޅު ގަޑު ހިމަނަން ބޭނުމެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.