އަބްދުﷲ ޝަފީގު އަލީ
ތަފާތު ލިއުންތެރިކަމަށް
  • ޝާއިޢުކުރި ތާރީޚް: 23 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 556

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޝާހްރުކްހާނެއް ކަމަކު ދިވެހިރާއްޖޭގައި ޝޯވ ބޭއްވުމަކީ ހަރާމް ކަމެކެވެ.

މިއުޒިކާއި ޝޯވްތައް ބޭއްވުމުގެ ހުކުމް ދާދިފަހުން އަހަރުމެންނަށް ވަނީ ފެނިގެން ގޮސްފައެވެ. ރާއްޖޭގައި ވަކިން ޖަމާއަތް ހަދައިގެން ދީނީ ހުކުމްތައް ބުނެދެމުންދާ ހުރިހާ ޖަމާއަތްތައްވެސް މިކަމާ އެއްގަލަކަށް އަރައި، އޭކޮންގެ ކޮންސެޓު ވަނީ ހަރާމްކޮށްފައެވެ. އަދި އެ އިވެންޓު ބާއްވައިފިނަމަ ތަފާތު ކަންތައްތައް ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މިފަހަރު މިއުޅެނީ ޝާހްރުކް ހާނެވެ. ދެ ދީނަށް އަޅުކަން ކުރާ، ދެ ކަލާންގެ ގެންގުޅޭ ކަމަށް ބުނާ ޝާހްރުކްހާނުގެ ޝޯވްއެއް މާލޭގައި ބާއްވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިފަހަރު ދިވެހިންގެ ދީނީ އަގީދާއާއި އިސްލާމްދީނުގެ ފުރިހަމަ ހުކުމްތަކަށް ތަބާވާ މިންވަރު ވަރަށް ރަނގަޅަށް ފެނިގެން ދާނެއެވެ. އެއީ އިންޑިޔާއާއި ޕާކިސްތާނު މީހުން ކުރަމުންދާ ކަންތައްތަކަކީ ބައެއް ދިވެހިން ލޯމަރާލައިގެން ތިބެ ހައްދެއް ނެތި ތާއިދު ކުރަމުންދާ ކަންތައްތަކެވެ. ހާއްސަކޮށް އިންޑިޔާގެ މުނިފޫހުފިލުވުމުގެ ދާއިރާއަށް ވަދެ ގެއްލި ހުސްވެފައިވާވަރާއި އިންޑިޔާ މީހުންދެކެ އެވާ ލޯބިން މިފަހަރު ހަރާމް-ހަލާލުގެ ތިލަފަތް ބަރުވާނީ ކޮންކޮޅަކަން އެނގޭނެއެވެ. ހަމަގައިމުވެސް މިއުޒިކާއި، ޝޯވް ތަކާއި ދެޖިންސު މަސްހުނިވެގެން 'ކުޅިސަމާ' ދައްކާލުމުގެ ހުކުމަކަށް ބަދަލެއް އައި ކަމަކަށް އެއްވެސް ދީނީ ޖަމާއަތަކުން ހުކުމެއް ނުނެރެއެވެ.

އިސްލާމާއި ދިވެހި ކިޔެވުން، ސާނަވީ މަރުހަލާގައި އިހުތިޔާރީ މާއްދާއަކަށް ހެދުމުން ކޮންމެ ރެއަކުހެން އެޑިޔުކޭޝަން މިނިސްޓަރުގެ ކައިރީގައި ދަންފަޅި ބަހައިގެން މިހާރުވެސް މުޒާހަރާ ކުރަމުންދެއެވެ. މިހާރު ދިމާވެގެން މިއުޅެނީ ދިވެހި – އިސްލާމް ކިޔަވަމުންދާ ކުދިންނަށް ޝޯވް ބާއްވައިދޭން ބަޔަކު އަންނަ މައްސަލައެވެ. އަދި އެއަށް ވުރެ ބޮޑު މައްސަލައަކަށް ވެގެން މިއުޅެނީ ލަންކާގައި ބާއްވާ ބޮލީވުޑް ފިލްމުފެސްޓިވަލަށް އަންނަ ތަރިންނާއި އެމީހުންގެ ރައްޓެހިންގެ ގައި މޮޑެދީ، މަސާޖުކޮށްދީ، ނޭފަތުން އިސްތަށި އުފުރުމުގެ މަސައްކަތްވެސް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައި ވުމެވެ. އަދި މިކަމަށް ހޮވާނީ ދިވެހިންކަމާއި، މި ހިލޭ ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގައި އަތް އުނގުޅަށް ތިބޭނީ ދިވެހިން ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.

