
ރަށުބަންދުގައި ދިވެހިން ތިބި ޒަމާން އެއީ ތާރީހެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރައްތަށް ގުޅުވާލުމާއި އެކީ އެކަމަކަށް ޖީބު ހުސްކުރަމުން އައި ދަތުރު ފަތުރު ކުރުމުގެ ނިޒާމުގެ ސަބަބުން ދިވެހިންނަށް އެތަށް ފަސޭހަތަކެއް ވާން ފަށައިފިއެވެ. ކުޑަ ހަރަދަކުން ފަސޭހަ ކަމާއިއެކު ބޭނުންވާ މަންޒިލަށް ދެވެންފަށައިފިއެވެ.
މާބަޑަށްވެސް ސިޔާސީ ވެއްޖެ ދޯއެވެ. އެއްގޮތަކަށްވެސް މިމައުޟޫގައި ސިޔާސީ ވާހަކަ ތަކެއް އިތުރަށް ދައްކާކަށެއް ނެތީމެވެ. އާދެ! އީދު ބަންދަށް ރަށަށް ގޮސް އުޅުނު އުޅުމުގެ ތެރޭގައި ހިގައި ދިޔަ ކަމެއްގެވާހަކަ ބުނެލެވޭތޯ ގަސްތު ކުރަނީއެވެ. މާލޭގައި ދިރިއުޅޭ ގިނަ ޒުވާނުން ރަށަށް އާމުގޮތެއްގައި އައިސް އުޅޭނީ އީދު ބަންދުގައެވެ. މިދެންނެވީ ޒުވާން ފިރިހެން ކުދިންގެ ވާހަކައެވެ. ވަޒީފާ ހުންނަގޮތުން އެހެން އިރުއިރަށް ރަށަށް އާދެވޭ ގޮތް ނުވިޔަސް އީދު ބަންދުގައި ރަށުގައި ފޯރިއާއިއެކު ކުޅެވޭ ފުޓްސެލް މުބާރާތުގެ އެންމެ މެޗެއްގައި ނަމަވެސް ކުޅެލެވޭތޯ ބަލައެވެ. އެއީކީ މިހާރު މާ ފޯރިގަދަ ކަމެކެވެ. އިހުގެ \"ބޮޑު ދަނޑި\" އާއި ފަންކުޅުން މިއީކީ ކުރަން ހެޔޮވާވަރު ކަންކަމެއް ނޫނޭ ބުނާކަހަލައެވެ.
މުބާރާތް ނިމުމާއި އެކީ ހުންނާނީ މާލެ ނާދެވިފައެވެ. ވާނީވެސް އެހެންނެވެ. ކުރިންވެސް ދެންނެވި ފަދައިން ހައްތަހާވެސް ވަޒީފާ ތަކުގައި އުޅޭ ކުދިންނެވެ. ރަށަށް މި އަންނަނީ މުބާރާތުގައި ބައިވެރިވެ ކުޅެލާށެވެ.
ކަންދިމާވި ގޮތުން މުބާރާތް ނިމުނީ އީދުގެ މެދުތެރޭގައި ކަމުން ހަސަނަކަށް ( އަސްލުނަމެއް ނޫން) މާލެ އާދެވޭ ގޮތެއް ނުވިއެވެ. އީދު ބަންދައް ފެރީ މެދު ކެނޑިފައި އޮތުމުން ނެވެ. އެހެންކަމުން ހަސަނުގެ ލޯ އަމާޒުވީ ރަށުފަޅުގައި އޮތް ކަންނެލި އޮޑި ފަހަރަށެވެ. ނަމަވެސް އެއްވެސް ކެޔޮޅަކު އީދުގެ އުފާވެރި ދުވަސްތަށް އާއިލާއާއި އެކު ހޭދަ ކޮއްލާފައި ނޫނީ މާލެއަށް "އައިސް" އަޅަން ދާހިޔާލު ކޮއްފައެއްނެތެވެ.
