މުހައްމަދު އިބުރާހިމް

  • ޝާއިޢުކުރި ތާރީޚް: 02 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1285

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކާށިގޯނި

މި ރޯދަމަހުގެ ފުރަތަމަ 10ގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އާދައިގެ މަތިން ޔާގޫބު ބަދަރު އަޅޯގަޑަށް ހެދުނުގެ ވަގުތެއްގާ ދިޔައެވެ. ގޮސް އެތާ މަޑުކުރިތަނާ މަނަދުއަށް ބަޔަކުދާން އުޅޭކަމުގެ މައުލޫމާތު ޔާގޫބައް ލިބުނެވެ. ޔާގޫބު ވަރަށް އުފާވިއެވެ. އެހެނީ އޭނާ އެއުޅެނީ ކާށިގޯންޏެއް މަނަދުއަށް ނުފޮނުވިގެންނެވެ. ފުރުސަތުގެ ބޭބުންހިފާ ކައްޕި ކައިރީ ކާށިގޯންޏެއް މަނަދުއަށް ގެންދެވޭނެތޯ ސުވާލްކުރުމުން ކައްޕި ދިން ޖަވާބުން އަޅާ އިތިކޮށް ގެއަށް ދިޔައީ ކާށިގޯންޏެއް ތައްޔާރުކޮށްލާށެވެ. ވަރަށް މަސައްކަތުން އެހާމެ އަވަހައް އެކަންކޮށްލާ ކާށިގޯނި ހިފައިގެން ބަދަރަށް ދިޔައިރު ދޯނިނައްޓާލައިގެން ފަޅުންބޭރަށް ނުކުންނަނީއެވެ. ހަޅޭއްލަވާލަވާ ހިލާ ހަބަރެއްނުވިއެވެ. ވީދެރައިން ގެއަށް އައިސް ކާށިގޯނި ރަގަޅަށް ރައްކާކޮށްލިއެވެ. އަދި ބަދަރައް ދުވަހުގެ ވާޖިބު އަދާކުރަން ގޮސްފިއެވެ. ވަގުތު ތައް ގުނެމުންގޮސް 2 ޖެހިއިރު އަންހެންވެރިން ބަދިގެއަށް ވަންނަން ފަށައިފިއެވެ. އަދި ވެފާހުރިވަރުބަލިން ކާއްޓަކަށް ބޭނުންވިހިދު ރައްކާކޮށްފައިވާ ކާށިގޯނިން އެއްކާށި އަންހެންމީހާ ނަގާ ރޯދަވީއްލުމައް ތަކެތި ތައްޔާރުކުރުމަށް ފަށައިގެންފިއެވެ. ހަމަ އެވަގުތު ކަހަލަ ގޮތަކަށް ޔާގޫބައް ގެއަށް އާދެވިއްޖެއެވެ. ގެއަށް އައިރުވެސް ކާށިގޯނި ގެންގޮސް ނުދިނީތީ ލޮލުންހުރީ ދުންކަނި ބުރުވާލަ ބުރުވާލައެވެ. މިފަދަހާލެއްގައިހުއްޓާ ދެންއެފެނުނީ އެއްކަލަގޯނިން އަންހެންވެރިން ކާށިނެގިކަމެވެ. . ދެނަކާ ދެނެއްނެތެވެ. އައިރުޅި ޔާގޫބައް ކޮންޓުރޯލެއް ނުކުރެވުނެވެ. އަތުންފައިން ގޯސްވެސް ހެދިއްޛެއެވެ. ކުރެވުނުކަމަކީ އެއްކަލަކާށި ގޯނީގައި ހުރި ހުރިހާ ކާށި ހަމައެތަނަށް ކުދިކުދިކުރީ ފަހަރަކު ކާއްޓެއް ތަޅުންގަޑުގައި ޖަހާ ފަޅަމުންނެވެ.
ނޯޓް : ޔާގޫބަކީ އަސްލުނަމެއްނޫން 0 އެކަމަކު އެމީހާގެ ގެ އެހާ ބަދަރަކާ ދުރެއްނޫނެ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.