މިއޮތީ ކަމަކާ ޖެހިފައެވެ. ހަރާމް ކަމުގެ މައްޗަށް ހަރާމެވެ. ގުއަންޓަނާމޯބޭއިން އަންނަނީ ކުށެއް ސާބިތުވެފަ ނެތް މުސްލިމުންނެވެ. އެމީހުން ގައުމަށް އެރިޔަ ނުދޭން މަޖްލީހައި ހަސަން ސައީދު ހުރީ ފޫގަޅާފައެވެ. ކަރަންޓު އަގަށް ބަދަލުއައި ފަހުންވެސް މިއޮތީ މުޒާހަރާ ފެށިފައެވެ. ނައިބްރައީސް ވެރިކަމަށް އެރުމަށް އެމްޑީޕީ ރުޅިއެރުވުންނޫން ކަމެއް ނުކުރެއެވެ. މުޒާހަރާއެވެ. ދިވެހި-އިސްލާމް މަންހަޖަށް ގެނައި ބަދަލުން އެޑިޔުކޭޝަން މިނިސްޓަރަށް ނިދޭވަރެއްނޫނެވެ.

ދެން މިއޮތީ ހަގީގަތުގައި މުޒާހަރާ ކުރަން ޖެހޭ ދީނީ މައްސަލައެވެ. ޝާހްރުކްހާން އައިސް ހަމައެކަނި ލަވައެއް ކިޔަނީއެއްވެސްނޫނެވެ. ބޮޑު ގާފިލާއަކާއެކީ އައިސް ނަށާ މަޖާކޮށް، 2 ގަޑިއިރުވަންދެން 'މަންޖޯޅި ޖެހިފަ' ދާއިރު ހަމަ ބަލަހައްޓައިގެން ތިބެންވީހެއްޔެވެ. ދިވެހި އަންހެންކުދިން ތަކެއް، ބެންކޮކް ކުލީ އަންހެނުން ގެންދާހެން ބޮލީވުޑް މީހުންގެ ގައި މޮޑެން، އުކުޅުވަޅުގަ ތެޔޮދަމަން ފޮނުވަންވީހެއްޔެވެ. ހިތްވަރެއް ހުރިއްޔާ މިކަމާ ދެކޮޅަށް ތެދުވެ ބަލާށެވެ. މިފަހަރު އަޑުގަދައީ އިސްލާމްދީނުގެ ތޯ ނުވަތަ ބައްލޭ ބައްލޭގެ އަޑުތޯ އެނގޭނެއެވެ. އާއްމުކޮށް ދީނީ މައްސަލަތަކަށް ސަމާލުކަން ނުދޭ ގައުމީ ޕާޓީއާއި، ނައިބު ވަހީދު ޕާޓީ ބޮޑީ މަސާޖުގެ އަވާގައި ޖެހި އެންމެން ނިދި ދަނޑިއަރާފައި ތިބި މަންޒަރު އަހަރެންގެ ލޮލަށް މިހާރުވެސް ފެންނަ ކަހަލައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-23 23:52:02 | Report this Comment
ސަމާ:

އެކޯނު މެން އައިސް ހަޑި އިނގިރޭސި ލަވައިން އަވަގުރާނަ ގޮވަނީ ހިންދިލަވަ އެކަހަލަ ކަމެއްނުހުންނާނެ އެހެންވީމާ ހަރާމެއްނުވާނެ. ސާހުރުކު ދެކެ ޖެލަސްވީ ތަ ސަފީގުއަލީ
އެކްސް: ވަކިބަހަކުން ކިޔާލަވަދޯ ހަރާމީ؟ ރާއްޖޭގައުޅޭ އަލްގައިދާ މީހުންނަށް ހަލާލު އެއްކަމެއްވެސް ނޯވޭ. އަނެއްކާ އެބޮޑު ޖަންގައްޔެއްހެން ހުންނަ ތުނބުޅިނުލާކަމައްވައްޏާ މުސްލިމަކަށްވެސް ނުވޭ.
ޑަބްލިއު: އެކްސް ހަމަހޭ އަރާބަލަ، މިހާރުވެސް ދޮގުދޯތިހަދަނީ ، އަލަގައިދާ މީހުންވެސް ހުރިހާކަމެއް ޙަރާމްނުކުރާކަން އަހަންނަށްވެސް އިނގޭ. އެކްސްގެ ސިފަކުރުންވެސް މުޅިންގޯސް ޖަންގަލި ތުނބުޅި ނުކިޔާ ، އެކިމީހުންނަށް ދެއްވިގެން ވަނީ އެކި ސިފަ މީހަކު ތުނބުޅި ލީމަ ހަޑިވެދާނެ އެކަމަކު އެހެން މީހަކު ތުބުޅި ލީމަ މާރީތިވެސް ވެދާނެ

