އަބްދުﷲ ޝަފީގު އަލީ
ތަފާތު ލިއުންތެރިކަމަށް
  • ޝާއިޢުކުރި ތާރީޚް: 19 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 484

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަދާލަތު ޕާޓީގެ އިލްޒާމް: މަތީތައުލީމު ހާސިލްކުރާ ދިވެހިން ތިބޭނީ ދީނުން ބޭރުވެފަ...

ގްރޭޑް 11، 12 ނުވަތަ އޯލެވެލް އަކީ މަތީ ތައުލީމުގެ ފެށުމެވެ. އެއީ ޔުނިވަރސިޓީ އެންޓްރީ ލެވެލް އެވެ. ބައެއް ގައުމުތަކުގައި ޕްރީ-ޔުނިވަރސިޓީ ލެވެލް އެވެ. އެ ލެވެލް ނިމުމުން ޑިގްރީއަށް ކިޔަވަން ފަށަނީ ތިމާ ހާއްސަވާ، ކިޔަވަން ބޭނުންވާ ދާއިރާއެވެ.

ރާއްޖޭގައި މިހާރު ސިޔާސީ ކަމަކަށް، ދީނީ ކަމަކަށް ހަދައިގެން މިއުޅެނީ މިޔުނިވަރސިޓީ އެންޓްރީ ލެވެލްގެ ސިލަބަހާމެދުގައެވެ. 10 އަހަރުވަންދެން އިސްލާމާއި ދިވެހިބަސް ކިޔެވުމަށްފަހު އޭލެވެލް ގައި އިސްލާމާއި ދިވެހި އިހްތިޔާރީ މާއްދާއަކަށް ހެދުމުން އެ ދެއަހަރުގައި ކިޔަވާކުދިން، ދީން ގެއްލި ދިވެހިބަސް ދޫކޮށްލާ ވާހަކައެވެ. ދީނީ ގޮތުން މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މިވަރުގެ ބައެއް އަހަރުމެން ޒުވާނުންގެ ހަޔާތުގައި ފެންނާނެކަމަށް ޔަގީނެއްނޫނެވެ. މިހެން މިބުނަނީ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނަށް ގުޅާފައި މިބުނަނީ ކިޔަވާކުދިންނަށް ދިވެހި އިސްލާމް އިހްތިޔާރީ މާއްދާއަކަށް ހެދި ވާހަކައެވެ. ގަސްތުގައި ވަކި ކުލާހެއް އުމުރުފުރައެއް ސާފުކޮށްނުދީއެވެ.

އަހަރެންގެ ސުވާލަކީ މަތީތައުލީމް ހަދާކުދިން ދިވެހި އިސްލާމް ނުކިޔަވަނީ ހަމައެކަނި ތި ދެއަހަރު އެކަންޏެއްނޫނެވެ. އޭލެވެލްގައި އިހްތިޔާރީ މާއްދާއަކަށް ފުރުސަތު އެބަލިބޭނުން ހެއްޔެވެ. ޑިގްރީއާއި މާސްޓަ ޑިގްރީ އަދި ޕީއެޗްޑީ ނިމޭ ދަރިވަރުން 7 ވަރަކަށް އަހަރު އެ ކިޔަވަނީ ތިބުނާ ދެމާއްދާ އާ ނުލައެވެ. އެތައް ސަތޭކަ ދިވެހިން މިހާރުވެސް ޑިގްރީއިން ފެށިގެން މަތީތައުލީމް ހާސިލްކުރަމުން ރާއްޖެއިން ބޭރުގައި އުޅޭއިރު، އަދި މާލޭގައި ސަރުކާރުގެ ކޮލެޖާއި އަމިއްލަ ކޮލެޖްތަކުގައ ކިޔަވަނީ ތި ދެ މާއްދާ އާ ނުލައެވެ. އެހެނޭކިޔާފައި ދީން ގެއްލިގެން، ދިވެހިބަހުން ވާހަކަ ދައްކަން ނޭންގިގެނެއްނޫޅެއެވެ.

ދީން ގެއްލެނީ، ދީނީ ގޮތުން ބައިބައިވެގެން މިއުޅެނީ އިސްލާމްދީން، ދީނީ ތައުލީމު ދިވެހިންނަށް ނުލިބިގެންނޫނެވެ. ހައެއްކަ ޖަމާއަތް ހަދައިގެން ދީނުގެ ނަމުގައި ދުވާލަކު ފަތުވާއެއް ދެމުންދާ ތި ކަހަލަ ބައިގަނޑުތަކުގެ ސަބަބުންނެވެ. ޔޫތު މިނިސްޓްރީއިން ސްޓޭޑިއަމް ނުދޭނަމޭ ބުންޏޭ ކިޔައިގެން ދޮގުވާހަކަ ފަތުރާ ދިވެހިންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް ފޫގަޅައިގެން ތިބި ތިކަހަލަ ދެފެންދޭތެރޭ އިމާމުންގެ ސަބަބުންނެވެ. މާތްﷲ ދޮގުހެދުމާއި ފިތުނަފަސާދައުފެދޭ ފަދަ ކަންތައްކުރުން ނަހީކުރެއްވިއޭ ކިޔައިގެން ހުތުބާ ލިޔާމީހުންގެ އަމަލުތައް ތިގޮތަށް ފެނުނީމާ ހުކުރަށްގޮސް ނިދާ މީހުން މަދެއްނުވާނެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-19 16:59:46 | Report this Comment
ދޮންވެލި:

ދޮގުހައްދަވާ ވާހަކަ ދައްކަވާއިރު، އަބްދުﷲ ޝަފީގު އަށްވެސް ތިއޮތީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އިލްޒާމު އެޅުވިފައެވެ. ސަބަބަކީ މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިން ތިބެނީ ދީނުން ބޭރުވެފައެކޭ އަދާލަތުން މިހާތަނަށް ބުނެފައެއް ނުވެއެވެ... ދެން ފިތުނަ ފަސާދައިގެ ވާހަކަ ދައްކަވާއިރު، މިފަދަ ދޮގުތަކާއި އޮޅުވާލުންތައް ލިޔުމުން، ހަމަ އަބްދުﷲ ޝަފީގައްވެސް ތި އެޅުއްވުނީ ފިތުނަ ފަސާދައިގެ އިތުރު ބޮޅެއް ކަން ޔަޤީނެވެ... ޔަޤީނުންވެސް 11 12 ގައި ދިވެހި އިސްލާމު އިހްތިޔާރީ މާއްދާއަކަށް ހެދުމަކީ އިސްލާމު ދީނަށާއި ދިވެހި ބަހަށް ކުދިންގެ ހިތުގައި އޮންނަ އަހަންމިއްޔަތު ކުޑަވެގެން ދާނެކަމެކެވެ. އަދި ދީނާއި ޒަގާފަތް ގެއްލުމަށް ހުޅުވޭ އިތުރު ދޮރެކެވެ....ޑިގްރީއާއި ޕީއެޗްޑީގައި ދިވެހި އިސްލާމު ނުކުޔަވައޭ ވީމާ، 11 12 ގައި އެ ދެމާއްދާ އިހްތިޔާރީ މާއްދާއަކަށް ހެދުމުން މައްސަލައަކަށް ނުވާނެކަމަށް ތިޔަ ވިދާޅުވާ ވިދާޅުވުމަކި ވަރަށްވެސް ދެކޮޅު ނުޖެހޭ ވިދާޅުވުމެކެވެ. މިއަދު ތިގޮތަށް ލިޔުނުފަދައިން މާދަމާ، 11 12 ގައިވެސް ދިވެހި އިސްލާމު އޮންނަނީ އިހްތިޔާރީ މާއްދާތަކެއްގެ ގޮތުގައޭ ވީމާ، ދަށުގްރޭޑް ތަކުގައިވެސް އެމާއްދާތައް އިހްތިޔާރީ މާއްދާއަކަށް ހެދުމުން މައްސަލައަކީ ކޮބައިތޯ ކިޔައި ލިޔުން އެކަށީގެން ވެއެވެ...ކޮންމެއަކަސް އަބްދުﷲ ޝަފީގް ފަދަ ކިޔަވައިގެން ހުންނެވި ބޭފުޅެއްގެ މިފަދަ ލިޔުމަކުން ފާހަގަވާކަމަކީ، ތިމާގެ ހިތުގައި ބަޔަކާއިމެދު އުފެދިފައިވާ ޙަސަދަވެރި ކަމެވެ. ދީނާއި ޤައުމަށް ހުރި ލޯތްބެއް ނޫނެވެ.
ކަޅުފަސް : ދޮންވެއްޔަކީ ކިޔަވައިގެން ހުއްޓަސް ރޯނު އެދުރެއްކަން އޭނާގެ ލިއުންތަކުން ދައްކާ. އޭނައަކީ ދީނުގެ ކަންތައް އޮޅުވާލުމުގެ އެދުރެއް. އެކަމަކު ހުރިހާ ދީނެއް ދަންނަ ފޮތުގެ އަހުލުވެރިޔެކޯ. ދެން ކީކޭ ބުނާނީ/

Posted on 2010-05-19 17:01:57 | Report this Comment
ސީނު:

