
ނޯޓް: މި ރައިވަރު ތަކަކީ ވަކި ހަމައެއް ނެތި ރައްޓެހިން އެކަކު އަނެކަކަށް މަޖާ އެސް އެމް އެސް ކޮއްލުމަށްޓަކައި ހަދާފައިވާ ރައިވަރު ތަކެކެވެ. އަދި މީގެ ގިނަ ރައިވަރު ތަކަކީ ރިޔާސީ އިންތިޚާބުގެ ކުރީގައި ހަދާފައި ވާ ރައިވަރުކަން ސަމާލު ކަމަށްޓަކައި ދަންނަވާލަމެވެ.
(1)
މެސެޖެއް މަ ކޮށްފިނަމަ
އެ ދެނީ ފިސާރި ރެއްޚަބަ
އެނގޭ މީހަކަށް އެނގުނު ނަމަ
އެނގޭނެ އެދަނީ މާލެކަން ހަމަ
ދެންވެސް އެކަން ދެނެގަތުން ހުށި
ވާށެ މިކަމަށް ނިކަން ޔާރު ހުށި
(2)
ނިމިގެން ނަމާދު ހުކުރު
ނިމުމުން ކިޔެވި ޞަލަވާތްފުޅު
ކާނެ ކެއްކި ރިހަ ކުކުޅު
މޮޑެގެން ބަތާއެކު ކޮސަފުޅު
މީރޭ ދިޔައިވާހާ ކުޅު
ކު ހުސްވެއްޖެ ކެއްކިހާ ކުޅު
(3)
މުއި އުނގުޅާ މާ މޫނު
މުއި އުނގުޅާ ވޭ މޫނު
ހުއި އުނގުޅާ ސުމް މޫނު
ގުއި އުނގުޅާށެ ދަ މޫނު
ނުނަގާނެ އޭރުން ބިއްސެއް
ނުމެ އެޅޭނެއެ ކިނބިއްސެއް
(4)
ވެއްޖެ ގޭގެ ރީތި މަލަ
އެއްފަހަރާ ނުހަނު ނަލަ
ހެއްދުމުން ތާޒާ މަޑިފަލަ
އެއްކަލަ ގޭގައި ނަލަމަލަ
ނުވަދޭ އެގެޔަށް ހާތޯ ތޯ؟
ނުވާނެ އަޑުއަހަން ވާހަކަ ތޯތޯ
(5)
އެޅިރިހަ ބަތަކަށް ހާ
ތެޅިތެޅި ހެދިގެން ފާ
ފެޅިގެން ކަރު ވަރަށް ދާ
ތެޅި އަނގަ ބާރަށް މާ
ހެޅިހުށަ ވަޔައްތާ ބުރައްޖެ
ފެޅި ބޯ ބޯ މަ އަނބުރައްޖެ
(6)
ބަސް ނުބުނެ ރަންކޮޅާ
ބަސް އަހައިގެން ނިދާލާ
ބަސް ގިނަނުކޮށް އޮވެބަލާ
ބަސް ބުނުމުންނެ ނިދިފިލާ
ބަސް ހެޔޮ އަހާށެ ދޮންކަލޯ
ބަސް އަހާނެ ވެސް ބައޮކަލޯ
(7)
އުޅޭށެ ވެރިއެއްހެން ދަތުރު
ނުވާށެ މަތިވެރި އިލާހަށް ކުފުރު
ކުރާށެ ދެއްވި ނިޢުމަތަށް ޝުކުރު
ބަލާށެ ކައު ސާހިބާއަކީ ކަމަށް މިތުރު
ވަސްވާހުން ޝައިޠާނާގެ ދުރުހެލި ވެލާ
ވަލަލް އާޚިރަތު ޚައިރުއްލަކަ މިނަލް އޫލާ
(8)
އޮއްއެ ހެރި ވަޅި އްޔޯ
