ރަން ޤަލަން

  • ޝާއިޢުކުރި ތާރީޚް: 25 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 59
  • މޯބައިލް ލިންކު: m.muraasil.com/5761

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގައިރު މުސްލިމުންނަށް ބަގުރާ ވިއްކުމުގެ ގަވާއިދާމެދު....

މިއަދު މި ދިވެހި މުޖްތަމައުގައި އެންމެ އަޑު ހަރުކޮށްދެކެވެމުން އަންނަ ވާހަކަ އަކީ ގައިރު މުސްލިމުންނަށް ބަގުރާ ވިއްކުން ހުއްދަ ކުރާ ގަވާއިދައް އިސްލާހު ގެނެވި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ސާއިއު ކުރި ވާހަކައެވެ. މިކަމާއި ގުޅިގެން މުޖުތަމައުގައު ހަލަބޮލިކަން މިވަނީ އިތުރުވާން ފަށާފައެވެ. މިއީ ދިމިކުރާތީ ނިޒާމެއްގައި އަޅުގަނޑުމެން ހައިރާންވާން ޖެހޭ ކަމެއްނޫނެވެ. މިފަދަ މުޖުތަމައު ތަކުގައި ހިޔާލުފާޅުކުރުމުގެ ގޮތުން މުޒާހަރާތަކާއި އިހުތިޖާޖް ތައް ފެނިގެން ދިޔުމަކީ ކަން އޮންނަން ވާނޭގޮތެވެ. އަދި އެއީ އެ ގައުމެއްގައި ދިމިކުރާތީ ނިޒާމު ހަރުދަނާ ވެފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމެކެވެ.

އިންސާނުންގެ ހިޔާލާއި ވިސްނުމާއި ފިކުރަކީ އަބަދާއި އަބަދު އެއްގޮތްވާނޭ އެއްޗެއްނޫނެވެ. ހަމަ މި ބީދައިން އިސްލާހު ކުރެވުނު ގަވާއިދަށް އަމަލުކުރުމުގެ މަސްއަލައިގައިވެސް މުޖުތަމައު މިވަނި ދެބަޔަކަށް ބެހިފައެވެ. ދީނި ދަންނަބޭކަލުންނާއި މި ފިކުރުގެ މަދަނީ ޖަމްއިއްޔާތައް ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާ ތަފާތު ގޮތްގޮތަށް އިހުތިޖާޖްކުރަމުންނެވެ. އަދި އިގްތިސޯދާއި ވިޔަފާރީގެ މާހިރުންނާއި ބައެއް ސިޔާސީ ވެރިން ގެންދަވަނީ މިގަވާއިދު ތަންފީޒުކުރުމަށް ތާއީދުކުރައްވަމުންނެވެ. މިކަމުގައި އަޅުގަނޑުގެ ހިޔާލާއި ވިސްނުން ތިޔަ ކިޔުންތެރިންނާއި ހިއްސާ ކޮށްލާނަމެވެ.

ދިވެހިރާއްޖޭގައި ރާވިއްކުމުގެ ހުއްދަ ނޯންނަ ޒަމާނެއް އަޅުގަނޑުގެ ހަދާނަކު ނުހުރެއެވެ. އަޅުގަނޑުގެ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ތިރީސް އަހަރެއްހާ ދުވަހު މިރާއްޖޭގައި ރާވިއްކުމުގެ ހުއްދަ ވަނީ ވަރަށް ފުޅާދާއިރާއެއްގައި، ހުޅުވިގެން ވާ ގޮތެއްގައި ދެވިގެން ގޮސްފައެވެ. އެތަކެއް ލައިސެންސްތަކެއް ވަނީ އެތައްބަޔަކަށް ދޫކުރެވި ރާގެންގުޅުމުގެ ހުއްދަދެވިފައެވެ. އޭގެ އެތައް ރާފުޅިތަކެއް ނަހަމަ ގޮތުގައި އާންމު ރައްޔިތުންގެ އަތްމައްޗަށް އަރައި އޭގެ ބޭނުން ދަނީ ނަހަމަ ގޮތުގައި ކުވެމުންނެވެ. އެހެނަސް އެކޮނޮމިކް މިނިސްޓްރީން އިސްލާހުކޮށް އާންމު ކުރި ގަވާއިދުގެ ދަށުން އެފަދަ ލައިސެންސްތައް ދޫކުރުން މުޅިން މަނާވެގެން ދާނެއެވެ. އޭގެ ސަބަބުން ކުރިން މުޖުތަމައުގައި ހުޅުވާލެވިގެން ރާ ގެންގުޅުމުގެ ސަގާފަތަށް ނިމުމެއް އަންނާނޭ ކަމަށްފެނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހާއްސަ ކުރެވިފައިވާ ވަކިތަނެއްގައި ވަގި މިންގަޑުތަކަކާއި އުސޫލުތަކެއްގެ ދަށުން ރާވިއްކުން ކޮންޓްރޯލް ކުރެވޭނެއެވެ. އަދި ނަހަމަ ގޮތުގައި ރާ ގެންގުޅުމުގެ މައްސަލަތަށް ތަހުގީގު ކުރުމުގައި ފުލުހުންނަށް ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ފެނެއެވެ.

