ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ

  • ޝާއިޢުކުރި ތާރީޚް: 24 06 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1489
  • މޯބައިލް ލިންކު: m.muraasil.com/7777

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސަމާސާ އަދަބު: 9

1. އެއްފަހަރެއްގައި އުޅުން ނިކަން އަޅުވެރި ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރި އެކެވެ. މި ސޮރަކީ ނިކަން ބަސް ނާހާ ޙާއްސަކޮށް ދީނީ ކަންކަމުގައި ނިކަން ދެކޮޅު ހަދާ ސޮރެކެވެ. އެކަމަކު ނިކަން ބައިސްކަލަށް ފޯރި ހުންނަ ސޮރެއްވެސް މެއެވެ. މި ދެމަފިރީން ނަކީ ބުދަށް އަޅުކަން ކުރާ ދެމީހުންނެވެ. އެއް ދުވަހަކު މި މީހުން ރާވައިލައިގެން އައިސް އެ ކުއްޖާފުޅު ކައިރީގައި ދަރިފުޅު ދެން މީގެ ފަހުން ބުދު ކަލާންގެ އަށް ދުޢާ ކޮށް ކިޔަވާ ހަދާނަމަ ޓަރމް ޓެސްޓް އިނ އޭ އެއް ހިފައިގެން އައީމައި ބައިސްކަލެއް ގަނެދޭނަމޭ ބުދު ކަލާންގެ މިޔަދު ބުންޏޭ ކިޔައިގެން ޚަބަރު ދީފިއެވެ.

މި ކުއްޖާ ވީ އުފަލުން ދެން ނިކަން ދީންވެރި ދުވަސްކޮޅެއް ހޭދަކޮށްފިއެވެ. ވަރަށް ކިޔަވައެވެ. ނަމަވެސް އޭ އެއް ނުލިބުނެވެ.

މި ކުއްޖާ ނަތީޖާ ހިފައިގެން އައިސް ގޭ އޮޅިގަނޑުމަތީ އިނދެ ރޮނީއެވެ. މި މަންޒަރު އެ ދެމަފިރިންނަށް ފެނިގެން އައިސް އެ ކުއްޖާ އަށް ނަސޭޙަތް ދިނެވެ. ދެންވެސް ދުޢާ ކުރާށޭ ކިޔައިގެން ކަލާންގެ ގާތަށް ފޮނުވާން ހިތްވަރު ދިނެވެ. މި ކުއްޖާ އެކަމާ ކޮންމެޔަކަސް އެއްބަސް ވެއްޖެއެވެ. ނަމަވެސް........

ފުރަތަމަ ދުވަހު އެކަކުވެސް ބުދު ކަލާންގެ ކައިރީގައި ނެތް ގަޑިއެއްގައި ގޮސް ކަލާންގެ އާއި ދިމާއަށް ބަލައިލާފައި ރުޅި އަރައިގެން އައިސް ހަބޭހަށް ބަވާ އަޅާލައިފިއެވެ. މި ކުރާ އަޅުކަމުން ވީ ކީތްހޭ ކިޔާ ވަށި ވަށީން ދީފިއެވެ. ދެވަނަ ދުވަހު ރުޅި އައިސްގެން ބޮޑު ކޮތަޅެއް ހިފައިގެން އައިސް ބަވާލާފައި ކަލާންގެ ދަރި ކުޑަ ކަލާންގެ އެ ކޮތަޅަށް ލައިގެން ދަމުން ބުންޏެވެ. "މަ ދެން ކަލޭ ހޯދާ ކަށެއް ނާންނާނަމެވެ. ކަލޭ މި ކުޑަ ސޮރު ހޯދަން އަންނަންޏާ މަގޭ ބައިސްކަލު ހިފައިގެން ނޫނީ ނާންނައްޗެވެ. އެހެން ނޫނީ މި ސޮރު ދެން ދައްކާވެސް ނުލާނަމެވެ"

2. ޖޯރޖް ބަރނާޑް ޝޯ އަކީ އިހު ޒަމާނުގައި އުޅުއްވި ވަރަށް ބުއްދިވެރި ޙަކީމެކެވެ. ނަމަވެސް ސިފައިން އެހާ ރީތި މީހެއް ނޫނެވެ. އެހެނަސް ޝޯ ކައިވެނި ކުރީ ވަރަށް ރީތި މީހަކާ ކަމުގައި ވެއެވެ. އެއްދުވަހަކު މީހަކު އައިސް ބާރނާޑް ޝޯ ކުރެން އަހައިފިއެވެ. ކަލެޔަށް ލިބޭ ދަރިފުޅު ކަލޭ ކަހަލަ ބުއްދިއެއް ހުރެފައި ކަލޭ އަންހެނުން ކަހަލަ ރީތި މީހަކަށް ވެއްޖެއްޔާ ދުނިޔެ އޮތް ހާ ހިނދަކު އޭނަގެ ނަން އޮންނާނޭ ދޯއެވެ؟

ބާރނާޑް ޝޯ ޖަވާބުގައި ހީލާފައި ބުންޏެވެ: "އަހަރެންނަށް ލިބޭ ދަރި އަހަރެންހާ ރީތިވެފައި އަހަރެންގެ އަންހެނުންގެ ބުއްދި ލިބޭނޭ ނަމަ ކިހިނަކުން އޭނާގެ ނަން ހުންނާނެ ހެއްޔެވެ؟!"

3. އެއްދުވަހަކު މީހަކު ކައިރީގައި އޭނާ ދުއްވާން ގެންގުޅޭ ހިމާރު ގެއްލިއްޖެއޭ މީހަކު ބުންޏެވެ. ބުނާއިރަށް އޭނާ އުފަލުން ބުންޏެވެ: "ކަލާންގެ އަށް ޝުކުރު ކުރަމެވެ. އެ ގެއްލުން އިރު ތިމަން އޭގެ މަތީގައި ސަވާރުވެ ނެތްކަން ނަސީބެވެ"

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-06-25 01:16:56 | Report this Comment
އިސްލާ-މޯ-ލްޑިވްސް:

ހިހިހ.. މަށަށް އެންމެ ކަމުދަނީ 3 ވަނަ ސަމާސާ އަދަބު...ހެހެހ

Posted on 2010-06-28 09:38:11 | Report this Comment
ޝިފާ:

މިލިޔުން ވަރަށް ފުރިހަމަ. މިފަދަ ލިޔުންތައް ގެނެސް ދެއްވާތީ ވަރަށްބޮޑަށް ޝުކުރިއްޔާ!

Posted on 2010-10-02 02:44:54 | Report this Comment
ފރހ:

މޖ

Posted on 2010-11-05 20:44:40 | Report this Comment
އަހަރެން:

ފުރަތަމަ ޖޯކާއި ތިން ވަނަ ޖޯކް ވ މަޖާ.. ހީހީ ހަލާކު.. ބޯ ރަނގަޅު ގޮލައެއް... ހެހެހެ

Posted on 2011-03-15 19:30:56 | Report this Comment
މަ:

ވަރަށް ފޭކު

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.