މައުހަދީ

  • ޝާއިޢުކުރި ތާރީޚް: 22 06 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 333
  • މޯބައިލް ލިންކު: m.muraasil.com/7736

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މުސްތަޤުބަލުގެ ޔޫރަޕް އިސްލަމީ ދިދައިގެ ދަށުގައި

އިސްލާމީ ތާރީޚުގައި އެބައެއްގެ ފަރާތުން އުންމަތުގެ ހުރިހައި މުކައްވަނާތުތަކަކަށް ވަހުޝީި ޢުދުވާންތައް ދިން ބަޔަކީ ތަތާރުންނެވެ. ތަތާރުން ބަޢުދާދަށް ވަދެ އިސްލާމީ ޢައްބާސީ ޚީލާފަތު ތަޅާއި ފުޑުފުޑުކޮށްލިއެވެ. 40 ދުވަހުގެތެރޭގައި 2 ލައްކައެއްހާ މީހުން ޝަހީދުކޮއްލިއެވެ. ބަޢުދާދުގެ މަގުތަކުގައި ލެއިން އާރު ދެމުނުއިރު ދިޖްލާ ކޯރުގެ ސާފު ފެންގަނޑުގެ ކުލަ ދެލިން ތަޢައްޔަރު ވެގެން ދިޔައެވެ. އިސްލާމީ ދީނީ ޢިލްމުތަކާއި އަދަބިއްޔާތާއި ފައްނުވެރިކަމުގެ ފައްފުއްތަ ކޯރަށް އޮއްސާލެވެމުންނެވެ. ނަމަވެސް އިސާހިތަކު ގަދަ ކީރިތިވަންތަ ﷲ ތަޢާލާގެ ފަޟްލުވަންތަ ވެރިކަމުން ، ތަތާރުންގެ ހަރު ހިލަފަދަ ހިތްތައް އިސްލާމީ ނޫރުން އަލިވެ އޯގާތެރިވިއެވެ. ފުޑުފުޑު ކޮށްލެވުނު އިންފްރާސްޗަކްޗާތައް އަލުން ބިނާކުރަން ފެށިއެވެ. އިސްލާމީ ޙަޟާރަތު ބިނާކުރެއްވިއެވެ.

21 ވަނަ ސައްތައަށް އަލިވިލުނު އިރު މުސްލިމުން ގެ ޙާލަކީ މާޣޫލުން ޢިރާގަށް ވަދެގަތް އިރު އޮތް ޙާލަތެވެ. ތަފާތަކީ މިއަދު ގެ ތަތާރުން ނިކުތީ ހުޅަނގުންކަމެވެ. ވަހުޝީ ޢަމަލުތަކާއި ހައްދު ފަހަނާޅައިފައިވާ ލާއިންސާނި ޢަމަލުތަކުގައި އެއްވެސް ތަފާތެއް ނެތެވެ. އަލްބޭނިޔާ ޗެޗްނިޔާ ސާބިއާ ތުރުކީ ފަލަސްޠީން އަފްޢާނިސްތާން އަދި ޢިރާޤަކީ މިދެންނެވި 21 ވަނަ ޤަރުނުގެ ތަތާރުންގެ ޢުދުވާނީ ޙަމަލާތަކުގެ ދަށުވެފައިވާ ޤައުމުތަކެވެ. ބަރުހަތިޔާރު ބޭނުން ކޮށްގެނެވެ. ނުވަތަ އަތާތުރުކުފަދަ މީހުން ޓްރޭން ކޮށްގެނެވެ.