އޮއްއެ އެޅި ކަޓަރު އްޔޯ
އޮއްއެ ބޮނި ހަކުރު އްޔޯ
އޮއްއެ ކެނޑުނި ލަދު އްޔޯ
ޢަމަލުން ނުބައި ވެއްޖެ ބަ އޮ ރު ޑި
އަމަލުނުވެ ނުހުރެވޭ ގަ އި ރު ޑި
(9)
އަސްތާ އޭމަ ކޮޔާ
ބަސްތަކުން ވަޒަން ހަމަވާ
ބަސްތަކުން ލިޔެލާފާ
ޤަސްދުކޮށް ފޮނުވާބަލާ
ފަސްނުޖެހި ނިކަން ރައިވަރެއް
އަސްލު ހުރިއްޔާ ހިއްވަރެއް
(10)
ނޯވެ ނިދަން ތެދުވޭ
ފޯވެ ފާފައިން ދާނޭ
ބޯ ވެހަރު ގޯސް ވެދާނޭ
ރޯވެ ހިތް ކަޅުވެސް ވެދާނޭ
އަސްތާ ހުރިހާ ކަމެއް ދަނެއު މި
އައްޞަލާތު ޚައިރުން މިނަން ނައުމި
(11)
އޮއްއެ ވަނި ބަދަލު އްޔޯ
އޮއްއެ ބަނި ކަމަރު އްޔޯ
އޮއްއެ ހެދި މަކަރު އްޔޯ
އޮއްއެ ކަނި އަބަދު އްޔޯ
ވާމަ ހަމަ ނެތި އަސްތަ އްޖެ
ވާނު ހަމަ އެނގި ވަ ތަ އްޖެ؟
(12)
ތެދުވޭ ނިކަން ފަތިހާ
މަދީތަ ވަރު ނިދުނުހާ
ބުއްދި ދެއްވި މި މީހާ
އަށްވުރެ ރަނގަޅު ކުކުޅުހާ
ކޮންފަދަތަ މާތް ކަލާކޮ
އެސޮރު ގޮވާނެ ކައްކަކާކޯ
(13)
ބިސްމިން އިތުރު ފަށައިގެން ބުނަމޭ އޭ ޢަބްދުﷲ
އިސްމުފުޅު އެއިލާހުގެ އުފުލުމަށް ކިޔަމާ "ލާ އިލާހަ އިއްލަﷲ"
ވިސްނުމަށްފަހު ކައުނާމެދު ކިޔަމާ "ސުބްޙާނަﷲ"
އިސްވެދިޔަ ކުށް ފާފައަށް ކިޔަމާ "އަސްތަޣްފިރުﷲ"
ޖިސްމެއް ދުޅަހެޔޮ ދެއްވިކަމުން ކިޔަމާ "އަލްޙަމްދުލިﷲ"
ގިސްލަމުން އާދޭހާއެކު ކިޔަމާ ގިނަގިނައިން "ޔާ ﷲ"
(14)
ސިއްތި މަނިކެގެ ދަރި
ފިއްތި ހެދުމެއް ލައިގެން ހުރެ
ތިއްތި ގޮތަކަށް ނުކުމެ ހުރެ
ހިތްތިރި ނަޒަރަކުން ބަލަން ހުރެ
ޖަހައިގަނެފިޔޭ ކުއްޖަކު ގެއިން ބުލްބުލާ
ޖަހާ ކުރިމަތި ވެއްޖޭ ލޯބީގެ ޖުންޖުލާ
(15)
ވެއްޖައުމަށްފަހު މީސްތަކުން މަރު
އެއްކުރެވޭނެ ބިމަށް މަޙުޝަރު
ހެއްދެވި އިލާހުގެ ބާރަށްދަރު
ބެއްލެވޭނެ ޢަމަލު ތަކުގެ މިންވަރު
އެއްކިބާ ކުރިނަމަ ތެދުމަގުން ހަޔާތުގެ ސަރަކަ
