އަބްދުﷲ ޝަފީގު އަލީ
ތަފާތު ލިއުންތެރިކަމަށް
  • ޝާއިޢުކުރި ތާރީޚް: 12 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 657

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިންޑިއަން ކްލަބް - ސަމާލުވޭ.....

އަހަރުމެން ދިވެހިންނަށް އަބަދުވެސް ބިރު ހީވެއެވެ. މީސްކޮޅު މަދު އަހަރުމެން ފަދަ ނިކަމެތި ބައެއްގެ މައްޗަށް ކޮންމެވެސް ބަޔަކު އަތްގަދަ ކޮށްފާނެކަމުގެ ބިރެވެ. މިޒަމާނަކީ ހަނގުރާމަކޮށްގެން ތަންތަން އަޅުވެތިކުރާ ޒަމާނެއްނޫނެވެ. މީހުންގެ ސިކުނޑިތަކާއި ވިސްނުން އަޅުވެތިކޮށް އެބައެއްގެ ސަގާފަތުގެ ތެރެއަށް ވެއްދޭތޯ ބަލަމުންދާ ދުވަސްވަރެވެ. އަހަރުމެންނަށް ހީވަނީއެވެ. އަހަރުމެން ބިރުގަންނަނީ ހުޅަނގުގެ ކޮންމެވެސް ގައުމެއްގެ ސަގާފީ އަޅުވެތިކަމަކަށް ނުވަތަ ނުފޫޒުގެ ދަށަށް ހިގައިދާނެތީއެވެ. އަހަރުމެން ނުވިސްނަނީ ކިއްވެހެއްޔެވެ. އިންޑިޔާ އާއި ލަންކާގެ ނުފޫޒު އަހަރުމެންގެ މައްޗަށް އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް އިންޑިޔާއެވެ.

އިންޑިޔާ ކްލަބްގެ ހަގީގަތަށް ބަލާލާށެވެ. ދުނިޔޭގެ ކިތަށް ގައުމުގައި އެމީހުން ކްލަބް ހަދައިގެން 'ބޭކާރު' މަސައްކަތްތައް ކުރަމުން ދެއެވެ. ބޭކާރު މަސައްކަތެކޭ މިބުނަނީ ގިނަ ގައުމުތަކުން މިބައިމީހުންގެ ހަގީގަތް އެނގުމުން އެ ހަރަކާތްތައް ހުއްޓުވާފައިވާތީއެވެ. ހާއްސަކޮށް އޮސްޓްރޭލިޔާ، ސިންގަޕޯރ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި މި ކުޅިވަރު ގަދަވެގެން ގޮސް އެގައުމުތަކުގެ ރައްޔިތުންގެ ބަޔަކު ނިކުމެ، މިބައިމީހުން ވަނީ ފަހާލާފައެވެ. ބައެއް ގައުމުތަކުގައި އިންޑިޔާ އާބާދީބޮޑުވެ، ގައުމަށް ހަމަ ނުޖެހުމެއް ގެނެސްދާނެކަމުގެ ބިރަށް، އިންޑިޔާ ސަގާފީ ޖަމުއިއްޔާ ތައް ހިންގުމަށް ހުއްދަ ދީފައިވެއެވެ. އެއީ މެލޭޝިޔާ، ޑުބާއި ކަހަލަ ގައުމުތަކުގައެވެ.

މެލޭޝިޔާގައިވެސް، އެތަނުގެ އަމިއްލަ ރައްވެހިން ކަމަށްވާ މަލާޔާ މީހުންނާއި، އެތަނުގެ ތަރައްގީގެ ފަހަތުގައި ގަދައަޅައި މަސައްކަތްކުރި ޗައިނީޒް ދަރިކޮޅުގެ މީހުންނަށް ނުހޮރުއްޕާނަކަށް ވެގެން އުޅެނީ ބައިމަދު އިންޑިޔާ މީހުންގެ ސަބަބުންނެވެ. އިންޑިޔާ މީހުންގެ 3 ސިޔާސީ ޕާޓީއެއް މެލޭޝިޔާގައި ހަރަކާތްތެރިވުމަށް ހުއްދަ ދީފައިވާއިރު އޭގެ އިތުރުން ގައިރުގާނޫނީ އަމަލުތައް ކުރުމަށް ހައްދު ފަހަނައަޅާފައިވާ ، ހިންދީ ވަތަނީ ޕާޓީއެއް ކަމަށްވާ 'ހިންދުރާފް' ގެ މީހުންދަނީ އެމީހުންގެ ސަގާފަތަށް ޓަކައި، އެކަން ފެތުރުމަށްޓަކައި ބޮޑެތި ހަމަނުޖެހުން ހިންގަމުންނެވެ. މިޖަމާއަތް މިހާރުވަނީ މެލޭޝިޔާގައި މަނާކޮށްފައެވެ. މިއިން ކޮންމެ ބައެއްވެސް ގުޅެނީ އިންޑިޔާ ކުލަބާއެވެ. ރާއްޖޭގައި، ދިވެހިންނަށް ހެޔޮއެދޭ ބައެއްކަމަށް ދެކިގެން، ހަރަކާތްތައް ހިންގަމުންދާ އިންޑިޔާ ކުލަބެވެ.

