
އިންޑިއާގެ ދީލަތިކަން ދިވެހިންނަށް
އިންޑިއާގެ ދީލަތިކަމުން ރާއްޖެއަށް ބާޠިލު ދީންތައް ގެނެސްދާނެކަމުގެ ބިރު ވަރަށް ބޮޑު
އިންޑިއާއަކީ މުޅިދުނިޔޭގައިވެސް ފާހަނގަ ކޮށްލެވޭގައުމެކެވެ. އަސްކަރީ ގޮތުންނާއި، އިޣްތިޞާދީ ގޮތުންނާއި، ތެކުނޮލަޖީ ގޮތުންނާއި، އިންސާނީ ވަސިލަތާއި، ހަޟާރަތުގެ ގޮތުންން ވެސް އިންޑިޔާއަކީ، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކާއި އަދި ކުރިއަރާފައިވާ ގައުމުތަކާއި، އެއްސަފެއްގައި ފައި ހަމަކުރަމުންދާ ގައުމެކެވެ. ދުނިޔޭގައި، ނިޔުކުލިއަރ އަދި ބައިލޮޖިކަލު ހަތިޔާރު ގެންގުޅުމުގެ ޤާބިލުކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ދުނިޔޭގައި، ޖައްވީ ސުޓޭޝަން ތަކުގެ ތެރޭގައި، ދައުރުވުމުގައިވެސް އިންޑިޔާގެ 'އެސްޓްރޯ' ސްޓޭޝަނަކީ، އެމެރިކާގެ ޖައްވީ ސުޓޭޝަން 'ނާސާ' އާއި، ވާދަކުރަމުންދާ ސުޓޭށަނެކެވެ.
އިންޑިޔާއަށް ލިބިފައިވާ ޤާބިލުކަމާއި، ތަމައްދުނާއި، ތަޙުޛީބު، ދުނިޔޭގެ އެހެންގައުމުތަކަށް ފޯރުކޮށްދިނުމުގައިވެސް، ދީލަތި ގައުމެކެވެ. މިގޮތުން އިންޑިޔާއަށް ލިބިފައިވާ ޤާބިލުކަމުގެ، ފައިދާ އެންމެ ބޮޑަށް ލިބޭގައުމަކީ އަވައްޓެރި ދިވެހިރާއްޖެއެވެ.
މިގޮތުން އިންޑިއާގެ ދީލަތިކަން ދިވެހިންނަށް ލިބިފައިވާ ދާއިރާތަކާއި ކަންތައް ތަކުގެ ތެރޭގައި، 1988 ވަނައަހަރު ނޮވެންބަރ 3 ގައި، ދިވެހި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގައި، ދިވެހި ރާއްޖެ ސަލާމަތްކޮށް ދިނުމަށްޓަކައި، އިންޑިޔާގެ އަސްކަރިއްޔާއިން އެހިވެދީފައިވެއެވެ. މީގެ 15 އަހަރު ކުރިން އިންޑިޔާ ސަރުކާރުގެ ދީލަތި އެޙީގައި، މާލެގައިވަނީ ހޮސްޕިޓަލެއް ބިނާކޮށްފައެވެ. އަދި ފެކަލްޓީ އޮފް ހޮސްޕިޓާލެޓީ އެންޑް ޓޫރިޒަމްގެ ޢިމާރާތް އިންޑިޔާ ސަރުކާރުގެ ދީލަތިއެހީގައި، އިމާރާތް ކުރަމުންދެއެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއާއި، ކަނޑުގެ ސަރަހަށްދު ބެލެހެއްޓުމަށް، އިންޑިޔާގެ އަސްކަރިއްޔާއާއި، ނެވިން އެހީތެރި ވެދެއެވެ. މިގޮތުން މީގެ 2 އަހަރުކުރިން އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ފަރާތުން ވަނީ، ރާއްޖޭގެ ކަނޑު ސަރަހަށްދު ބެލެހެއްޓުމަށްތަކައި، 'ހުރަވީ' ގެނަމުގައި، މަނަވަރެއް ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވެ ދިނުމަށްޓަކައި، އިންޑިޔާގެ ޤާބިލު މުދައްރިސުން ދަނީ ދިވެހިރާއްޖޭގެ ސުކޫލުތަކުގައިވެސް ޚަރަކާތްތެރި ވަމުންނެވެ.
މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުންވެސް، އިންޑިޔާގެ ސަރުކާރާއި، އިންޑިޔާގެ ކުންފުނިތަކުން ވަނީ، ދިވެހިންގެ ހާލިތަކަށް ވަންނަން ފަށާފައެވެ. މިގޮތުން ޣިޔާސުއްދީން ސުކޫލުވަނީ، އިންޑިޔާގެ ކުންފުންނަކާއި ހާވާލުކޮށް ޕުރައިވެޓައިޒް ކުރެވިފައެވެ. އަދި އަ. ޖީ. އެމް. އެޗް ވަނީ 15 އަހަރު ދުވަހަށް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލު ހިންގާ ކުންފުންނާއި ހަވާލުކުރެވިފައެވެ. އަދި ދިވެހި ރާއްޖޭގެ ލާމަރުކަޒީ އިދާރާތައް، 'އީ- ގަވަމެންޓް' ނިޒާމަކުން ގުޅާލުމަށް އިންޑިޔާގެ ރިއަލެންސު ކުންފުންނާއި ވަނީ ހަވާލުކުރެވިފައެވެ.
އިންޑިޔާގެ މފަދަ ދީލަތިވެދުންތުގައި ކޮންމެސް ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ވާނެކަމާއި މެދު ޝައްކެއް ނެތެވެ. ދިވެހި މުސްކުޅި ޚަރުބަހެއްގައި އޮންނަ ފަދައިން، 'އެދުމެއްނެތި ވެދުމެއް ނުކުރާނެއެވެ.' އިންޑިޔާގެ މިފަދަ ވެދުންތަކުގައި، އެދުމެއްވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އިންޑިޔާއަކީ ދުނިޔޭގައި އެންމެ ގިނަ ދީންތައް ތަމުޞީލު ކުރަމުންދާ އެއްގައުމެވެ. ފަހަރެއްގައި، އިންޑިޔާގެ މަކަރުވެރި ރޭވުމެއްގެ ދަށުން، ދިވެހިރާއްޖެއަށް ބާޠިލު ދީންތައް ފަތުރައި، މިތަނުގައި، ބުދުކޯލުތަކާއި، ފައްޅިތައް އަލައިފާނެކަމުގެ ބިރުއެބަ އޮތެވެ. ދިވެހި ހުރިހާ ރައްޔިތުން އިންޑިޔާގެ ދީލަތި ވެދުންތަކާއިމެދު ވަރަށް ފާރަވެރި ނަޒަރަކުން ވިސްނަންޖެހެއެވެ. އިންޑިޔާގެ
އިންޑިޔާގެ މިފޮރުވިފައިވާ އެދުންތަކުގެ ކުލަތައްވަނީ ފެންނަން ފަށާފައެވެ. މިގޮތުން ސ. ހިތަދޫ މުޙިއްބުދީން ސުކޫލުގައި، ހިސްޓްރީ މުދައްރިސެއްގެ ގޮތުގައި، އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ރާޖް ކުމާރު، އިސްލާމު ދީނަށާއި، ރަޞޫލާ ޞައްލަﷲއަލައި ވަސައްލަމަގެ ނަސަބު ފުޅަށް މަލާމާތް ކުރުމުގެ ސަބަބުން، ކުރީގެ ސަރުކާރުންވަނީ، މީނާ ޑީޕޯރޓް ކޮށްލާފައެވެ. ނަމަވެސް މިވަގުތު މީނާ މަސައްކަތް ކުރަމުންގެންދަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައެވެ. އަދި ދާދި ފަހަކުން، ހއ. ބާރަށުގައި މަސައްކަތް ކުރަމުންދިޔަ އިންޑިޔާގެ މުދައްރިސަކު، ނަޞާރާ ދީން ފަތުރާކަމަށް ފަޅާއަރައިގެން އޭނާ ޑީޕޯރޓް ކޮށްލުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
