ލަންދޫއިންފޯ www.landhooinfo.com
ލަންދޫގައިރަޖިސްޓްރީ ކޮށްގެން ނެރޭ ފުރަތަމަ އޮންލައިން ނޫސް
  • ޝާއިޢުކުރި ތާރީޚް: 25 01 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 2346
  • މޯބައިލް ލިންކު: m.muraasil.com/9634

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޢަލީގެ ތަޅުދަނޑިފަތި ( އަހަންމާކަލޯގެ ޖޯކްފީތާ އިން )

ޢަލީ އޮފީހަކަށްވަނީ ދާދީ މިދާކަށްދުވަހުއެވެ. އެއޮފީހުގެ ބަޖެޓްސެކްޝަނުގައި މަސައްކަތްކުރާ ދެކުދިންކުރެއެއްކުއްޖަކު ދިގުޗުއްޓީއެއް ނެގުމާގުޅިގެން އެކުއްޖާ އެނބުރި އޮފީހަށް ނުކުންނަންދެން ތިޖޫރީގެ ތަޅުދަނޑި ޢަލީއާއި، ޙަވާލުކުރެވިއްޖެއެވެ.
ތަޅުދަނޑި ޙަވާލުކުރަމުން އެއީ ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭ އެއްޗެއްކަމަށާއި، ޑަބަލްތަޅުދަނޑި އޮންނަންވާނީ އެއްވެސް މީހަކަށް ނުފެންނަ ތާކު ވަރަށްބޮޑަށް ރައްކާކުރެވިފައިކަމަށާއި، އަބަދުވެސް ތިޖޫރި ހުޅުވުމަށް ބޭނުންކުރާނީ އާއްމުކޮށް ގެންގުޅޭ ތަޅުދަނޑިކަމަށްބުނެ ތަޅުދަނޑިއަށާއި، ތިޖޫރީއަށް ވަރަށް ބޮޑަށް ސަމާލުވެ އަމާނާތްތެރިވުމަށް ، އެއޮފީހުގެ ބޮޑުމީހާ ޢަލީއަށް ނަސޭހަތްދީ ހެދިއެވެ.
ކޮންމެއަކަސް އޭގެ ދެތިންދުވަސް ފަހެއެވެ. ޢަލީ ބަންދުދުވަހެއްގައި މަސްބާނަން ގޮސް އުޅެނިކޮށް ޢަލީގެ ތަޅުދަނޑިފަތި ކަނޑަށް ވެއްޓިއްޖެއެވެ. ތިޖޫރީގެ ތަޅުދަނޑިވެސް އިނީ އޭނަގެ ބޮޑުތަޅުދަނޑިފަތީގައެވެ. ކަނޑަށް މިވެއްޓުނީ އެތަޅުދަނޑިފައްޗެއްވެ. ތަޅުދަނޑި ފަތި ވެއްޓުމާއިއެކު ސިއްސައިގެންގޮސް އަލީއަށް ބުނެވުނީ "އަހާ އެވެއްޓުނީ ތިޖޫރީގެ ތަޅުދަނޑިފަތި.!"
އެއޮފީހުގެ ބަޖެޓްސެކްޝަނުގައި މަސައްކަތް ކުރާ އަނެއްކުއްޖާވެސް ޢަލީއާއިއެކު މަސްބާނަން ދިޔަކަމަށްވެއެވެ. އެކުއްޖާއަށް މިކަން އެނގިގެން ވަރަށް ހާސްވެފައި އިނދެ އެބަބުނެއެވެ. ބަލަ ދެން ކިހިނެތް ތިޖޫރީ ހުޅުވާނީ.....؟
ޢަލީ ވަރަށް ހަމަޖެހިލައިފާ ޖަވާބުދިނެވެ. ހާސްނުވޭ ޑަބަލްކީ އޮންނާނެ....!
ޑަބަލްކީއޮންނާނެވާހަކަ ޢަލީ ބުނުމުން އެކުއްޖާވެސް ކުޑަކޮށްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ސުވާލުކުރިއެވެ. ޑަބަލްކީ އޮންނާނީ ކޮންތާކުތަ؟
ޢަލީ ޖަވާބުދިނެވެ. ޑަބަލްކީ ... ޑަބަލްކީ އޮންނާނީ ތިޖޫރީގައި....
ނިމުނީ ހެހެހެހެ.....


ޢިބްރަތް: ޑަބަލްކީ ރައްކާކުރިއަސް ރައްކާކުރަންވާނީ އަސްލު ތަޅުދަނޑި ގެއްލިގެން ޑަބަލްކީއަށްބޭނުވާ ހާލަތުގައި އަތުޖެހޭ ތަނެއްގައެވެ. އެހެންނޫނީ ޢަލީއަށް މިދިމާވި ކަހަލަ ގޮތެއް ތިޔައިން ބޭފުޅަކަށް ދިމާވެދާނެއެވެ. ޑަބަލްކީ ތިޖޫރީގައި އޮތުމުގެ ސަބަބުން ޑަބަލްކީ ނަގަންވެގެން ޢަލީ އަށްޖެހުނީ ތިޖޫރީ ހަލާކޮށްލާށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-02-20 20:33:59 | Report this Comment
ދާރަ:

ހެހެހެހެހެ

Posted on 2011-03-19 21:29:54 | Report this Comment
މިސް ކޮމެންޓާރ:

ވަރަށް މަޖާ......ހެހެހެހެހެ......

Posted on 2011-03-28 20:49:36 | Report this Comment
ޙައްވާ:

އެއްވެސް މަޖަލެއް ނޫން

Posted on 2011-04-02 17:00:59 | Report this Comment
ދޮން ދޫނި:

ހީހީހީ.... ހަލާކު...

Posted on 2011-05-27 15:58:46 | Report this Comment
ހަމޭ:

ހެހެހޭ................ވަރަށް މަޖާ...މިކަހަލަގެ އިތުރު ލިޔުންތަކަށް އިންތިޒާރު ކުރަން.

Posted on 2011-05-31 21:57:21 | Report this Comment
އަމްޓީ:

ހެހެހެހެހެ ވަރަހް ފޫހި

Posted on 2011-06-17 20:11:09 | Report this Comment
މައްސަލަ:

ތިޖޫރީ ހަލާކު ކުރާކައް އައްޔަކަސް ނުޖެހޭ ...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.