މަނަދޫ ލައިވް

  • ޝާއިޢުކުރި ތާރީޚް: 16 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 110
  • މޯބައިލް ލިންކު: m.muraasil.com/901

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ޢަލީ ރަމީޒުގެ ''އޭއުޚުތާ!'' މަދަހަ ސީޑީ ނިކުންނަނީ


''އޭ އުޚުތާ!" ނަމުގައި މަދަހަ ސީޑީ އެއް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު އުފައްދައި ނެރުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. އަލީ ރަމީޒުގެ އަޑުން ވިދާޅުވެފައިވާ މި މަދަހަ ސީޑީގައި 10 މަދަހަ ހިމެނޭކަމަށާއި އެއް ރާގު ފިޔަވައި ހުރިހާ ރާގެއް ހަދާއިފައި ވަނީ ވެސް އަލީ ރަމީޒު ކަމަށް އެމްއެލްއަށް މަޢުލޫމާތު ދެއްވަމުން މިއަދު ޢަލީ ރަމީޒު ވިދާޅުވިއެވެ.

ޢަލީ ރަމީޒު ވިދާޅުވީ، “އޭ އުޚުތާ!" މަދަހަ ސީޑީގެ ޅެންތައް ހައްދަވައިފައި ވަނީ ޝެއިހް އަބްދުﷲ އާއި މައުސޫމް ޝާކިރާއި އާދަމް ނަސީރު އިބްރާހިމާއި ޑޭޒީމާގޭ އާމިނަތު ފާއިޒާ ކަމަށެވެ.

ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށް ނެރޭ “އޭ އުޚުތާ!" ﷲ އިރާދަކުރެއްވިއްޔާ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު، ރޯލް ވިއްކާ ފިހާރަތަކަށް ނެރުމަށް ވަނީ ހަމަޖެހިފައިކަމަށާއި، ހުރިހައި މަދަހަތަކެއް މިހާރު ވަނީ ރެކޯޑްކޮށް ނިމިފައި ކަމަށް ޢަލީ ވިދާޅުވިއެވެ.

''ﷲ އިރާދަކުރެއްވިއްޔާ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ''އޭއުޚުތާ'' ގެ މަދަހަ ސީޑީ ބާޒާރަށް ނެރުމަށްވަނީ ހަމަޖެހިފައި. މިހާރު ރެކޯޑިންގެ މަސައްކަތްވެސް ނިމިފައިވަނީ. '' ޖަމިއްޔަތުލް ސަލަފްގެ އޮޕަރޭޝަން މެނޭޖަރގެ މަޤާމުގައި ހުންނެވި ޢަލީ ރަމީޒު ވިދާޅުވިއެވެ.

މީގެއިތުރުންވެސް “އޭ އުޚުތާ!" މަދަހަ ސީޑީގައި ހިމެނޭ މަދަހަތައް، ކޮންމެ ހުކުރު ދުވަހެއްގެ ރޭ ސަންއެފްއެމުން ފޮނުވަމުން ގެންދާ "އިލްމީ ޚަޒާނާ" ޕްރޮގްރާމްގައި ދަނީ ތަޢާރަފުކުރަމުންނެވެ. އަދި މި މަދަހަ ސީޑީގެ ހުރިހާ މަދަހަތަކެއްގެ ޓްރެއިލާ، ރާއްޖެއިސްލާމްޑޮޓްކޮމް އިން އަޑުއެހޭ ގޮތަށް ވަނީ ހިމަނައިފައެވެ. މި މަދަހަތައް އަޑުއެހުމަށްފަހު، އެހުންތެރިންނަށް އެންމެ ކަމުދާ މަދަހައަކަށް ވޯޓު ދިނުމުން، އެއް ވަނަ އަށް ހޮވޭ މަދަހައެއް އެކުގައި، 1 އޯގަސްޓްގައި ރާއްޖެއިސްލާމްޑޮޓްކޮމްގައި ހިމަނާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ''އޭއުޚުތާ!'' މަދަހަ ސީޑީގެ ރީޓެއިލް އަގަކީ -/85 ރުފިޔާއެވެ. ހޯލްސޭލް ރޭޓް އަގަކީ -/80 ރުފިޔާއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-19 12:10:43 | Report this Comment
:

އަލީ ރަމީޒްއަށް އަދައްވުރެ ފާގަތިމާދަމައަކަށް އެދެން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.