އަބްދުﷲ ޝަފީގު ޢަލީގެ ލޯތިހުރީ ކޮންދިމާލަކަށް އަނބުރާގެންތަ؟ ތިހެން ބުނާއިރު 11.12ނިމޭ ބައެއް ކުދިންނަކަށް ނަމާދުގެ ރަކުޢަތްތަކުގެ އަދަދެއް ހިނައި ޠާހރުވާކަށް ނޭނގެއެވެ. ޒިންމާ ނަގާނީ ކޮންބައެއްތަ؟ ދަރިވަރުންނަށް މިދެމާއްދާ ސާފުގޮތުގައި ރަނގަޅުގޮތެއްގައި ކިޔަވައި ނުދެވިގެންނޭ މިގައުމުގައި ސެކިއުލަ ވިސްނުމުގެ ކުދިންނާއި ބޭފުޅުން ގިނަވެގެންދަނީ. މިކަމާ ކަންބޮޑެއް ނުވޭތަ. އަދި ރާއްޖޭގެ ބައެއް ކުދިންނާއި ބޭފުޅުން އިސްލާމްދީން ގަބޫލުނުކުރާ ދަރަޖައަށް ކަންތައްތަށްވަނީ ގޮސްފައެވެ. ބޭރުން ތައުލީމް ޙާސިލުކުރާ ގިނަކުދިން އެނބުރި ރާއްޖެ އަންނައިރު އެކުދިން ތިބެނީ މުޅިން ބަދަލުވެފައި އިސްލާމީ ރިވެތި އުސޫލުތަކެއް ދަސްވެފައެއް ނެތެވެ. ރީއްޗަށް ދިވެހިން ވާހަކަ ދައްކާކަށް ނޭނގެއެވެ. މުޅިން ޔޫރަޕްވެފައި. މިކަމާނެދުވެސް ކަންބޮޑެއް ނުވޭހެއްޔެވެ. ތިމާމެންގެ ދަރިންނަށް މިފަދަ ގޮތްތަކަށް އުޅެން ތިމާމެން ރުހޭނެހެއްޔެވެ؟
މަލަކާ: ބަޢެއް ކުދިންނޭނުތިބުނީ. ކިތަންމެ ވަރަކަށް ކިއެވިއަސް ނޭގޭބަޔަކަށް ނޭގޭނެ. ކިހާބޮޑުކަމެއް
އެކްސް: އިސްލާމްދީނާ ދިވެހިން ދުރުވާންފެށިތާ އަދި މާކަ ގިނަ ދުވަހެއް ނުވޭ. އެއީ އެއްގޮތަކަށްވެސް މަންހަޖަކާ ގުޅުމެއްހުރި ކަމެއް ނޫން. ބޮޑުތުނބުޅިލާފަ ތިބި ތާލިބާލުން މިތަނަށް ނާތަހުޒީބު ގޮތްތަކެއް ފަތުރަން މަސައްކަތްކުރާތީ.
މަލާ: އާ މަލަކާ ބޭނުންނުވޭވިއްޔަ ކިޔަވާކަށް ތިހެން ރަނޑާލި ވައްތަރަކަށް އުޅުނީމައި މަލަކާއަށް އެނިމުނީ ހުރިހާކަމެއް.

Posted on 2010-05-19 17:02:09 | Report this Comment
ދުސްތޫރަ:

ޝަފީގު އަލީ ވެސް ވަކި މީހަކަށް ދޭން ބޭނުންވާ މެސެޖެއް ނަމަ އެންމެ ރަނގަޅުވާނީ އެމީހާ ގާތުގައި ވަކިން ބުނިއްޔާ. މިތާގަ ލިޔުނަކަސް އެސޮރަކަށް މިއެއް ނުފެންނާނެ
މީހާ: ޝަފީގު ކަލޭ ހަމަ ބެސްޓް. މިތިބަ ޖާހިލު މުއްލާއިން ސައިޒަށް ތިރިކުރަން ލަސްވެސް ވެއްޖެ
އެމީހާ: ސަފީގު އަލީ އަކަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. މިކަހަލަ ތާކުންތާކު ނުޖެހޭ ލިޔުންތައް ލިޔުން ފިޔަވާ. މުއްލާއިންނަކާ ނުކުޅެވޭނެ.

Posted on 2010-05-19 20:21:05 | Report this Comment
ދޮންކަލޯ :

ކަލޯ ހިތްވަރުކޮއްލާ މިގައުމުގައި ކަލޭގެ ބޮލުގެ ކޮންމެ އިސްތައްޓަކަށް މިހާރު ތުނބުޅިއެއް ހުންނާނެ ދެންލަލާ
ކަލޯ: ކަލޯމެން ވަރަށް ފަޚުރުވެރިވޭތަ ވައްހާބީން މިތާ ގިނަވެ ލޭ އޮހޮރާ މީހުން ކަތިލާ އަންހެނުން އަޅުވެތި ކުރަން އުޅޭތީ. ދުނިޔެމަތީގައި ތިބި އެނެމް ނުލަފާ މީހުން ރާއްޖެއަށް އަރާ ރާއްޖެއަށް ގަދަކުރުމަކީ އަހަރުމެން ފަޚުރުވެރިވެ އުފާ ކުރާނެ ކަމެއް ނޫން. އެއީ ވަރަށް ކަންބޮޑުވާން ޖެހޭނެ ކަމެއް. ތިޔަ މީހުންނާ ކުރިމަތި ނުލާ އަހަރުމެން ތިބެނީ ގައިގައި ބާރުނެތިފައި ވަޅި ކަތިވަޅި ނެތީމައެއް ނޫން. އަހަރުމެން މީ ކަލޭންކަހަލަ ނުބައި ނުލަފާ ޖައްބާރު ބައެއް ނޫންވީމަ
ކަޅުކަލޯ: އަހަރަމެން ވަރަށް އުފާވޭ. މާތް ނަބިއްޔާގެ ސުންނަތަށް އުޅޭ މީހުން މިތާގަ ގިނަވާތީ. އެއީ މިދުނިޔެ މަތީގައި ތިބި އެންމެ މާތް އެންމެ އޯގާތެރި މީހުންނަކީ. އަންހެނުންނަށް އެންމެ އޯގާތެރި ބަޔަކީވެސް އެއީ. ކަލޯމެންކަހަލަ ފިނޑި އަންހެންދުޅާ ބަޔަކަށް ފުރިހަމަ މުސްލިމުންނަކާ ކުރިމައްޗެއް ނުލެވޭނެއެވެ.
ކަސްކަލޯ: ތިޔަ ބުނަނީ މާތް ނަބިއްޔާއަކީ ޖާހިލު ، ނުބައި ނުލަފާ ދައްޖާލެއް ކަހަލަ ބޭކަލެކޭތަ؟