މިޙާތަނުން އުފެދޭ ސުވާލަކީ މުސްލިމުން ކޮބައި ހެއްޔެވެ. އިސްލާމި ޤައުމުތަކުގެ ވެރިން ކޮބައި ހެއްޔެވެ. ދީނި ޢިލްމުވެރިން ކޮބައި ހެއްޔެއެވެ. ދިފާޢުގައި ކުރީ ކޮންކަމެއް ހެއްޔެވެ. ޙަޤީޤަތަކީ އިސްލާމީ ޤައުމުތަކުގެ ވެރިން ދުނިޔެއަށް ހެއްލި މުދަލާއި ވެރިކަމާއި ޖާހު ބޮޑުކުރުމުގައި ޢާފިލުވެފައިވާކަމެވެ. ނަތީޖާއަކަށްވީ އިސްލާމީ ދައުލަތްތަކުގެ އާރާއި ބާރު ކެޑި ޢާސްކަރީގޮތުން ބަލިކަށިވުމެވެ. މިހެންވެ މިއަދުގެ ތަތާރުުންނާއި ދެކޮޅަށް އުފުލުނު ކަނޑިއެއްނެތެވެ. އަމާޒުކުރެވުނު އުންޑައެއްނެވެ.

ނަމަވެސް ކަނޑިއާއި އުންޑަތަކަށް ވުރެ ވެސް ބާރުގަދަ 'ހަތިޔާރު' އަޅުގަނޑުމެންގެ ލޭފަވެތި ޢިލްމުވެރި އުފުއްލެވިއެވެ. އިސްލާމީ ތައުލީމު ފެތުރުއްވެވިއެވެ. އިސްލާމީ ދާޢީން ބިނާކުރެއްވެވިއެވެ. އިރުމައްޗާއި ހުޅަނގަށް އިސްލާމީ ނޫރު ފެތުރުވެވިއެވެ. ނަތީޖާއަކީ މީސްތަކުން ޖަމާއަތް ޖަމާއަތަށް އިސްލާމް ދީނަށް ވަންނާން ފެށުމެވެ. ނަމުން މުސްލިމުންގެ ގޮތުގައި ތިބި މީހުން ޢަމަލުން މުސްލިމުންނަށްވީއެވެ. ކާފަރުންގެ ދުއްތުރާލާއި ފުރައްސާރައާއި ޖެއްސުމާ އެކުވެސްމެއެވެ. އެބައި މީހުންގެ އަތުގައި ހުރި ހުރިހައި ވަޞިލަތްތަކެއް ބޭނުން ކުރި ހިނދުވެސް މެއެވެ. ތެދެންމެއެވެ. ﷲ ތަޢާލާ ވަޙިކުރައްވަނީ : * إِنَّ الَّذِينَ كَفَرُوا يُنْفِقُونَ أَمْوَالَهُمْ لِيَصُدُّوا عَنْ سَبِيلِ اللَّهِ فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ وَالَّذِينَ كَفَرُوا إِلَى جَهَنَّمَ يُحْشَرُونَ * [الأنفال : 36]. މާނައީ: ހަމަ ކަށަވަރުން ކާފަރުވި މިހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެމުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި ކާފިރުވި މީހުން ނަރަކައަށް ޖަމަޢަކުރައްވާނެތެވެ.

އަދިވެސް ވަޙީކުރެއްވެވި.....[ يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ. (8) هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ ] [ الصف : 8-9 ] މާނައީ: އެއުރެން އެދެނި ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުން ފުމެ ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނު ކަމުގައިވިޔަސް ﷲ، އެކަނލާންގެ ނޫރުފުޅު ފުރިހަމަ ކުރައްވާހުއްޓެވެ. {9} އެކަމލާންގެއީ ތެދުމަގާއި ޙައްޤު ދީނާގެން އެކަނލާންގެ ރަސޫލުން ފޮނުއްވި ރަސްކަނލާންގެއެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެދީން (އިސްލާމްދީން) މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނު ކަމުގައި ވިޔަސްމެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުގެ ތެދުކަމާއެވެ. މިއަދު ހުޅަނގުގައި އިސްލާމް ދީން ފެތުރެމުން ދަނީ ތަޞައްވަރު ކުރަންވެސް ދަތި ހަލުވި މިނެއްގައެވެ. ކްރިސްޓިއަން މިޝަނަރަރީތަކުން ބިލިއަނުން ޑޮލަރު ޚަރަދު ކުރަމުންދާއިރު ވެސް މެއެވެ. ސިޔާސީ އިޤްތިޞާދީ ކުޅިގަނޑުތައް ކުޅޭ އިރުވެސްމެއެވެ. އާޚިރުގައި އެއިން ކޮންމެ ކަމެއްވެސް މަގުފަހި ކޮށްދެނީ އެބައި މީހުންގެ ތެރެއިން އިތުރު ބަޔަކު އިސްލާމް ދީނަސް ވަނުމަށެވެ. ސެޕްޓެމްބަރ 11 ހަމަލާއަށް ފަހު އެމެރިކާގައި އިސްލމް ވާ މިންވަރު 2 ގުނައަށް އިތުރުވުމަކީި މީގެއް އަލިގަދަ ހެއްކެކެވެ.

