ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 28 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 269

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައީސް ނަޝީދު ވެރިކަމަށް ކުފޫ ހަމައެއް ނުވެއެވެ...!!!!!!!!

ދިވެހިރާއްޖޭގެ ވެރިކަމަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ހޮވިވަޑައިގެންފައި އެހުންނެވި ރައީސް މުޙަންމަދު ނަޝީދަކީ އެއްގޮތަކަށް ވެސް ވެރިކަމަށް “ކުފޫ” ހަމަވާ “މީހެއް” ނޫނެވެ. އެހެނީ ރާއްޖޭގައި ވޭތުވެދިޔަ ދިގު 30 އަހަރު ވެރިކަންކުރި ފަރާތާ ގާތްކުރާ ކަހަލަ ސިފަތަކެއް ވެސް މިހާރު ރައީސް ކަމުގައި މިހުންނެވި މުޙަންމަދު ނަޝީދުގެއެއް ނެތެވެ.
ތިޔަ ހީފުޅުކުރެއްވީ މުޅިން ރަގަޅަކަށް ނޫނެވެ. މަތީގައި ދަންނަވާފައިވާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ކިތަންމެ އަޑަށް ބާރުލާފައި ގޮވަމުން ދިޔަޔަސް އަޅުގަނޑަށް ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ އެފަދަ ދުވަހެއް ނުވެސް އަންނާނޭ ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގެ ވެރިކަމަށް ކުފޫހަމަވުމަކީ ކޮބައިބާވައެވެ. ވެރިޔާގެ ނަމުގެ ކުރިޔަށް ޒައީމް ކިޔަން ޖެހޭ ބާވައެވެ.؟ ދީނީ ޢިލްމުވެރިއަކަށް ހެދިގެން ދީނީ ޢިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް ޖަހައިގެން ތުނބުޅި ބޭލުމުގެ ޤާބިލްކަން ހުންނަންޖެހޭ ހެއްޔެވެ؟ ދެން އަންނަ ދައުރެއްގެ ގޮނޑި ގައިމުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބިންހިއްކުމާއި ބަނދަރު ހެދުމަށް ކަޑަޖެހުމުގެ ހުނަރު ލިބިފައިވާން ޖެހޭނެހެއްޔެވެ؟ ދެމީހަކު މަގުމަތިން ބައްދަލުވެ ސަލާން ގަލާންކޮށްލާއިރަށް ސިޔާސީ ކުށްވެރިއަކަށް ހަދައި ޖަލުގައި މަރާލުން ޝަރުޠަކަށް ވާންޖެހޭ ހެއްޔެވެ؟ ނަމުގައި ޖައްވަށް ފަޒާއަށް ބަޑިޖަހައިގެން މީހުންމެރުމުގެ ކުޅަދާނަކަން ހުންނަންޖެހޭނޭ ހެއްޔެވެ؟ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ކްލާސްމޭޓުންނަށް ދައުލަތުގެ މާލިއްޔާ ބައިއަޅާ ހުސްކޮށްލުމުގެ ކުޅަދާނަކަން ހުންނަންޖެހޭނެ ހެއްޔެވެ؟
މިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވުމުގައި މިސިފަތައް ހުރުން ޝަރުޠަކަށް ވާނަމަ ރައީސް ނަޝީދުގެ މިއިން އެއް ވެސް ސިފައެއް ނެތެވެ. ވެރިކަމަކަށް ކުފޫ ހަމައެއް ނުވެއެވެ. ހަމަ ވަގުތުން އިސްތިއުފާދޭންވީއެވެ. ނަމަވެސް އަޅުގަނޑަށް ހީވާގޮތުން މިދެންނެވި ފަދަ ކުފޫ ހަމަވާ މީހަކު ވެރިކަމުގައި ބަހައްޓާކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ. މިފަހަރުވެސް މިދެންނެވުނީ ރަގަޅަކަށް ނޫނެވެ. އެ ފަދަ ކުފޫ ހަމަވާ މީހަކު ވެރިކަމަށް ގެންނަން މަރުދަންޖެހޭ ބަޔަކު އެބަތިއްބެވެ. ރިޝްވަތާ ކޮރަޕްޝަނާ ފަސާދައިން ކަޅިވެ، ޒާތީ ތަޢައްސުބުން ފުރި ބަންޑުންވެފައިތިބި އަދި ހަސަދައާއި ފިތުނައިގެ އަލިފާނުން ރޯވެފައި ތިބި ބަޔަކު އަދިވެސް އެ ކަޅު 30 އަހަރު ގެންނަން ބޭނުމެވެ. ތިމާގެ އަންބޮޑިއަށް ގިނަ ކުރެވެނޭ ގޮތް ހަދާނެ ގޮތެއް އަލުން ހޯދުމުގެ ދަހިވެތި ބޭނުމުގައެވެ.