ވެއްދެވޭނެ ތަނަކީ ދާއިމަށް ނަރަކަ
(16)
ނާޅާނަންތަ ފަގުޑި
ނުބައްދާނަންތަ ބަގުޑި
ބޮޑުކޭމަށް ގޮސް ތަގުޑި
މެދުގައި އަޅާފަ ހުރި ކުރަނޑި
ކާލަން އެއީވާ ހާދަ މަޖާ ގޮތެއް
ފުރާލަން ބަނޑު އެއީވާ މޮޅު ގޮތެއް
(17)
ނުޖައްސާ ފާޑަކަށް ވަންނި
ތެދުވަމާ ނޯވެ ދަންނި
ނުކުންނަމާ ކެރިގެއް ކަންނި
މަތި ކުރުމަށް ވެރިޔަކަށް އަންނި
ހިނގާށެ ދަމާ އަނެއް ދިވެހިރާއްޖެ
ނުވާނެ ނުގޮސް ތިބެން މިހާރު އެރާއްޖެ
(18)
ވެއްޖައުމަށްފަހު މީސްތަކުން މަރު
އެއްކުރެވޭނެ ބިމަށް މަޙުޝަރު
ހެއްދެވި އިލާހުގެ ބާރަށްދަރު
ބެއްލެވޭނެ ޢަމަލު ތަކުގެ މިންވަރު
ވެއްޖެބަރު ތިލަފަތް ފާފައިން ނަމަ
ވެއްދެވޭނެ ގޮވައްޗަކީ ޖަހައްނަމަ
(19)
ތޯ ނަމުގެ ފަހު ބަޔަކީ އަޤުލީމު؟
ތޯ އެއީ ބޭބެއެއް ޔޫގެ ތަސްނީމު؟
ތޯ ހޮވޭނެ ކަމަށް ބުރުން ފުރަތަމަ ހީކުރީމު؟
ތޯ މެދު މި އިންތިޚާބާ ވިސްނައިލީމު؟
ތޯ ހޮވޭނީ ކާކު ބުރުން ދެވަނަ؟
ތޯ ލިބޭނީ ކާކަށް ޤައުމުގެ އެވަނަ؟
(20)
ވެއްޖެދޭން ދަޢުވަތު މީހަކަށް
ހުސްވަގުތު ލިބޭނެ ފްރީ މީހަކަށް
ގޮސްލަން އެކުގާ ކޮފީ އަކަށް
މީރު ކުލަގަދަ ކަޅު ކޮފީއަކަށް
ވައްތަރީ އެފަދަ މީހަކަށް އެއުޅޭ އަޖްވަދު
ނޫނީ ދެން އުޅޭނީ އެއްކަލަ އަމްޖަދު
(21)
ސޮޑުވެގެން ނިކަން މާ
ކޮނޑުދަށުން ތެޔޮ ދަމާފާ
ބޮޑުގޮތަށް ގައިގަ އަތްލާ
މޮޑުމުން ކަޅުވާމަސްމާ
ގޮނޑުކޮށްފިއެ ތިމާގެ އުޅުން
ހޮޑުލަވާހާ ހަޑި އެ އުޅުން
(22)
ނަޝްފާ ތުންފަތުން
އަސްތާ ކަންފަތުން
ޗާލު ކޯތާފަތުން
ރީތި ކަރުތާފަތުން
ދަމައިގަނެފި ސިއްރުން ޕްރިންސެއް
އުޅެނީ މިހާރު ހެން އަވިއްސެއް
(23)
ބައިވަރެއް ބޮޑިބަތް ކާ ބޭބެ
ކެއުމަށް ކެކުރިވެސް ނުކައްކާ އޯކޭ
ތަދެކޭތޯއޭ ތަދު ބޮޑު ތަދެއް
އައިފަހުން އެފަކީރުގެ ފުރާނަ ނެތް ފަދައޭ
ހައިހޫނުން ހީވެސް ނުކުރާހާ ހަށި ހިމައޭ