އިސްލާމް ދީނަކީ އެއްވެސް އަޞްލެއް ނެތް އައިޑިއަލޮޖީ ތަކެއްކަމަށާއި އޭނަ ބުންޏޭ މީނަބުންޏޭ ކިޔާ ދީނެކޭ ކިޔައި އަޑުގަދަ ކުރަނިކޮށް [2008 ގެ އިޤްތިޞާދީ ތަދުމަޑުކަމާއި] ކުރިމަތިވި ހިނދު އިސްލާމީ ބޭންކިންގެ ފުރިހަމަ ކަން އިގިރޭސި ބޮޑުވަޒީރަށް އެގި ލަންޑަނަކީ އިސްލާމީ ބޭންކިންގެ ހަބަކަށް ހަދަން ބޭނުން ވިއެވެ. އިސްލާމީ އިންޝުއެރަންސަކީ އެންމެ ގެއްލުންކުޑަ އިންޝުއަރެެންސް ނިޒާމްކަން ފަރަންސޭސި ރައީސަށްް އެގި ފްރާންސުގައި އިސްލާމިކް ފައިނޭޝަލް ސިސްޓަމެއް ޤާއިމް ކުރަން ބޭނުންވިއެވެ. އެހެންވީމާ އަޅުގަނޑުމެން ﷲ ތަޢާލާގެ އަންނަނިވި ވަޙީގެ ބަސްފުޅު ތަފްސީރު ކުރަނީ ކިހިނަކޫންތޯއެވެ؟ [އަދި ކާފިރުން ނުރުހުނު ކަމުގައިވިޔަސް ﷲ، އެކަނލާންގެ ނޫރުފުޅު ފުރިހަމަ ކުރައްވާހުއްޓެވެ.]

ތެދެންމެއެވެ. އެކަނލާންގެއީ ވަޢުދު ފުޅާ ޚިލާފު ވެވަޑައިގަންނަވާނެ ފަރާތެއް ނޫނެވެ. ވީމާ މުސްލިމުން 12 ވަނަ ޤަރުނުގެ ތަތާރުން ގެ ހިތްތަށް އިސްލާމީ ނޫރުން ފަތަޚަ ކުރި ފަދައިން 21 ވަނަ ޤަރުނުގެ ތަތާރުންގެ ހިތްތަކާއި އިޤްތިޞާދު ﷲ ތަޢާލާގެ އިރާދަފުޅާއެކު ފަތަޙަ ކުރާނެއެވެ.

ނޯޓް: http://www.youtube.com/watch?v=6-3X5hIFXYU&feature=related މި ވީދިއޯ އިން ފެނިގެންދަނީ ވޭތުވެ ދިޔަ 30 އަހަރު ދުވަހު ޔޫރަޕުގައި މުސްލިމުންގެ ޢަދަދު ގިނަވަމުން އައިގޮތާއި 2050 ވަނަ އަހަރާ ހަމައަށް ދާާއިރު ޔޫރަޕުގެ އާބާދީ އަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަށް. މިއީ ތަޞައްވަރު ކުރަން ދަތި ޙަޤީޤަތަކެއް.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-06-22 11:33:47 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