އެ ދިގު 30 އަހަރަކީ ދިވެހީން މިހާތަނަށް ދުށް އެންމެ އަނިޔާވެރި އަދި ޚިޔާނާތާ ފަސާދައިން ފުރިފައިވާ ކަޅު ދުވަސްތަކެއް ކަން އެތާރީޚަށް ވަދެލުމުން އަންނަން އޮތް ޖީލުތަކުން ވެސް ހެކިވާނެއެވެ. އެހެނީ ކުށެއްނެތި ކިތަންމެ ރައްޔިތުންނެއް ފުރާނައިން އަތްދޮންނަންޖެހި، ކަފުންކުރެވިއްޖެއެވެ. ކިތަންމެ ދީނީ އިލްމުވެރިންނެއް ނުކުޅެދޭ މީހުންނަށް ހަދައިފިއެވެ. ކިތަންމެ ދެމަފިރީންނެއް ގަދަކަމުން ވަރިކުރުވާފައި އެބަހުއްޓެވެ. މިއީ އެ ވެރިކަމުގެ ދެތިން އަހަރަށް ނަޒަރު ހިންގާލިނަމަވެސް ފެންނަން އޮންނާނެ ޙަޤީޤަތްތަކެވެ. ތިރީސް އަހަރުގެ ކަޅު އަނދިރި ސަފްޙާތައް އުކާލައިފިނަމަ ކުރިޔަށް އޮތް 30 އަހަރުވަންދެން ލޮލުން ކަރުނަ ހިކޭނޭ ވަގުތެއް އަންނާނެބާވައެވެ. މިބުނެވިދިޔަ ފަދަ އަނިޔާވެރި ތާރީޚެއް އަނބުރައި އިޔާދަނުކުރެވޭނޭ މީހަކު މިޤައުމުގެ ވެރިކަމުގައި ހުރުމަށް ކުފޫހަމަނުވާނޭ ކަމުގައި ބުނާ ބަޔަކަށްވުރެ އަނިޔާވެރި އަމިއްލަ އެދުން ބޮޑު ބަޔަކު މިއުޑުދަށުގައި ތިބޭނޭ ހެއްޔެވެ؟
ރައީސް ނަޝީދުގެ ވެރިކަން ފެށިގެން އައުމާއެކު ޤައުމުގެ އިޤްތިޞާދު އެބަޔެއްގެ ކޮނޑުން އުހުލައި ގައިބާރުދޫވެ، މުސްކުޅިވެ ނިކަމެތި ހާލުގައި ޖެހިފައިވާ މުސްކުޅީންނަކީ އާލެއް އިޔާރެއް ނެތި އުކާލެވިފައިވާ ބަޔެއްގެ ގޮތުގައި ބޭތިއްބި ބޭތިއްބުން ނިންމާލައި އެމީހުންގެ އަގު ވަޒަންކުރައްވައި، މާލީ ގޮތުން އެހީތެރިވެދެއްވަން ފެއްޓެވުމުގެ އިތުރުން ސިއްޚީ ފަރުވާގެ އެހީތެރިކަން ދެއްވަން ފެއްޓެވީ މުޅިން ހިލެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ފެންނަން ފަށައިފިއެވެ. 30 އަހަރުގެ ވެރިކަމުގައި މިކަންދުށީ ހުވަފެނުންނެވެ. ޙަޤީޤަތަކަށް ނުވިއެވެ. ނުވަތަ ނުކުރިއެވެ. މިއަދު އޭނާއަށް އަޅުދާސްތުވެފައި ތިބި މީހުން ރައީސް ނަޝީދު ނިއުސް ވީކްގެ “ވޯލްޑްސް ބެސްޓް 10 ލީޑާރސް” ގެ 2 ވަނަ މަޤާމް ހޯދީ އޮޅުމަކުންނޭ ބުނުމުން އަޅުގަނޑު ހައިރާންނުވީ ލޯ އަނދިރި ބަޔަކަށް އުޑުގައި ހުންނަ ކުލަ ނުދެއްކޭނެކަން އަޅުގަނޑަށް ޔަޤީންވާތީއެވެ.
