އިނގުރައިދޫ ސްކޫލްއާއި ހިންގުމާއި އަހްމަދު މުހައްމަދު ހަވާލުވެފައިވަނީ ޖެނުއަރީ 12 ވަނަދުވަހުއެވެ. އިނގުރައިދޫ ސްކޫލް ދޫކޮށް އަހްމަދު މުހައްމަދު ފުރާފައިވަނީ 16 ފެބްރުއަރީގައެވެ. މިމައްސަލައިގައި ވަރަށް ބޮޑު އަޑިނޭންގޭ ސިއްރުތަކެއް ހުރިކަމަށް ފާހަގަކުރެވެއެވެ.
މިކަމާއި ގުޅޭގޮތުން އިނގުރައިދޫ ސްކޫލްބޯޑްގެ ޗެއާމަން އަލްފާޟިލް އިބްރާހިމް ވަހީދު ވިދާޅުވީ އިނގުރައިދޫ ސްކޫލްގެ ސްކޫލްބޯޑް އަދި ރަސްމީކޮށް އިފްތިޙާހް ނުކުރާ ކަމަށާއި މިހެން ކަމަށް ވުމުން ސްކޫލްބޯޑްގެ މަޤާމަކީ އަދި ރަމްޒީ މަގާމެއް ކަމަށެވެ. އިނގުރައިދޫލައިވްއަށް މަޢުލޫމާތު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ ޕްރިންސިޕަލް ފުރާފައިވަނީ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އަދި ދަތުރު ހަމަޖައްސައި ދީފައިވަނީ އިނގުރައިދޫ ސްކޫލްގެ ސުޕަވައިޒަރ އަލްފާޟިލް އިބްރާހިމް ހުސެއިން ކަމަށެވެ. އަދި ރާ ވިއްކާވާހަކަވެސް ދެކެވުނު ކަމަށާއި އަދި މާބޮޑަށް ކާކު ކަންނޭންގޭ މީހަކު މިދޭތެރެއިން އަހްމަދު މުހައްމަދުގެ ގޭގައި އޭނައާއި އެކު ދިރިއުޅެމުން ދިޔަކަމަށެވެ. މިގޮތުން އެރޭ އެތަނަށް އެއްވި މީހުން ތަކެއްގެ އެދުމުގެ މަތިން އަހްމަދު މުހައްމަދު ދިރިއުޅެމުން ދިޔަ ގެ ވެސް ޗެކް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެމީހުން ތުހުމަތު ކުރަމުން ފަދަތަކެތީގެ އެއްވެސް ނިސާނެއް އެގެއިން ފެނިފައިނުވާ ކަމަށް އިބްރާހިމް ވަހީދު މަޢުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް އިބްރާހިމް ވަހީދު ވިދާޅުވީ އަހްމަދު މުހައްމަދު އިނގުރައިދޫގައި ގޭބަންދުގައި ހުރިކުއްޖަކާއި ގާތް ގުޅުމެއް އޮތް ކަމަށެވެ. އަދި އޭނާ އަކީ ގޭބަންދުގައި ޤާނޫނީ ކުށެއްގައި ހުރިކުއްޖެއް ކަމުން އޭނާއާއި އެކީ ނޫޅުމަށް ނަސޭހަތްތެރި ވެފައިވާނެ ކަމަށް ބުންޏެވެ.
މިކަމާއި ގުޅޭގޮތުން އިނގުރައިދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަހްމަދު މުހައްމަދާއި ގުޅުއްވުމުން އެބޭފުޅާ ވަރަށް ފުރިހަމައަށް އޭނާގެ ވާހަކަވެސް އިނގުރައިދޫލައިވްއަށް ކިޔާދެއްވާފައެވެ. މިގޮތުން އެންމެ ފުރަތަވެސް އަހްމަދު މުހައްމަދު ވިދާޅުވީ އިނގުރައިދޫ ސްކޫލްގެ ހުރިހާ ޓީޗަރުންގެ ފަރާތުން އަބަދުވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއްދީފައިވާ ކަމެށެވެ. އަދި ދެއްވިފުރިހަމަ އެއްބާރު ލުމަށް އިނގުރައިދޫ ސްކޫލްގެ އެންމެހާ ޓީޗަރުންނަށް ޝުކުރު އަދާ ކުރިއެވެ. އަދި ވެސް އިތުރަށް ވިދާޅުވީ ސީނިޔާ މެނޭޖްމެންޓްގެ ތެރެއިން އަލްފާޟިލާ މަޢުސޫމާ ހުސެއިންވެސް ވަނީ ވަރަށް ފުރިހަމަ އެއްބާރު ލުމެއް ދެއްވާފައެވެ. އަދި އޭނާއަށް ޝުކުރު އަދާކުރިއެވެ.