މުސްކުޅި ބަންޑާރައިން :) ތިބާ ބުނިހެން ކޮންމެ ދީނަކަށްވެސް މީސްތަކުން ވަންނާނެއެވެ. އެކަމަކު ބޮޑުކޮށްގެން ދައްކާވަރުގެ ވާހަކަޔަކަށް މިވާހަކަ ވާ ސަބަބެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އިސްލާމް ދީނަށް ވަންނަމުންދާ މީހުންގެ އަދަދު އެހެން ދީންތަކާއި އަޅާބަލާއިރު އިތުރުވެފައި ނުބައްދަލު ވުމެވެ. އަޙާއެވެ! މީސްތަކުން އިސްލާމް ދީނަށްވެސް ވަންނާނޭ ކަމަށާއި އެކަމަކު އެދީނުން ބޭރު ނުވެވޭނޭ ކަމަށް ބުނުމަށްފަހު ދެން ބަޔާންކޮށްފައިވަނީ މުސްލިމުންގެތެރެއިންވެސް އެ ދީން ދޫކޮށް ކިރިސްޓިޔަންދީނަށް ވަންނަމީހުންވެސް އެހާ ގިނަ ކަމުގައެވެ. ތިބާ ކުރިން ބުނި ވާހަކަޔާ މިވާހަކަޔާ އަރައިރުން އެބަ ވެއެވެ. ތިބާ އަސްލު ބުނަން ބޭނުންވަނީ ކީކޭކަން ސާފު ކޮށްދެއްވަފާނުތޯއެވެ؟ އަޙާއެވެ! އިސްލާމްދީނުން ބޭރުވެ މުރުތައްދުވަމުންދާ މީހުން އުޅޭކަމަށް ތިބާ ހާމަކުރި ކުރުމަށް އަޅުގަނޑު އެއްބަސްވަމެވެ. އެކަމަކު މުސްލިމުންގެތެރެއިން ދީނާއި ދުނިޔެ ގުޅުވާލން ދަންނަ އެންމެ މީހަކުވެސް އެދީން ދޫކޮށްފައިވާކަން ތާރީޚުގެތެރެއިން އެނގޭކަށް ނެތެވެ. އެކަމަކު ނަސްރާނިއްޔަ ދީނުގެ އެތައް އެތައް ޢިލްމުވެރިންނާއި ސައިންޓިސްޓުން އިސްލާމްވެފައިވާކަން ތަރީޚުގެ ސަފުހާތަކުން ކުލަރީތިކޮށް ފެންނާން އެބަހުއްޓެވެ.

Posted on 2010-06-22 14:34:29 |
:

މި މުސްކުޅި ބަންޑާރަ މިއީ މަންޒިލަށް ވާސިލް ނުވާނެ ދަތުރެއް ފަށައިގެން އުޅޭ ބަހީލެކެވެ. މީނާ މީނަގެ ނާކާމިޔާބު މަސައްކަތުގައި ހަމަ ހޭބަލިވަނީއެވެ. މީހަކު ހަމަ ކޮންމެ ފަދަ އެއްޗެއް ލިއުނަސް އިސާގެ ފާނޭ ބައިބުލްއޭ މުންޖޭ އެބަ ކިޔައެވެ. އެއްވެސް ހުއްޖަތެއް ދަލީލެއްނެއް ދޮގުތައް ހެދުމުގައި މީނާ ނިދިނަގާލާފައި މިކުރަނީ އަޅެފަހެ ކޮންކަމެއް ހެއްޔެވެ؟ ދީނަކީ ކޮންއެއްޗެއްކަން އެގިފައި ހުރި މީހަކު ނަސާރާދީނަކަށް އަދި ޔަހޫދީ ދީނަކަށް ނުވަންނާނެވެ. ކަލޭގެ ޖެހެނީ ތިން ތެޅި ތެޅި ހުންނާށެވެ. ކަލޭގެ ކުރާ ހުރިހާ ލާދީނީ ކޮމެންޓްތަކެއް ރިޕޯޓްކޮށް ހުރިހާ ލާދީނީ ލިއުން ތަކެއް މުރާސިލުން ނަގާނަމެވެ.