ކީރިތި ގުރުއާނުގައި ރަލާއި، މަސްދުވާ ތަކެތި ހަރާމް ކަން ބަޔާންވެގެންވާ އާޔަތްތަށް ހާއްސަ ކުރެވިފައިވަނީ މުސްލިމުންނަށެވެ. މުޅި އިންސާނިއްޔަތަށް އާންމު ވެދާ ގޮތެއްގެ މަތިންނެއް ނޫނެވެ. އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދަކި ގައިރު މުސްލިމުންނަށް ރާވިއްކުމާއި ބެހޭ ގޮތުން ހެދިފައިވާ ގަވާއިދެކެވެ. އެއްވެސް ހާލެއްގައި އެއީ ދިވެހިރައްޔިތުންނަށް(މުސްލިމުންނަށް) ރާވިއްކުމުގެ ގަވާއިދެއްނޫނެވެ.

ދިވެހިރާއްޖޭގައި މަސްދުވާތަކެތީގެ ވަބައި ފެތުރިގެން ގޮސްފައިވަނީ ދިވެހިރާއްޖޭގައި މަސްދުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ގަވާއިދެއްގެ ދަށުން އެއްވެސް ޒަމާނެއްގައި އެކަމަށް ހުއްދަދެވިފައި އޮވެގެނެއްނޫނެވެ. އަދި އެއީ ބަގުރާ ރާއްޖެއަށް ތައަރަފްވުމު ގެ ޒަމާންތަކެއް ކުރިން ފެށިގެން ހިގަމުން އަންނަކަމެކެވެ. މިކަމުގެ ދަލީލު ތާރީހަށް ނަޒަރު ހިންގާލުމުން ފެންނާނެއެވެ. މި ދިވެހި ފަސްގަނޑުގައި އެންމެ ފުރަތަމަ މަސްދުވާތަކެތީގެ މައްސަލައެއް ރިޕޯޓްކުރެވިފައި ވަނީ ޔޫރަޕްގެ ދެ ރައްޔިތަކު މީހުން ދިރިއުޅޭ ރަށެއްގެ ޖަންގަލީގައި އަފިހުން ބޭނުންކުރި މައްސަލައެކެވެ. އަދި އޭރު ރާއްޖެއަށް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ފެށިފައެއް ނުވެއެވެ. އަދި، ރާ އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއަށް އެތެރެ ކުރުމަކީ އޭރުގައި ގާނޫނީ އަދަބު ކަޑައެޅިގެންވާ ބޮޑު ކުށެކެވެ. އެހެންކަމަށް ވުމުން މަސްދުވާތަކެތި ފެތުރި ފުޅާވެގެން ދިޔައީ ރަލުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއްނެތް ހަގީގަތާއި، ތާރީހީ ހެކިތަކާއި ދުރު އޮޅުވާލުމެއްކަމަށް ފެނެއެވެ.