ސީވެސް ލެވެޔޭ ޝައްކު ނުކުރޭ ހަމަ ސީކޮށޭ
(24)
ނުހަނު މަޖާ ބަސްއަހާ ކޮއްކޮ
ނުހަނު ލޯބިވާ އެންމެންގެ ނަޝްކޮ
ނުކިޔާ ނަމަކީ އެކަކުވެސް ސަމްކޮ
ކުރިން ކިޔާފަވޭ އެކަމަކު ސަމްކޮ
އަސްލު އެނަމުގެ ދިގުގޮތަކީ ސަމީހާ ކަމަނަ
ފަސްފަހަކާ ޖެހެންދެންވެސް އުޅުނޭ ގޮވައި ކަމަނަ
(25)
އޮތޭ އެބަ މިރޭ ދަރުސެއް
ކޮފީގަޑީގައި ބޮޑު ބަހުސެއް
ހުރިނަމަ މަގޭ ރައްޓެއްސެއް
އަންނާށެ ނުލިބޭނެ ކެއްސެއް
ބުނެބަލަ އެއްވުމަށް ނިކަން އަވަސް ގަޑި
ނުބަލާށެ އަތު އޮތް ބައިގަޑި
(26)
މާ ބިޓުން ކާމިޔާބު މީހަކަށް ހެދިގެން
ބިޓުންތައް އަދިވެސް އޮހޭކަމަށް ތިމާއަށް ފެނިގެން
ބޭނުން ކުއްޖަކު އަދިވެސް ނެގޭނެކަމަށް ހީކޮށްގެން
ތިޔަގޮތަށް މާ ސަޅިބައިސާ ބިންދަ ބިންދާފަ އުޅެގެން
ވާނެ ހަމަ އެއްކަމެއްވެސް މިހާރަކު ހަމަ ނެތޯ
އިޝާން ބުނެގެން އަންނާނެ ކުއްޖަކުވެސް ރަށުގައި ނެތޯ
(27)
ފޮނުވިޔަސް މެސެޖް މާ މަޖާ
ވެގެން ބޮޑު ނުވާނެ އަކަށް ބަލާ
ޖެހޭނީ އޮންނަން އެކަން އިމެއްގާ
ވާނީ ފޮނުވަން ވަކި ވަރެއްތާ
މީދެން ކިހާ ބޮޑުވެއްޖެ ކަމެއް
ނުފެނުނުތަ ތިނޫން އެހެން ކަމެއް
(28)
ފާޑު ފާޑުގެ މެސެޖް ނުފޮނުވާތި މަށަށް
ރާގުރާގަށް ފޮނިބަސްތަކުން ކިޔޭ ގޮތަށް
ޖާހާ އަބުރު މީސްމީހުންގެ ގެއްލޭ ގޮތަށް
ފާޅުގާ އާޑަ ފުރައްސާރަ ކިޔާ ގޮތަށް
މަވެސް ނުކިޔަމެއްނު އައްސަދާ ބެހޭ ވާހަކަ
ނުހަނު ސިއްރުން ކުރި އެކަންތަކާ ބެހޭ ވާހަކަ
(29)
ކީއްވެތަ ތިބިރުގަތީ
ރިޕްލައި ނުކޮށް ހަނުހުރީ
ދެއްކި ކަމަށްތަ ހީކުރީ
ހީކުރިނަމަ އިތުބާރު ގެއްލުނީ
އާދެބަލަ ތަޅާލަން އަނގަ
ފާޑުފާޑުގެ ސިޔާސީ އަނގަ
(30)
ވަމޭ ކަލާޔާމެދު ޙަމްދަރުދީ
ވަމޭ ލޯބި އަބަދައްޓަކައި މަރުދީ
ކުރާނަން ހުރިހާކަމެއް ފުރާނަދީ