ދިހަވަރަކަށް ދުވަހުގެ ތެރޭގައި މެދުއަތޮޅުތެރެއިން ވެލިނަގައިގެން ރަށެއް ހިއްކާލުމަކީ މިވޭތުވެދިޔަ ދިގު ޒަމާނުގައި ދިވެހީން ހުވަފެނުންވެސް ދުށްކަމެއް ނޫން ދޮގެއްތޯއެވެ. އެކަމަކު އެމަންޒަރު ބަލަން ލޯ ނުހުޅުވަން ތިއްބަސް މިއަދު އެކަން އެވަނީ ޙަޤީޤަތަކަށް ހަދާފައެވެ. ދިހަވަރަކަށް ދުވަހުން ބޮޑު ރަށެއް ހިއްކާނަމަ ހާދަ ރަށެއް މިދައުރުގައި ހިއްކާނެތާއެވެ. ސިހުނަސް، ރުހުނަސް ނުރުހުނަސް، މިއީ ޙަޤީޤަތެވެ. މިއަދު ލޯމަތީން ފެންނަމުންދާ ބޮޑު މަންޒަރެވެ. އަވާމެންދުރެއް ނޫނެވެ. ދެންނިކަން އެބުނާ ކުފޫ ހަމަވަނީ ކާކުގެތޯ މަޑުމަޑުން ތިބެގެން ވިސްނޭތޯ ބަލަމާ ހިނގާށެވެ. މިއަދު ނުވިސްނުނަސް މާދަމާ ވިސްނޭނެ ކަމާމެދަކު ކުޑަވެސް ޝައްކެއް ނުކުރަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-28 16:42:14 | Report this Comment
ހުވަދޫ ހުރާ:

ލިއުމުގެ ސުރުހީވަރަށް ރަގަޅު ތިއީ ހަމަ ވަރަށް ބޮޑުތެދެއް ލިއުންތެރިޔާއަށް ނޭގުނު ހާވެސްއެއްޗަކީ ބޮޑެތި ބަދަރުތަކާއި ބިންތައް މިރާއްޖޭގައި ކުރުމުއްދަތެއްގެ ތެރޭގައި ހިތްކައިފައިހުރި ތަންތަން ނޭގުނުކަން އަދި ކުރީގެ ސަރުކާރާއި މިސަރުކާރާއި ހުރިތަފާތު ނޭގުނުކަން ގާނޫނުއަސާސީ ބަދަލުވެފައިވާކަން ނޭގުނުކަން ސަރުކާރުބަދަލުކުރަން ދެއްކިވާކަތައް ނޭގުނުކަން އެކަންކަން ހަގީގަތަށް ނުވިކަން އަދި ދުވަހަކުވެސްނުވާނެކަން ނޭގުނުކަން މިސަރުކާރުން ކިތައްމެއް ކަމެއްކުރާނެ ވާހަކަދެއްކިއަސް އެކަންކަން ރައްޔިތުން ގަބޫލުނުކުރާނެކަން. ވެރިގމީހާ އެހެރީ ދުގޮހެދުމާއި އޮޅުވާލުމާއި ގާނޫތަކާއި ގާނޫއަސާސީއާއި ހިލާފްވެފައިކަން އެކަންކަން ކޯޓްތަކުން ސާބިތުވަމުންދާކަން ވެރިކަމުން ފައިބާދުވަހުން އެކަމުގެ އަޖަލުހިފާނެކަން އޭނާގެ އަބުރާ އިއްޒަތް ގެއްލިފައިވާކަން އެއް އަނބުރާނުލިބޭނެކަން މިހާރުމިގައުމުގައި ތިބި ރައްޔިތުންގެ ތެރެއިން 10%މީހުން އެނާއަށާއި އޭނާގެ ސަރުކާރަށް ތާއިދުނުކުރާކަން ސަރުކާރު ފެއިލްވެފައިވާކަން ދެހަރުނުފުރެނީސް ކެބިނެޓް ސުންނާފަތިވެ ވަޒީރުންތައް އެތައްފަހަރަކު