
ޅޮހީ ޢަބްދުއްރަޙީމް
ސިރޫގެ ކުރެހުމެއްގެ ސަރަހަ 4
ދިވެހިރާއްޖޭގައި އަލަށް އުފެދުނު "ފެމިނިސްޓު" މޫވްމަންޓު ވަރަށް ފޯރިއާއިއެކު ދަނީ އެކި އެކި ސައިޓު ތަކުގައި ޕުރޮމޯޓު ކުރަމުންނެވެ. މިކަމުގައި އެންމެ އަޖައިބު ކުރަނިވި ކަމަކީ މި "ފެމިނިސްޓު މޫވްމަންޓު" ގެ އެންމެ އާދަޔާ ޚިލާފު ލޯގޯއެވެ. އެމީހުންގެ ލޯގޯއެއްގެ ގޮތުގައި ދީން ޤަބޫލުނުކުރާ މީހުން ގެންނަނީ "ފޮޑި ފުރޭނި" ކަމަށްވެއެވެ.
މިކަމުގެ ސަބަބުން މި ޙަރަކާތުގެ މައިގަނޑު ނިޝާނެއް ގެ ގޮތުގައި ގެންނަ މިއެއްޗެއްގެ މައިގަނޑު ސިއްރެއް ކަމަށް ބެލެވެނީ ދިވެހިރާއްޖޭގައި " ދެ ޖިންސުގެ އެއްވުން" ޢާންމު ކުރުން ކަމަށް ބެލެވެއެވެ. ނަމަވެސް މި ހަރަކާތް އެންމެ ފުރަތަމަ ގެނެވުނު ސައިޓަކީ " ފެމިނިސްޓުން" ގެ ޚައްޤުތައް ނުދޭ، އަންހެނުންނަށް "ވައްކަޅިން" ވެސް ބަލާހިތްނުވާ "ބެޔެއްގެ" ސައިޓު ކަމަށްވާތީ މި ޙަރަކާތާއި މެދު ޝައްކު އުފެދޭ ގޮތްވެއެވެ. ދެން އޮތް ގޮތަކީ މިހަރަކާތުގައި މިއުޅޭ "ފެމިނިސްޓުން" ނަކީ މިހަރަކާތް ޕުރޮމޯޓު ކުރާ ބާވަތުގެ އިދިކޮޅު ސިފަ ލިބިގެންވާ ފިރިހެންވެރިންނަށް ހިތްނުކިޔާ ޒާތުގެ މީހުންނަށް ވުމެވެ.
މިއިން ކޮންމެ ގޮތަކަށް ވިޔަސް މިއީ ދިވެހި މުޖުތަމަޢު ޤަބޫލުކުރާނެ ބަޔެއް ނޫނެވެ. ދިވެހި މުޖުތަމަޢުގައި މިފަދަ މީހުންނަކަށް ޖާގައެއް ނެތެވެ. ކޮންމެހެން ދިވެހި މުޖުތަމަޢަކީ " ފޮޑިފުރޭނި" ލޯގޯއެއްގެ ގޮތުގައި ބޭނުން ކޮށްގެން ޙައްޤުތައް ހޯދަން ޖެހޭނެ ބަޔެއްނޫނެވެ. މާތްވެގެންވާ މަތިވެރި އިސްލާމްދީނުން މިހުރިހާ މީހުންގެ ހައްޤުތައް މާ ރަނގަޅަށް ލިބިދެއެވެ. އެހެން ކަމަށްވާއިރު "ފޮޑިފުރޭނި" އެއް ބޭނުން ކޮށްގެން "ޙައްޤުތައް" ހޯދުމުގެ ބޭނުމެއް ނެތެވެ. ހުރިހާ "ފޮޑިފުރޭނި" ތައް އޮޔާލަން ފެނެއެވެ.
aruoxam.blogspot.com
Posted on 2010-02-22 15:24:20 |
Report this Comment
Posted on 2010-02-22 21:52:08 |
Report this Comment
Posted on 2010-02-23 13:45:55 |
Report this Comment
Posted on 2010-02-24 13:31:48 |
Report this Comment