Posted on 2010-05-24 03:49:40 | Report this Comment
އެކްސް:

އަންހެންކުދިން ނުކުމެ މިފަހަރު ތުނބުޅިތައް ބާލާނެ މިކަމާ އިދިކޮޅަށް ނުކުމެއްޖެއްޔާ. ޝާހުކުރުޙާން އަކީ އެމީހުން އެހާ ލޯބިވާ މީހެއް.
ޑަބްލިއު: އެކްސް ވަރަށް ލޯބިވޭ ދޯ ތުބުޅިދެކެ، އަންހެންކުދިން ނުކުމެ ތުބުޅި ބޭލީމާ އެކްސް ދިމާކުރާކަށް ތުބުޅިލީ މީހަކު މިރާއްޖޭގައި ނުހުންނާނެ ވީމާ ތުބުޅިލީ މީހުންލައްވާ މިޝޯ މަނާ ކުރަމާ ހިނގާ

Posted on 2010-05-24 10:51:53 | Report this Comment
ޚަދީ:

ޝަފީޤްގެ ވާހަކައިގެ މައިގަނޑު ރަނގަޅެވެ، ދެރަވީ މީގައި ސިޔާސީ ކުލަވަރުވެސް ޖައްސާފައިވާތީއެވެ. އަދި ކިޔަން އުނދަގޫވި ބަހުރުވަ މީގައި އެކުލެވުނީތީއެވެ. މި ވާހަކަ އިސްލާމް ދީނުގެ ޙުކުމްތަކާ ގުޅުވާ އަދި މިޔަށްވުރެ ރަނގަޅަށް، މިޔަށްވުރެ ރީތިކޮށް ކިޔުންތެރިންނާހަމައަށް ގެނެވިދާނެކަމަށް ފެނެއެވެ. މިހެން މި ދެންނެވީ ޝަފީޤްގެ ލިޔުންތައް ކިޔާ މީހެއްގެ ހައިސިއްޔަތުންނެވެ. ތެދެކެވެ. ޝާހްރުޚް ޚާނެއްކަމަކު ހަމަ ޙަރާމް ކަމެއް ވާނީ ޙަރާމް ކަމަކަށެވެ.

Posted on 2010-05-24 20:45:35 | Report this Comment
އިހްސާސް:

ހިންދީ ލަވައިގަ ގިނަވާނީ ބަގުވާނުގެ ވާހަކަ ސީދާ ޝިރުކު ކުރުން ކަލޭނެން އަބަދު ތިޔަބަލާ ޑްރާމައިގަ އެނޫން ކަމެއް އޮވޭބާ

Posted on 2010-05-25 02:17:25 | Report this Comment
މިސްރާބު.:

ސަމާގެ ކޮމެންޓުތަށް ރަނގަޅެވެ. އެހެންނަމަވެސް މިފަހަރުގެ ސަމާގެ ވިސްނުން ގޯހެވެ. ފަހަރެއްގައި ސަމާއަށް މިކަން ނޭނގިފައި އޮވެދާނެއެވެ. ދަންނާށެވެ. ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް މިއުޒިކާއި ލަވަޔަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެފަދަ ޝޯތަކަށް ދިޔުންވެސް ހިމެނެނީ މިކެޓަގަރީގައެވެ. އެމްވީ އިސްލާމް ކިޔުއޭ.ކޮމްގައި މިއުޒިކް ސާޗު ކޮށްލާށެވެ.
ނެޓް: ނެޓްގަ ހުންނަ ކަލޭމެންގެ ފޭކްކަން ދައްކާ ލިއުންތައް ކަމަކު ނުދޭ. އެކަމަކު ކަލޭމެންގެ މީހަކު ކޮންމެ ފަދަ ދެކޮޅުނުޖެހޭ އެއްޗަށް ލިޔެފަ ނެޓަށް ލިޔަސް ނެޓްވަރެއްނެތް. މިވެސް އަޖާއިބެއް.