މި ކުލަބުގެ ފަރާތުން ފުރަތަމަވެސް ރާއްޖޭގައި ހިންގީ ޑޮކްޓަރީ އެކި ބަލިބައްޔަށް ހިލޭ ޗެކަޕް ހެދުމުގެ މަސައްކަތެވެ. މިކަމަކީ މިބައިމީހުންނަށް ވަރަށް ފަސޭހަކަމެކެވެ. އެއީ އިންޑިޔާ ޑަކްޓަރުންގެ ގިނަ ބަޔަކު ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާތީއެވެ. މިކަމުގެ މަގްސަދަކީ 'ހެޔޮ ފޯރުވުމުގެ ނިޔަތުގައި އަހަރުމެންގެ ދިރިއުޅުމަށް އަތްފޯރުވުމެވެ.' އަތްގަދަ ކުރުމެވެ. ހިތްތައް ފަތަހަކުރުމެވެ. ދެވަނަ ކަމަކަށް ފަށައިގެން އުޅެނީ އިންޑިޔާ ބަސް ދަސްކޮށްދިނުމުގެ 'ހިލޭ' މަސައްކަތެވެ. މިޕްރޮގްރާމްގައި ދިވެހި ބަސްވެސް ކިޔަވައިދެނީ މިކަމުގައި ޒަމާނުއްސުރެ ގެންގުޅޭ ޕްރޮޕެގެންޑާގެ ދަށުންނެވެ. ހިންދީ ބަހަކީ މިހާރުވެސް ބައެއް ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ބަހެކެވެ. އޭގެ އިތުރުން މިހާރު ކިޔަވައިދޭން ގަސްތުކޮށްގެން އުޅެނީ މަލިޔާޅަމް ފަދަ އިންޑިޔާގެ އެންމެ ނުހޮރުއްޕާންބޮޑު ވަތަނީ މީހުންގެ ބަހެވެ. މިބަސްތަކަކީ ހަމައެކަނި އަކުރުތަކެއްނޫނެވެ. މިބަސްތަކާއެކު ސަގާފީ އެތައް ކަމެއް، ދީނީ އެތައްކަމެއް ދަސްކޮށްދެއެވެ. ބުދުދީނުގެ 'އޭ ބަގުވާނޭ' ދެބަސް ދޭތެރެއިން ބުނާނެގޮތާއި، ކައިވެންޏާއި ޖިންސީ އެދުން ފުއްދުމުގައި ބޭނުންކުރާ ބަސްތަކާއި އުކުޅުތަކަކީ ކިޔަވާހިތުން ކިޔަވާނެ ބާބެއްކަން މިމީހުންނަށް އެނގެއެވެ. އަމިއްލަ ގައުމުގައި ލިޔަންކިޔަން ނުދަންނަ އާބާދި އެހާ ބޮޑުވެގެން އުޅޭއިރު އަހަރުމެން ފަދަ ތައުލީމާ، ތަންދޮރު އެނގޭ ދިވެހިންނަށް ހައްދުފަހަނައަޅާފައިވާ ތަމަޅައިންގެ ބަސް ދަސްކޮށްދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެގައުމެއްގެ މިނިވަންކަމުގެ ބާނީ އަމިއްލަ އަތުން މަރާލިބައެއް މީނޫނީ ނޫޅޭނެއެވެ. ތަރައްގީ ބަފައެއް ގޮތުގައި ބަލަމުން އައި ބޮޑުވަޒީރުން މަރާ ހުސްކުރި ބައެއް މިނޫނީ ނޫޅޭނެއެވެ. މިފަދަ ވަލުޖަނަވާރު އުސޫލުތައް ހިފައިގެން ރާއްޖޭގައި މިކުރާ ކަންތައްތަކަށް ފާރަވެރިވާށެވެ. ހަމައެކަނި ބަސްކިޔަވައިދެނީއެއްވެސްނޫނެވެ. މިބައިމީހުންގެ ދުވަސްތައްވެސް މިހާރު ރާއްޖޭގައި ފާހަގަކުރަމުންދެއެވެ.

