ބުޝްރީ ނަމަކަށް ކިޔާ ކުއްޖެކެވެ. ރަށްޓެހިން ވަނަމަކަށް ކިޔައި އުޅެނީ "ބުރިޓޯ" އެވެ.
އެއްދުވަހަކު ބުޝްރީގެ ރަށްޓެއްސަކު ބުޝްރީ ހޯދަން މީނަގެ ގެއަށް ގުޅިއެވެ. ފޯން ނެގީ ބުޝްރީގެ ބައްޕައެވެ. ސަލާމް ގޮވާލިތަނާ ބުރިޓޯ އެބައުޅޭހޭ އަހާލިއެވެ. ބުޝްރީގެ ބައްޕަ ވަރަށް ހައިރާންވެފައި ތިގުޅުއްވީ އޮޅިގެން ދެއްތޯއޭ އެއްސެވިއެވެ. ޓޮމާޓޯ އާއި ޕޮޓޭޓޯ އާއި މިފާޑު ފާޑުގެ ޓޯޓޯޓޯ ލިބޭނީ ފިހާރަތަކުން ނޫންހޭ ބުނިއެވެ. ބުނާއިރަށް ބުޝްރީގެ ރަޙުމަތްތެރިޔާ ތިގޭގައި އުޅެއެއް ނޫންހޭ ބުރިޓޯ، އޭނަ ހޯދާށޭ މިގުޅީ މިހެން ބުނެފިއެވެ. ދެން ކޮންމެއަކަސް ބުޝްރީގެ ބައްޕައަށް މިހޯދަންއުޅެނީ ބުޝްރީކަން ފަހުމް ވެއްޖެއެވެ.
ދެން ވަރަށް ހަމަޖެހިލާފައި ބުޝްރީއަށްވެސް ރީތި ނަމެއް ދީފައިވާނެ ކަމާއި ބުރިޓޯ އަކީ މީހުން މީހުންނަށް ކިޔާ ކަހަލަ ނަންތޯ ސުވާލުކުރިއެވެ. ދެން ކޮންމެއަކަސް ބުޝްރީގެ ރަޙުމަތްތެރިޔާ މިކަން ޤަބޫލު ކޮށްފިއެވެ.
ދެން ބުޝްރީގެ ބައްޕަ ތިމަންނަ އަށް ކިޔަނީ "ޒަކީ" އޭ ތީނައަށް ކިޔަނީ ކީކޭހޭ އެހިއެވެ. މިހެން އަހާ އިރަށް މިގުޅުނީ ޒުލަކަށްހޭ ރަޙުމަތްތެރިޔާ ސުވާލު ކޮށްފިއެވެ. ދެން ބުޝްރީގެ ބައްޕަ ވަރަށް ހިތްހަމަ ނުޖެހިފައި މިހާރު ތިމަންނަ ހައިވާނަކަށް ހެދީތޯ ސުވާލުކޮށްފިއެވެ. އެހެން އަހާ އިރަށް މި ރަޙުމަތްތެރިޔާ ބުންޏެވެ. ބަލަ މަންކީއާއި ޑޮންކީއާއި މިފާޑުފާޑުގެ ކީކީކީ ތިބެނީ ޒުލުގަ ނޫންހެއްޔެވެ؟
ހީހީ ހަލާކު... ލޯލް
Posted on 2011-09-17 07:05:32 |
Report this Comment
Posted on 2011-09-20 23:46:07 |
Report this Comment