ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
އަލީއަށް އަލަށްއޮފީހެއް ހިންގަން ލިބިއްޖެއެވެ. އަލަށް އޮފީސް ހިންގަން ލިބުމުން އާގޮތެއް ހަދާލުމުގެ ބޭނުމުގައި ކުރިން އެ އޮފީހުގައި އަމަލުކުރަމުންއައި ޤަވާޢިދުތަކެއް ބަދަލުކޮށްލިއެވެ. އެގޮތުން އަލީ އަލަށް އެކުލަވާލި ޤަވާއިދު ތިރީގައި އެވަނީއެވެ.
ޑްރެސްކޯޑް:
މިއޮފީހުގެ މުވައްޒަފުން ހެދުންއަޅަންވާނީ އެމީހެއްގެ މުސާރައާއި ގުޅޭގޮތުންނެވެ. އެގޮތުން އަގުބޮޑެތި Prada ބޫޓަށް އަރާފަ Gucci ދަބަސް ހިފާފަ އަންނަމީހުންނަކީ އެމުވައްޒަފުން ގެ މުސާރަ އެމީހުންނާއި، އެކަށީގެންވާ މީހުންކަމުގައި ބަލާނަމެވެ. މިއޮފީހުން ބަލާނީ އެމީހުންގެ މުސާރަ ބޮޑުކޮށްދޭން އަދި ނުޖެހޭކަމުގައެވެ.
ހަމަ އެގޮތަށް އެމުވައްޒަފެއްގެ ހެދުން އެކަށީގެންވާ ވަރަށްވުރެ ދެރަނިކަމެތި ކޮށް ފަޤީރުހާލަތުގައި ހުރެއްޖެނަމަ މިއޮފީހުން ބަލާނީ އެމީހަކީ އެމީހާއަށް ލިބޭމުސާރައިން އިޤްތިޞާދު ކުރަންނޭންގޭ މީހެއްކަމުގައެވެ. އިޤްތިޞާދު ކުރަން ރަގަޅަށް އެނގިއްޖެނަމަ ބަލާނީ ފެންވަރު ރަގަޅު ހެދުމާއި، ރީތި ބޫޓާއި، ގަނެވޭނެކަމަށެވެ. އެހެންކަމުން މިފަދަ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރަން ނުޖެހޭކަމުގައި ބެލެވޭނެއެވެ.
ހަމައެހެންމެ މިއޮފީހުގެމުވައްޒަފުންގެ ތެރެއިން މިއޮފީހުންއަންގާ ގޮތަށް ބަރާބަރަށް ޑްރެސްކޯޑް ބަހައްޓާ މުވައްޒަފުންނަކީ އެމީހުންގެ މުސާރައިން ބަރާބަރަށް ދެކޮޅު ޖެއްސޭނެ މުވައްޒަފުން ކަމުގައި ބަލާނަމެވެ. އެހެންކަމުން މިފަދަ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރާން ނުޖެހޭނެ ކަމުގައި މިއޮފީހުން ދެކެމެވެ.
ބަލިވެ ސަލާމްގައި ހުންނަދުވަސްތައް:
މީގެފަހުން ހުށަހަޅާ ޑޮކްޓަރ ސެޓްފިކެޓް ( މެޑިކަލް ސެޓްފިކެޓް) ތައް މިއޮފީހުން ބަލައެއްނުގަންނާނަމެވެ. މިއޮފީހުގެ މުވައްޒަފަކު ޑޮކްޓަރަށް ދަށްކަން ޑޮކްޓަރަށް ދެވޭވަރުވާނަމަ އަދި ޑޮކްޓަރަށް ދައްކައިފިނަމަ ބަލާނީ އެމުވައްޒަފަކަށް އޮފީހުގެ މަސައްކަތަށްވެސް އާދެވޭނަކަމަށެވެ. އެއީ ޑޮކްޓަރަށް ދައްކަން ދެވެންޏާ އޮފީހަށްވެސް އާދެވޭނެތީއެވެ.
ޕާސަނަލް ދުވަސްތައް:
ކޮންމެ މުވައްޒަފަކަށްވެސް އަހަރަކު 104 ދުވަސް ޕާސަންލް ޑޭސް ގެ ގޮތުގައި ދެވޭނެއެވެ. މިދުވަސްތަކުގައި މަސައްކަތު ނުކުންނާކަށް ނުޖެހޭނެއެވެ. އެދުވަސްތަކަކީ ކޮންމެ ހުކުރަކާއި، ހޮނިހިރެކެވެ.