Posted on 2010-05-19 20:36:30 | Report this Comment
ބޮޑޭ:

އަހަންނަށް 100% ޔަގީން މި އުޅޭ މީހުނަށް 11،12 ގައި އިސްލާމް މާއްދާގައި ކިޔަވައިދެނީ ކޯއްޗެއްކަންވެސް ނޭގޭނެ، އަހަރެންވެސް 11،12 ކިޔެވިން، އޭ އެއް ވެސް ލިބުނު، ވީ އެއްވެސް ފައިދާ އެއް އެކަމް ނެތް ކޮންމެ ކަމެއްވެސް މިޖެހެނީ ސިޔާސީ ކަމަކަށް ހަދަން

Posted on 2010-05-20 00:16:28 | Report this Comment
ސްޓޫޑަންޓް:

ކަލޭމެން ވެއްޖެއެއްނު ތިޔަ ދީނެއް ފެންފޮދަކާލައިގެން ނަމަވެސް ދިރުވާލައިގެން ތިބެން. މިހާރު ތިޔަ ދީނަކާ ހެދި އަހަރުމެންނަށް ބަލާ އާފާތަކަށް ވެއްޖެ.
ދަރިވަރު: ބަލަގަ. މިހާރު ތިހުރި ވިސްނުން ގޮސްހުރި ހިސާބު. އާފާތަކަށްވަނީ ދީނަށް ރަނގަޅަށް ނޫޅެވިގެންނެވެ. ދީނަށް ފުރިހަމައަށް އުޅޭނަމަ ޢާފާތަކަށް ނުވާނެއެވެ.

Posted on 2010-05-20 01:58:39 | Report this Comment
ޒީރޯ:

ދިވެހި އިސްލާމް ކިޔަވައިދޭ މާލޭގެ ސްކޫލުތަކުން ކުދިން އޮބިނޯވެގެން، ހަކުރުބޮއިގެން މަރާމާރީ ހިންގަން ފެށުމުން ބޭރަށް ފޮނުވީމަ ކިތައް ކުދިންތޯ އިސްލާހުވީ، ވެރިކަމަށް އަންނަން މަރުފަލިޖެހިޔަސް ތިދެން ބޮޑުވަރު

Posted on 2010-05-20 02:52:24 | Report this Comment
އެކްސް:

މިގައުމަށް މިއޮތްހާދުވަހުން އައި ތަރައްގީއާއި ހޭލުންތެރިކަން ދެންދާނީ ފަހަތަށް ތި މުއްލާއިންނާހެދި. ބޯގަޅާނުލާ ކަމެއް ނޯވޭ. ސަރުކާރުން ރައްޔިތުންްގެ ފައިދާއަށް ކުރާ ކަންތައްތަކާ ބެހެނީ. ރާއްޖޭގައި ކުރާ ޓޫރިޒަމް ވިޔަފާރި ހަލާކުކޮށްލަން މަސައްކަތްކުރަނީ. މަގުމަތީގަ އުޅޭ މީހުން އުޅޭ ގޮތާއި ބެހެނީ. މީހުންނަށް މަރުގެ އިންޒާރުދެނީ. ބޮން ގޮއްވަނީ. ތަންތަނަށް ޕެޓްރޯލް ބޮން އެއްލަނީ. ތިމީހުން މިގައުމުން ފައްސާލަން ހުރިހާ އެންމެން ނުކުންނަންވީ. އިސްލާމިކް މިނިސްޓްރީވެސް އުވާލަންވީ. އަދާލަތު ސައިޒަށް ތިރިކުރަންވީ. ތި އާލާތުންއުޅޭ ގައުމުތަށް އުޅޭ ހާލާއި ފަގީރުކަމާއި ނިކަމެތިކަން ބަލާބަލަ. އަފްގާނިސްތާން، ސޯމާލިޔާ، އުތުރު ޕާކިސްތާން. ދީނަކާ ހެދި ސަލާމަތްނުވެގެން. ދުނިޔޭގަ މިނޫނީ ދީނަށް އުޅޭބައެއް ނެތް. އަސްލު ވާގޮތަކީ މިމީހުންނަކީ ދީން ވިއްކައިގެން ކައިގެން އުޅޭ ބައެއް. ބޮޑު ތުނބުޅިއެއްލާފަ ސިންގާއެއް ހެން މޫނު ހުންނަނީ. އަހަރެމެން ހިތަކަށްނާރާ އިސްތައްޓެކޭވެސް.
ވައި: އެކްސްއަކީ ފައްކާ ދެފުށްކެހެރިއެކެވެ. އެއްބައިފަހަރު އިސްލާހަށް ވާހަކަދައްކާނެ އަނެއްބައިފަހަރަށް އޭގެ އިދިކޮޅަށް. މިގައުމަށް ތަރައްގީ ހާސިލުނުވަނީ އެކްސްމެންގެ ސަބަބުންނެވެ.
އެކްސް: އެކްސް އަބަރުވެސް ވާހަކަދައްކަނީ އިސްލާހަށް. ދުވަހަކުވެސް ހަރުކަށިކަން ދައްކައިގެން ދީނަށް މީހުން އަހުލުވެރިކުރުމަކަށް ވާހަކަ ދައްކާފައެއް ނޯންނާނެ. އަދި މިގައުމުގަ މިތިބަ ހަރުކަށި މުއްލާއިންނާއި، އަލްގައިދާ މީހުންނާއިހެދި މުޖުތަމައަށްވާ އުނދަގުލާއިހެދި ވާހަކަ ދައްކަންޖެހެނީ.
ޒެޑް: އެކްސް ގެ މުނު މަތި ހުންނަނީ ރަނޑު އަންހެނެއްގެ މޫނުމަތިހެން. އަންހެން ދުޅާވިޔަސް ތީ ބޮޑުވަރު.
.......: އެކްސް ތީކާކުކަން އެނގެން ބޭނުން...ބޮލާކަނދުރާވަކިނުވެ ސަލާމަތްކުރަން ބޭނުމިއްޔާ ތައުބާވޭ...ތިޖަހަނީސުންނަތަށް ޖޯކް..ތީ އީމާން ވުމަށްފަހު ކާފަރުވާކަމެއް..
އެކްސް: ކަލެއަކަށް ހުވަފެނުންވެސް ފެންނާނެ ކަމެއްނޫން ކަލެއަށް މަގޭ ބޮލާކަނދުރާވަކިކުރެވޭތަން. ކަލޭމެންނަށް ބިރުދެއްކޭނީ ވަކި ބަޔަކަށް. މިއާލާތުން މުޅިދުނިޔެއިން ފޮހެލަންވެއްޖެ. ބޮޑު ބަލާއެއް. ރައްޔިތުންނުކުމެ ތިއާލާތްގަޑު ބޭރުނުކަރަނީސް އަފްގާނިސްތާނަށް ދާންއުޅޭ ތިބައިގަނޑު.
ޑަބްލިޔޫ: އަލްގައިދާ މުއްލާއިން އެއުޅެނީ ގޮތް ހުސްވެގެން. ސަރުކާރަކުން ނުކުރޭ ސަޕޯޓެއް. ދުނިޔޭގެ އެއްވެސް ގައުމަކުން ނުބަލާ ކުއްތާއަކަށް ބަލާ ލޮލުންވެސް. ދެން އަދިވެސް އެއުޅެނީ އެހެން މީހުންގެ މައްޗަށް ބިރުދައްކާ ވަލުތެރޭގައި އޮންނަ ސިންގާއެއްހެން. މިހާރަކު ނުލިބޭނެ ބޮންހަދާ ސާމާންތަކެއްވެސް. ސަރުކާރުން އެބަ މަސައްކަތް ކުރޭ މިމީހުންނާ ޕާކިސްތާނާ އަފްގާނިސްތާނާ ގުޅުން ކަނޑުވާލުމަށް. އޭރުން އޮންނާނެ 100 ހޫރަލްއީނުންގެ މޫނުގަ ތުނބުޅިގަނޑު ހޭކިފަ

Posted on 2010-05-20 06:22:31 | Report this Comment
މީމު:

އަމިއްލަ ޤައުމިއްޔަތާބެހޭ މުޤައްރަރެއް މަޖްބޫރީ މާއްދާއެއް ގެ ގޮތުގައި ކިޔެވުމަށް ޔުނިވަރސިޓީގެ ފަރސްޓް ޑިގްރީ ލެވެލް ގައި ކަނޑައެޅިފައި އޮތުމަކީ ދުނިޔޭގެ ވަރށް ގިނަ އަދި ތަފާތު ޤައުމު ތަކުން ފެންނަ ޙަޤީޤަތެކެވެ. މިސާލަކަށް މެލޭޝިޔާގެ ސަރުކާރުގެ ޔުނިވަރސިޓީއެއްގައި ކިޔަވާ މެލޭޝިޔާ ގެ ދަރިވަރުންނާއި އަދި ބޭރު ދަރިވަރުން ވެސް މެލޭ ބަސް ބަހާސާ ގެ ކޯހެއް ފުރިހަމަ ކުރަން ޖެހެއެވެ. ވީމާ ޔުނިވަރސިޓީ ފެންވަރުގައި މި ނފަދަ =އިން މިކަން އޮންނަ އިރު އޭ ލެވެލް ފެންވަރުގައި މިކަން މި ގޮތަށް އޮތުން މާ މުހިންމެވެ.