ކުރަމޭ ހުވާ ދޫނުކުރުމަށް ގަންދީ
ތީ މިމަޖްނޫނުގެ ނިޔަނެތި ލައިލާ
ތީ މިހިތުގެ ރަނިކަން ކުރާ ޙައުލާ
(31)
ތީ މަގޭ ލޯބި ވައިފް
ކުރަން ހިނގާށެ އުޖާލާ ލައިފް
މީ ރަސްގެފާނު ހިތުގެ ސައިފް
ނުހަރާށެ މަގޭ ހިތައް ނައިފް
އަޅާނެ މަގޭ މޭ އޭރުން ގުޑުގުޑު
ވާނެ މަގޭ ހިތް އެހައިރުން ފުނޑުފުނޑު
(32)
ވެއްޖެ މީހަކު މަސްތީ
ކުއްޖަކުދެކެ ލޯބިވާތީ
ވެވުނޭ ލޯބި ވިސްނޭތީ
ވެވިގެން އެކުއްޖާއާމެދު ސިމްޕަތީ
މަރުކަޒަކީ ބައްދަލު ކުރުމަށް ކަނދިގެ
ރާނާފަ ހިޔާނުކޮށް ހުރި ބަދިގެ
(33)
މިހާރު ވެއްޖެ ވަގުތު ފަތިސް
ނުކިޔާށެ ކިނބިހި އަޅާއިރު ހަޗިސް
ދާށެ އަވަހަސް ނަމާދަށް ފަތިސް
ކުރެވޭތޯ ޖަމާޢަތުގާ ފަތިސް
ވާނެ ޙަޟްރަތާ އޭރުން ތިބާ އަރިސް
ނޫންނަމަ ވާނީ ނަފްސު ތިބާގެ ނަޖިސް
(34)
ދާތި ލާން މާދަން ވޯޓް
ލާތި ތިބާގެ ޙައްޤު ވޯޓް
ވާތި ލާއިރު ތެދުވެރި ވޯޓް
މާތި ކުރާ މީހަކަށް ސަޕޯޓް
ބާޠިލް ނުދޭށި ވިޔަ ލާ ވޯޓް
ބާޠިލް ވިނަމަ އެވީ ބޭކާރު ވޯޓް
(35)
ތަނެއް ހިފަން ކުއްޔަށް
ހޯދަ ދޭތި އަވަހަށް
އަންގާފަ އޮތީ ހޯދުމަށް
އެހެން ތަނެއް މިމަހު ނިޔަލަށް
ރަނގަޅީ ތަނެއް ހުޅުމާލެއިން
ނުލިބުނު ނަމަ ދެން މާލެއިން
(36)
ކިހިނެއްތަ ޙާލް އަޙްވާލް ޔާ އަޖްވަދް؟
ކޮބާތަ އެންމެންގެ އެކުވެރި އަމްޖަދް؟
ނުކުރާށެ ޤުރުއާނުން އަބްޖަދް
އޭރުން ތިބާގެ ހިތް ވާނީ ޒަބަރުޖުދް
އެކަމަކު އާބާދު ކުރާށެ ގިނަގިނައިން މަސްޖިދް
އޭރުން ހަނދާންވާނެ މި ބަސްފުޅު "ވަސްޖުދް"
(37)
ވާހެން އުފުރުމުން ދޫނީގެ ފަތް ފިނދު
މީހެއްގެ ތަދުވުމުން މަސްގަނޑަށް ކިބަ ފިނދު
ނުކެރޭނެ ޖައްސަން ތަނެއްގައި ރަނގަޅަށް ފިނދު
ގޮވޭނެޔެ އައްދޮއައްދޯ މަގޭ ފިނދު
ހީނުކުރާތި ހުތުރު ބަހެއް ކަމަށް އެއީ ފިނދު
ހީކުރެވޭނަމަ ބަލާށެ ރަދީފުން މާނަ ފިނދު
(38)