އިނގުރައިދޫލައިވްގައި 24 ޖެނުއަރީގައި ސާއިއުކުރެވުނު ހަބަރެއްގައިވާނީ ސްކޫލްގެ ޕްރިންސިޕަލްއަށް ކާކުކަންނޭންގޭ ބަޔަކު ފޯނުން އުނދަގޫކުރަމުންގެންދާ ކަމުގެ ހަބަރުވާނީ ގެނެސްދީފައެވެ. މިކަމާއި ގުޅޭގޮތުން އަހްމަދު މުހައްމަދު ވިދާޅުވީ އެފޯނު ކޯލްތަކަކީ އިނގުރައިދޫ ސްކޫލަށް ފުރަތަމަ ނިކުން ދުވަހުން ފެށިގެން އަންނަމުންދާ ފޯނުކޯލްތަކެކެވެ. އަދި އެބޭފުޅާ ވިދާޅުވީ ސްކޫލްގައި ކުރަމުންގެންދާ އަދި ރާވަމުންދާ ހުރިހާ ކަމަކާއި ބެހޭ މަޢުލޫމާތު ފޯނު ކޯލް ކުރާފަރާތަށް އެނގޭކަމަށެވެ. މިގޮތުން އަހްމަދު މުހައްމަދު ވިދާޅުވީ ސްކޫލްގެ ސީނިޔާ މެނޭޖްމެންޓްގައި ދައްކާ ވާހަކަތައްވެސް ފޯނުކޯލް ކުރާ މީހަށް އެނގޭކަމަށެވެ. މިހެން ކަމަށްވުމުން މީގެންދޭހަވަނީ އެފޯންކޯލްތައް ކުރީ އިނގުރައިދޫ ސްކޫލްގެ ސީނިޔާ މެނޭޖްމަންޓްގެ ތެރެއިން ބަޔަކު ނުވަތަ މީހަކު ރާވައިގެންނެވެ. އަހްމަދު މުހައްމަދު އިނގުރައިދޫ ސްކޫލްގެ ސުޕަވައިޒަރ އަލްފާޟިލާ މަޢުސޫމާ ހުސެއިން ފުރިހަމަ އެއްބާރު ލުމެއް ދީފައިވާ ކަމަށް ވިދާޅުވެފައި ވުމުން މިކަމުން މަޢުސޫމާ ހުސެއިން އިސްތިސްނާ ކުރެވެއެވެ. ވުމާއި އެކު މިކަމަކީ ސީނިޔާ މެނޭޖްމެންޓްގައި ދެންތިއްބެވި ތިންބޭފުޅުން ކަމުގައިވާ އަލްފާޟިލް އިބްރާހިމް ހުސެއިން ، އަލްފާޟިލް ޢަބްދުލް މުޙައިމިން ހުސެއިން އަދި އަލްފާޟިލާ ޝާފިޔާ ޔޫސުފް އާއި ގުޅުން ހުރިކަމެއް ކަމަށް ލަފާކުރެވެއެވެ. އަދި އަހްމަދު މުހައްމަދު ވިދާޅުވީ ގޮތުގައި ފޯންކޯލްތައް ކޮށްފައިވަނީ ހަމަޔަގީނުންވެސް ސީނިޔާ މެނޭޖްމެންޓްގެ ބަޔެކެވެ. “ ސަބަބަކީ ސީނިޔާމެނޭޖްމެންޓް ނޫން އެހެން ބަޔަކަށް ނޭންގޭނެ ސީނިޔާ މެނޭޖްމަންޓާއި ބައްދަލުކުރާއިރު ދައްކަވާ އެއްވެސް ވާހަކައެއް ، ސީނިޔާ މެނޭޖްމަންޓްގައި ދައްކަވާ ވާހަކަ ފޯނުކޯލް ކުރާ ބަޔަކަށް އެނގޭނީ އެމީހުން އެމަޢުލޫމާތު ދިނުމުން ފޯން ކުރާމީހާއަށް އެނގޭ ސޮއިކުރި ގަޑިޔާއި ހުރިހާ އެއްޗެއް" އަހްމަދު މުހައްމަދު ބުންޏެއެވެ.