ޢާއިލާއަށް ދިމާވަބޮޑެތިކަންކަމާގުޅިގެންދޭ ޗުއްޓީ:
ޢާއިލާގެ މީހަކު މަރުވުންފަދަ ކަމެއް ދިމާވިޔަސް މިއޮފީހުގެ ފަރާތުން ޗުއްޓީއެއް ނުދެވޭނެއެވެ. ސަބަބަކީ މީހަކު މަރުވުމުން އެކަމަށް ދެން އަލުންކުރެވޭނެ އެހެން ފަރުވާއެއް ނެތަތީ އެއީ ކޮންމެހެން މުވައްޒަފުން އެތަނަށްގޮސް ދުވަސްތަކެއް ބޭކާރުކޮށްލުން މާމުހިއްމުކަމަށް މިއޮފީހަށް ނުފެނުމެެވެ.
ފާޚާނާބޭނުންކުރުން:
މިހާރަކަށް އައިސް ފާޚާނާ ބޭނުންކުރުން މިވަނީ މުވައްޒަފުން މިއޮފީހުގައި ފުދޭވަރަކަށް ގިނަވެފައެވެ. އެހެންކަމުން މީގެފަހުން ބޮޑުކަމުދިޔުމަށް ފާޚާނާ ދޫކުރެވޭނީ 3 މިނެޓަށެވެ. 3 މިނެޓް ހަމަވުމުން ރަގަބީލެއް އެޅޭނެއެވެ. އަދި ފެންބަންދު ކޮށްލެވޭނެއެވެ. އަދި ފާޚާނާގެ ދޮރުހުޅުވޭނެއެވެ. އަދި ފޮޓޯގަނޑެއް ނެގޭނެއެވެ.
މިކަން މުވައްޒަފެއްގެ ފަރާތުން ދެވަނަފަހަރަށް ރިޕީޓްވެއްޖެނަމަ އެފޮޓޯގަނޑު ކުނފުނީގެ މައިއޮފީހަށް ޕޯސްޓްކުރެވޭނެއެވެ. މިފޮޓޯގަނޑު ބަލާފަ އެއިން ބޭފުޅަކު ހިނިއަތުވެއްޖެނަމަ އެމުވައްޒަފަކު އެއީ މެންޓަލް ޕްރޮބްލަމް ހުރިމީހެއް ކަމުގައި ނިންމޭނެއެވެ.
ލަންޗް ބްރޭކް:
ހިިކި ހިމަތޮޅި މުވައްޒަފުންނަށް ބަރާބަރު 60 މިނިޓް ލަންޗްބްރޭކަށް ދެވޭނެއެވެ. އެއީ އެމީހުންނަކީ ގިނައިން ކައިގެން ހަޑިގަނޑު ރަގަޅުކުރަން ޖެހޭމީހުންކަމަށްވާތީއެވެ. އާދައިގެ ސިއްހަތު ހެޔޮމީހުންނަށް ދެވޭނީ 30 މިނިޓެވެ. އެއީ އެމީހުންގެ ހަށިގަނޑު ބެލެންސް ކޮށްބެހެއްޓުމަށް ޓަކާ އާދައިގެ ކެއުމެއް ނެގުމަށެވެ. މާފަލަކޮށް ( ޗަބީ ) ވައްތަރު މީހުންނަށް ދެވޭނީ 10 މިނިޓެވެ. އެއީ އެމީހުން އޮށްޓަރު ހުރި ތަކެތި ކެއުމުގެ ބަދަލުގައި އަބަދުވެސް ދިޔާތަކެތި ބުއިން މުހިއްމު ކަމަށް ފެންނާތީއެވެ.
މިއަދުން ފެށިގެން މިޤަވާޢިދަށް ޢަމަލުކުރަން ފެށުން އެދެމެވެ. އަދި މުވައްޒަފުންގެ ފަރާތުން މިއޮފީހަށް ތިޔަދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަޅުގަނޑުމެން އަބަދުވެސް ކަންކަން ކުރެވޭތޯ ބަލާނީ މުވައްޒަފުންނަށް ފަހިވާގޮތަށެވެ.
Posted on 2010-07-20 17:41:10 |
Report this Comment
Posted on 2010-10-06 16:18:09 |
Report this Comment
Posted on 2010-12-29 15:30:41 |
Report this Comment
Posted on 2011-06-11 14:25:38 |
Report this Comment