މުހައްމަދު އިބުރާހިމް

  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1124

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބުއްދިވެރި ބަސް : ކޮކަޑިކޭ މީދާ މަރުނުވެ ގަދަވެއްޖެނަމަ، އޭގެ ސަބަބުން ޖެހޭ ދުއްޕާން އިންތިހާއަށް ގައި

މިދެންނެވި ބަހުގެ ސިޔާސީ އެއް މިސާލަކަށް މިހާރުގެ ރައީސް ނަޝީދު، ބުރުމާ ގާސިމް، ޒަކީ ފަދަ ބޭފުޅުން ނަގަމާތޯއެވެ؟ މައުމޫނުގެ ވެރިކަމުގައި އެކިޒާތުގެ ބަންދުކޮށް، ޖަލަށްލެވި، ޙުކުމް އިއްވި ސިޔާސީގޮތުން މި ބޭބޭފުޅުން ނައްތާލުމަށް " ކޮކަޑި " ދެވުމުންވެސް އޭގެ މާބޮޑު ރާހަތެއް ނުކޮށް އަލުން ގަދަވުމުގެ ނަތީޖާއަކަށްވީ، މި ބޭފުޅުންގެ ސިޔާސީ ދުއްތުރާތައް ބޮޑުވެ މައުމޫނުގެ ވެރިކަން ނިމިދިއުމެވެ. މީގެ އަނެއް މިސާލު މިހާރު ފެންނަން ފަށައިފިއެވެ. މިހާރުގެ ރައީސް ނަޝީދު ފާޅުގައި މަސައްކަތް ކުރައްވައިގެން މަޖިލީހަށް ހޮވުނަ ނުދޭން ބޭނުންފުޅުވި އެތައް ބޭފުޅުންނަކާ، ޕާސްޕޯޓް ހިފަހައްޓާ، އޮފީސްފާސްކޮށް، އަނބިދަރީން ހައްޔަރުކޮށް، ޚިޔާނާތުގެ ތުހުމަތު އަޅުވަމުންދާ އެތައް ބޭފުޅުންނަކަށްވެސް ސިޔާސީގޮތުން މިދެއްވާ ކޮކަޑީގެ ރާހަތެއް ނުކުރިއެވެ. ކޮކަޑިކޭ މީދާ އަލުން ގަދަވެގެން ބަދަލުހިފަން ނުކުންނަ އުސޫލުން އެބޭފުޅުން އެތިބަ މަޖިލީހަށް ވަންނަވަނީއެވެ. ދެ ފަރާތުގައިވެސް ކޮކަޑިކައިގެން ގަދަވާ މީދަލެވެ. ދެންވާނީ ކިހިނެއްބާއެވެ؟ ކޮކަޑިކޭ މީދާ މަރުނުވެ އަލުން ގަދަވެ، ލަދުއަގަލު ކެނޑި، ބިރު ފަހަނައަޅައި، ބަދަލު ހިފުމުގެ ޖޯޝާ ހިތްވަރާއެކު ނުކުމެ ދެން ކުރާ ކަންތައްތަކުގެ ވާހަކަ ވަރަށް ޢިބްރަތްތެރި ޅެމެއްގެ ސިފައިގާ ދިވެހި ޝާޢިރަކު އެކުލަވާލައްވާފައިވެއެވެ. އެ ޝާޢިރަކީ، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފްއޮފް ސްޓާފަކަށް މިހާރު ހުންނެވި މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލުގެ ބައްޕާފުޅު، ހ. ނަވާގަން ޢަލީމޫސާ ދީދީއެވެ. ޢަލީ މޫސާ ދީދީ ހައްދަވާފައިމިވާ ޅެމުގެ ބައިތުތައް ވިދާޅުވެލައްވަވާށެވެ!! މި ބުއްދިވެރި ބަސްތަކުން ޢިބްރަތް ޙާޞިލް ކުރައްވާށެވެ!! މީދަލެއް ކައިގެން ކޮކަޑި ގަދަ ވެއްޖެ ނަމަ ދޭނީ ލަނޑޭ މީހުނަށްދީ ދުއްތުރާ ގެދޮރާ މުދާ ކުރަނީ ގޮނޑޭ މޫސުމަށް ނުބަލައި ކޮކަޑި ލީނަމަ ގެޔާ ރުއްގަސް ތެރަށް، ފޫނުބެއްދޭ ވަރުގެ ގެއްލުން ދޭކަމަށް އިވެނީ އަޑޭ އާދަ ކޮށް ކެވުމުން ކޮކަޑި ދުވެފާ ދެޔޭ ތޮފަޅާތަކަށް, ސާފު ވާރޭފެން އެ ސޮރު ބޮއިގެން އަބަދު ލާނީ ހޮޑޭ ފެން ލިބިއްޖެއްޔާ އެ ސޮރު ގަދަވާތަނުން ހަމަލާ ދެޔޭ, ދެން އެއަށްފަހު ކޮކަޑި ލީ ބަޔަކަށް ދެނީ ހައްތާ ލަނޑޭ ތަންތަނަށް ވަދެ އޮވެފިލާ އަނގަ އޮރިކުރާލެއް ގިނަކަމުން ދަންވަރަށް ނުނިދޭވަރަށް އިވެނީ އަބަދު ބާރަށް އަޑޭ އަތްފަޔާ އަދި އަންނައުނުތައް ކައިހަދާތީ ރޭގަނޑަށް، ތައްއުފާ ނެތި ގެއްލިގޮސް ލޭ އަންނަނީ ތަންތަން ކެނޑޭ ދާނަމުން ހަށިގަނޑުގެ އެކި ތަންތާ އެސޮރު ނިދިލާއިރަށް، ބާނިލާފައި ލޭ ނަޔަސް، ކައިފައިވަނީ ދެ އަތާ ކޮނޑޭ އަނބިދަރީންނަށް ނުނިދިފާ ތިބެޔޭ ވަށާ ހޯދާބަލަން، ތަނބިކަށިންވެސް ލޭ ހިލޭވަރު ވެއްޖަތީ ތަނަކުން ކެނޑޭ ކައި ފަޅޯ ފޭރާ ފުފޫ ތޮރަޔާ ޗިޗަންޑާތައް ކޮށާ، އާދަކޮށް ކައިފާ ކޮށާ ހަދަނީ ގަހާ ފަތްތަކު ތަނޑޭ އަސްކެނީ ދަށުގައި އެވާ މޭވާ ވެލާ ގަސްތައް ނޮޅާ ލަސްވުމެއް ނެތި ގޮސް އެ ސޮރު ނިންމާލަނީ ހައްދާ ދަނޑޭ ކާޑު އެތި ކޮޅުވެސް ސަލާމަތްވާނެ ގޮތް ނެތި ވިސްނިފާ ފާޑުފާޑުގެ ދުއްތުރާތައް ތާ އަބަދު ކުރަނީ ބޮޑޭ ބޮޑުވެގެން މީދަލުގެ އުނދަގޫ ގޮސް އެހެން ރަށަކަށް ދިޔަސް، މަޑުވުމެއް ނެތި ގޮސް ހުރަސް ކުރަނީ ދެމެދުގާވާ ކަނޑޭ (މިއީ ބަންޑާރަ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-11 02:31:56 | Report this Comment
މހމދ:

ފަހު ޖުމްލް ލޔެފައިވާ ގޮތުން ބޯއަނބުރައިން ހިގައްޖެ އެހާދިގު ޖުމްލަ ކިނެއްކިޔާނީ، ދެން އެޖުމްލަ ވަކިވަކިނަ ލިުންނަމަ ކިޔަން ފަސޭހަ ވީސް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.