ބަދަލުވެއްޖެކަން ނާއިބުރައީސް އޭނާއަށް އިތުބާރުނުކުރާކަން ހުދުއެނާގެ ޕާޓީމީހުން އެނާދެކެ ފޫހިވެއްޖެކަން ކުރީގެ ސަރުކާރުގެ ބޮޑުންގެ އެއްވެސް މީހަކަށް ގޮތެއްނުހެދުނުކަން ބޭރުގައި ހުރި އަދި ރާއްޖޭގައި ހުރި ކޯޓްތަކުގެ ދޮރު މިވެރިކަމުން ކަންތައް ކުރިގޮތުން ބައްންދުވެފައިވާކަން ގައުމުފަނާވެއްޖެކަން ގައުމުގެ ފައިސާތައް ނަހަމަގޮތުގައި ބޭނުންކޮށް ގައުމުއެކީގައި ބޭރުގެ ފަރާތަކަށް ވިއްކަމުން ދާކަން ޕީޕީ ފެއިލް ވެއްޖެކަން ޑޮލަރު ދިހަރުފިޔާއަށް ނުހެދުނުކަން އަދި ދުވަހަކަހުވެސް މިވެރިކަމުގައި އެކަން ނުވާނެކަން ދެން ބުނެލަން އޮތީ ލިއުންތެރިޔާގެ ލިއުމަށް ބަލާލައި އެންމެ ލަދުގަންނާނެ ވާކަހަތައް ތިބިންހިތްކި ނުވަތަ ބިންހިތްކަން ހަމަޖެހިފައިވާ ރަށްރަށަކީ ކުރީގެ ސަރުކާރުން އެރަށް ރަށްއެގޮތަށް ކުރުޔަށް ގެން ދަން ރާވާނިންމާފައިވާ ތަންތަން ކަން އެކަންޔަގީން ވާނެ އެކަމާބެހޭ އޮފީތަކުގައި ތިބި ސިވިލްސަވަންޓުން ކައިރީގައި އަހާބަލަ ނޫނީ އެތަން ތަނަށްގޮސް އެލިއުންތައް ބަލާބަލަ ބޮސްކާލިސް ފަދަކުންފުނިތަކަކީ ކުރީގެ ސަރުކާރުންވެސް ރަށްރަށް ހިތްކިފަރާތް އެކަން އެމީހުން ރަގަލަށް ކުރާތީ 2008ގެ ކުރީކޮޅު އެމީހުން ނަށް އިތުރު ނުވަރަށެއްގެ މަސައްކަތް ހަވާލުކުރަން ނިންމީ ދެންބުނެލަން އޮތީ މިގައުމުގެ ރައްޔިތުން ނަށް ކުރިން ދެވެމުން ދިޔަ ހިދުމަތާ ގާތަށް ވެސް މިހާރަކު ހިދުމަތެއް ނުދެވެއޭ މިގޮތުން ބަލާއިރު ބޭސްފަރުވާއާއި ދެއެހީތަކުގެ ވާކަ ނުދެއްކިއްޔާ ރަގަޅުވާނީ ބަލާބަލަ މިހާރު ހެލްތް ދާއިރާ އޮތް ދަށް ފެންވަރު ވިޔަފާރި ތައް ދައްވިވަރު ހާލަތު ދަނީ ދުވަހެއް ދުވަހަކައް ވުރެދަށަށް ލިއުން ތެރިޔާއަށް ތިފެންނަނީ މިހެން އުޅެލާފައި ވެރިކަމުގެ ފަރާތުން ތިނޯހަކަށް ރޮއްޖެއްލައްވާލާތަން

Posted on 2010-08-28 18:49:31 | Report this Comment
ދިވެހިން:

އަތްޕުޅު މަޑުވުމާއި، އެ ގެންގުޅޭ އަބުއި ގޮތް ގަނޑެއްވެސް ނެތެވެ. އަދި ތުނބުޅި މަތިމަސް ނުފެޅުމާއި ގައިގާ ހުންނަ އަންހެން ވަންތަ ސިފަ އެއްވެސް ރައީސް ނަޝީދުގެ ގަޔަކު ނެތެވެ.

