ވިސްނާށޭޤައުމު

  • ޝާއިޢުކުރި ތާރީޚް: 20 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 394
  • މޯބައިލް ލިންކު: m.muraasil.com/1002

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކަލާ ފެނުމުން ......

އަހަރެން ކަލާގެ މޫނަށް ބެލީމެވެ
ތި މޫނުގައި ވަނީ ހަރުދަނާ ކަމެވެ
ތިޔަ ޖާޒުބީ ލޮލަށް އަހަރެންގެ ނަޒަރު ސީދާ ވިއެވެ
ތި ލޮލުން ފާޅުވަނީ މަޑުމައިތިރި ކަމެވެ
އަހަރެންނަށް ކަލާ ވާހަކަ ދައްކާ އަޑު އިވުނެވެ
ތިޔަ ބަސްތައް ހައުދަހައިވާ އިންސާފުވެރިއެވެ. ހަމަހަމަ ކަމެވެ
އަހަރެންނަށް ކަލާގެ ހަރަކާތްތަކަށް ބެލެއެވެ
ކަލާ ތިއީ އެހެންމީހުންނާ ވަރަށް ތަފާތު މީހަކަށް ވީތީއެވެ
އަހަރެންގެ ވާހަކަތައް ކަލާ އަޑުއަހައެވެ
އަދި އެ ވާހަކަ ތަކުގައި ފޮރުވިފައިވާ އެންމެ ފުން މާނަވެސް ކަލާ ދެނެގަންނަމުއެވެ
ކޮންމެ ވާހަކައެއް ދެއްކިޔަސް މެއެވެ
ކަލާގެ ކިބައިގައި ހިތްއެދޭ ހުރިހާ ސިފައެއް ވެއެވެ
ހިތް ފުރޭހާ ރީއްޗެވެ
އަހަރެން ވަރަށް ނަސީބުވެރިއެވެ
ކަލާޔާ ބައްދަލުވީތީއެވެ
އަހަރެން ކަލާ ކައިރީގައި އެތަކެއްހާސް ފަހަރު ބުނަން ބޭނުން ވެއެވެ
އަބަދުވެސް ކަލާއަށް އަންގަން ބޭނުން ވެއެވެ
އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ. ވަރަށް ބޮޑަށެވެ
އަދި އެ ލޯބި ހައްތަހާ ވަނީ އިތުރެވެ 

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.