Posted on 2010-05-20 06:50:48 | Report this Comment
ފައްތެ:

ސުރުހީގައި އެވަނީ އިލްޒާމެއްނޫނެއްނުންތޯ، ހަމަ ހަގީގަތެއްނުންތޯއެއީ، ބައްލަވާރަގަޅަށް ހުޅަގުން ނުވަތަ އަވަށްޓެރި ބައެއް ގައުމުތަކުން މަތީތައުލީމު ހާސިލްކޮށްގެން އައިސް ތިބޭ މީހުން ދައްކާ ވާހަކަ،ފަހަރެއްގަ ޝަފީގުއާ ދިމާނުވަނީ ކަންނޭގެ، ހަމަގައިމުވެސް އަހަރެން މިމަސައްކަތް ކުރާ ދާއިރާއިން ގިނައިން ދިމާވަނީ އެފަދަ މީހުނާ، މިމީހުނަށް އިސްލާމްދީން ރަގަޅަށްނޭގޭތާ، ދީނަށްފުރައްސާރަވެސް ކުރނީ އިގޭތޯ، މިމީހުން އެއްކިބާގައި އޮއްވާ އަދުގެ ޒުވާންޖީލަށްބައްލަވާ ގައުމުގައި ތައުލީމު ހާސިލް ކުރަމުންދާ ޒުވާނުންގެ އަގީދާވެސް މިވަނީ ތައުލީމީ މަންހަޖުގެ ސަބަބުން ފާސިދުވެފަ، އެހެންނަމަވެސް މިފެންނަނީ މަންހަޖު އިސްލާހު ކުރަނީއޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ދިވެހިން ދީނާދުރުކުރުވަން އުޅޭމަންޒަރު، ހިތައްއަރާ މިބައިމީހުންނަށް ހަމަނޭގެނީބާއޭ، ބަލަގަ އަހރެމެންގެ ލޮލަށްފެޔޭ ހަކުރުބޮއެގެން ސަލާމަތް ނުވެވިގެން އުޅޭ ޒުވާނުން ސަލާމަތް ވާން އެކިއެކި ގޮތްގޮތަށް މަސައްކަތް ކޮށްވެސް ސަލާމަތް ނުވެގެން އިސްލާމް ދީނުގެ ހުކުމްތަކަށް ފުރިހަމަޔަށްބޯލަބައިގެން ސަލާމަތްވެފަހުރި މަންޒަރު އެކަހަލަ ކިތަށް މީހުންތޯ ބުނާނީ މިނޫންގޮތެއްނެތޭ ސަލާމަތް ވުމަށް،ޝަފީގުގެ ސުރުހީގައި އެވަނީއިލްޒާމެއްނޫން އެއީ ހަމަ ހަގީގަތް،،

Posted on 2010-05-20 11:03:30 | Report this Comment
ވިސްނާފަ:

ޝަފީގު އަލީ ވެސް ފުރަގަސް ފަރާ ފެންނަ ގޮތަށް ފޮޓޯ ލައިގެންހުރެ ރައިއަތުންނަށް އޮޅޭގޮތަށް ތިކަހަލަ ލިޔުންތަށް ނުލިޔުމަށް އެދެން

Posted on 2010-05-20 12:05:27 | Report this Comment
މަޑޭ:

ކާރެއް ގަނެގެން ފޮނިދައްކަން އަލީ ޝަފީގު ައުޅުން ހަދާންވޭތާ؟ އެއީ އިސްލާމް ދީނުގެ މިންވަރެއް ނެތުމުން އުޅޭނެ ގޮތަކީ. ލިބޭމިންވަރަށް ޝުކުރު ނުކޮށް ދަރައިގެން އުޅުން.

Posted on 2010-05-20 13:52:51 | Report this Comment
ދަރިވަރެއް:

އަބްދުﷲ ޝަފީޤް އަކަށް މިހާރު ޜާއްޖޭގެ ހާލަތު ނުފެނޭ ހެއްޔެވެ؟ އަހަތެން ހީކުރީ ތީ ވ.ވިސްނޭ މީހެއް ކަމަށް. އެކަމަކު މިހާރު އެނގިއްޖެ ތިމީހާގެ ޙަޤީގަތްވެސް. ރާއްޖެ މިހާ ދަށު ދަރަޖައަކަށް ވެއްޓި ގެން މިއުޅެނީވެސް ދީނާ ދުރުވުމުގެ ސަބަބުން. ދިވެހި ކިޔަވާ ކުދިން ދީނާ ދުރުކުރުމުގެސަބަބުން.

Posted on 2010-05-20 14:35:16 | Report this Comment
ބިންލާދީން:

ލިޔުންތެރިޔާގ ލިޔުމަށްތާއިދުކުރާހާލު އޭނާއަށް ޝުކުރުވެރިވަން. ލިޔުންތެރިޔާ ލިޔެފައިވަނީ ހަގީގަތް. ސުންނަތަށޭކިޔައިގެނ މިއުޅޭބައިގަނޑު މިއުޅެނީ އިސްލާމްދީންދެކެ ލޯބިަވާތީއެއްނޫން. އަމިއްލަ ެއދުމުގައި. އެމީހުންގެ ހަރުކަށިކަމަކީ މިޒަމާނުގައި ގަބޫލުކުރެވޭނެކަންތަކެއްނޫން.

