މާބަނޑު އަންހެނެއްގެ ދަރިފުޅު އޭނާގެ މަންމަ ގާތުން އެހި އެވެ.
"މަންމާއެވެ! މަންމަގެ ބަނޑު ބޮޑީ ކީއްވެހެއްޔެވެ؟"
މަންމަ ބުންޏެވެ. "މަންމަގެ ބަނޑު ބޮޑީ، ދަރިފުޅުގެ ކޮއްކޮ މަންމަގެ ބަނޑުގައި ވާތީ އެވެ."
އަނެއް ދުވަހު ސްކޫލަށް ގޮސް އެކުއްޖާ ކްލާހުގައި އިންދާ ޓީޗަރު ދުރުވެ ކުދިންނާ މަސައްކަތެއް ހަވާލުކުރި އެވެ. އެއީ، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ކޮއްކޮއާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ.
ފަހަރަކު ކުއްޖަކު ތެދުވެ ވާހަކަ ދައްކަމުން ގޮސް އެއްކަލަ ކުއްޖާއާ ޖެހުމުން އޭނާ ބުންޏެވެ.
"އަޅުގަނޑުގެ ވެސް ކޮއްކޮއެއް ހުރެ އެވެ. ނަމަވެސް މަންމަވަނީ ކޮއްކޮ ކައިލާފަ އެވެ."