ޖިބުއެ!

  • ޝާއިޢުކުރި ތާރީޚް: 17 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1533
  • މޯބައިލް ލިންކު: m.muraasil.com/5638

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިވެހި ފިލްމް ޑައިރެކްޓަރުންނާއި ތަރިންކަމަށް ހެދިގެން އުޅޭ މީހުންނާއި މިއުޒިކް ހަދާ މީހުން ގޮވައިގެން އިންޑިޔާގެ ތިން ކުންފުންޏަކުން އިންޑިޔާއާއި ރާއްޖޭގެ ކޯޓަށް އައުމަށް ތައްޔާރުވާ ޚަބަރު ލިބިއްޖެ.

އަޅުގަނޑު ހިތައް އަރަނީ ދިވެހި ފިލްމު ތަކުގެ %99 އަކީ ސީދާ ކޮޕީއެވެ. ލަވަތަށް ވެސް މިހެންނެވެ. މިވާހަކަ ދެން އިތުރަށް ނު ލިޔުނަސް މިއީ އެންމެނަށްވެސް އެނގޭ ވާހަކައެކެވެ. އިންޑިޔާ މީހުންގެ ފިލްމުތައް ކޮޕީކޮށް އެމީހުންގެ މިއުޒިކް 24 ގަޑިއިރު ޖަހާއިރު ލަދު ޙަޔާތް ކޮބައިހެއްޔެވެ؟ އަޅެފަހެ ކޮބައި ހެއްޔެވެ؟ އޭތި އޮތީ ކޮންތާކު ހެއްޔެވެ؟ އޮތްތަނަކުން ނެރިގެން ދައްކަން ވެއްޖެ ނޫންހެއްޔެވެ؟ އެހެންޏާ ކަމެއް ވާއިރަށް އިންޑިޔާވިއްޔާ ކަޓުވާނެއޭ ކިޔާ ދިވެހިންގެ ހުރި މާތްކަން ތިޔަ ދައްކަނީ ކާކަށް ހެއްޔެވެ؟ ތާކަށް ކާން ދިޔައިއްޔާ ޗިލީޗިކަން ،ޗިލީފިސް މިއީ ތިޔަބުނާ ކަޓު އިންޑިޔާގެ ކެއުންތަކެވެ. ބޭސްކުރަންވެސް ތާއަބަދު އެތާ ތިބެފައި އިންޑިޔާ ކަޓު، ނުވަތަ އިންޑިޔާ މީހެއް މިހެން ބުނެލަން ކިހާ ތާހިރު ހެއްޔެވެ؟
ކޮންމެއަކަސް މައުޞޫޔަކީ އަދި ކުރިން އެދިޔަ އޮލަވަރެއް ނޫނެވެ. މިއުޅޭ ފިލްމު ހަދާ، ލަވަހަދާ މީހުން ކޮޕީ ކުރާވަރުން ނުކުޅަދާނަވެގެން އިންޑިޔާގެ މަޝްހޫރު ތިން ކުންފުންޏަކުން ދިވެހިން ގޮވައިގެން ކޯޓަށް ދާން އުޅޭ ކަމުގެ ޚަބަރު ރޭގައި ސޮނީޓީވީގެ ޝޯވްއެއްގައި ކުންފުންޏެއްގެ ޗެއަރމަނަކު ބުނެފިއެވެ. އަދި މިކަމުގައި ރާއްޖޭގައި ހުރި އިންޑިޔާ އެންބަސީން މިކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގައި ބުނެފައިވާކަން ވެސް ހާމަ ކޮށްފައިވެއެވެ. އިންޑިއަން ހައިކޮމިޝަނުން މިހާރު ރާއްޖޭގެ މިދާއިރާގެ މައްލޫމާތް ހޯދަމުން ތައްޔާރުވަމުންދާ ކަމުގައި ބުނެފައި ވެއެވެ. ނަންލާފައި ދިވެހި ރާއްޖެއާއި ލަންކާ އަދި ނޭޕާލުގެ ވާހަކަ ބުނެފައިވެއެވެ. އަނެއްކާވެސް ދިވެހިން ފިލްމީ ދުނިޔޭގައި ބަދުނާމު