ދުނިޔޭގެ އެތައް ތަނަކަށް ދަތުރު ކުރެވިއްޖެއެވެ. ކޮންމެ ތަނަކަށް ދިޔުމުގެ ކުރިން އެތަނަކާއި ބެހޭ މަޢުލޫމާތު ހޯދަމެވެ. އިންޓރނެޓު ބޭނުންކޮށްގެން އެކަމަކާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދަމެވެ. މިފަދައިން މަޢުލޫމާތު ހޯދާއިރު އެންމެ ހިތްހަމަޖެހެނީ އެތަނަކާއި ބެހޭ ފޮޓޯ ނުވަތަ ވީޑިއޯ ފެނުމުންނެވެ. ޚިދުމަތް ލިބިގަތުމަށް ދާނެ ތަނެއް ނިންމާނީ މި ތަކެތި އަދި މީގެ އިތުރަށް މީހުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްފައެވެ. މިގޮތަށް ކުރާ ދަތުރު ތަކުގއި ފާހަގަ ކުރެވޭ އެއްކަމަކީ އިންޑިޔާގެ ވެބްސައިޓްތަކުން ދައްކުވައިދޭ ފޮޓޯތަކާއި އޭގެ އަޞްލާއި އެތައް ގުނައެއް ތަފާތުވުމެވެ. މީގެ ސަބަބުން ވަރަށް މާޔޫސްވެއެވެ. އަޅުގަނޑަށް ދިމާވެފައިވާ ދެ ޙާދިސާއެއް ލިޔެލާނަމެވެ.
އިންޑިޔާގެ ބެންގަލޫރަށް ބޭސް ފަރުވާޔަކަށް ދާން އިންޓަރނެޓުން ހޯދައިގެން ވަރަށް ފެންވަރު ރަނގަޅު ހޮޓަލެއް ބުކްކުރީމެވެ. އެތަނަށް ގޮސް ބަލާލިއިރު އެއީ ވަންނަން ކަމުދާވަރުގެ ތަނެއްނޫނެވެ. ދަތުރުގެ ވަރުބަލިކަމާއެކު އެހެންތަނެއް ހޯދަންދާން މަޖުބޫރުވިއެވެ.
އަނެއްކާވެސް ބެންގަލޫރަށް ކޮއްކޮއެށް ކިޔަވަން ފޮނުވަން ނިންމީމެވެ.މިފަހަރު ފޮޓޯއަށް ބަރޯސާނުކުރާންވެގެން އެޑިއުވިޝަން އަށް ދިޔައީމެވެ. އެތަނުން ބެންގަލޫރުގެ ކޮލެޖްތަކުގެ މީހުންނާއި ބައްދަލުކުރީމެވެ.އެމީހުން ބުނިގޮތުން އެއީ ދެވަނައެއް ނެތް ފަދަ ތަންތަނެވެ. އެތަންތަނުގައި ކިޔަވަން އުޅޭ ދިވެހި ކުދިންވެސް ބުނީ އެއީ އެންމެ ރަނގަޅުތަން ކަމަށެވެ. އެމީހުން އެތަނުގެ ވީޑިއޯތަށްވެސް ދެއްކިއެވެ. ތެދެކެވެ. ވަރަށް ރީއްޗެވެ.އެންމެ ފަހުން އެތަނުގެ ފެންވަރު މި އެގުނީ އެތަނަށް ދިޔައިމައެވެ. ދުވަސްވެފައިވާ އިމާރާތެކެވެ.އެހާ ސާފު ތާހިރު ތަނެއްނޫނެވެ. މިކަމާއި ބެހޭގޮތުން ޝަކުވާކުރުމުން އިންޑިޔާމީހުން ތިބީ ލަދުންނެވެ. ދިވެހި ކިޔަވާ ކުދިން ބުނީ އެއީ އެމީހުން ތަން މާރކެޓް ކުރަން ދެއްކި ވާހަކައެއް ކަމަށެވެ.
ދިވެހިން ދިވެހީންނަށް މިކަހަލަ ގޯސް މަޢުލޫމާތު ދިނުމަކީ ރަނގަޅު ކަމެއްނޫނެވެ.މާރކެޓްކުރިޔަސް މިއީ ތަންކޮޅެއް ބޮޑުވަރެވެ. ފޮޓޯއާއި އަސްލު ދިމާވާން އެބަޖެހެއެވެ.
Posted on 2009-07-15 17:46:13 |
Report this Comment