ޖާރިޔާ

  • ޝާއިޢުކުރި ތާރީޚް: 30 07 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 2295

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބުރުގާ ނާޅާ އުޅޭ އަންހެނަކު ޑްރަގް ތުހުމަތުގައި ބަންދު ކުރުމަށް ފަހު ދޫކޮށްލި ވާހަކަ ނޫސްތަކުން:

މިއީ ދެން ވަރަށް ދެރަ ކަމެކެވެ. މިއުޅޭ ބުރުގާ ނާޅާ އަންހެނުންނާއި ހެދި އަހަރެމެން ބުރުގާ އަޅާ މީހުންވެސް ބަދުނާމް ވަނީއެވެ. އަންހެނުންނޭ ބުނީމައި އެންމެންގެ އަގު ވެއްޓެނީއެވެ. އަޅުގަނޑު ދަންނަވާނީ ބުރުގާ ނޭޅުމާއި މިކަހަލަ ނުބައި ކަންތަކާއި އެހާ ބޮޑު ގުޅުމެއް މިވަނީ ކިހިނެއްވެގެން ހެއްޔެވެ؟

މިފަދަ އަންހެނުންގެ ކުރިޔައް އަރުވާ ޒަމާނެއްގައި މިކަހަލަ ނާ ތަހްޒީބް ކަންކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ތުހުމަތުވެ ބަސްޓުވުމަކީ ވަރަށް ކަޑަކަމެކެވެ. އަނެއްކޮޅުން މަސްތުވުމާއި ގުޅުމުން ރައްޔިތު މީހުން ކުރަމުން އެދާ ޝައްކުތައް ޤަރީނާއަށް ބަދަލުވާން ފަސޭހަވާނެއެވެ. މިފަދަ މީހުންގެ ވަޒީފާގެ އިމްތިޔާޒު ގެއްލެން ޖެހޭނެއެވެ. އަދި މިފަދަ މީހުން ދެވަނަ ފަހަރަށް އޮފީސްތެރެއަށް ވައްދައިގެން ނުވާނެއެވެ. އަޅުގަނޑުމެން މަނިކުފާނު ހޮށްވެވީ ދޮރުތައް ބަންދު ކުރާށެވެ. އޮފީހުގައި ބިންގާ އަޅާކަށް ނޫނެވެ. މިއީ ހަމަ ތާކު މީހަކު ހުއްޓާ އެޅުވޭ އިލްޒާމް ތަކެއް ނޫންކަންވެސް މިފުރުސަތުގައި ދަންނަވަމެވެ. ދިވެހި ނޫސްތަކުގެ އާކައިވުގައި ހުއްޓާ އަޅުގަނޑު މިކަމާއި ބެހޭ ބައިވަރު ލިޔުންތައް ސޭވްކޮށްފީމެވެ. ދެތިން ހަތަރު ފަހަރު އެކަކު ތުހުމަތު ވުމަކީ ކުޅޭ ކުޅިވަރެއްތޯއެވެ. މަނިކުފާނުގެ އޮފީހާއި ޒަޢާމަތާއި ކަރާމަތާއި އޮށްޓަރު ހަޑިވާ ހުއްޓެވެ.

އަންޑާ ސެކެއްޓެރީ ( ތިރިޔާ ބެހޭ) ކަންކަމާއި އަޕް ސެކެއްޓެރީން ނަކީ އެހެނިހެން ޤަވުމު ތަކުގައި ނުލާހިކު ތާހިރު ތޯހިރު ބަޔެކެވެ. ތިޔަހެން ކަންތައް ކުރެއްވުމުން އިސްލާމުންގެ ކުރިމަތީގައި ޑިކޮމްރެސީގެ އަގުވެއްޓޭނެއެވެ. އަދި އިނގިރޭސިންގެ އެޖެންޑާ ހުއްޓޭގޮތްވެދާނެއެވެ.

ދިވެހި ސިވިލް ސާވިސް އަށް އަޅުގަނޑު އަންގަން ބޭނުމީ މީގެ ފަހުން ބުރުގާ ނާޅާ އޮފީހަށް ވަނުމަކީ މަނާކަމެއް ކަމުގައި ހަމަޖައްސަވާށޭއެވެ. އެހެން ނޫނީ މިހަކަ މީހުންގެ ސަބަބުން އެހެން މީހުން ޚަރާބުވެ މުޅިތަން ދުންއަރައި މަސްތުވެދާނެއެވެ. މޫނު ބުރުގާ އެޅި މީހަކު މިވެނި ކަމެކޭ ކިޔާ މޫނު ބުރުގާ މަނާކުރަން ތިޔަ ހުންނަ ފޯރި ބުރުގާ ނާޅާ މީހުން ގަނޑުގަތީމައިވެސް ހުންނަންވާނެއެވެ. ދެކޮޅު އެއްވަރު ކުރަންވާނެއެވެ. އެހެންނޫނީ މިއަދުން ފެށިގެން މީހުން ހީކުރާނީ މޫނު ބުރުގާ ނާޅާ އެންމެންނަކީ ތިޔަކަހަލަ މަސްތުވާކަމަށް ޝައްކު ކުރެވޭ ކުދިން ކަމަށެވެ..

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-04 09:51:05 | Report this Comment
yoosuf:

thaaeedhu kuran

Posted on 2010-08-04 20:58:03 | Report this Comment
ވާވު:

ވަރަށް ބަރާބަރު ލިޔުމެއް.

Posted on 2010-08-23 02:21:09 | Report this Comment
މީމު:

ވަރަށް ރަނގަޅު ލިޔުމެއް. ލިޔުންތެރުޔާ އަށް ޝުކުރުވެރިވަން

Posted on 2010-08-27 00:55:11 | Report this Comment
ހަޖަރު:

ބަލަގަ މިއަންހެން މީހާގެ ޔޫރިންނެއް ނުހުންނާނެޔޯ އެހެންވީމާ ޕޮލިހުން ބުންޏަސް ކިހިނެއް ޔޫރިންދޭނީ އެހެނެއްނޫން މިކުއްޖާގެ ބުއްބު ހުންނާނެ ޕޮލިހުން ބުއްބު ދިނުމަށް އެދުނުނަމަ ބުއްބުދެވިއްޖައިސް ކަމަށްވޭ އެކުއްޖާ އެބުނީކީ ދޮގެއްހެނެއް ހީއެއްނުވޭ ހުރިއެއްޗެއްތާދެވޭނީދޯ......

Posted on 2010-10-21 19:40:34 | Report this Comment
އޭނަ:

ބުރުގާ ނާލާ އެންމެނޭ ނުބުނޭ ގައިމު އަހަރެން މީ އެހެން އުޅޭ މީހެން ނޫން އިނގޭ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.