ވީއެވެ. ކިތައް މިލޮޔަން މީހުން ބަލާން ތިއްބާ އެބުނި ވާހަކަކުން މުޅިން ރަޑަ ވެއްޖެއެވެ. ތިޔަ ކޮޕީ ފިލްމުތަކާއި ލަވަތައް އަވަހަށް އަންދައިލާ ނައްތާލާށެވެ. ޤައުމުގެ އަބުރު ސަލާމަތް ކުރާށެވެ. މާތްވެގެންވާ ދިވެހިންނޭވެ! ކަޓު އިންޑިޔާ މީހުންގެ ރާގުތަކަށް ހެދިފައި ހުރި ލަވަތައް ދެން ދުވަހަކުވެސް ނުގަންނާށެވެ. މިހަކަލަ ލަދުން ސަލާމަތް ވާނެއެވެ.
އަނެއްކޮޅުން މިދާއިރާއަކީ ވާ ދާއިރާއެކެވެ. ނުލަފާ އަގުހެޔޮ ގޮތްކުޑަ ބަޔަކު އުޅޭ ދާއިރާއެކެވެ. މިއިން އެއްވެސް މީހެއްގެ އަބުރެއް ޤަދަރެއް ނޯންނާނެއެވެ. މިއީ ކާފަރުކަމުން ބަޔަކު މަކަރުން ކުރާކަމެކެވެ.
"ދިވެހި ޤައުމީ ޓީވީ އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަދައްކަމުން، ފިލްމު ކުޅޭމީހުންނަކީވިޔާނުދާ ބައެއްނޫންކަމަށްބުނި ގދ.ރަށަކަށް ނިސްބަތްވާ ފިލްމުކުޅޭ އަންހެނަކާއި، ޓީވީގެ އެހެން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ސުވަރުގެ ދެވެނީ ޕޯސްޓަރ ތަތްކޮށްގެންތޯ ސުއާލު ކުރި މާލެއަށްނިސްބަތްވާ، ފިލްމުކުޅޭ ފިރިހެނަކާއި ދެމީހުން ގަލޮޅު ގެއެއްގެ ކޮޓަރި ތެރޭގައި ބަދުއަޚުލާގީ އަމަލެއް ހިންގިކަން ޝަރީއަތަށް ސާބިތުވެގެން، އެވާހަކަ ދެއްކިތާ އެއްހަފުތާ ނުވަނީސް ޖަސްޓިސް ބިލްޑިންގެ ތިރީގައި ދުއްރައިން ތެޅިކަން އެއީ އެންމެންދަންނަ ހަޤިޤަތެކެވެ. އަދި ހަމައެހެންމެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފިރިހެނަކު އެދާއިރާގެ އަންހެނަކާއި ކައިވެނިކޮށްފިނަމަ، ވަރަށްމަދު މީހަކުފިޔަވައި އަންހެންމީހާއަށް ފިލްމުކުޅުން މަނާކުރާކަން އެއީ ތިޔަ ދާއިރާގެ ހާލަތު ހާމަކޮށްދޭ ކަމެކެވެ. "
އަޅުގަނޑު އިންޑިޔާގެ ހުރިހާ ދާއިރާތަކަށް ގޮވާލާނީ އަވަހަށް އައިސް މަސައްކަތް އަވަސް ކުރުމަށެވެ. މިވެރިން ކޯޓަށް ގެންގޮސް ކޮޕީތައް ނައްތާލުމަށެވެ. އޭރުން އަމިއްލަވާން ދަސްވާނެއެވެ. ލަދުން ބޯހަލާކުވާވަރު ވެއެވެ. ޤައުމު ބަދުނާމު ކުރުމުގެ ނަމުގައި މިމީހުންނަށް ބަންޑާރަ ނާއިބު އޮފީހުންވެސް ކަރުދާސް ފޮނުވަން ވާނެއެވެ.ހަޖަމު ކުރާށެވެ. މިއީ ޙަޤީޤަތެވެ. ދެންވެސް އިންޑިޔާ ކަޓު ނުކުރާށެވެ. އެއީ ނިއުކުލިއަރ ބާރެކެވެ.
jibueblog.blogspot.com

