ވެސްޓަރންމޮސްކް
މިއީ ވެސްޓަން މޮސްކްގެ އަމިއްލަ ލިޔުންތައް ބަހައްޓާ ކޮލަމެވެ..
  • ޝާއިޢުކުރި ތާރީޚް: 13 10 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 590

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޑިމޮކްރަސީގެ ބައްޕައޭ ތިމަންނާއަކީ މަންޑޭލާއި ބުނި ފޭކް މީހާ ބެލެނެވެރިންނަށް ފިލައިފި

މިއަދުގެ ރައީސް ތިމަންނާއަކީ ޑިމޮކްރަސީގެ ބައްޕައޭ ދިވެހި މަންޑޭލާއޭ ބުނުމަށްފަހު ފޮނިކަނޑާފައި ބެލެނިވެރިންތަކެއް އެއްކުރައްވާ ފިލައިފިއެވެ. ދިވެހި މީޑީޔާއިން ޚަބަރު ލިބޭގޮތުގައި އެންމެ ފުރަތަމަ އެމީހުން އެއްވީ ކޮންމެހެން މުޒާހިރާ ކުރާކަށް ނޫންކަމަށެވެ. އެހެންނަމަވެސް އެމީހުންވެސް އެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް މި މައްސަލަ ގެންނާށެވެ. އެއްވިމީހުން ހީކުރީ ކާރުދުއްވާ ރޭސިން އެސޯސިއޭޝަން މީހުންނާއި ބައްދަލުވިގޮތަށް އަދި ބައިބަލާ ކުޅޭ މީހުންނާއިވެސް ބައްދަލުވިގޮތަށް އެމީހުންނާއިވެސް ބައްދަލުވާނެ ކަމަށެވެ. އެހެންނަމަވެސް މިފަހަރު ކަންތައްވީގޮތަކީ ދިމާ އިދިކޮޅަށެވެ. މިފަހަރު ގެ ޑިމޮކްރަސީއަކީ ގެއަށްވަދެ ފިލުމެވެ. ރައީސް އޮފީހުގެ އަންޑާ ސެކެއްޓަރީ އިބްރާހިމް ރަޝީދު ވިދާޅުވީ އެއްވިދުވަހު ނޫން އަނެއްދުވަހުގެ 3-4 އާއި ދޭތެރޭ ރައީސް ތިބޭފުޅުންނާއި ބައްދަލު ކުރައްވާނެއޭއެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ވަގުތު ދެއްވާ ރައީސް ގޮދުހައްދަވާ ފިއްލެވީއެވެ. ޑިމޮކްރަސީ ފޭކްވީއެވެ. ނޫނީ މިހާ ފޭކްވީއެވެ. މިއީ މަންޑޭލާއަށް ވާން ބޭނުންވެގެން އުޅޭމީހާ އުޅެންޖެހޭ ގޮތް ހެއްޔެވެ؟ ލަދުން ބޯހަލާކެވެ. މިކަހަލަ ކަންކަން ކުރުމުން ޅަފަތުގައިވާ ދިވެހި ޑިމޮކްރަސީއަށް ކިހާބޮޑަށް ގެއްލުންވާނެ ހެއްޔެވެ؟ މިހެން ހެދުމުން ދީނަށް ލޯބި ކުރާމީހުންގެ ހިތް އިތުރަށް ކިލަނބުވާނެއެވެ. އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖޭގައި ރަނގަޅު ސަޅި ޑިމޮކްރަސީއެއް ބިނާ ކުރާށެވެ. ނަމަވެސް މިއަދުގެ ރައީސް މި ކުރައްވާ ނުބައި ހުތުރު ކަންކަމުން މިފެނިގެންދަނީ ޑިމޮކްރަސީ ހަލާކު ކުރަން އުޅުއްވާތަނެވެ. ބޭރުގެ ދުނިޔެ މިކަމުގައި ކިހާ ނުބައިކޮށް ދެކޭނެ ހެއްޔެވެ؟
ދެން ސަރުކާރުން މަސައްކަތް މި ކުރައްވަނީ މީޑިޔާގައި އެހެން ސްޓަންޓްޖައްސާ ފާޑުފާޑުގެ ވާހަކަ ފަތުރާށެވެ. އެހެންމެފަހުން ޤައުމީ ޓީވީގެ ސިގްނަލްވެސް ކަނޑައިލީއެވެ. މިއީ ޑިމޮކްރަސީހެއްޔެވެ؟ ޑިމޮކްރަސީއަކީ އައްނި އެކަނި ބޭނުންވާ ގޮތެއް ނޫނެވެ. ތިއޮތީ ފޭލްވެފައެވެ. ދެންވެސް ޑިމޮކްރަސީއާއި އެއްގޮތަށް ކަންކަން ކުރައްވާށެވެ. އެހެންނޫނީ އަހަރުން ލަދުން ބޯހަލާކުވާނެއެވެ. މުސްތަފާއާއި ހެދި ޕާޓީވެސް މިއޮށްގެން ފަސާދަ ވަނީއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-10-13 16:10:11 | Report this Comment
ދދ:

ތިހާ ދޮގުހަދާ ފިނޑި މީހަކު ކިހިނެތް މަންޑޭލާއަށް ވާނީ. ދިމިގުރާސީ ކަޑަވީ!

