
އިންޑިޔާ މީހަކާ އެމެރިކާ މީހަކާ އެއްފުލައިޓެއްގައި ދަތުރުކުރިއެވެ. ދެމީހުންވެސް ތިބީ ޖެހިޖެހިގެން ތިބި ދެގޮޑީގައެވެ.
އެމެރިކާ މީހާ : ހިނގާ ފަނީ ގޭމެއް ކުޅެލަން ދޯ.
އިންޑިޔާމީހާ: މަ މީދީ ވަރަށް ބޮޑަށް ވަރުބަލިވެފާ، މަ ބޭނުންވަނީ ނިދާލަން.
އެމެރިކާ މީހާ : މީވަރަށް ފަސޭހަ ގޭމެކޭ . ވަރަށް މަޖާވާނޭ.
އިންޑިޔާމީހާ: ކުޑަކޮށް ލޯހުޅޫވާލާފާ . އަޅެ މަށަށް އުނދަގޫ ނުކޮށްފާނަންތަ.
އެމެރިކާ މީހާ : އަހަރެން ކުރާނަން ސުވާލެއް. ކަލެއަށް ޖަވާބު ނޭންގިއްޖެނަމަ ކަލޭ ދޭންވާނެ 5 ޑޮލަރ. ކަލޭ ކުރާސުވާލަށް މަށަށް ޖަވާބުދޭން ނޭންގިއްޖިއްޔާ މަދޭނަން 500 ޑޮލަރ.
އިންޑިޔާމީހާ: ނިދި ނިދި އިނދެފާ ކުއްލިއަކަށް ތެދުވެލާ ގޭމަށް ސަމާލުކަންދީފިއެވެ. އަދި ސުވާލުކުރުމަށް އެދުނެވެ.
އެމެރިކާ މީހާ : ބިމާ ހަނދާ ދެމެދު ހުރި ދުރުމިނަކީ ކޮބާ؟
އިންޑިޔާމީހާ: ދޭނެ ޖަވާބެއް ނޭންގުނެވެ. އެހެން ވެގެން ވޮލެޓް ނަގާ 5 ޑޮލަރު ދީފިއެވެ.
އެމެރިކާ މީހާ : މިއީ ކަލޭގެ ފަހަރެވެ. ސުވާލު ކުރާށެވެ.
އިންޑިޔާމީހާ: އޭތި ފަރުބަދައަށް އެރިއިރު ހުރީ ތިންފައެވެ. ފޭބިއިރު ހަތަރު ފައިހުއްޓެވެ. އެއީ ކޮން އެއްޗެއްހެއްޔެވެ؟
އެމެރިކާ މީހާ : މިސުވާލަށް ދޭނެ ޖަވާބެއް ނޭންގުނެވެ. އަވަސް އަވަހަށް އޭނަގެ ލެޕްޓޮޕް ނެގިއެވެ. އަދި އޭނަގެ ރިފަރެންސް ސޯސްތައް ސަރޗްކުރަން ފެށިއެވެ. ޖަވާބު ފެންނަގޮތެއް ނުވިއެވެ. ދެން ލެޕްޓޮޕަށް މޮޑެމް ޖަހާ އިންޓަރ ނެޓަށް ވަދެގެންވެސް ސަރޗް ކޮށްހެދިއެވެ. ޖަވާބުލިބޭ ގޮތެއްނުވިއެވެ. އެކި އެކި އޮންލައިން ލައިބްރަރީ ތަކަށް ވަދެ އުޅެވެސް ޖަވާބު ލިބޭގޮތެއްނުވިއެވެ. އެކުވެރިންނަށް އީމެއިލް ކޮށް، ޗެޓްކޮށް ހަދައިގެން ވެސް ޖަވާބުލިބޭގޮތެއް ނުވިއެވެ. ޖަވާބު ލިބޭނެ އެއްވެސް މަގެއް ނުފެނިގެން އެންމެފަހުން ވޮލެޓް ނަގާ 500 ޑޮލަރު އިންޑިޔާ މީހާއަށްދީފިއެވެ.
އިންޑިޔާމީހާ: ތޭންކްސް . އޭ ބުނެލުމަށްފަހު ނިދަން ޖައްސާލިއެވެ.
އެމެރިކާ މީހާ : ދެން ކަލޭ ބުނެބަލަ އެހެންވެއްޖިއްޔާ . އޭގެ ޖަވާބު.
އިންޑިޔާމީހާ: އިންޑިޔާމީހާއަކަށްވެސް އޭގެ ޖަވާބެއް ނޭންގެއެވެ. އެހެންވެގެން އިތުރު އެއްޗެއް ބުނުމަކާ ނުލައި ވޮލެޓުން 5 ޑޮލަރު ނަގާފާ އެމެރިކާމީހާއަށް ދިއްކޮށްލިއެވެ.
ނިމުނީ
Posted on 2010-10-01 21:00:12 |
Report this Comment
Posted on 2011-02-13 23:37:18 |
Report this Comment