ލަންދޫއިންފޯ www.landhooinfo.com
ލަންދޫގައިރަޖިސްޓްރީ ކޮށްގެން ނެރޭ ފުރަތަމަ އޮންލައިން ނޫސް
  • ޝާއިޢުކުރި ތާރީޚް: 03 06 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1883

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޝާރުދާގެ ބަދަލުހިފުން ( ހޭވަގުތުކޮޅު )


ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ޕާކިސްތާނުގެ އެކަހެރި ކުޑައަވަށެއްގައި ޝާރުދާ ކިޔާމީހަކު އުޅުނެވެ. އެ އަވަށުމީހުން ބުނާގޮތުން ޝާރުދާއަކީ ކުޑަކޮށް ބޯސަކަރާތް މީހެއްކަމަށް އޮންނަނީ މަޝްހޫރުވެފައެވެ.
ޝާރުދާ އޭނައިގެ އާދައިގެމަތިން އެއްދުވަހަކު ގޭކައިރި ފިހާރައަށް އެއްޗެއް ގަންނަން ދިޔައެވެ. ފުރަމަތަ ވެސް އޭނައިގެ ލޮލުގައި އަޅައިގަތީ ކުރިން ވަރަށް އަގުބޮޑުކޮށް ވިއްކަމުން ދިޔަ ކެޓްފުޑް ( ބުޅަލަށްދޭކާނާ ) މިއަދު ވަރަށް އަގުހެޔޮ ކޮށްލައިފާ ހުއްޓައެވެ. އަވަހަށް ބަލާކަށް ނުހުރެ ޑަޒަނެއްވަރު ނަގައިފިއެވެ. ސޭޓްކައިރިއަށް ލާރިދައްކަން ދިޔުމުން ސޭޓް ހައިރާންކަމާއި، އެކު ބަލަހައްޓައިގެން އެބަހުރެއެވެ.
ސޭޓް ހިތަށްއަރާލިއެވެ. މީނާ މިހާގިނައިން ކެޓްފުޑް މިގެންދަނީ އަނެއްކާ ކީއްކުރަން ބާއެވެ. މީނަގެ ބުޅަލެއް ގެންގުޅޭކަމެއް އަހަރެމެން ނަށް އެގިފައެއްވެސް ނެތެވެ. ކެޓްފުޑް އަގުހެޔޮވީމާ އޭނަގެ ކުދިންނަށް ކާންދެންވެސް ގެގޮސްފާނެއެވެ. މިކަން ކަށަވަރު ކޮށްފާ ނޫނީ މިވިއްކައިގެންނުވާނެއެވެ.
ޝާރުދާ ހާދަގިނައިން ކެޓްފުޑް ތިޔަގަންނަނީ ކީއްކުރަންތަ؟ ސޭޓް ސުވާލުކުރިއެވެ. މިއީ އަހަރެންގެ ލޯބިލޯބި ބުޅަލަށް ކާންދެންވެގެން. ޝާރުދާ ހިނިތުން ވެލާފާ ޖަވާބުދިނެވެ.
ޝާރުދާގެ ޖަވާގު ސޭޓަށް ޤަބޫލުނުކުރެވިގެން ބުޅާ ބަލާލަން ގެނެސްދިނުމަށް ޝާރުދާގެ ކައިރީ ސޭޓް އެދުނެވެ. ސޭޓަށް ބުޅާ ދައްކައިގެންނަމަވެސް ކާނާގަނަން ޝާރުދާ ބޭނުންވެފާ ހުރުމުން ގެއަށްގޮސް ބުޅާ ގެނެސް ސޭޓަށް ދައްކައިފިއެވެ. ބުޅާ ބަލާފާ ސޭޓަށް އެކަން ޔަޤީންވުމުން ޝާރުދާ ބޭނުންވި ވަރަކަށް ކެޓްފުޑް ވިއްކައިފިއެވެ.
އަނެއްކާވެސް ދެތިން ދުވަސްފަހެވެ. ކޮންމެވެސް އެއްޗެއް ގަންނަން ޝާރުދާ އެއްކަލަ ފިހާރައަށް ދިޔައެވެ. ހަމަ ފިހާރައަށް ދިޔަތަނުން ޑޯގްފުޑް ( ކުއްތާއަށްދޭކާނާ ) ވަރަށް އަގުހެޔޮ ކޮށްލާފާ ހުއްޓާފެނިއްޖެއެވެ. މިހާއަގުހެޔޮކޮށް ދެން ނުލިބިދާނެތީ ފުދޭވަރަކަށް ގިނައިން މިބާވަތުގެ ކާނާ ޝާރުދާ ނަގައިފިއެވެ. ފައިސާ ދައްކަން ސޭޓްކައިރިއަށް ދިޔުމުން ހަމަކުރީދުވަހެކޭ އެއްފަދައިން ފިހާރައަށް ޑޯގް ގެނެސް ދިނުމަށް ޝާރުދާގެ ކިބައިން ސޭޓް އެދުނެވެ. ސޭޓް ހީކުރީ މިއަދުވެސް ޑޯގްފުޑް ޝާރުދާގެ ކުދިންނަށް ކާންދެން ގެންދަނީކަމަށެވެ. ވާނީ އެހެންނޫންހެއްޔެވެ. ޝާރުދާއަކީ ބޯސަކަރާތް މީހެއްވިއްޔާއެވެ.
ޝާރުދާ މިއަދުވެސް އަވަހަށް ގޮސް ޑޯގް ގެނެސް ސޭޓަށްދައްކައިފިއެވެ. ސޭޓަށް ޑޯގްފެނި އެކަންޔަޤީން ވުމުން މިއަދުވެސް ޝާރުދާ ބޭނުންވަރަކަށް ޑޯގްފުޑް ވިއްކައިފިއެވެ. ޝާރުދާ ގެއަށްގޮސް ޑޯގަށް ކާންދީފިއެވެ.
އަނެއްކާވެސް ދެތިންދުވަސް ފަހެވެ. ޝާރުދާ އެއްކަލަ ފިހާރައަށް ދިޔައެވެ. މިއަދު ޝާރުދާ އަތުގާ އެތެރެ ނުފެންނަ ވައްތަރުގެ ކަޅުކުލައިގެ ދަބަހެއް އޮތެވެ. ދިޔަގޮތަށް ގޮސް ދަބަހުގެ ޒިޕް ކަހާލައިފާ ދަބަސް ތެރެއަށް ސޭޓްގެ އަތްލުމަށް ސޭޓްގެ ކިބައިން ޝާރުދާ އެދުނެވެ.
ޝާރުދާގެ ދަބަހަށް ސޭޓް މަޑުމަޑުން އަތްލައިފިއެވެ. ވަރަށް މަޑުމަޑު ފިނިފިނި އެއްޗެއްގައި އަތްޖެހިއްޖެއެވެ. މިއީ ކޮންއެއްޗެއް ؟ ސޭޓް ހައިރާންކަމާއި، އެކު ޝާރުދާކައިރީ އަހާލިއެވެ.
މިއަދު މިއައީ ޓޮއިލެޓް ޕޭޕަރު ގަންނަން. ތިޔައީ އަހަރެން ޓޮއިލެޓް ޕޭޕަރު ގަންނަން ބޭނުންވާތީ ހެކިދެއްކުމުގެ ގޮތުން ގެނައިއެއްޗެއް. ޝާރުދާ ޖަވާބުދިނެވެ. ސޭޓް ރުޅިއައިސް ރަތްވެގެން ހުރެ ދަބަސް ތެރެއިން އަތްނަގައިފިއެވެ. ސޭޓްގެ އަތްބަލާލި އިރު ސޭޓްގެ މުޅިއަތުގައި އޮތީ ހުސްނަޖިހެވެ.
ނިމުނީ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-06-03 12:39:08 | Report this Comment
ކޮމެންޓުކުރުންތެރިޔާ:

ހެހެހެހެހެ..މަޖާ..

Posted on 2010-06-03 22:44:28 | Report this Comment
އެނާ:

އެހާ މަޖަލެ ނޫން......

Posted on 2010-06-04 02:42:52 | Report this Comment
އިބުނު ޔޫސުފް:

ބޯ ސަކަރާތެއް ނޫންތާ! ހެހެހެ...

Posted on 2010-06-05 11:43:57 | Report this Comment
އަތް ޗީޑީ:

މަ އަދި ކާން އިދެގެން މި ޖޯކު މި ކީ ވެސް..... ކަލޭ ބޯ ބޮޑު އެކަމަކު. ދެން މަ އިންނާން ވީ ނުކައި ދޯ.

Posted on 2010-06-05 14:01:23 | Report this Comment
އަބޫ:

ސޭޓު މާބޮޑަށް ޝައްކު ކުރަންޏާ އެހެންނުވާނީ ވެސް ދޯ

Posted on 2010-06-05 14:57:41 | Report this Comment
މޫސާ ދީދީ:

ތިވެސް ދެންޖޯކުދޯ. ކޮބާ ޖޯކުތަންކޮޅު.

Posted on 2010-06-05 23:39:36 | Report this Comment
ބައްޔެއް:

ލިޔުނުމީހާގެ ސިކުނޑިއާމެދު ކުޑަ ކޮށް ޝައްކު ދޯ!!!!

Posted on 2010-06-22 02:19:07 | Report this Comment
ސާރާ:

ހެހެ........... ސަޅި

Posted on 2010-06-24 18:24:56 | Report this Comment
އިއްބެ:

ސަޅި . ހަމަ ފަޓާސް.......................

Posted on 2010-07-24 11:52:08 | Report this Comment
ފާރީސް :

ވަޜަށް މަޖާ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Posted on 2010-08-19 14:55:39 | Report this Comment
އަފް:

މަދަ1!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Posted on 2010-12-29 19:34:13 | Report this Comment
އައިލީން:

ހެހެހެހެހެހެ.... ވަރަށް ފޭކު..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.