1. ފިޤުހު ވެރި މުދިންބެ:
އެއީ ރާއްޖެ ކުރި ނާރާ ޒަމާނެވެ. އެއްގޮތަކުން ބުނާނަމަ ކާޑުގެ ޒަމާނެވެ. ރުކުން ވެއްޓޭ ކާށި އެއްޗެހި ހޮވައިގެން ގެންދިޔުމަކީ ނިކަން މީހުން އޭރުގައި ކޮށް އުޅޭ ކަމެކެވެ. އެއީ ރުކު އެޅުން މަނާވެފައި ވެއްޓިފައި އޮންނަ އެއްޗެއް ހުއްދަވާ ގޮތަށް ސަރުކާރުގެ ޤަވާޢިދު ތައް އޮތް ޒަމާނެވެ.
އެއްރޭ އިޝާ ނަމާދަށް ތިބި ވަގުތެވެ. މިސްކިތުގައި ހާޒިރުވެ ތިބީ މުދިންބެ (ނުވަތަ އިމާމު މީހާ) އާއި އެކީ 3 މީހުންނެވެ. މިހެން ތިއްބައި މިސްކިތް ކައިރީގައިވާ ރުކަކުން ކާއްޓެއް ވެއްޓުން އަޑު އިވިއްޖެއެވެ. ހަމަ ވެއްޓުމާއި އެކީ:
އެކަކު: "އަހަނ! އެ ވެއްޓުނީ ކާއްޓެއް"
އަނެކަކު: "ބަލާބަލަ ކަލޭ ނަމާދު ނުބައިވީނު ތިޔަ ވާހަކަ ދެއްކީމާ!"
ކުރިޔަށް އަރާ ހުރި މުދިންބެ: "ހުން!!! ތި ދެމީހުން ކުރެ އެކެއްގެ ނަމާދެއްވެސް މިހާރު ސައްޙައެއް ނުވާނެ"
=================================================
2. އަޤީދާ ވަރުގަދަ ފިޤުހުވެރި މަގުފޭރޭ މީހާ
އެއް ދުވަހަކު މީހަކު މަގުފޭރޭ މީހަކާއި ބައްދަލު ވެއްޖެއެވެ. މި މަގުފޭރޭ މީހާ އޭނާ ކައިރީގައި ލައިގެން ހުރި ހެދުން ބާލާފައި ތިމަންނަޔަށް ދޭށޭ ބުންޏެވެ.
އެމީހާ ތިޔަކަން ތިމަންނަޔަކަށެއް ނުވާނެއޭ ލަދުގަނޭ، މީހުން ބަލާން އެބަތިއްބޭ ބުނެފިއެވެ. އެ މަގު ފޭރޭ މީހާ އަނެއްކާ ގޮތް ދޫނުކޮށް އޭނާ ލައިގެން ހުރި ހެދުމަށް ހިއްޕާލައިފިއެވެ. އެހެން ކަމުން އެމީހާ ބުންޏެވެ. ތިމަން ނަޔާއި އެކީގައި ތިމަންގެ ގެޔަށް ހިނގާށެވެ. ތިމަންގެ ގެ ހުންނާނީ މިތާ ވަރަށް ގާތުގައެވެ. ގެޔަށް ދިޔައިމާ މި ހެދުން ދީފާނަމެވެ.
އެހެން ބުނުމުން އެ މަގު ފޭރޭ މީހާ ޖަވާބުގައި ބުންޏެވެ................................. ތިމަންގެ ކުރީން މަގު ފޭރި އުޅުން މީހަކުވެސް ފޭރެވޭ މީހާ އަށް މުހުލަތެއް ނުދެއެވެ. އެހެން ވީމާ އެމީހުން ނުހިފާ ބިދުއައެއްގައި ތިމަން ހިފާކަށެއް ނެތީމެވެ.