Posted on 2010-08-28 23:24:25 | Report this Comment
ހޯރަބެ:

ދިވެހި ރައްޔިތުންގެ ފައިސާ ބޭރުގެ ޕީއޭ ފަރމްތަކަށް ދީގެން އަންނިގެ އަގުއަރުވަން ކުރާ މަސައްކަތަށް ހަމަސާބަސް ބޭރުދުނިޔޭގައި އޭނާއަށް ލިބޭ އެވޯޑަކުން އަހަރުމެންނަށް ކެއްކޭނެ ރިހައެއް ނޯނާނެކަން ދިވެހީންގެ ގިނަބަޔަކަށް މިހާރުއެގިފައިވަނީ މިވޭތުވިދުވަސްތަކުގައިވެސް ތިކަހަލަ އެވޯޑްތައް ލިބުނު ދިވެހީންނަށް ވީކަމެއް ހަމަ ހަރާން. އަންނިގެ މޮޅުވާހަކަ ދިވެހި ނޫސްތަކުންނާއި ދިވެހިންގެ އަގައިން ނުދައްކާއިރު ބޭރުގެ ތިކަހަލަ ނޫސްތަކުގައި ތިވާހަކަތައް ދައްކާތީ އަހަރުމެން ދިވެހީން އަޖާއިބުވާކަން ނުޖެހޭ އެއީ އެނޫސްތަކަކީވެސް ވިޔަފާރިއަށް ހިންގާ އަދި އިގިރޭސިވިލާތް ފަދަ ގައުމުތަކުން ޗަންދާދޭ ނޫސްތަކަށްވާތީ އެކަން އެމީހުން ކުރަމުން ދާނެ ކިޔަވައިގެން ހުރި ތަންދޮރުދަންނަ ތިމާވެށީގެ ދާއިރާގައި ސަރުކާރުގައި މަސައްކަތް ކުރާމީހަކުބުނީ ތިމާވެށީގެ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ނިވާފަތްގަޑަކަށް މިގައުމުގެ މިހަރަ މޮޔަސޮރު އެމީހުން އެދަނީ ބޭނުން ކުރަމުންނޭ މިކަން ދައްކައިދޭ ހަގީގަތަކީ އެންމެފަހުން ތިބޭއްވި ދުނިޔޭގެ ވެރިންގެ ޖަލްސާގައި ކުދިގައުމުތަކުން އެއްބަސްވި އެއްބަސްވުމާއި ހިލާފަށް އަދި ވާހަކަތައް ދެއްކި ގޮތާ މުޅިން ހިލާފަށް އެންމެ ފަހުން އެމެރިކާއާއި އިގެރޭސިންގެ މަޅީގައި މީނާ ޖއްސިކަން މިކަމާހުރެ ކުދި އަދި ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ވެރިން ތިބީ މީނާގެ އަމަލުތައް ހުންނަ ގޮތުން މާޔޫސްވެފައި އެންތާވާނީ މީނާވަރުގެ އަޑީގެ މަންޒަރުތައް ބަލަން މޮޅުމީހެއްނެތް ކަމަށް ހެދި ނަޒުކު ގައުމުތަކަށް ވަކާލާތު ކޮށްދޭމީހަކަށް ވެގެން އެންމެފަހުން އެމީހުންނަށް ވެސްލަޑުދީފައި މީނާ މެޑެލް ޖަހަމުން ދާކަމަށް އަދި މިކަމާ މިގައުމުތަކުން މީނާ ދައްކާވާ ހަކަ ދެން ގަބޫލު ނުކުރާނެ ކަމަށް ވެސް ބުނަމުން ދާވާހަކަ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.