
"އަހަންނަށް ކިޔަނީ ޚާން، އެކަމަކު އަހަންނަކީ ޓެރަރިސްޓެއް ނޫން!"
މިއަދު ބޮލީވޫޑް ގައި އެންމެ ނަންހިނގާ އަދި ގިނަބައެއްގެ ނަޒަރު އެ ފިލްމަކަށް ހުއްޓިފައިވާ އެއް ފިލްމަކީ "މައި ނޭމް އިޒް ޚާން"(އަހަރެންގެ ނަމަކީ ޚާން) މިފިލްމެވެ.
މިދުވަސްވަރު ބޮލީވޫޑް ގައި އެންމެ ނަންހިނގާ އަދި ގިނަބައެއްގެ ނަޒަރު އެ ފިލްމަކަށް ހުއްޓިފައިވާ އެއް ފިލްމަކީ "މައި ނޭމް އިޒް ޚާން"(އަހަރެންގެ ނަމަކީ ޚާން) މިފިލްމެވެ. މިފިލް ގެ މަގުބޫލުކަން އޮތީ އިންޑިއާގައި އެކަންޔެއްނޫނެވެ. މެލޭސިޔާ، އެމެރިކާ އަދި ވިލާތުގެ ގައުމުތަކުގައި ވެސް މިފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
މައި ނޭމް އިޒް ޙާން މިފިލްމުގައި ދައްކުވައިދެނީ ރިޒްވާން ޚާން (ސާހުރުކް ޚާން) ނަމަކަށް ކިޔައި މުސްލިމެއްގެ ހަޔާތުގައި އޭނާޔަކީ މުސްލިމަކަށް ވުމުން ދިމާވާ ދަތިތަކުން އޭނާ ސަލާމަތްވުމަށް ކުރާމަސައްކަތެވެ. ކޮންމެ މުސްލިމަކީ ޓެރަރިސްޓެއް ނޫންކަން ދުނިޔެއަށް ހާމަކޮށްދިނުމަށް އޭނާ ކުރާ މަސައްކަތުގައި ދިމާވާ ތަފާތު ހުރަސްތަކާއި ދަތި ތަކެވެ.
ރިޒްވާން ޚާން އަކީ އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ގަދަ ކުލަތަކާއި ބާރު އަޑުތައްދެކެ ބިރުގަންނަ މީހެކެވެ. އެހެނަސް އޭނާއަކީ އާދަޔާއި ހިލާފު ތޫނު ފިލިކަމެއް ލިބިގެންވާ އަދި ތަފާތު ވައްތަރުގެ މެސިންތައް މަރާމަތު ކުރުމުގެ ހުނަރު ލިބިފައިވާ މީހެކެވެ. ޚާންގެ މަންމަ ނިޔާވުމާއި އެކު އޭނާގެ ބެލެހެއްޓުމާއި ހަވާލުވަނީ އެމެރިކާގައި ދިރިއުޅެމުން އަންނަ އޭނާގެ ބޭބެ ޒާކިރުއެވެ. ޒާކިރުގެ ވިޔަފާރީގައި ޚާން އެހީވާން އުޅުމުގެ ތެރޭގައި އޭނާގެ ހަޔާތުގެ ބައިވެރިޔާ މަންދިރާ (ކާޖަލް) އާއި ބައްދަލްވެއެވެ. އަދި އެންމެ ފަހުން މިދެމީހުންގެ ގުޅުން ލޯބީގެ ގުޅުމަކަށް ބަދަލްވެ މަންދިރާ އާއި ޚާން ކައިވެނިކުރެއެވެ. އަދި މަންދިރާގެ ކުރީގެ ހިތި ހަދާންތައް ފުހެވިގެން ދިޔަކަމެއްކަމުގައި އެވެ. އެހެނަސް މި އުފާވެރުކަން މާގިނަ ދުވަހަކު ދެމިއެއް ނޯވެއެވެ. ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދެވުނު ޓެރަރިސްޓު ހަމަލާގެ ސަބަބުން މުސްލިމުންނާއި ދޭތެރޭގައި ރުޅިވެރިކަން އިތުރުވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން މިރުޅިވެރިކަމުގެ ސަބަބުން މަންދިރާގެ ދަރިފުޅު ސޭމް އަށް ކުދިބަޔަކު ކުރާ އަނިޔާތަކެއްގެ ސަބަބުން މިދުނިޔެއާއި އަލްވަދާއު ކިޔައެވެ. މި މަރުގެ އަސްލަކީ ޚާން ކަމުގައި މަންދިރާ ބުނެ އޭނާގެ ހަޔާތުން ދުރަށް ދިޔުމަށް ޚާން އަށް އަންގައެވެ. އަދި އެބުރި އޭނާގެ ހަޔާތަށް އަންނަން ބޭނުން ކަމުގައި ވާނަމަ މުޅިދުނުޔެއަށް އޭނާއަކީ ޓެރަރިސްޓެއް ނޫންކަން ހާމަ ކޮށްދިނުމުން ނޫނީ އައިސްގެން ނުވާނެ ކަމުގައި ބުނެއެވެ. މިކަން ހާސިލް ކުރުމަށްޓަކައި އެމެރިކާގެ ރައީސް އާއި ބައްދަލްކުރުމަށް ޚާން އެމެރިކާގެ އެއް އަވަށުން އަނެއް އަވަށައް ދަތުރުކުރެއެވެ. އެންމެ ފަހުން ޚާން އަށް އެމެރިކާގެ ރައީސް ބަރަކު އޮބާމާ އާއި ބައްދަލްވެއެވެ. އަދި ބަރަކް އޮބާމާ ޚާން އަކީ ޓެރަރިސްޓެއްނޫންކަން އިއުލާން ކުރެއެވެ.
މިފިލްމުގައި ސެޕްޓެމްބަރ 11ގެ ފަހުން މުސްލިމުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތިތަށް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. މިފިލްމުން ވަރަށް ރަނގަޅު މެސެޖެއް މުޅި އިންސާނިއްޔަތަށް ފޯރުކޮށްދީފައިވެއެވެ. އެގޮތުން މީހަކު ރަނގަޅު މީހަކަށް ނުވަތަ ނުބައި މީހަކަށްވަނީ ނިސްބަތްވާ ދީނަކުން، ދަރިފަސްކޮޅަކުން ނުވަތަ ހަމުގެ ކުލައަކުން ނޫންކަން ވަރަށް ރަނގަޅަށް އެގިގެންދެއެވެ. އަދި މުސްލިމަކަށްވެސް، ކުރިސްޓިއަން އަކަށްވެސް، ޔަހޫދީއަކަށްވެސް އަދި ބުދިސްޓަކަށް ވެސް ރަނގަޅު މީހަކަށް ވެވިދާނެކަން މިފިލްމުން ދައްކުވައިދެއެވެ. މިފިލް މުގައިވެސް ބޮލީވޫޑްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ލޯތްބާއި ޖަޒްބާތު އޭގެ އެންމެ ފުންމިނުގައި ބެލުންތެރިން ނާއި ހިސާބަށް ފޯރުކޮށްދީފައިވެއެވެ. އަދި ސާހުރުކް ޚާން އާއި ކާޖަލްގެ ވަރަށް ފުރިހަމަ އެކްޓިން އެއް މިފިލްމުގައި ފެނިގެންދެއެވެ. މިފިލްމަކީ މިހާތަނަށް ބޮލީވޫޑްގައި ނިކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. މިފިލްމް މިހާރު ދަނީ ދުނިޔޭގެ ފެންވަރުގައި އެތަކެއް ރެކޯޑް ތަކެއް މުގުރަމުންނެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ރަން ޤަލަންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