ވިޔަފާރީގެ ނަޒަރަކުން ބަލާނަމަ ބޭރުގެ ކުންފުނިތަކުން ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުން މަދުވެގެން ދާނެއެވެ. އެކަމުގެ ނަތީޖާ ކިތަންމެ ހާވެސް ހިތިވާނެއެވެ. ދިވެހިރާއްޖޭގެ އިގްތިސާދަކީ ނާޒުކު އިގްތިސޯދެކެވެ. މި އިގްތިސޯދު ބަރޯސާ ވަނީ މަދު އިގްތިސާދީ މަސައްކަތް ތަކެއްގެ މައްޗަށެވެ. ހޮލިޑޭ އިން ފަދަ ބޮޑަތި ހޮޓެލް ޗެއިންތަކުގައި ރާ ލިބެންނެތުމަކީ އެތަނުގެ ހިދުމަތް ހޯދާ ފަރާތްތައް މަލާމާތް ކުރަމުން ގެންދާނޭ ކަމެކެވެ. އެފަދަ ތަންތަން ރާއްޖެ ދޫކޮށްދިޔުން އެއީ މިފަދަ ދިމިކުރާތީ ސަރުކާރަކަށް ބަލަން އޮވެވޭނޭ ކަމެއްކަމުގައި ނުފެނެއެވެ. ޑަބްލިޔު ޓީއޯ ފަދަ ބައިނަލްއަގްވާމީ ވިޔަފާރި އާއި ގުޅުން ހުރި ޖަމްއިއްޔާ ޖަމާއަތް ތަކުން މިނިވަން ވިޔަފާރީގެ މާހައުލަކަށް ގެންދަނީ ބާރުއަޅަމުންނެވެ. ސިޓީ ހޮޓެލްތަކުގައި ރާ ވިއްކަން ހުއްދަނުދެވޭ ފަދަ ގަވާއިދެއް އޮތުން އެއީ މިނިވަން ވިޔަފާރީގެ އުސޫލުތަކާއި ދިމާ އިދިކޮޅު ކަމެކެވެ. އަދި އައި.އެމް.އެފް ފަދަ އެހީ ދޭ ފަރާތްތަކުން މި ކަން ކަން ނުހަނު ސީރިއަސްކޮށް ބަލަމުން ގެންދާނެއެވެ. ދިވެހިރާއްޖެ މިވަނީ ވަރަށް ފަހުން އައި އެމް އެފްގެ ޕްރޮގްރާމެއްގައި ބައިވެރިވެ އެކަމަށް އަމަލުކުރަން ފަށާފައިކަން އަޅުގަނޑުމެން ހަދާނުން ކައްސާލައިގެން ނުވާނެއެވެ. ކޮންމެ ކަމެއްގައި އަޅުގަނޑުމެން ސަބަބުތަކުގައި ހިފުމާއި އެކު ﷲއަށް ވަކީލުކުރަން ވާނެ ނޫންތޯއެވެ؟

ބުއްދީގެ މިންގަޑަކުން ވިސްނާލަމަ ތޯއެވެ. ދިވެހިރާއްޖޭގައި ސިގިރޭޓް އެންމެހާ ފިހާރަތަކުގައި ލިބެންހުރެއެވެ. މަދަރުސާ ކުރިމަތީގައި ފިހާރައެއް ހުއްޓަސް، ރައްޔިތުން މަޖުލިސް ކުރާގެއާއި ކައިރި ހިސާބެއްގައި ފިހާރައެއް ހުއްޓަސް ނަން ހުސްކޮށް ސިގިރޭޓްލިބެންހުރެއެވެ. އެކަމަކު އެ ހަމަ ނުބޯ މީހުން ނުބޮއެވެ. އަޅުގަނޑުމެން މަދަރުސާގައި އުޅުން ދުވަސްވަރު ވަރަށް ފޯރިލައިފައި ސިގިރޭޓް ބޮއި އުޅުނީމެވެ. އެކަމަކު އަޅުގަނޑުމެން ގުރޫޕުގައި އުޅޭ އެތައްކުދިންނެއް އަޅުގަނޑުމެން ބޯއިރު ނުބޮއި އަޅުގަނޑުމެންނާއި އެކު ވާހަކަ ދައްކަންތިބެއެވެ. އެކަމަކު 'ސިކް' ވެގެން ނޫޅެއެވެ. މާޔޫސްކަމެއް ވިޔަސް އެކަމެއް އެކުދިން ކޮށެއްނޫޅެއެވެ. މިކަމުންވެސް އަންގައިދެނީ އަގީދާއާއި އަޒުމް ވަރުގަދަވުން އެއި ސައިތާނީ ވަސްވާސްތަކުން ދުރުވެގެން ހުރުމަށް އޮތް އެންމެ ބޮޑު އެއް އަސާސެވެ. ވިމާ ދަރިންގެ އަގިދާއާއި އަޒުމް ވަރުގަދަ ކުރުމުން ގައިރު މުސްލިމުންނަށް ވިއްކާ ރާ ފުޅިތަކުގައި ތުމެއް ނުޖަހާނެއެވެ. އެހެން ނޫން ކަމުގައި ވާނަމަ މުޅި ރާއްޖޭގައިވެސް ތިބޭނީ ދުންފަތް އިސްތިއުމާލު ކުރާ މީހުންތާއެވެ. އެކަމަކު އެހެން ނުވޭ ދެއްތޯއެވެ؟

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.