ވޭތުވެދިޔަ 2009 ވަނަ އަހަރަކީ ކައިވެންޏާއި ވަރި ކުރުމުގައި އިނގުރައިދޫގައި ވޭތުވެދިޔަ އަހަރުތަކާއި އަޅާ ބަލާއިރު ތިޔާގިކަން ބޮޑު އަހަރަކަށް ވެއްޖެއެވެ.
މިގޮތުން ވޭތުވެދިޔަ 2009 ނިމުމާއި ހަމައަށް 35 ކައިވެންޏެއް ވަނީ ކޮށްފައެވެ. އަދި 9 ވަރި ވަނީ ކޮށްފައެވެ. އިނގުރައިދޫ ކޯޓުން ލިބުނު ތަފާސް ހިސާބުތަކަށް ބަލާއިރު 2005 ވަނަ އަހަރު 13 ކައިވެނި ކުރެވުނުއިރު 2006 ވަނަ އަހަރު 24 ކައިވެނިވަނީ ކޮށްފައެވެ. އަދި މީގެ އިތުރުން 2007 ވަނަ އަހަރު 16 ކައިވެނި ކުރެވުނުއިރު 2008 ވަނަ އަހަރު ކުރެވުނީ 22 ކައިވެންޏެވެ. 2008 ވަނަ އަހަރާއި އަޅާކިޔާއިރު 2009 ވަނަ އަހަރު ވަނީ 13 ކައިވެނި އިތުރުވެފައެވެ. މިއީ ނިސްބަތުން 159% އިތުރުވުމެކެވެ. ކުރެވިފައިވާ ކައިވެނި ތަކުގެ އުމުރު ފުރައަށް ބަލާއިރު 75% އިންސައްތަކީ އުމުރުން 18 އަހަރާއި އަދި 26 އަހަރެވެ. ބާކީ 25% އިންސައްތަ އަކީ އުމުރުން 26 އަހަރާއި 40 އަހަރެވެ.
ވަރި ކުރުމުގެ ތަފާސް ހިސާބަށް ބަލާއިރު 2005 ވަނަ އަހަރު 4 ވަރި ކުރެވުނެވެ. އަދި ޖެހިގެން އައި 2006 ވަނަ އަހަރު 2 ވަރި ކުރެވުނެވެ. 2007 ވަނަ އަހަރު 4 ވަރި ކުރެވުނުއިރު 2008 ވަނަ އަހަރުވެސް ހަމަ މިޢަދަދަށް ވަރި ކުރެވިފައިވެއެވެ. މިހެން ކަމަށް ވުމުން 2009 ވަނަ އަހަރުވަނީ 2008 ވަނަ އަހަރާއި އަޅާކިޔާއިރު 5 ވަރި އިތުރުވެފައެވެ. މިއީ ނިސްބަތުން 225% އިންސައްތަ އިތުރު އަދަދެކެވެ. މިއީ އަޅުގަނޑުމެން ހައިރާން ވާންޖެހޭފަދަ އަދަދެކެވެ. އުމުރު ފުރައަށް ބަލާއިރު 55% ސައްތަ ވަރި އަކީ އުމުރުފުރައިން 26 އާއި 40 އާއި ދެމެދުއެވެ. ބާކީ 45% އިންސައްތައަކީ އުމުރުން 18 އާއި 25 އާއި ދެމެދުއެވެ.