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-17 18:10:11 | Report this Comment
ފާއިޒު:

ވަރަށް ރަނގަޅު ވާހަކައެއް. ފިލްމީ ދާއިރާގައިވެސް ދިވެހިން ބަދުނާމުވެ ނިމިއްޖެ. ލަދުން ބޯ ހަލާކު. މިއޮށްހާ ދުވަސް ވީއިރުވެސް ކޮޕީ. ކޮޕީ . އަމިއްލަ އުފެއްދުން ހަދާނަމަ ގައިމު މިކަމެއް ނުޖެހޭނެ. ދެން އަނެއްކާ ޖެހޭނީ ކޯޓްތަކުގައި ދުވަން. ދެން ހަދަން ހުރި ކޮޕީތައްވެސް އެ ހުއްޓުނީ

Posted on 2010-02-17 19:09:00 | Report this Comment
ސުހޭލް.:

ނުބެހޭ ކަންތަކާއި ނުބޭހޭށެވެ. ބަޔަކު ކޮންމެ ގޮތަކަށް ކިތަންމެ ނުބައިކޮށް ކަމެއް ކުރިޔަސް އެބަޔަކާއި ބެހޭ ކަމަކާއި ބެހޭށެވެ. ލިޔުންތެރިންގެ ވެސް އަދަބު އަޚްލާޤް ހުންނަން ޖެހޭނެއެވެ. ދެން އެންމެން ދީންވެރިވާނެ ހެއްޔެވެ؟ މިހާރު މިހެން ހެދީމާ ދިވެހި ފިލްމީ ދާއިރާ ކިހާބޮޑަކަށް ބަދުނާމު ވާނެތޯއެވެ؟ ލަދުން ބޯހަލާކު ވެދާނެއެވެ. ދިވެހިންގެ ތެރެއިން މިހާރު ދިވެހި ފިލްމީ ދާއިރާޔަށް އެއްޗެހިކިޔާފައި ހުންނަ ލިޔުންތައް ވަރަށް ގިނަވާން ފަށައިފިއެވެ. ދިވެހިން މިހާރު ފިލްމާއި ލަވަޔާއި ދުރަށް ދަނީހެއްޔެވެ. އަޅުގަނޑު ބުނާނީ ދިވެހިންވެސް ފިލްމު ކުޅެން ވާނެއެވެ. އެކަމަކު އަމިއްލަ އުފެއްދުމެވެ. ދެން ކިހާ ދެރަހެއްޔެވެ.
ދޮންބެ: އިތުރަށްވާނެ ބަދުނާމެއް ތިޔަދާއިރާއަކު ނެތެވެ. ފާހިޝްކަންތައް ކުރާމީހުނަށް ދެދުނިޔޭގައިވެސް އޮތީ ބަދުނާމެވެ. ފިރިހެން ވައްތަރު ޖަހާ، ފިރިހެނެއް ތިޔަދާއިރާއަކު ނުއުޅެއެވެ. އިއްފަތްތެރި އަންހެނަކުވެސް ތިޔަ ދާއިރާއަކާނުގުޅޭނެއެވެ.

Posted on 2010-02-17 19:30:11 | Report this Comment
ބިލެއްދޫ:

ތިޔައީ އޮބިނޯންނަ ލިޔުމެއް. ވަރަށް ތެދުވާހަކަތަކެއް. އަބަދުވަސް ދިވެހިންގެ އަމިއްލަ ވަންތަކަމުގެ ވާހަކަ ކެނޑި ނޭޅި އެއް އަޑަކަށް މީޑިޔާގައި ދެކެވޭއިރު އެންމެ ބޮޑަށް ކޮޕީ ރަނޑާލި އުފެއްދުންތައް އުފައްދާމީހުން ޕްރޮމޯޓްކުރުމުގައިވެސް މިއުޅެނީ ހަމަ ޓީވީ.އެމާ އެހެން ދިވެހި ޗެނަލްތައް

Posted on 2010-02-17 22:50:57 | Report this Comment
ފިލްމްސްޓަރ:

ހަދާ އެއްޗެއް ރަނގަޅަށް ހަދާނަމަވެސް ތަންކޮޅެއް ރަނގަޅު ވީސް. ލަވަ ކިޔާ މީހުންނަށް އިންޑިޔާގެ ކިންޑަގާޓްން ގެ ކުދިންނާ އެއްފެންވަރަށްވެސް ލަވައެއް ނުކިޔޭ. ނަށަން އުޅެފިއްޔާ މީހަކު ބަލަން ކަމުދާ ގޮތަކަށް ނަށާކަށް ނޭނގޭ. ތަރިން ހެދިގެން އުޅޭއިރު ޓީވީއަށް އަރާ ރަނގަޅު އިންޓަރވިއުއެއް ދޭކަށް ނޭނގެ. ނުގުޅޭ އިނގިރޭސި ބަސްބަސް ބޭނުން ކޮށްގެން ވާހަކަ ދައްކާއިރު ލަދު ގަންނަނީ ބަލަން ތިބޭ މީހުން. ކުރީ ދުވަހަކުވެސް ލަވަކުޅޭ މީހަކު ބުނީ ތިމަންނަ ކުޅޭ ލަވަތައް ރަނގަލުތޯ ނިންމާނީ ޕަބްލިކްސިޓީ ކަމަށް.

Posted on 2010-02-18 02:24:00 | Report this Comment
ސަލާމް:

މިއުޒިކް ކުޅުމުންނާއި،އެ އަޑުއެހުމުންނާއި، އިޝްޤީ ލަވަތަށް ކުޅުމުންނާއި އެއަޑުއެހުމުންނާއި އެބެލުމުން އަޅުގަނޑުމެން ދުރުހެލިވަމާތޯ! އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. ދެން މިވާ ފޮޓޯގަނޑަށް ވިސްނަވާލައްވާ އޭގައިހުރި އަންހެނާއަށް. ދެކުދިންގެ މަންމައެއް. މަންމަވެސް ދެ ދަރިންވެސް އަދި ދެދަރިންގެ ފިރިންވެސް ފާޙިސްލަވަތަށް ކުޅުމާއި ފިލްމީ މަސްތުގައި ޖެހިފައި. އެއްމެ ހައިރާންވާކަމަކީ މަންމަ ފިލްމު ކުޅޭތީއެވެ. ދަރިން އެއްކިބައިގައި ބާއްވާފައި. މައިންބަފައިންނަކީ ދަރިންނަށް ހެޔޮމަގު ދައްކައިދޭން ހުރި އެއްމެމުހިންމު އެއް ފަރާތެވެ. މިކަން އެހަށް އެއްކިބާގައި ބާއްވާށެވެ. ފިލްމާއި ލަވަ ކުޅޭމީހުންގެ ތޭރޭގައި އުޅޭނެ މީހުންނާއި ކައިވެނިބައްލަވައިގެން އުޅުއްވާ ބޭފުޅުންވެސް. މިމީހުންގެ ކިބައިގައި އެއްވެސް ޣީރަތްތެރިކަމެއް ލަދެއް ޙަޔާތެއްވެސް ނެތީބާވެއެވެ. ފިރިމީހާ ނުވަތަ އަނބިމީހާ އެހެން ހިލޭއަންހެނުންނާއި ފިރިހެނުން ގައިގާ ބީހި އޮޅުލާ ހެދިޔަސް އަސަރު ނުކުރަނީބާއެވެ. ތިމާގެ ލޮބުވެތި އަނބިމީހާއާ މެދު ނުވަތަ ތިމާގެ ލޮބުވެތި ފިރިމީހާއާ މެދު ޣީރަތްތެރިކަމެއް ނެތީބާއެވެ. މިމީހުންނަކަށް އެއްވެސް ކަމަކަށް ހިޔެއްނުވެއެވެ. ވާނީ ވެސް އެހެންތާއެވެ. ޝައިތާނާ އެބައިމީހުންގެ އެޢަމަލުތައް ޒީނަތްތެރި ކޮށްދިނީމައި އެއީ ނުބައިކަމަކަށް ނުދެކޭނެއެވެ. نعوذ بالله .
މަރިޔަމް: ސަލާމް ތިޔަ ދެންނެވީ ހަމަ ތެދު ވާހަކަ. ފިރިމީހާ ނުވަތަ އަނބިމީހާ އެހެން ހިލޭއަންހެނުންނާއި ފިރިހެނުންގެ ގައިގާ ބީހި އޮޅުލާ ހެދިޔަސް މިމީހުން ބުނާގޮތުންނަމަ އެއީކީ އެއްވެސް ކަމެއްނޫން، މިމީހުން ދެކޭގޮތުގައި އެއީ ދެން އަސްލެއްވެސް ނޫން! ސުބުހާނަﷲ! ހެޔޮނުވާނެނުން މިފާޑުފާޑަށް އުޅެން، މިނޫނަސް ދުވަހެއް އެބައޮތް ކަން ހަނދާން ނެތީބާ؟ މާތްﷲ އަޅަމެންނަށް ތެދުމަގު ދައްކަވާށި!

