
ލަންޑަނުގެ ރޮބަޓް މީހަކު ބާރ އަށް ގޮސް ވިސްކީ ތަށްޓަކަށް އޯޑަރ ކުރިއެވެ. އެތަށި ގެނެސް މޭޒު މަތީ ބެހެއްޓުމުން ރޮބަޓް ދެއަތުން ބޮލުގައި ހިފަހައްޓައިގެން ވިސްނަން އިނެވެ. ހަދާނީ ކިހިނެއްބާއެވެ؟ އެއްފަހަރުން އެތަށި ބޯން ބޭނުން ވިއަސް ކުޑަކޮށް މަޑު ޖެހިލިއެވެ. އެވަގުތު އެތަނަށް އައި އޭނާގެ ރައްޓެއްސަކު އެތަށި ނަގާފައި އެއްނޭވާއި ހުސްކޮށްލިއެވެ.
ރޮބަޓް ބާރަށް ރޯން ފެށިއެވެ. ރޮބަޓްގެ އެކުވެރިޔާ ކަންބޮޑުވީ ބޮޑު ފިރިހެނަކު ބާރާށް ރޯން ފެށުމުންނެވެ. " އަހަރެން މިތަށި ބޯލީ މަޖަލަކަށް" އެހެން ބުނުމަށް ފަހު އެހެން ތައްޓަކަށް އޯޑަރ ކުރިއެވެ. އެހެން ނަމަވެސް ރޮބަޓްގެ ރުއިމެއް ނުހުއްޓުނެވެ.
ރޮބަޓްގެ އެކުވެރިޔާ: ކިހިނެއްވީތަ އެހާވަރަށް ތިރޮނީ؟ މީ އަދި ރޯވަރު ކަމެއް ނޫން.
ރޮބަޓް: މިއަދު ހެނދުނު އަހެރެންނަށް އޮފީހަށް ދެވުނީ ގަދި ޖެހިގެން. ބޮސް އެކަމާ ރުޅި ގަދަވެގެން އަހަރެން އޮފީހުން ނެރުނީ. ބޭރަށް ނިކުތް އިރު އަހަރެންގެ ކާރު ވަގަށް ގެންގޮއްސި. ދެން ދިޔައީ ޕޮލިހަށް މައްސަލަ ހިފައިގެން. އެމީހުން ބުނީ މައްސަލަ ބެލޭނީ އަހަރެން މީ ކަކުކަން އެނގުނީމައޭ. އަވަހަށް ޖީބަށް އަތްލީ ޕާސްޕޯރޓް ނެގުމަށް އެކަމަކު ވޮލެޓް ވީ ކާރުގައި. އެކަމާ ދެރަވެގެން ގެއަށް ދިޔައިރު އަނބިމީހާ އޮތީ އެހެން ފިރިހެނަކާއެކު. އެހެންވެ ހަދާނެ ގޮތް ހުސްވެގެން މަރުވާން ހިތުލައިގެން މިތަނަށް އައިސް ވިސްކީ ތައްޓަށް ޒަހަރު އަޅައިގެން ބޯން ތައްޔާރު ވިތަނާ ކަލޭ އައިސް އެތަށި ވެސް ބޯލީ. ދިރި ނުއުޅެވުނު އިރު މަރު ނުވެވުނީތީ ރޮވުނީ އަދި އަހަރެންގެ ފްރންޑް............
އެހިސާބަށް ބުނެވުނު އިރު ރޮބަޓްގެ އެކުވެރިޔާ ރުކެއް ކަނޑާލާ ކަހަލަ ގޮތަކަށް މަރުވެގެން ވެއްޓުނެވެ.
Posted on 2011-05-22 08:54:28 |
Report this Comment
Posted on 2011-05-22 12:02:58 |
Report this Comment
Posted on 2011-06-01 22:03:52 |
Report this Comment