Posted on 2010-05-20 17:04:34 | Report this Comment
މޫސަ:

މަޖުބޫރުވެސް ކުރެވިދާނެ އެކަމު ކިޔެވިއްޔާތާ! ބަލަ އިސްލާމާއި ދިވެހި ކިޔަވާނެ ތިޔަހާ ބައިވަު ކުދިން ތިބިއްޔާ އަދި އެދަރިންނަށް އެމާއްދާތައް ތިޔަހާބާރުން ކިޔަވާދޭން އުޅެންޏާ ދެރަވާނެ ކަމެއް ނެތް. ކިޔަވަން ބޭނުންވާ އެއްޗެއް ކިޔެވުން ހުއްޓޭނެ ގޮތެއް ހިއެއް ނުވޭ އޮތް ހެނެއެއް. ގަންނަ މީހުން ތިބިއްޔާ ބާޒާރު އަބަދުވެސް އޮންނާނީ މުދަލުން ފުރާލާފަ.

Posted on 2010-05-20 17:52:54 | Report this Comment
ނާނީ:

އެކުސް. ތި ހިރީ ދެން ﷲތައާލާ ދެއްވި އަތުން ވަރަށް މޮޅު ކޮމެންޓެއެ ލިޔެވިފާ. ތިކަހަލަ ލިޔުންތައް ލިޔާމީހުން ގައުމުތަކުގައި ގިނަވުން އެއީ ޤައުމުތަކުގެ ފަސާދާ.ﷲ އެކުސް އަށް ތިކޮމެންޓުތައްލިޔުމުގެ ޖަޒާ ދެއްވާށި! އާމީން
ވައި: ނާނި ކުރާ ހުރިހާ ބަދު ދުއާއެއް އިޖާބަ ކުރައްވާނަމަކަ ރާއްޖެއަކު އަލްގައިދާ އެއް ނޫނިއްޔަކާ ނޫޅޭނެ.ހައްތާވެސް ތިބޭނީ ބޮޑު ތުނބުޅިއާއި ކަޅު ނިންޖާތައް.

Posted on 2010-05-20 18:20:54 | Report this Comment
މޮހޮރާ:

އަހަރެންވެސް ތިބުނާ އޭލެވެލް ހެދިން. އެންމެ މަތީ ދަރަޖަ އިން ފާސް ވެސް ވި. އިސްލާމް

Posted on 2010-05-20 22:47:58 | Report this Comment
ޢިމާދު:

ސަލާމް. އަޅުގަނޑު އަދި ދުވަހަކުވެސް ނުދެކެން ބޭރަށް ކިޔަވަން ދިއުމަށް ފަހު ކުދިން ރާއްޖެ އަންނަ އިރު، ދީނީ ރޮނގަކުން މަތީ ތަޢުލީމު ޙާޞިލު ކުރަން ދިޔަ ކުއްޖަކު މެނުވީ ދީން މަތީގައި ހުރި ތަނެއް. މި ބުނި އެއްޗެއް ފަހަރެއްގައި ނޭނގި ހިނގައިދާނެ. އަބްދުﷲ ޝަފީޤް ޢަލީ ތިބުނާ 7 އަހަރު 8 އަހަރު ބޭރު ޤައުމުތަކުގައި އހެން ދީންތަކުގެ ކުދިންނާއެކު މައްސުނިވެ އުޅުމަށްފަހު އަންނަ ކުދިން 5 ވަގުތު ނަމާދު ކުރޭތޯއެވެ؟ އެކުދިންނަށް ޤުރުއާން ކިޔަވަން އެނގޭތޯއެވެ؟ އެކުދިންނަށް ދީނުގެ ޙުކުމްތައް އެނގޭތޯއެވެ؟ އިސްލާމަކަށް ވީތީ ކުރަންޖެހޭ ކަންތަކާއި ނުކުރަންޖެހޭ ކަންތައް އެކުދިންނަށް އެނގޭތޯއެވެ؟ އެކުދިން އިސްލާމަކު ވައްތަރު ޖަހާތޯއެވެ؟ މިއާ ޚިލާފަށް ދީނީ ރޮނގަކުން މަތީ ތަޢުލީމު ޙާޞިލު ކުރަން ދާކުދިން ނުލާހިކު ރަނގަޅެވެ. މި ބުނި އެއްޗެއް އަދިވެސް އޮޅުވާނުލާށެވެ. އެކުދިން ބޭރަށް ކިޔަވަން ގޮއްސަ އަންނަ އިރު އެހާ ބޮޑު ބަދަލެއް އެ އަންނަނީ އެ ކުދިންނަށް ދެވިފައިވާ ތަރުބިއްޔަތެއްގެ ނުކިއްސަރު ކަމުންނެވެ. އެކުދިންގެ އަޤީދާ ވަރުގަދަ ނުވީމައެވެ. އެކުދިން އިސްލާމެއްގެ ނަމުގައި ހުރެ އޭގެ މާނަ ނޭނގުނީމައެވެ. "މިކޮމެންޓް ޝާޢިއު ކުރާނެ ކަމަށް އުއްމީދު ކުރަން"
މުއްލާ: ދީންމަތީ ހުރެވުނު ކަމަށްވަނީ ދެކޮޅުގަ ހުރިހާ އިސްތަށްޓެއް ދިގުކޮށް ފަޓްލޫން ކަކުލުހުޅާ ހަމައިން ބުރިކޮށްފަ ހުރީމަތަ؟