އިންޑިޔާ ކްލަބަށް ސަމާލުވާށެވެ. އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވާށެވެ. ވިސްނާށެވެ. މިހާރުވެސް އިންޑިޔާގެ ނުފޫޒު އޮތް މިންވަރަށް ވިސްނާށެވެ. އެމީހުންގެ ނުތާހިރު ދިރިއުޅުމުން ދަސްވެފައި ހުރި ކަންތައްތަކަށް ބަލާށެވެ. އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްވާން ޖެހެނީ ތަރައްގީ އާއި އިންސާނީ ތަރައްގީގެ ދުޝްމަނުންނަކީ ޚުދު އެމީހުންގެ ސަގާފަތްކަމަށްވާތީއެވެ. މިހާރުވެސް ބުދު ދީން ގަބޫލުކޮށްގެން އުޅޭ ދިވެހިން އުޅޭތީއެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ. އަހަރެންގެ ލިއުންތަކަށް ބުދުދީނުގެ ދިވެހި ރައްޔިތަކު އަބަދުވެސް ކޮމެންޓުކުރެއެވެ. އެ ކޮމެންޓްތައް ޖަހަން ނުކެރެނީއެއްނޫނެވެ. އެފަދަ ކުފުރު ބަސްތަކެއް އެހެން ބަޔަކަށް ދައްކަން ބޭނުންނުވަނީއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-12 21:29:28 | Report this Comment
މަގޭ ޤައުމު:

މިގައުމުގައި އޮތް އެހެން ޤައުމުތަކުގައި ނޯންނަ އަމިއްލަ ސަޤާފަތެއް ނިކަން ދައްކަބަލާށެވެ.

Posted on 2010-04-13 14:34:33 | Report this Comment
މީމުތާ:

އެއްމެ ފުރަތަމަ މިޚަބަރު ކިޔާލުމުން އަޅުގަނޑަށް ތިޔަކަން ވިސްނިއްޖެ! ސަބަބަކީ ތިޔައީ ނަޞާރާއިން މަސައްކަތްކުރާގޮތް. ދެރަކަމަކީ އަޅުގަނޑުމެންގެ ގިނަ މުސްލިމުންނަށް މިކަން ނުވިސްނޭތީ!

Posted on 2010-04-18 13:33:53 | Report this Comment
އިބްރާހީމް:

މިލިޔުން ކިޔާލުމުން ބޮޑުތަކުރުފާނު މަތިން ހަނދާންވެއެވެ. އަބަދުވެސް މިކަމާގުޅޭ މަޢްލޫމާތު ، ލިޔުންތެރިޔާ، އަޅުގަނޑުމެންނަށް ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރަމެވެ. ލިޔުންތެރިޔާ އަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

Posted on 2010-05-20 14:31:24 |
ދޯ؟:

ދުނިތެއަށް ވަރަށް ލޯ ނުހުޅުވޭ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް ފެނޭ... އިންޑިއާ މީހުނާ ނުލާ އުޅެވޭނޭ ގޮތެއް ފުރަތަމަ ހޯދަބަލަ! ދެން ތިވާހަކަ ދައްކާނީ...
އާނއެކެވެ.: އާނއެކެވެ. އިންޑިޔާ މީހުނަކީ ބައި ގިނަ ވަސީލަތްތައް ގިނަ ބަޔެއް. އަދި އަހަރެމެންނަކީ ބައި މަދު، ވަސީލަތްތައް މަދު ބަޔެއް. އިންޑިޔާ އޮތީ ޖެހިގެން. އެހެންވީމަ އެންމެ ފަސޭހަ ވާނީވެސް އެޤައުމުގެ ތަނަވަސް އިންސާނީ ވަސީލަތުން އަހަރެމެން ފައިދާ ލިބިގަތިއްޔާ. އެކަމަކު އޭގެ މާނަ އެއްނޫން އަހަރެމެންނަށް ލިބިފަ އޮތް އަމިއްލަ ބަހަކާއި އަމިއްލަ ޘަޤާފަތްތައް ދޫކޮށްލަންވީއޭ. އަދި އެމީހުންނަށް އަހަރެމެންގެ މި ނިކަމެތި ކަމުގެ ނާޖާއިޒް ފައިދާ ނެގިޔަ ދޭންވީއޭ. އަހަރެމެންގެ މިނިވަންކަން އަހަރެމެންގެ އަމިއްލަ އަތުން ބީވެގެން ދިޔަދޭންވީއޭ. މި އާރޓިކަލް ގެ މަޤްސަދަކީވެސް އިންޑިއާ މީހުން އެމީހުންގެ ހަންފެތުރުމުގައި ކުރިއަށް ޖެހި ތިބި މިންވަރު ހާމަކޮށް ދިވެހިން އެކަމަށް ފާރަލާ ތިބުމަށް ގޮވާލުން. އަދި އެ ގައުމަށް މި ރާއްޖެ އެތައް ގޮތަކަށް ބަރޯސާވާން ޖެހެޔޭ ކިޔާފައި އެމީހުން ހެދިހާ ގޮތެއް ހެދިޔަ ދީގެން ނުވާނެކަމާއި ބޭނުންހައި ކުޅިއެއް ކުޅިޔަ ދީގެން ނުވާނެކަން.

Posted on 2010-10-20 22:30:00 | Report this Comment
ޙަޤީޤަތް:

ފުރިހަމަ ލިޔުމެއް މިއީ ޔަހޫދީންގެ ރޭވުންވެސް ކުރިއަށް ގެންދާގޮތް. ޙަޤީޤަތް ދައްކައި ދިނީތީ ޝުކުރިއްޔާ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.