Posted on 2010-02-18 08:50:35 | Report this Comment
މަނިކްބޭ:

މިއީ މުސްލިމް ގައުމެއް އަހަރުމެން ފޮނުވާފަމިތިބީ ފިލްމުކުޅެންތަ ،،، ބަޔަކަށް މެސެޖެއްދެންޔާ މުހަންމަދު ރަސޫލުއްލޯހި ބަލާލަބަލަ،،ރާއްޖޭގެ ޒުވާނުން ބަލަނީވީހާވެސް ބޮޑަކަށްބައްދާ ދެމޭމަތި ޖައްސާލެވޭތޯ،، މަނިކްބޭކެމެން މިހާދުވަސްވީހިރު ގައިން ހީބިހިނަގާ އަދިޒުވާނުންނަށް ކިހާވަރެއްވާނެ،،،
ކަތްދަ: މުސްލިމު ޤައުމެއްގަ ޖެހޭނީ ކާފަރު ހިންދީންގެ ހިންދީ ފިލްމު ކޮޕީކުރަންކަން މަނިކްބޭމެންނަށް ހަމަ ނޭނގެނީތަ؟ އެއީ އަމިއްލަ ކޮޕީ އުހެއްދުން.. ކާކާކާ

Posted on 2010-02-18 09:55:37 | Report this Comment
ދިލީވްޑް:

ލަދުން ޖަންގިޔާނުލާ ދެންއުޅެން ޖެހޭނީ، މިރަނޑާލިތަކާހެދެ ބޯހަލާކު
ދި ފީލްޑް: ލަދުން މަރުވެއްޖެ ދޯ ފިލްމީ ދާއިރާޔާ ހެދި. ތިބުނީ ތެދެއް. ދެން މިއުޅޭ އިސްޓާރުންނަށް ވާނީ ކިހިނެއްބާ؟

Posted on 2010-02-18 10:15:36 | Report this Comment
ހަސަން:

ތިޔައީ ވަރަށް ރަގަޅު ވާހަކަ އެއް މުރާސިލް ގައި އޮތަސް . އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއަކީ ދިވެހީން ނަށް އަދިނޭގުނަސް ބޭރުގައި މިކަން ހިގާގޮތް . ކޮބައިތޯ އެކިޔާ ދިވެހިވަންތަ ނޫނީ ދިވެހި ފިލްމަކީ؟ ދިވެހި އެއްވެސް ފިލްމެއް މިތާކު ބަޔަކު ނަހަދާ ހުސް ކޮޕީ ، އަވަހަށް މިހުރިހާ ވަގުންގެ މައްޗަށް ދައުވާ އުފުލާ . އެކަކުވެސް ސަލާމަތެއް ނުވާނެ ، އަދި މީހުންގޮވައިގެން އެންމެ ގިނައިން ކޯޓަށް ދާ އެއުޅޭ . . . ވެސް މިކަމުން ސަލާމަތެއް ނުވާނެ . ދިވެހީންނަކީ ފެށުނީއްސުރެ ކޮޕީކުރުމުގެ އާދަ ކަށީގައި ހިފާފައިވާ ބައެއް . ފިލްމްކުޅެ ލަވަ ކިޔާ ނަށާ އެހަދަނީ ބައެއްގެ ހެޔޮ ބޮޑުކަމުން މިހާރު އެލީކޮޅުން . އިންސާނުން ދިރިއުޅޭން ވަރަށް މަސައްކަތް ކުރަން ޖެހޭ . އަޅުގަޑު މެންނަށް މިވާގޮތަކީ ހަމަ އެއްޗެއް ފެނިލާ އިރަށް ވަރިހަމަ ރާބޯގެން ކަޅިވެގެން ކިޔާލަވައެއް ވިޔަސް ، އޭގެ ބަދަލުގައި ކޯކުތައްޓެއް ހިފައިގެންވެސް ހަމަ އެލަވަ ކުޅޭތަން މިފެންނަނީ . ކޮޕީކުރުމަށްވުރެ މާރީތި ވާނެ ސީތަފާލުގައި ދަޑީން ތެޅިޔަސް ، ހިއް ހިއްހީ ހީ . .
ހަމީދުކަތީބު: ހަސަނާ ބުނާކަށް ތިޔައީ ވާ ތެދެއް. ތިޔަ ވަގުންގެ އިންޑަސްޓްރީ މިހާރު ބަންދު ކުރަން ވެއްޖެ. ތިއީ މައުމޫނު ހަދާފައިވާ ސިހުރެއް. މުޅިންވެސް ޒުވާނުން ހައްލަން. އަދި އަންހެނުންތަކުގެ ވަގުތު ނަގާލަން ކުރާކަމެއް. މާ ފިލުމު ކުޅޭ ބަޔަކަށް ވެގެން. ކޮބާ ތާހިރު ވެއްޖެތަ؟ އައްނިއަށް ޖެހޭނީ މިމައްސަލައިގާ އެއްބާރުލުން ދޭން. އެއީ އިންޑިއާ އާއި ގުޅުން ބަދަހި ކުރީ އެމީހުންވެސް ބޭނުން ކަންކަން ކުރަން. އެމީހުން ބޭނުމީ ޙައްޤު ހޯދުމަށް ދަޢްވާ ކުރަން. އަހަރެން މިއަދު އެމްބަސީއަށް ގުޅާ މިވާހަކަ ސާފުވެސް ކުރިން. އެމީހުން ބުނީ މަސައްކަތް ކުރިއަށޯ. މަޖާވާނެ. މިވަގުންތައް ކޯޓަށް ދަމާއިރު. ހާހާހާހީ ހ

Posted on 2010-02-20 09:54:27 | Report this Comment
ޓީވީއެމް:

އަޅުގަނޑުމެންގެ އަމާޒަކީ ސަބްސިޑީ ދީގެން ކުޅިކުޅުވުން. އެއީ ކުރީގެ ސަރުކާރުގެ ބޮޑެތިން ފަށާ ދަސްކޮށްދީފައިވާ ކުޅިއެއް

Posted on 2010-02-23 09:32:10 | Report this Comment
ފާއިޒް:

ފިލްމުކުޅުން ހުއްޓާލާ

Posted on 2010-02-23 17:10:57 | Report this Comment
ގްރޭޝާއިން:

ސައިތާނާ އަކީ އެމީ ހެއްގެ ގައިގައި އަޝަގެންފައިވާ ބޮޑު ގޯހެއް..ބަލާއެއްނު.. މީ ހުސް ތެދު ،، ޝައްމޫން އެއީ ހަމަ ފައްކާ ރެޑް ހޭންޑް ކޮށް އަތުލާފަ ހުރި ބޮޑު ފިރިހެނ ކުޅިއެއް...
މެޗް: ޝައިތާނާއަކީ ފިރިހެނުންއަތުގަ އޮންނަ އެއްޗެއް. އެއީ އެންމެންވެސް ދަންނަކަމެއް.. ފިލްމްކުޅުމަކީ ސައިތޯނާ ހޭލާކަމެއް. ނުރައްކާތެރިކަމެއް. ކޮމަންޓް ނުޖަހަނީ ކީއްވެ

Posted on 2010-02-25 08:17:02 | Report this Comment
ނީފަން:

މީގެން ދޭހަކޮށްދެނީ ފިލްމްކުޅުން ހުއްޓާލުން. ހައްލަކީ އުމަރެއްނޫން..ހައްލަކީ އިސްލާމްދީން.

