ދި އަނިއަން

  • ޝާއިޢުކުރި ތާރީޚް: 29 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1396

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެމް.ޑީޕީއަށް ސޮއިކުރައްވައިފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލުލްގައްޔޫމް ވެރިކަން ކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ރޭގެ ވަގުތެއްގައި ރައީސް މައުމޫން އެމްޑީޕީއަށް މި ސޮއިކުރެއްވީ މުލީއާގޭގައި ރައީސް ނަޝީދުއާއި ބައްދަލުކުރައްވާ ގައުމާއިގެން އަމާން ބަނދަރަކަށް ދިޔުމަށް އަދުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ހިތްވަރު ދެއްވުމަށް ކަމުގައި މައުމޫންގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާ ހަވާލާދީ ހަވީރު ނޫހުން ހާމަކުރެއެވެ.

ހަވީރު ނޫހުން އިތުރަށް މުންދު އާ ހަވާލާދީ ހާމަ ކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގަވާ ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތާއި މަސްތުވާތަކެތި ނައްތާލުމުގެ ސިޔާސަތަށް ރައީސް މައުމޫން ނިހާޔަތަށް ތާއީދުކުރައްވައެވެ. އަދި މާލޭ ބައިނަލް އަގްވާމީ އެއާރޕޯޓްގެ ހިންގުން ބޭރުގެ ފަރާތަކާ ހަވާލުކުރުމުން އެކަމަށް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މާލިއްޔަތު ގާނޫނަށް ހުށައެޅި އިސްލާހް އާއި މެދު ރައީސް މައުމޫން ނިހާޔަތަށް ކަންބޮޑުވާކަންވެސް ރައީސް ނަޝީދު އަރިހު ދެންނެވިއެވެ.

މިކަމާގުޅޭގޮތުން އެމްޑީޕީއިން މަރުހަބާ ކިޔާ ވަރަށް އަވަހަށް ބަޔާނެއް ނެރޭނެކަމަށް އެ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ވަނީ ހާމަކޮށްފައެވެ.

ރައީސް މައުމޫން އެމްޑީޕީއާ ގުޅިވަޑާއިގެންފައި މިވަނީ މާފަންނު ހުޅަންގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވެސް ވެރިކަން ކުރާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ވަގުތެއްގައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-29 17:23:57 | Report this Comment
ހުތެން:

ހަހާހާ.... ދައަނިއަން ގެ ދިވެހި ވައްތަރު ދޯ. ސަޅި. އެމެރިކާގެ ދައަނިއަން އަން ދޫކުރާ ވަރެއް ނުވޭ...

Posted on 2010-08-29 17:55:23 | Report this Comment
ހިރިގާ:

ފޭކް ހަބަރު ފަތުރާ ދަ އަނިއަންގެ ދިވެހި ވަރޝަން އަށް މަރުހަބާ. ސަޅިއޭ ބުނެވޭނީ.. އިތުރު ލިޔުންތައް ފެންނާނެ ކަމަށް ހީކުރަން

Posted on 2010-08-29 20:18:09 | Report this Comment
އަމާޒް:

ހުރިހާ މީހުން އެމް.ޑީ.ޕީއަށް ސޮއިކޮށްގެން ނަމަވެސް، ކަންކަން ރަނގަޅު ކުރަން ވެއްޖެއްނު. މަވެސް ބޭނުން ސޮއި ކުރަން. އޭރުން ކޮން މަޤާމެއްތަ މަށަށް އޮތީ؟"
ކެނެރީގޭ އަންނި: އަމާޒުއަށް މުރާސިލްގެ ކައުންސިލަރުކަން ދޭނަން. ކޮއިފުޅާ އަވަހަށް ސޮއިކޮށްލާ

Posted on 2010-08-29 21:08:22 | Report this Comment
ފކ:

ވަރަށް ފޫހިވޭ....ފޭކް ހަބަރަކަށް އެއްވެސް އިންޓްރަސްޓެއް ނެތް...މިއުޅެނީ ތެދު ހަބަރެއް ވެސް ތެދުވެރިކަމާއި އެކު ކިޔާލަން ނުލިބިގެން...އެހާލުގައި އުޅޭ އިރު މިކަހަލަ ފޭކް ހަބަރު ކިޔާކަށް ވަގުތު ހޯދާނީ ވެސް ކިހިނެއް؟ ...

Posted on 2010-08-30 03:39:26 | Report this Comment
މހމދ:

މީހަމަ ސައްހަ ޚަބަރެއް! ފޭކެއްނޫން!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.