އިނގުރައިދޫ ސްކޫލަށް ޔުނިސެފްގެ ހިލޭއެހީގެ ދަށުން 2005 ވަނައަހަރު ފޮނުވާފައިވާ ތަކެތި ބަހާފައިވަނީ ފަސްއަހަރުފަހުން މިއަހަރުގެ ޖެނުއަރީ މަހުއެވެ. ފަސް އަހަރު ވަންދެން މިތަކެތި ބޭނުންކޮށްފައިވަނީ ނަހަމަ ގޮތުގައި އިނގުރައިދޫ ސްކޫލްގެ މުޢައްޒަފުންނެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެފައިވަނީ ސްކޫލްތަކަށް ބޭނުންވާ ޝްޓޭޝަނަރީން ގަންނަށް ކޮންމެ އަހަރުކުވެސް ބަޖެޓެއް ދީފައި އޮންނާނެ ކަމަށެވެ. ވުމާއި 5 އަހަރުވަންދެން ސްކޫލުން މިތަކެތި ބޭނުންކުރީ ކޮންޤަވައިދެއްގެ ދަށުންހެއްޔެވެ. މިތަކެތި ބެހުމުން އިނގުރައިދޫ ސްކޫލްގެ ސީނިޔާ މެނޭޖްމަންޓް ގެ ބަޔަކު ވަނީ ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައެވެ. މިއީވެސް ސްކޫލްގެ ސީނިޔާ މެނޭޖްމަންޓްގެ ތެރެއިން ބަޔަކު އަހްމަދު މުހައްމަދު ދެކެ ރުޅިއަންނާނެކަމެއް ކަންޔަގީނެވެ.
ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އަހްމަދު މުހައްމަދު ވިދާޅުވީ ބަޔަކުގެ ޗެކްކުރިކަމަށާއި އަދި އެފަދައެއްވެސް ބާވަތެއްގެ އެއްޗެއްގެއިން ފެނިފައިނުވާނެކަމަށެވެ. އަދިވެސް ވިދާޅުވީ ޕްރޮވިންސް އޮފީހުގައި އިނގުރައިދޫ ކައުންސިލަރ ވެސް ޝަކުވާ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިޝަކުވާ ކުރިކަމަށް ކައުންސިލަރ މުހައްމަދު ނިޒާމް ވަނީ އިންކާރު ކޮށްފައިކަމަށެވެ. “ ޕްރޮވިންސް އޮފީހުން އެބަބުނޭ ކައުންސިލަރ ޝަކުވާ ކުރިކަމަށް ، އެކަމަކު ކައުންސިލަރ ބުނަނީ އޭނާ ޝަކުވާ ނުކުރާ ކަމަށް" މިހެން ކަމުން މިކަމުގައި ތެދު އަދި ދޮގު ހަދަނީ ކާކުކަން އެނގިފައިނުވާ ކަމަށް އަހްމަދު މުހައްމަދު ބުންޏެވެ.
އަހްމަދު މުހައްމަދު އިނގުރައިދޫއިން ފުރިރޭ އޭނާގެ ގެކައިރަށް އެއްވެފައިވަނީ އިނގުރައިދޫ ޒުވާނުންގެ ތެރެއިން ބަޔެކެވެ. އަދި މިތަނުގައި އެއްވެސް ބެލެނިވެރިޔަކު ހުރިކަމަކަށް ވެސް ނުވެއެވެ. އަދި އުފެދޭ ސުވާލަކީ އޭނާ ފުރުވުމަށް ދަތުރު ހަމަޖައްސާ ފައިވަނީ އިނގުރައިދޫ ސްކޫލްގެ ސުޕަވައިޒެއްކަމުގައި ކަމުގައި އަލްފާޟިލް އިބްރާހިމް ހުސެއިންއެވެ. ސްކޫލްގެ ޕްރިންސިޕަލް އަކީ މިނިސްޓްރީއިން ފޮނުވާފައިވާ މީހަކަށް ވާއިރު ސްކޫލްގެ ސުޕަވައިޒަރަކަށް މިނިސްޓްރީގެ ހުއްދައާއި ނުލައި އޭނާ ފުރުވުމުގެ އިޙްތިޔާރް ލިބެނީ ކިހިނަކުންތޯވެސް މިއީ ސުވާލުއުފެދޭކަމެވެ. އަދި މިކަމުގައި ސްކޫލްގެ ބަޔާން ޕްރޮވިންސް އޮފީހަށް ފޮނުވާއިރު މިކަން ލިޔެފައިވޭތޯ ބެލުމަކީ ވެސް މުހިންމުކަމެވެ. މިކަމުގައި އަޑި ނޭންގޭ އެތަކެއް ކަމެއް އެބަހުއްޓެވެ!!!!
އިތުރުލިޔުންތައް
http://www.inguraidhoolive.com/?p=2089
ލިޔުނީ : މުހައްމަދު މާލިކް
Posted on 2010-02-18 13:27:15 |
Report this Comment
Posted on 2010-08-02 18:13:55 |
Report this Comment