Posted on 2010-06-23 15:17:27 | Report this Comment
ޖާހިލު:

ތިޔަ ދުވަސް އަންނާނީ ދުނިޔެ ގިޔާމަތްވާން ކައިރިވީމަ

Posted on 2010-07-10 11:18:19 | Report this Comment
محمد:

ވަޜަށް ރަގަޅު ލިޔުމެކެވެ. ލިޔުންތެރިޔާ އަށް އަދި ވަރަށް ރަގަޅު ކޮމެންޓްއެއް ކުރައްވާފައިވާ ޙަސަން ޒާހިރު އަށް ޝުކުރު ވެރިވަމެވެ. އަދި ހަމަ މިއާ އެކު އެއްގޮތަކަށް ވެސް ހަދާނުން ކެހިގެން ދިޔަ ދީގެން ނުވާނޭ ހަޤީޤަތެއް ތިޔަ ބޭފުޅުންގެ ސަމާލު ކަމަށް ގެނައުމަށްޓަކައި މި ދަންނަވާ ޕޮއިންޓް ލިޔެލަމެވެ. އެއީ ޔޫރަޕުގެ މީހުން އީމާން ވިޔަސް ނުވަތަ ޔޫރަޕުގެ އެއްވެސް މީހަކު އީމާން ނުވިޔަސް ޙައްޤު ދީނަކީ އިސްލާމް ދީން ކަން އަހަރެމެން އަބަދުވެސް ދަނެ އެކަން ހަދާން ކުރަން ޖެހޭނެއެވެ. އަދި ޔޫރަޕް އެކަންޏެއް ނޫނެވެ؛ މުޅި ދުނިޔެއިން ނުވަތަ މުޅި އިންސާނިއްޔަތުން އެކަކުވެސް އެއްވެސް ޒަމާނެއްގައި އީމާން ނުވިޔަސް ކީރިތި މާތް ޙައްޤު އިލާހު الله سبحانه و تعالىގެ ޙަޟްރަތުގައި ޤަބޫލު ވެވިގެންވާ ހަމައެކަނި ދީނަކީ މާތް އިސްލާމް ދީނެވެ. މިއީ ހުރިހާ ނަބިއްޔުންނާއި ރަސޫލުން ގެންނެވި ދީނެވެ. (އެ ހުރިހާ ބޭފުޅުންގެ ދީނަކީ އެއް ދީނެކެވެ. އެއީ ޙައްޤު ދީން ކަމުގައިވާ އިސްލާމް ދީނެވެ. ތަފާތީ އެބޭބޭފުޅުންގެ ޝަރީޢަތް ތަކެވެ. އަދި ކީރިތި ނަބިއްޔާ محمد رسول الله صلى الله عليه و سلم އަށް ބާވާލެއްވުނު ޝަރީޢަތުން އެހެން ނަބީ ބޭކަލުން ގެ ޝަރީޢަތްތައް ވަނީ ނަސްޚު ކުރެވިފައެވެ.) ވީމާ ހަދާން ކުރަންވީ ޔޫރަޕް މީހުންނާ ދެންވެސް ދުނިޔޭގައި ތިބި އެހެން އެންމެންނާ އަދި އަހަރެމެން ވެސް ކާފަރު ވިޔަސް އެ ކަމުގެ ގެއްލުން ލިބޭނީ ކާފަރުވެ އިސްލާމް ދީނަށް އިންކާރުކޮށް ކީރިތި މާތް الله عزّ و جلّ އަށް އުރެދުނު މީހުންނަށެވެ. އެ ކަމުން ކީރިތި މާތް الله އަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ކީރިތި ޤުރްއާން ގައި އައިސްފައިވާ موسى عليه السلام ގެ ބަސްފުޅު އެއީ ތެދެވެ. و قال موسى إن تكفروا أنتم و من فى الأرض جميعا فإنّ الله لغنىّ حميد (ސޫރަތު އިބްރާހީމް ގެ 8 ވަނަ އާޔަތް)

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.