ޅައުމުރަކީ، އިންސާނާގެ ތަރުބިއްޔަތުގެ އަސާސްތައ އޭގެ އެންމެ ފުރިހަމަ ގޮތުގައި، ފޯރުކޮށްދޭންޖެހޭ އުމުރެވެ. މުސްލިމު ގައުމުތަކަށް ޣައިރުން ވެރިވެ، އެބައިމީހުންގެ ރޭވުމުގެ ދަށުން، މުސްލިމުންގެ ފަށާތަޢުލީމާއި އިބުތިދާޢީ ތައުލީމުގެ ތެރެއަށް، ވަދެ އެބައިމީހުންގެ މަންހަޖު ފަތުރަމުންދާކަމީ މުސްލިމުން ވިސްނަންޖެހޭކަމެކެވެ. މިގޮތުން ސަރުކާރުން ވަނީ ޣިޔާސުއްދީން ސުކޫލު ހިންގުންވަނީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ 'ޝްރީ އެޑިޔު ކެއަރ ޕުރައިވެޓް ލިމިޓެޑް' އާއި ހަވާލުކޮށް ހިންގަން ފަށާފައެވެ. މިއީ ޣައިރުންގެ ވަރަށް ބޮޑު އެޖެންޑާއެކެވެ. އެބައިމީހުންގެ ބޭނުމަކީ، ޅަފަތުގެ ދައުރު، އިސްލާމްދީނާއި ދުރުކޮށް ކަތި މަގުތަކަށް ރުކުރުވާލުމެވެ. ސުވާލަކީ ދަރުމަވަންތަ ސުކޫލު ނުވަތަ މަޖީދިއްޔާ ސުކޫލު 'ޝްރީ އެޑިޔު ކެއަރ ޕުރައިވެޓް ލިމިޓެޑް އާއި ހަވާލު ނުކުރީ ކީއްވެގެން ހެއްޔެވެ.؟ ބޭނުމަކީ އިންޑިޔާއާއި ގުޅިގެން ދިވެހި މުސްލިމު ދަރިވަރުންގެ ލަފަތުގެ ތަރުބަވީ މަންހަޖު އޮޅުވާލުމެވެ.
އިންޑިޔާގެ އެދުންތައް ދިވެހި ރާއްޖެއިން، ޙާޞިލުކުރަމުން ގެންދެއެދެވެ. އެބައިމީހުންގެ އެދުމަކީ ދިވެހިން އިސްލާމު ދީނާއި ދުރުކުރުމެވެ. މިގޮތުން މިއަހަރު އިންޑިޔާ ފިލުމީ އެވޯރޑުގެ އިނާމު ދިނުމުގެ ހަފުލާ ނުވަތަ އިންޑިއަން ގޯލުޑަން އެވޯރޑް ރާއްޖޭގައި ބާއްވާގޮތަށް ނިންމާފައިވެއެވެ. މިހާރު ތިޔަބޭފުޅުންނަށް އިންޑިޔާ އެދުމަކީ ކޮބައިކަން އެބަހާމަވެއެވެ. ބޭނުމަކީ ދިވެހިންގެ ތެރެއަށް އެބައިމީހުންގެ ގޮތްތައް ގެނެސް، ދިވެހިން ޣައިރު ދީން ކުރުވުމެވެ. އިންޑިޔާގެ ދީލަތިކަމުން ރާއްޖެއަށް ބާޠިލު ދީންތައް ގެންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މިކަމާއި މެދު ދިވެހި ރައްޔިތު މީހުން ވިސްނަވާ ފާރަވެރި ކަމާއެކު، ސަމާލުވެތިއްބަވާށެވެ. .......
ލިޔުނީ ހުސެން
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2010-03-09 16:36:46 |
Posted on 2010-03-11 18:29:25 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ޙުސައިންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