Posted on 2010-05-21 11:48:05 | Report this Comment
މުޞްލިޙު މުޙައްމަދު އިސްމާޢީލް:

އޭހް ޢަބްދު ﷲ ޝަފީޤް ކަލޭ މޮޔަވެގެންތަ ތިޔަ އުޅެނީ.. ތިޔަހާ ބޮޑެތި ދޮގު ހަދައިގެން ވާހަކަ ދައްކަނީ އާޚިރަތެއް އޮތްކަންވެސް ކަލޭ ހަނދާ ނެތުނީތަ.. ތިޔަހެން ފާޑު ފާޑަށް ދޮގު ޚަބަރު ފަތުރައި އުޅެންޏާ ކަލެޔަށް ކަލޭ މަޤާމު އަންގާލަން ޖެހިދާނެ.. ކަލޭ އިސްލާމްދީނުގެ އަސްލު ތަކުގެ ޙިޔާލީ ވާހަކަތަކުގައި ބޭން ގޮތަކަށް ލިޔަމުން ތިޔަ ގެންދަނީ ކޯއްޗެއް އެނގިގެން..

Posted on 2010-05-24 21:09:08 | Report this Comment
ހެޔޮވިސްނުން:

މިފަދަ ލިޔުންތަކާ ކޮމެންޓްތަ ކިޔާލީމާ ހިތައްއަރާ ހަމަ ފައްކާ ރޯނުއެދުރުންނޭ މިދިވެހިފަސްގަޑުގަ އުޅެނީ ސިނުޑީގެ ތެއްކަމެއް ހުރި ދީނަށް ލޯބިކުރާ މަދުބައެއް އުޅެނީ. ފަހުޒަމާނުގެ އަލާމާތްތަ ކުރިޔަ އޮތްތާގަވެސް ނުބައިވާނީ އީސާގެފާނު އަލުން ދުނިޔެ ވަޑައިގެން ދުނިޔެ އާރާސްތު ނުކުރަނީސް ދެން ރަގަޅުވުމެ ނެތް..
ރޯނު: އީސަގެފާނު ވަޑައިގަންނަވާނެކަމަކަށް ތި އުޅޭ ދަންނަ މީހުނެއް ގަބޫލެއް ނުކުރޭ. އެހެންވެތާ އެކަލޭގެފާނުގެ ނަންފުޅު ގަތަސް ޖައްބާރު ބާރީމެންގެ ފުރަގަހަށް ބާރު ބޮޑުވަނީ.

Posted on 2010-07-17 12:41:20 | Report this Comment
އީނު:

ހުރިހަލާކެއއްގެ ބޮޑުކަމާ..ހައްދަވާ ބޮޑުކުރެއްވި އިލާހު..މިހުރިހާ އެންމެންނަށް ތެދުމަގާއި ހިދާޔަތް ދައްކަވާށި..އާމިން،،

Posted on 2010-07-17 22:00:52 | Report this Comment
އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ:

އިސްލާމާއި ދިވެހި އިޚްތިޔާރީ ދެމަޢްދާއަކަށް ހެދުމުން ދީނާ ގާތް ނޫން ކުދިން އެ ދެމާއްދާ ނުނަގާނެ. ނަތީޖާ އަކަށް ވަނީ އެދެ ގްރޭޑްގައި ކިޔަވާދޭ އިލްމުން މަޙްރޫމުވުން. ވުމާއެކު ހައްތާ ދީނާ ދުރަށް އެކުދިން ދިޔުން. މަޖްބޫރު މައްދާ އަކަށް ހެދުމުން ދީނާ ދުރު ކުދިންނަށް ވެސް ދީނުގެ ގިނަ މަޢުލޫމާތު ލިބި ދީނަށް ލޯބި ޖެހުމާ ގާތީ. އެކަމަކު 100 ޕަސެންޓް ދީނަށް ލޯބި ކުރާ ކުދިންނަށް ހެދުމަކީ ނުވާނެ ކަމެއް. ވުމާ އެކު އިސްލާމީ ސަރުކާރެއްގެ ޛިއްމާ އަކަށް ވާންވާނީ ވިހާވެސް ގިނަ ކުދިނަކީ ދީންދެކެ ލޯބިކުރާ ބަޔަކަށް ހެދޭތޯ މަސައްކަތް ކުރުން. ވުމާއެކު ފައިދާ ބޮޑު ކޮޅަކަށް ތިފަދަ ނިންމުންތައް ނިންމަންވާނީ. ވުމާއެކު އަޅުގަނޑަށް ފެންނަނީ އިސްލާމާއި ދިވެހި ކިތައްމެ އާދައި ފެންވަރެއްގައި އަދި ކިޔަވާ ދެވުނަސް އެދެމާއްދާ އިޚްތިޔާރީ ދެ މާއްދާއަށް ނުހެދުން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.