ލަންދޫއިންފޯ www.landhooinfo.com
ލަންދޫގައިރަޖިސްޓްރީ ކޮށްގެން ނެރޭ ފުރަތަމަ އޮންލައިން ނޫސް
  • ޝާއިޢުކުރި ތާރީޚް: 18 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 2623

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދަރިފުޅަކު އޭނަގެ ބައްޕައަށް ލިޔުނު ސިޓީ ........

ބައްޕައަކު އޭނަގެ ސާދަ ފަނަރައަށްދާ އަންހެންދަރިފުޅުގެ ކޮޓަރިއަށް އެއްދުވަހަކު ވަނެވެ. ކޮޓަރި ތެރެ ފެންނަނީ ވަރަށް ރީއްޗަށް ތަރުތީބު ކުރެވިފައިވަނިކޮށެވެ. އަދި ވަރަށް ރީތިކޮށް ކުނިކަހާ ސާފުތާހިރު ކޮށްހަދާފާ ވަނިކޮށެވެ.

ބައްޕަވަރަށް އުފާވެހުރެ ކޮޓަރީގެ އެކިއެކި ދިމާއަށް ރަގަޅަށް ކަޅިހިންގާލިވަގުތު އެނދު މަތީގައި އޮތް ބާލީސް ކައިރީގައި އޮތް ސިޓީއުރައެއް ފެނުނެވެ. ސިޓީއުރައިގެ ބޭރުގައި ޖަހާލައިފާއޮތީ " ބައްޕައަށް " މިހެންނެވެ. ލިބުނީ ހައިރާން ކަމެކެވެ.

ތުރުތުރު އަޅާއޮތް އަތަކުން ބިރުވެރިކަމާ އެކު ބައްޕަ އަވަސް އަވަހަށް ސިޓީއުރަކަނޑާލިއެވެ.

ލޯބިވާ ބައްޕައަށް

ހެޔޮދުޢާ ސަލާމަށް ފަހު ލިޔަމެވެ.

އަހަރެން މިސިޓީ މިލިޔަނީ ވަރަށް ހިތްހަމަ ޖެހިގެންހުރެ ވަރަށް އުފާވެރިކަމާއި އެކުގައެވެ. ބައްޕައަށް އޮޅުވާލާކަށް ނެތީމެވެ. އެކަމަކު މިވަގުތު އަހަރެން މިއުޅެނީ ގެއިން ބޭރުގައެވެ. އަހަރެން ގެ ސިއްރު ކައިވެނި ކުރުމަށް އައިހެވެ. އަހަރެން މިހުރީ އަހަރެން ގެ ބޯއީ ފުރެންޑް " ސޭމް " ގެ ހިމާޔަތުގެ ދަށުގައެވެ. އޭނަގެ ގޭގައެވެ. އަހަރެން ބޭނުންވަނީ މިހުރިހާ ކަމެއް ބައްޕައަށާއި، އަދި މަންމައަށް ސާފުކޮށް ކިޔައިދޭށެވެ.

އަހަންނަށް ވަނީ ސޭމްގެ ކިބައިން ޙަޤީޤީ ދިިރިއުޅުމުގެ އުފާ ދަސްވެފައެވެ. އޭނައަކީ ވަރަށް ބަރާބަރު މީހެކެވެ. އޭނާ އަހަންނަށް ވަރަށް ރަގަޅެވެ. ވަރަށް އޯގާތެރިއެވެ. ބައްޕައަށް ވެސް އޭނަ ފެނިއްޖެ ނަމަ ބައްޕަވަރަށް އުފާވާނެކަން އަހަންނަށް ހަމަ ޔަޤީންވެއެވެ. އޭނަގެ ގައިގެ އެތަންމިތާނގައި ޖަހާފައި އެހެރަ ރީތި ރީތި ޓެޓޫ ތަކާއި، ކަންފަތާއި ނޭފަތާއި، މޫނުމަތީގެ ތަން ތަން ތޮރުފާފަ އަޅުވާފަ އެހެރަ ރަންރިހީގެ ބޮޅުތަކުން ބައްޕަ ހިތްފުރިގެން ދާނެކަން އަހަންނަށް ހަމަޔަޤީންވެއެވެ. އަދި އޭނަ ލައިގެން އެހުންނަ ގަމީހާއި ފަޓޫލޫނުގެ އެތަންމިތަން ވީދާފާ އެހުންނަ ހުރުމުން އޭނަގެ ފުރިހަމަ ކަން އިތުރު ކޮށްދެއެވެ.