Posted on 2010-05-25 02:19:54 | Report this Comment
މިސްރާބު:

އޭ އެކްސް އެވެ. ތިބާ އިސްލާޙް ވާނީ ކޮންއިރަކުންހެއްޔެވެ. މަރުގެ ތުންފަތްމަތީގައި ވުމުންހެއްޔެވެ.
އެކްސް: ކިހިނެތް އިސްލާހްވާ ވާހަކައެއް؟
މިސްރާބު: އެހެން މުސްލިމް އަޚުންނާއި ޢުޚްތުންނަށް މަލާމަތްކުރުމުންނާއި ފުރައްސާރަ ކުރުމުންނާއި އިސްލާމްދީނުގެ މާތްވެގެންވާ ޝިޢާރުތަކަށާއި މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމްގެ މަތިވެރި ގޮތްކޮޅުތަކަށް އުޅެން މަސައްކަތްކުރާ ޢަޚުންނާއި އުޚްތުންނަށް ފުރައްސާރަކޮށް ޖޯކުޖެހުން. މިކަންތައްތަކުންނެވެ. އެހެނީ މިކަންތައްތަކަކީ މާތްﷲ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ.

Posted on 2010-05-25 19:44:15 | Report this Comment
ލީން:

އާ ދޯ........... ޝާހްރުކްހާނެއް ކަމަކު ޝޯވ އެއް ނުބޭއްވޭނެ. އެކަކަށް ނުބޭން ވެންޔަ އަނެ ކަކަށް ވެސް ބޭއްވިގެން ނުވާނެ.. ހަމަހަމަ ވާން ވާނެ..

Posted on 2010-05-27 03:52:53 | Report this Comment
ސަރަގް:

ބަލަ އެކުސް! ކަލެއަށް ދުވާލަކު އެތސް ނަޞޭޙަތެއް ދެވޭ، ކަލޭ ޢިސްލާހު ވާން ވަރަށް ގާތްވެއްޖެ އަދި ބޮޑު ތުބުޅިއެއްލާފަ ހުންނަ ތަން ވަރަށް އަވަހަށް ދެކެން ބޭނުން.އެކުސް ދެކެ ލޯބިވާ ސަރަގްފަނި
އެކްސް: ތިއީވެސް ވެދާނެކަމެއްދޯ!
އަހންމަ: އެކަސްގެ ހިތްﷲ ވަނީ އޭނާގެ ހިތް ބަންދުކޮށްފައެވެ. އޭނާއަށް ކިތަންމެވަރަކަށް ނަސޭހަތް ދިނަސް ޤަބޫލެއް ނުކުރާނެ. އަބޫ ޖަހުލުވެސް ޤަބޫލު ނުކުރި ފަދައިން

Posted on 2010-05-27 17:48:10 | Report this Comment
ހަބޫ:

ބުނަން ރަގަޅު ވާހަކަ އެއް.ހަރާމޭ ހަރާމޭ ކިޔާފަ މިއޮތީ އައުރަ ނިވާނުވާވަރުގެ ފޮޓޯ އެއްލަިފް\

Posted on 2010-05-27 18:04:39 | Report this Comment
ޑޮޓް..:

އަޅޭ ހިއްވަރު ހުރިއްޔާ ބާއްވަބަލަ ...ދެންވާގޮތްވެސް ބަލާތީ.....

Posted on 2010-05-28 13:03:27 | Report this Comment
އަލް އަހް:

އިސްލާމް ދީނަށް ހުތުރު އަރުވަން އުޅޭބަޔެއްތީ؟ ތުނބުޅި ފައިކުރިޔަށް ހަމަޔަށް ދިގު ކުރިޔަސް ފުރިހަމަ މުސްލިމަކަށް ނުވާނެ. ކަލޭމެން ވަނީ ޖިހާދު އޮޅުވާލާފައި، ކަލޭމެން ނުރުހޭ ވާހަކަޔެއް ބުންޔަސް އެމޭހަކު މަރާލަންވީ،ނުވަތަ ބޮންގޮއްވާލައިގެން އެމީހަކާ އެމީހަކުގެ ވަށައިގެން އުޅޭބަޔަކު ދުއްވާލަންވީ.ކޮންމެ ކަމެއްވެސް ހައްދުން ނައްޓާވަރަށް ދުއްވާލާނެ.ބަލަ އިސްލާމް ދީނަކީ ސްލްހައިގެ ދީން. ހަމަ ބަޔަކު ކަމެއްކުރަން އުޅޭއިރިކަށް ނުޖެހޭ ކަލޭމެން ކޮށްޕިގަންނާކަށް، ހަރާމް /ހަލާލް އެންމެނަށް ވެސް އެނގޭ، ކަލޭމެންގެ ސަބަބުން ދީނަށް ވަނީ ގެއްލުން. މިލިޔުމުގެ ބޭނުމަކީ މީހުން ބިރުގެންނެވުމާއި އިންޒާރުދިނުން، ނުވަތަ މިލިޔުމުގެ އަވައިގައި ބަޔަކު ޖައްސައި އަތުންފައިން ގޯސް ހެދުވުން.
މިސްރާބު: އިސްލާމް ދީނަށް ހުތުރު އަރުވަން އުޅޭ ބަޔަކީ ޔަހޫދިންނާއި ނަޞާރާއިންގެ އަވާގައި ޖެހިފައިތިބި އެބައިމީހުން ބުނިހާކަމެއްކޮށް އެބައިމީހުންގެ އުޞޫލުތަށް ކޮޕީކޮށް އެބައިމީހުން ތޮރުފިތާކަށް ތޮރުފިގަނެ އެބައިމީހުން ވަންނަހާތަނަކަށް ވަދެ އަދި އެބައިމީހުންނާއި އެއްގޮތްވެގަނެގެން އުޅޭ މީހުންނެވެ.

Posted on 2010-05-28 16:06:38 | Report this Comment
މަރީ:

ތިޝޯބޭއްވިގެން ނުވާނެ. މިގައުމުގައި ހުރި ފައިސާ ގައުމުން ބޭރަށްދާކަށް މަށެއް ނުރުހެން.

Posted on 2010-05-28 16:42:49 | Report this Comment
އަހުމަދު:

އާނ އަވަހަށް މުޒާހަރާ އަކަށް ގޮވާލަން ކޮބާ ސަލަފުންނާއި އެހެން ދީނީޖަމާއަތް ތައް؟ މަޑުންތިބީ ކީއްވެ...ތިޝޯ ބޭއްވިއަދީގެން ނުވާނެ

Posted on 2010-05-29 09:31:15 | Report this Comment
އެކުވެރިޔާ:

އޯކަންވެސް ފެއިލް... ބޮނީ އެމް ވެސް ފެއިލް.. ދެން އޮތީ ޝާޙު ރުކްޙާން ފެއިލް ވުން.. ޙައްޤު ދީނަކީ އިސްލާމްދީން..އަދިވެސް ދިވެހިންގެ ތެރެއިން މިކަހަލަ ލާދީނީ ކަންތައްތައް ފޭލް ވަމުންދާ ސަބަބާ މެދު ނުވިސްނޭތަ. އިސްލާމް ދީނަށް ނަސްރު ދެއްވަނީ މާތް ﷲ ... އަޅުގަނޑުގެ ދިވެހި ލޮބުވެތި އަޙުންނާއި އުޙްތުންނޭ...ވިސްނާ ފިކުރު ކުރާ ބަޔަކަށް މެނުވީ އިބްރަތެއް ހާސިލެއްނުވާނެ.

Posted on 2010-06-01 02:51:01 | Report this Comment
ފާތުން:

ހަރާމް ކަމެއް ނޫން. ދޮގެއް މަ ބޭނުން ސާހު ބަލަންވެސް
ޢެންޓި: ފާތުން ސާބިތު ކޮއްދީބަލަ ހަރާމް ކަމެއް ނޫނޮ ކަން... ރަސޫލާ (ސ) އަށް އެހެން އެއްވެސް އެއްޗަކައް ލޯބި ނުކުރާ ވަރަށް ލޯބި ނުކުރެވެނީ ނަމަ އީމާން ކަން ފުރިހަމަ ވެސް ނުވާނެ...އެކަމް ކަލޭމެން ނަށް އަސްލުވާ ގޮތަކީ ހިތުން މާ ވެފަ އުޅެ ވެނީ...މާ ސާހް ވެފަ..މި ދެން މާ މޮޅުމީ ހެއްތަ

Posted on 2010-06-03 14:01:37 | Report this Comment
ފިސާރި:

ޒާކިރު ނައިކް ވިދާޅުވިފަދައިން މި ރާއްޖޭގަވެސް މުނާފިގުން އުޅޭތީ މައްސަލައަކީ ، އަހަރެން ނުބުނާނަން އެކްސް އަކީ ..... ކޭ.. އެކަމް ދީނަށް މަލާމާތް ކުރާނީ ސައްކެތް ނެތްގޮތުގައި މުނާފިގުން..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.