ޖެހިގެން އައި ދުވަހު އޮފީހައް ސަލާން ބުނެފައި ހަސަނަށް ހޭދަ ކުރަން ޖެހުނީ ރަށުގައެވެ. މޯލްޑިވްސް ކަސްޓަމް ސާވިސްގައި މަސައްކަތް ކުރާ މިމުވައްޒިފުގެ ހުރިހާވެސް ވިސްނުމެއް އަމާޒު ވެފައި ހުރީ މާލެދެވޭ ގޮތެއްނެތި ޖެހިގެން އަންނަ ދުވަހުވެސް ރަށުގައި ބަންދުވެގެން ހުންނަން ޖެހިދާނެތީއެވެ. އޭރުން ސަލާމުގެ ލިސްޓަށްވެސް އިތުރު ދުވަހެއް އިތުރު ވީއެވެ.
ކަންދިމާވި ގޮތުން ފިކުރުބޮޑުވެ އެއްދިމާއިން އަނެއް ދިމާއިން "އެނބުރެމުން އެނބުރެމުން" ގޮސް ހަސަނަށް ނިކުމެވުނީ ރަށުގެ ޒުވާން ފުރާގެ ބަޔަކު ތިބި ތަނަކަށެވެ. ކަންދިމާ ކުރި ގޮތުން އަޅުގަނޑަށް ވެސް ހުރެވުނީ މިތާގައެވެ.
ހަސަނު މިތަނަށް އައިސް ހަމަ މަޑު ކޮއްލުމާއިއެކު އަނގަ ގަދަ ސޮރަކު (އުމަރު: އަސްލު ނަމެއް ނޫން) އަހާލިއެވެ. ކަލޯ ހަސަނާ! މާލެދަނީ ކޮން އިރަކުން ހެއްޔެވެ؟
ހަސަނު ޖަވާބުގައި ބުންޏެވެ. ދާ އެއްޗެއް އޮތިއްޔާ މާދަމާގެ އިރު އަރާނީވެސް މާލޭގައި ހުއްޓައެވެ.
އުމަރު ކުޑަކޮއް ވިސްނާލާ ހަމަޖެހިލާފައި ބުންޏެވެ. ދާ އެއްޗެހި އެބަ ހުއްޓެވެ.
އުމަރު އެހެން ބުނުމާއި އެކު ހަސަނު ކުޑަކޮއް ހެވިލާ ފައި ބުންޏެވެ. މަ މިއަތޮޅު އެއްކޮއް ޗެކް ކޮއްފީ މެވެ. ދާއެއްޗެއް ނެތެވެ.
އުމަރު: ދާ އެއްޗެއް ދެއްކިއްޔާ މާލެ ދާން ކެރޭނެ ހެއްޔެވެ؟
ހަސަނު: ނުކެރޭނެ ކަމަށް ހީކުރަނީ ހެއްޔެވެ. ބަނބުކެޔޮ އޮޑިއެއް ދެއްކިޔަސް މަމިހުރީ މާލެ ދާން ތައްޔާރަށެވެ.
އުމަރު: އަވަހައް ގެޔާއި ދިމާއަށް ހިނގާށެވެ. ގޭގައި ހުރި ދެ ވަށިގަނޑުވެސް ފުރިފައި ހުންނާނީ ދާ އެއްޗެހިންނެވެ. އަނެއްކާ އީދުގައި ނިކަން އެއްޗެހި ދާވެސް ކޮއްލީމެވެ. ގޭގައި ހުރި ދާ އެއްޗެހި ބަލާލާފަ މަދުހެން ހީވަންޏާ ގޭކައިރި މީހުންގެ ދާ އެއްޗެހި ކޮޅުވެސް ގެނަސް ދީފާނަމެވެ.
Posted on 2011-07-07 06:41:08 |
Report this Comment
Posted on 2011-07-08 23:23:52 |
Report this Comment
Posted on 2011-07-13 15:37:40 |
Report this Comment
Posted on 2011-07-14 15:01:58 |
Report this Comment
Posted on 2011-09-20 23:40:25 |
Report this Comment