Posted on 2010-03-08 13:55:01 | Report this Comment
ނީނަ:

ައިންޑިޔާ މީހުން ހޮލީވުޑް ކޮޕީކުރާ އިރު ލަދެއްނުގަނޭ...!!!

Posted on 2010-03-11 10:50:08 | Report this Comment
މުހައްމަދު:

އިންޑިޔާގެ ނިކުންނަ 90% ފިލްމްތަކަކީ ހޮލީވުޑްގެ ނޫނީ ޔޫރަޕްގެ ނޫނީ ޗައިނާގެ ކޮޕީ ނޫނީ އިންސްޕިރޭޝަން ނޫނީ އެޑަޕްޓޭޝަންތަކެވެ. އަދި ކީއްތަ އެބޭފުޅުން ގެނެސްދޭ 96% ޝޯތަކަކީ ވެސް މިދެންނެވި ފަދަތަކެއްޗެވެ....... މިފިލްމްތައް ހުންނަނީވެސް ގިނަ ފިލްމްތަކެއް އެއްކޮއްލައިގެން ހަދާފަ..... އިންޑިޔާގެ އެންމެ މަޤްބޫލް ފިލްމް ޝޯލޭއަކީވެސް ސެވަން ސަމުރާއީގެ ކޮޕީއެއް.... އިންޑިޔާގެ ގިނަ އެކްޓަރުންއަންނަނީ ހޮލީވުޑް ފަދަ ގިނަ ޤައުމްތަކުގެ އެކްޓަރުންގެ އެކްޓިންގް ކޮޕީކުރަމުން..... އަޅުގަނޑުގެ ނަޒަރުގައި ހުރިހާއެންމެންނަކީވެސް ކޮންމެވެސް ދަރަޖައެއްގެ ކޮޕީކެޓުން..... މިސާލަކަށް ޑޭވިޑް ބެކެމްގެ ހެއަރ ސްޓައިލަށް ކިތަށްކެއް ބޭފުޅުން ރާއްޖޭގެ ހެއަރ ސްޓައިލް ބަދަލުކުރިތޯ .... ހަމައެކަނި ރާއްޖެއެއްނޫން ... ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް މިގޮތަށް ކަންތައްވެގެންދިޔަ..... ސައުދީ އެރަބިއްޔާ މީހުން ޑްރެސް ކުރާގޮތަށް ކިތައްމީހުން ކިތައް އިމާމުން ޑްރެސްކުރޭތޯ...... އެއްޓަރުން ނުވަތަ ފުޓުބޯޅަކުޅޭ މީހުން އުޅޭ ގޮތަށް ކިތައްމީހުން އުޅެވޭތޯ ބަލާތޯ..... އަދި ނުވިތާކަށް އަހަރުމެން ލާގެންއުޅޭ ގިނަ އަންނައުނަކީ އޮރިގިނަލް ނަމުގައި ހުންނަ ފޭކް އެއްޗެހި..... އެއީ ފޭކްއެއްޗެހިކަން އެގިހުރެ މިނޫން ގޮތެއްނެތޭ ކިޔާފަވެސް ކިތަށްބޭފުޅުންތޯ އެއެއްޗެއް ތުރުކުރައްވާތޯ...... މިއީ ހަމައެކަނި އެންޓަރޓެއިންމެންޓް ދާއިރާއަށް އޮތްވާހަކައެއް ނޫން .... މިއީ މުޅިމުޖްތަމައުގެ ހުރިހާ ދިމާލަށް އޮތް ވާހަކައެއް......އަޅުގަނޑަށް ހަމަޔަޤީން ޖާނަރލިސްޓުންވެސް ..... އެބޭފުޅެއް ސަޕޯޓްކުރައްވާ ލިޔުންތެރިއެއް ހުންނާނެކަން .... އެބޭފުޅުންގެ ލިޔުންތައްވެސް ކިޔާނެކަން ، އެގޮތަށް މަސައްކަތް ކުރެވޭތޯވެސް ބަލާނެކަން.... މިއީވެސް ކޮޕީކުރުން .... ތަފާތަކީ މިއީ ސްކްރީނެއް ކުރިމަތީ ހިގާ ކަމަކަށް ނުވާތީ.....

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.