ލިޔެސްއޮންލައިން www.lyesonline.com
ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ
  • ޝާއިޢުކުރި ތާރީޚް: 29 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 65

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނޫސްވެރިކަމުގައި ޒިންމާ ނެގުން

ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާއިރު، ޕްރެޝަރ އަންނާނެއެވެ. ފާޑުކިއުންތައްވެސް އަމާޒުވާނެއެވެ. އެންމެން ހިތް އެދޭ ގަޔާވާ ފަދަ ލިޔުންތަކެއްވެސް ނުލިޔެވޭނެއެވެ. އެހެން ނަމަވެސް އެއީ ދޮގު މައުލޫމާތު ކިޔުންތެރީންނާއި ޙިއްޞާކުރުމަށް އޮންނަ ފުރުޞަތެއްނޫނެވެ. ކަންކަމުގެ އެއް ފަޅި ގެނެސްދިނުމަށް ލިބޭ ފުރުޞަތެއްވެސް ނޫނެވެ. ކަންކަމުގެ ހަޤީޤަތް އޮޅޭގޮތަށް މައުލޫމާތު ޙިއްޞާކުރުމަށް އޮތް ފުރުޞަތެއްވެސް ނޫނެވެ. ހަމައެހެންމެ ޒިންމާއިން ރެކި އެހެން މީހުންގެ ބޮލުގައި ޒިންމާ އަޅުވަން އޮތް ފުރުޞަތެއްކަމަށް ދެކިގެންވެސް ނުވާނެއެވެ.

ޚާއްޞަކޮށް ނޫސްމަޖައްލާތަކާއި، ވެބްސައިޓްތައް ހިންގާ ފަރާތްތަކުން މިކަންކަމާއި މެދު ވިސްނާލަން ޖެހެއެވެ. ލިޔެސް އޮންލައިންކަމަށް ވީނަމަވެސްމެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި އޮތް ނަމަވެސް ޝާއިއުކުރެވޭ ލިޔުންތަކަކީ ކާކުގެ ލިޔުންތަކެއްކަން ޝާއިއުކުރާ މީހާއަށް ނުވަތަ ވެބްސައިޓް ހިންގާ ފަރާތަށް އިނގެން ޖެހެއެވެ. މައްސަލައެއް ދިމާވާ ހިނދު ސައިޓް ހިންގާ ފަރާތުންވެސް ޖަވާބުދާރީ ވާން ޖެހޭތީއެވެ. މިއަދުވެސް އެފަދަ ކަންކަން ކޯޓް މަރުހަލާގައި ހުރިކަން ދަންނަން ޖެހެއެވެ.

ލިޔުންތަކަށް ތިމާމެން އަމިއްލައަށް ކޮމެންޓްކޮށް އޭގެ ޒިންމާއިން ރެކިގެން ނުވާނެއެވެ. ޒިންމާދާރުކަމާއެކު އެކު ކުރާނަމައެވެ. އެހެން މީހުންގެ ކޮމެންޓްތައްވެސް ޝާއިއުކުރަންވާނީ ޝާއިއުކުރާ މީހާގެ ޒިންމާއެއްވެސް އޮތްކަން ދެނެގެންނެވެ. ތިމާމެން އަމިއްލައަށް ތަފާތު ނަންނަމުގައި ލިޔެ، އެކި މީސްމީހުންގެ ނަންތައް ބޭނުންކޮށް ޒިންމާއިން ރެކުމީ ނޫސްވެރިކަމުގައި ފިނޑި ދަށުދަރަޖައިގެ އަމަލެކެވެ.

ނޫސްވެރިކަމާއި، ލިޔުންތެރިކަން ހުއްޖަތެއްގެ ގޮތުގައި ދައްކައި އޭގެ ނާޖައިޒު ފައިދާ ނަގައިގެން ތަފާތު ލިޔުންތަކާއި ކޮމެންޓްތައް ޝާއިއުކޮށް ތިމާމެން ނުރުހޭ މީހުންނާއި ރަށުގެ ނުވަތަ މުޖުތަމައުގެ ފަރުދުންނާއި ޖެއްސުމަށް މަސައްކަތް ކުރުމީ އަމިއްލަ ނަފްސަށް ލަދުވެތިވާން ޖެހޭފަދަ އަމަލުތެކެވެ. ޒިންމާ ނުނެގޭނަމަ ޒިންމާދާރު ނުވެވޭނަމަ ލިޔުންތެރިކަމާއި ނޫސްވެރިކަމުން އެއްފަރާތްވެ، ސައިޓްތަކާއި ނޫސްމަޖައްލާތައް ހިންގުން ހުއްޓާލައި ހަމައެކަނި ކިޔުންތެރިއެއްގެ ގޮތުގައި ހުރުން މާ ރަނގަޅުވާނެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.