އެކަމަކު އޭނަގެ ފުށުން ލިބުނު ހިތްހަމަ ޖެހުމާއި، އުފާވެރިކަމަކީ ހަމަ އެކަނި އެއެއްނޫންނެވެ. ލޯބިވާ ބައްޕާއެވެ. މިއަދު އަހަރެން މިއިނީ ބަލިވެއެވެ. ސޭމް ބުނި ފަދައިން ސޭމްގެ ވަޢުދު މިއަދު މިއޮތީ އަހަންނަށް ޓަކައި ފުއްދައިދީފައެވެ. އަހަންނަށް ލޯބިލޯބިކުއްޖަކު ހޯދަދޭނެ ވާހަކަ ސޭމްވަނީ އަހަރެންގެ ގާތު ތަކުރާރު ކޮށް ބުނެ ވަޢުދުވެފައެވެ. އެކަން މިހާރު މިހިރަގެން ޙާސިލްވަނީއެވެ.

ސޭމްއަކީ އަހަންނަށްވުރެ އެތައް ގުނައެއް ދޮށީމީހެއްކަމަކު ސޭމްގެ ކިބައިން ފެންނަނީ ޒުވާންކަމުގެ ޖޯޝެވެ. ސޭމްއަކީ ޢުމުރުން 42 އަހަރުގެ މީހެކޭ އޭނަގެ ޙަޤީޤަތް އެނގޭ އެއްވެސް މީހަކު ނުބުނާނެއެވެ. އެހާވެސް ކުޅަދާނައެވެ.

ލޯބިވާ ބައްޕާއެވެ. އަހަރެމެން އަތުގައި ފައިސާއެއް ނެތެވެ. އެކަމަކު އަހަރެން އެކަމާ ހާސްވާކަށް ނުޖެހެއެވެ. ސޭމް ކޮންމެވެސް ގޮތަކުން ފައިސާހޯދާނެއެވެ. އެއީ އޭނަގެ މަންމަގެ ޕާރސް އިން ކަމަށްވިޔަސް ހެވެ.

ލޯބިވާ ބައްޕާއެވެ. ސޭމް އަތުގައި ވަރަށް ސަޅި ލަވަސީޑީތައްވެސް ހުރެއެވެ. އެންމެ ފަހުގެ ރޮކް މިޔުޒިކް ސީޑީތަކާއި، ފަހުގެ ބޮލީވުޑް ފިލްމްތައްވެސް ހުރެއެވެ. އެހުރިހާ އެއްޗެއްވެސް އަހަންނަށް ދައްކާހަދައެވެ. އަދި އަހަންނަށް ދޭނެވާހަކަވެސް ސޭމް ބުންޏެވެ.

ލޯބިވާ ބައްޕާއެވެ. އެއީ ތެދެކެވެ. އަހަރެންގެ ބޯއީ ފުރެންޑް ސޭމްގެ އެހެން ގަރލްފުރެންޑެއްވެސް ހުރެއެވެ. އެކަަމަކު އަހަންނަށް އޭނާ ބޭވަފާތެރި އެއް ނުވާނެއެވެ. އޭނައަހަންނަށް ފުރިހަމައަށް އިތުބާރުކުރާނެއެވެ. އަދި އަހަރެންވެސް އޭނައަށް ފުރިހަމައަށް އިތުބާރުކުރަމެވެ.

އޭނާ އަހަންނަށް ބައިވަރު ކުދިން ހޯދައިދޭން ބޭނުންވެއެވެ. އެގޮތުން މިހާރު އަހަންނަށް ފުރަތަމަ ދަރިފުޅު އޭނަގެ ފުށުން ލިބެން މިއުޅެނީއެވެ. މިއީ މަގޭގެ ފުރަތަމަ ހުވަފެންވެސް މެއެވެ.

ސޭމް މިހާރު މަށަށް އެހެން ކަމެއް ވެސް ދަސްކޮށްދީފިއެވެ. ބައްޕާއެވެ. މެރިޖުއާނާ ބޭނުންކުރަންވެސް އަހަންނަށް މިހާރު އެގެއެވެ. އެއީ މީހުން އެކިޔާކަހަލަ ހަށިގަނޑަށް ގެއްލުން ދޭ އެއްޗެއްނޫނެވެ. ސޭމްގެ އަމިއްލަގޭގަވެސް އޭގެ ގަސްތައް ހައްދައެވެ. އެއީ އަހަންނަށާއި އަދި އެބޭނުންވާ އެހެންމީހުންނަށްދޭށެވެ. އަދި ގަންނަން އަންނަމީހުނަށް ވިއްކާށެވެ. ހުރިހާ މުނާސަބަތުތަކެއްގައިވެސް އަދި އަހަރެމެން އެކަކު އަނެކަކާ ބައްދަލުވާހިނދުވެސް އޭގެ ބޭނުން އަހަރެމެން ކުރަމެވެ.

