ތިރީގައި އަޅުގަނޑު މިހިމަނާލަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު ދޫކުރައްވައި އެކި ދިމާ ތަކަށް މިސްރާބު ޖެއްސެވި ގަދަ 5 ބޭފުޅުންނެވެ.
!-
ޑރ. ހަސަން ސަޢީދު
ޑރ. ހަސަން ސައީދަކީ މައުމޫނުގެ ސަބަބުން ޒަމާނީ ޑިމޮކްރަސީ ނުގެނެވޭނެކަމަށްބުނެ، އަދި ޤައުމަށް އިސްލާހު ނާންނާނެ ކަމަށް ފާޅުގައި ބުނެ ދައުލަތުގެ ބަންޑާރަ ނައިބުކަން އަދި ޑީ .އާރު.ޕީގެ ނައިބް ޒަޢީމްކަން ދޫކުރެއްވި ބޭފުޅެކެވެ. ދަޢުލަތުގެ ބަންޑާރަ ނައިބަކަށް ހުންނަވާ ސިޔާސީ ޕާޓީ ތަކަށް ރާއްޖޭގެ ޤާނޫނު އަސާސީ ތަންދޭކަމަށް މައުމޫނަށް ލަފާފުޅު ދެއްވީވެސް ޑރ. ހަސަން އެވެ. ހަސަންގެ އިސްތިއުފާ ވެގެން ދިޔައީ ޑީ.ޢާރު.ޕީ އަދި މައުމޫނަށް ލިބުނު ކެތް ކުރަން ދަތި ބޮޑު ހިތާމަ އަކަށް ނޫނީ ނުވާނެއެވެ.
އެހެނީ އިސްތިއުފާ އަށްފަހު ރައީސް ކަމަށް ވާދަ ކުރައްވާ ފުރަތަމަ ބުރުން ނާކާމިޔާބު ވެވަޑައިގަތުމުން، ޝަރުތަކާނުލާ މިހާރުގެ ރައީސަށް ތާއީދު ކުރައްވެވިއެވެ. ރައީސް ނަޝީދަށް ދެވަނަ ބުރު ކާމިޔާބު ވުމުގައި ހަސަންގެ ހިއްސާ ނުހަނު ބޮޑެވެ.
2-
ޤާސިމް އިބްރާހިމް
ޤާސިމް އަކީ ހަޤީގަތުގައި ސިޔާސީ ބޭފުޅެއްނޫނެވެ. ނަމަވެސް އިސްލާހުގެ ނަމުގައި ހިންގި ހަރަކާތެއްގެ ސަބަބުން ސިޔާސީވާން މަޖުބޫރު ވި ބޭފުޅެކެވެ. ރާއްޖޭގެ ގިނަ ބަޔަކަށް ތަޢުލީމާއި، ބޭސްފަރުވާ ގައި ގިނަ އެހީތެރިވި އަދި މިހާރުވެސް އެހީތެރިވެ ވަޑައިގަންނަވާ ޤާސިމް ސިޔާސީ އެއްވުމަކަށް ހިތްވަރު ދިން ކަމަށް ބަލާފަ މައުމޫނުގެ ސަރުކާރުން ޤާސިމް މުއްދަތެއް ނެތް ގޮތުގައި ޖަލުގައި ބެހެއްޓެވިއެވެ. އެއަށްފަހު ޑީ.ޢާރު.ޕީގެ ނައިބް ޒައީމްކަން ހޯއްދަވައި. މައުމޫނުގެ ކެބިނެޓްގެ ފިނޭންސްމިނިސްޓަރުކަން ކުރެއްވިއެވެ. ޢެގެ ފަހުގައި ޚާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރެއްވިއެވެ. މީގެ އިތުރުން ޒަމާނުއްސުރެ ފައިސާގައި މައުމޫނު ކުރައްވަމުން ގެންދިޔަ ސޮއި ގައި ސިއްކަ ޖައްސަވައި އެޝަރަފު ޤާސިމު ހޯއްދެވިއެވެ. ބުނެވޭ ގޮތުގައި ޖަލުން ސަލާމަތް ވުމައްފަހު އެކަން ކުރައްވާނެ ކަމަށް ޤާސިމް ހުވާ ކުރެއްވިއެވެ. މައުމޫނަށް އަލްވަދާއު ކިއުއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ރިޔާސީ ރޭހަށް ނުކުމެ ނާކާމިޔާބު ވެވަޑައިގަތެވެ. ދެވަނަބުރުގެ ނާކާމިޔާބު ވެވަޑައި ގަތުމުން ބަދަލު ގެންނާނެ ކަމަށް ވިދާޅުވެ، ނަޝީދަށް ބައިއަތު ހިއްޕެވިއެވެ.
3-
ޑރ. ޝަހީދު
މައުމޫނުގެ ކެބިނެޓްގެ ޚާރިޖީ ވަޒީރު ކަމުގެ އިތުރުން ގަވަރމެންޓް ސްޕޯކްސް ޕާރސަންގެ މަޤާމް ވެސް ފުރުއްވި ޝަހީދަކީ މައުމޫނުގެ ސަރުކާރު އެންމެ ބަލިކަށި ދުވަސްވަރު ނަގާ ކޮޅަށްޖެހުމުގެ މޭސްތިރިޔާއެވެ. ދެންމެ ދެންމެ ސަރުކާރު ވެއްޓިދާނެހެން ހީވި އެތަކެއް ފަހަރު މައުމޫނު ސަލާމަތް ކުރެއްވި އިނދިކޮޅު ފަރާތްތަކަށް ހަޖަމް ކުރަން ދަތި ބަސްފުޅުތައް ވިދާޅުވާ ބޭފުޅެކެވެ.
4-
އަހުމަދު ނާޝިދު (އޭ.ޑީ.ކޭ)
ޑީ.އާރު.ޕީގެ ފުރަތަމަ ކޮންގްރެސް އާއި ހަމައަށް ޕާޓީގައި އުޅުއްވުމައްފަހު. ކޮންގްރެސްގެ ނާކާމިޔާބު ވެ ވަޑައިގަތުމުން ޕާޓީން އިސްތިއުފާ ދެއްވި ނާޝިދަކީވެސް އިނދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ދިނުމުގައި އެފަދަ ދެވަނަ އެއް ނެތް މީހެކެވެ. މައުމޫނާ ދެކޮޅު ވުމައްފަހު، ޖުމްހޫރީ ޕާޓީ އުފައްދަވާ، ޤާސިމް އިބްރާހިމް ޑީ.އާރު.ޕީ ގެ ނައިބު ޒައީމަކަށް ހުންނަވަނިކޮށް ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް މައުމޫނާ ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވިއެވެ.
5-
ޑރ. ޖަމީލް
މައުމޫނުގެ ކެބިނެޓްގެ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލަކީ ޑީ.އާރު.ޕީގެ އިތުރުން އިނދިކޮޅުމީހުންގެވެސް ލޯބި ހޯދި ޒުވާން ޤާނޫނީ ވަކީލެކެވެ. ބަސް ބުނުމުގައި ތެދުވެރި ، ޖޯޝުގައި ވާހަކަ ދައްކަވާ ޖަމީލު ފާހަގަ ކުރެވެނީ ޑރ. ހަސަން އަށް ވަފާތެރި މީހެއްގެ ގޮތުގައެވެ.