ކުރަމޭ ދުޢާ މަތިވެރި އިލާހުގެ ޙަޟްރަތަށް
އުއްމީދާއެކު އެއިލާހުގެ ތަނަވަސް ރަޙްމަތަށް
އެދިގެންވާ ޙާލު ދަރިއެއްގެ ނިޢުމަތަށް
ފިނިކަމެއް ލޮލަށް ލިބޭނޭ ފަދަ ޠާހިރު ރިޒްޤަކަށް
ކުރަމޭ މިއަދު ކެތް، ކިޔަމުން "އިންނާލިﷲ"
ކުރަމޭ ދުޢާ އަދިވެސް، ކިޔަމުން "ޙަސްބުނަﷲ"
(39)
ކީއްވެހޭ އަމްޖަދާ ތި ގޯސް ގޮވަނީ
ކިޔޭ ނުކިޔޭއެއް ނޭނގި ކޮސް ގޮވަނީ
އަހަރެން ރުޅި އަރުވަން ތި މޮޔަ ގޮވަނީ
މައިދަރި ވަކިނުވެ ތި ހަޔާތް ގޮވަނީ
ރުޅިގަދަ މީހަކު އެތިފަހަރެއް ލަޑާތޯތަ
ފުޅިއަކަށް އަޅާފަ އެއްޗެއް ބޯންދޭތޯތަ
(40)
ކީކޭތަ ތިކިޔަނީ މަގޭ އަޖޭ
ހިތަށް ތަދުވެ ނުހަނު ގިސް ލެވިއްޖޭ
ދެރަވެވި މަށަށް ހަމަ ރޮވިއްޖޭ
ރޮއިރޮއި ދެލޮލުގެ ކަރުނަ ހުސްވެއްޖޭ
ތިފަދަ ބަހެއް އެނގުނު ނަމަ ބުނިކަން
ދެރަވާނެ ތިބާގެ ދަރި ޒުކަން
(41)
ކިހިނެއްތަ ޙާލްއަޙްވާލް އޭ ޒުއްބަ
ޖެހިންތަ ކުއްޖެއްގެ ގައިގާ ދުވަހަކުވެސް އައްބަ
ހިފިންތަ ރަށުގައި އުޅުނު އިރު ތުއްބަ
ޖެހިންތަ ކައިނިމިގެން މޭޒުމަތީ މުކައްބަ
ކިޔެވިނަމަ މިސޫރަތް މިރޭގަ ބުނާތި ލައްބަ
ތައްބަތް ޔަދާ އަބީ ލަހަބިން ވަތައްބަ
(42)
ލޯބިލޯބިން އައިސް އުރާލާ
އޯގާތެރިކަމާ އެކު ފިރުމާލާ
ދުވަހަކު ވަކި ނުވުމަށް އަތު ހިފާލާ
ކުއްޖަކު ހޯދުމަށް ރަށުތެރެ ބަލާލާ
ހެދުމުން ފެނުނޭ ކުއްޖެއް އުޖާލާ
ނަމަކަށް ކިޔަނީ އޭނާއަށް ޙައުލާ
(43)
އޭ ބަސްއަހާ ކިޔަމަންތެރި އަޅު
އާދަމްގެ މާނައަކީ ވަރަށް ކަޅު
އަސްލު ކުލަވެސް ތިބާގެ ވަރަށް ކަޅު
ވަނަމަކަށް މީހުން ކިޔައި އުޅޭ ދަޅު
ނުކިޔާތި މީހުނާ ދިމާއަށް ނަގޫ ބަޅު
ލައިފާނެ އޭރުން ތިބާގެ ދުލުގައި މީހުން ތަޅު
Posted on 2009-07-20 14:40:02 |
Report this Comment
Posted on 2009-07-21 19:59:27 |
Report this Comment