އަހަރެމެން މިހާރު ދުޢާ މިކުރަނީ ސައިންސް ވެރިންނަށް އެއިޑްސް ބަލީގެ ވެކްސިން ހޯދޭތޯއެވެ. އެދުވަހެއް އަވަހަށް ދައްކަވާށިއެވެ. އޭރުން މަގޭގެ ސޭމް އަށް ފަރުވާއެއް ދެވޭނެއެވެ. އޭނަ އެބަލިން އަވަހަށް ރަގަޅުވާނެއެވެ.

ބައްޕާއެވެ. ހާސްނުވާށެވެ. މަގޭ ޢުމުރުން މިހާރު 15 ދޯއެވެ. އެހެންވީމާ މަގޭގެ ސަލާމަތް މަށަށް ހޯދޭނެއެވެ. އަހަރެން ސިއްހަތަށް ވަރަށް ބަލަމެވެ. މިއުޅެނީ ވަރަށް ވިސްނައިގެންނެވެ. ކޮންމެވެސް ދުވަހަކުން އަދި ބައްޕަމެންނާއި ބައްދަލުވާނެއެވެ. އެދުވަހަކުން ބައްޕަގެ ކާފަދަރިންކޮޅު ބައްޕައަށް ފެންނާނެއެވެ. މިހިސާބުން މިސިޓީ ނިންމާލަމެވެ.

އިޙްތިރާމް ޤަބޫލް ކުރުން އެދެމެވެ.

ބައްޕަގެ ލޯބިވާ

ރޯޒީ

މިސިޓީ ނިންމާލުމަށްފަހު ބައްޕައަށް މާނޭވާއެއް ލެވުނެއެވެ. އަދި ބޮލުގައި އަތްކާތާލެވުނެވެ. މުޅި ބިންގަނޑު ފައިދަށުން ދިޔަކަހަލައެވެ. އޭނަގެ ހުރި އެންމެ އަންހެންދަރިއެވެ. ވާނީ އެހެން ނޫންހެއްޔެވެ. އެހާ ފޮނިއުންމީދު ތަކާއި، އެކު ތަރުބިއްޔަތު ކުރަމުން އައި ދަރިފުޅު މިއޮއްގެން ހަލާކުވެ ނިމުނީއެވެ. ހާދަހާ ދެރައެވެ. މާތް ﷲ މަގޭ ދަރިފުޅު މިނުރައްކަލުން ސަލާމަތް ކުރައްވާށިއެވެ.

ބައްޕަ އަށް ރޮވިއްޖެއެވެ. ސިޓީ އަތުން ދުވެގެން އެނދުމައްޗަށް ވެއްޓިއްޖެއެވެ. ވެއްޓުނު ވަގުތު ސިޓީގެ އަނެެއް ފަރާތްވެސް ފެނިއްޖެއެވެ. ސިޓީގެ އަނެއްފަރާތުގައި ވެސް ކޮންމެވެސް އެއްޗެހިތަކެއް ލިޔެފާވާތީ އެބައިވެސް ކިޔާލުމަށް ބައްޕަ އަވަސްވެ ގަތެވެ. ކެތްމަދުވެފާވާ ޙާލުގައެވެ.

ލޯބިވާ ބައްޕާއެވެ. ހާސްވެނުލައްވާށެވެ. ސިޓީގައި އެވަނީ ހުސްދޮގެވެ. އަޅުގަނޑު މިހިރީ ބޮޑުދައިތަ ގޭގައެވެ. އަޅުގަނޑު ބޭނުންވީ އެހުރިހާ ނުބައިކަމެއް އަޅުގަނޑަށް އެނގޭކަން ބައްޕައަށް އަންގާލުމެވެ. އެއީ ނުބައި ނުލަފާ ވެއްޖެނަމަ ދިރިއުޅުމުގައި ދިމާވެދާނެ އެންމެހައި ނުބައި ގޮތްތައްކަން އަޅުގަނޑަށް އެނގެއެވެ. ބައްޕަ އަޅުގަނޑަށް ކުރައްވާ އިތުބާރާއި ޔަޤީން ކަން އަޅުގަނޑަށް އެގެއެވެ.

މިއަދަކީ ފުރަތަމަ ސެމިސްޓަރ ގެ ރިޕޯޓް ސްކޫލުން ދޫކުރި ދުވަހެއެވެ. އަޅުގަނޑުގެ ރިޕޯޓް ފޮތް މޭޒުވަތް ގަނޑުގައި އޮންނާނެއެވެ. އަޅުގަނޑު ދާންވާއިރަށް ރިޕޯޓް ފޮތުގައި ބައްޕަ ސޮއިކޮށްލައްވާށެވެ. ބެލެނިވެރިޔާ ސޮއިކުރަން އިންގޮޅީގައެވެ. އަޅުގަނޑު ވަރަށް އަވަހަށް އެބަދަމެވެ. މިއަދު ހަވީރު ސްކޫލަށް ރިޕޯޓް ފޮތް ގެންދަންވެސް ޖެހެއެވެ.

ބައްޕަގެ ލޯބިވާ ދަރިފުޅު

ރޯޒީ

ބައްޕަ އުފަލުން ފޮޅިއްޖެއެވެ. ހާދަލާނެއް ކުއްޖެކެވެ. މަގޭދަރިފުޅު ޅައެއްޗެއް ނާޅާނެއެވެ. ﷲ އަށް ހަމްދު ހުއްޓެވެ.

( ނިމުނީ )

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-22 14:16:47 | Report this Comment
ނަވާ:

ހި ހި ހި ހި ހި ހި..ވ ފައްކާ...

Posted on 2010-08-24 07:28:53 | Report this Comment
ނޭންގ ނޭންގޭ:

"މެރިޖުއާނާ" މީ ކޯޗެއް؟؟؟....

Posted on 2010-08-26 14:35:10 | Report this Comment
ޔޫއްޕެ:

ހިތްހަމަ ޖެހޭ ވަރުވޭ

Posted on 2010-08-26 21:42:20 | Report this Comment
އަބޫ:

ހަހަހަ މީ ހަމަ އެއްވަނައިގެ ލިޔުމެއް

Posted on 2010-08-31 11:00:44 | Report this Comment
ޖާލިމް:

އަސްލު ސިޓީ ލިޔުމުގެ ބޭނުން ބަޔާން ކޮއްނުދީ އޮތީމަ ފުރިހަމައެއް ނުވޭ!! "I just wanted to remind you that there are worse things in life than my report card މިހެން ބުނުމުގެ މާނައަކީ އޭނާ ފާސްނުވުމަށް ވުރެ ކަންތައް މާ ގޯސް ވާން ފުރުސަތު އެބައޮތޭ!!

Posted on 2010-09-04 15:26:21 | Report this Comment
އަފީ:

ވަރަށް މަޖާ.

Posted on 2010-09-24 15:36:53 | Report this Comment
ސޭމް:

ވވވވވ މަޖާ

Posted on 2010-09-24 15:55:53 | Report this Comment
ރަ:

ހެހހެހެހެހެހހެހެ

Posted on 2010-11-15 17:07:09 | Report this Comment
ސުހާ:

ދެތިކި ޕީ!! މަޖާ ސިޓީ އެއް...

Posted on 2010-12-14 11:40:03 | Report this Comment
ސްވީޓީ:

ހެއޮހެ.މަޖާ ހަމަ ހަބޭހައް

Posted on 2010-12-29 12:14:03 | Report this Comment
ފަޒާ:

މި އޮއް ކަމެއްދެން...ލޮލް

Posted on 2011-01-26 08:38:05 | Report this Comment
އިބްނި ޙުސައިން:

ފެށުން ކަޑަ. މާއަވަހަށް ބިރުގަނެ ތުރުތުރު އެޅީ ބައްޕަ. ބައްޕައަކީ އަނެއްކާ ސިޓީ އުރަދެކެ ބިރުގަންނަ މީހަކީތަ؟

Posted on 2011-02-13 23:49:45 | Report this Comment
ނެވި:

ޢޭހާމަޖަލެއްނޫން ކިޔާލީމަބޯގޯސްވަނީ ހޮޑުލެވޭގޮތްވަނީ މޭނުބައިކުރާގޮތްވަނީ ތަންކޮޅެއް މަޖާއެއްޗެއްލިބަލަ

Posted on 2011-02-28 00:51:44 | Report this Comment
ޞަބާ:

ހެހެހެހެ.........ވަރަށް މަޖާ........

Posted on 2011-03-16 02:31:15 | Report this Comment
ރޯމަން ދައުތަލް:

ވަރަށް ސަޅި އިގޭގޭގޭގޭގޭ

Posted on 2011-07-31 13:07:33 | Report this Comment
އ.ޝ:

މިލިއުމުގެ އަސްލު: http://www.citehr.com/22088-daughters-letter-her-father.html

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.