Posted on 2010-10-13 17:11:13 | Report this Comment
މުޙައްމަދު:

މިކަމުގެ ސަބަބުން ދީނަށް ލޯބި ކުރާ މީހުންގެ ހިތް ކިލަނބު ވާންވީ ސަބަބެއް ނުވިސްނޭ. ތާކު މީހަކު ކަމެއް ގޯސްކޮށް ކުރީމަ ކީއްވެ ދީނީ މީހުން އޭގެ ތެރެއަށް ވަދެ ނުބައި ހަދަން ވީކީ. އެމީހުން ގެ ހިތެއް ކިލަނބެއް ނުވާނެ.
އަހްމަދު : ބަލަ ކަލޭއަކީ މުސްލިމެއް ތައް ނޫނިއްޔާ އެހެން ދީނެއްގެ މީހެއް ތައް؟ ޝަހާދަތުގެ ދެކަލިމަ ކިޔާ ކޮންމެ މީހަކީ ދީނީ މީހެއް. ތިއީ ދީނީ މީހެއް ނޫން ނަމަ ކަލޭގެ ނަން ޖޯންސަން އަށް ބަދަލް ކުރަންވީއެއްނޫން؟ ނޫނިއްޔާ ރައީސް އޮފީސް ތެރޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭ އިނގެރޭސިންނާއި އެކީ އެގައުމަށް ހިޖުރަ ކުރަން ވީނުން؟

Posted on 2010-10-13 20:17:28 | Report this Comment
ޖުހާ:

ބުނަން ލާދީނީ ކަމަކށް ފިޔަވައި އޭނާއަކަށް ވަގުތެއްނުވާނެ. އެއީ 3 ދަޅު ހަމަވާން އެންމެ ދަޅެއް މަދު އިބިލީހެއް.

Posted on 2010-10-15 09:27:59 | Report this Comment
އަބޯ:

އަބަދު އެއްރާގަކަށް ލަވަކިޔާމީހުން މުޅިންވެސް މިފެންނަނީ..

Posted on 2010-10-15 09:58:34 | Report this Comment
އ އ އ:

ތިކަލޭގެ އަވަހަށް ވެރިކަމުން ބާލަމާ ހިނގާށެވެ!

Posted on 2010-10-15 10:34:22 | Report this Comment
ހާޖީހުއްތޭ:

ބަލަގަ މިދައްކަނީ،މިގައުމުގަ އުޅުނު މާހުއްތޭ އާ ދޮންދަލޭކަ ވާހަކައެއްނޫނޭ،ގައުމުގެރައީސްވާހަކަ،ރީދޫ ކުލަޖެހިފަހުއްޓަސް ތިދެންބޮޑުވަރު،

Posted on 2010-10-15 18:30:07 | Report this Comment
ބުއްދި:

ބުއްޅަބެ އާއިހެދި ބޯ ހަލާކު.

Posted on 2010-10-18 01:33:57 | Report this Comment
އިންސާން. މި ކޮމެބްޓު ތި ބޭފުޅާގެ ބައިގައި ޖަހާދީބާ:

އަންނިގެ ހަލާކު (އިންސާން) އަންނިގެ ހަލާކަކީ ކާކުތޯ މީހަކު ކުރެން އަހައިފިއްޔާ އެންމެ ފުރުތަމަވެސް ޖަވާބު އަންނާނީ މުސްތަފާ އަތާރުތުކު،(ސޮރީ) ލުތުފީ ކަމުގައެވެ. ތިޔަބޭފުޅުން ރަގަނޅަށް ވިސްނަވައިފިއްޔާ އެނގޭނެފަދައިން އެއީ ދިވެހި ދީބަށް ހެޔޮ އެދިގެން އުޅޭ އިންސާނެއްނޫނެވެ. އެއީ ދިވެހި މި ލޮބުވެތި ވަތަނަށް ޚިޔާނާތްތެރިވަމުން އަންނަ ނުބައިކަން ބޮޑު މީހެކެވެ. އެ ސޮރުގެ ވިހަގަދަ ފިޔަވަޅުތަކުގައި ކުރިއަށް އެދަނީ ޝައިތާނާގެ ރަތް ދޫލަމަތީގައެވެ. އެކަމަކު، އެ ސޮރު ވިސްނަންވީ މީ ތިޔަ ބުނާ ޙައްޤުތަކުގެ ޒަމާންކަމެވެ. އެހެންވިއްޔާ ދެން އެ ސޮރުގެ ކަންތައްތަކާ މެދު ފާރަވެރިވާނެ މީހުންވެސް ތިބޭނެއެވެ. ކަލޯ، އިސްލާމް ދިވެހި އިޚްތިޔާރީ ކުރުމަށް ކުރި މަސައްކަތަށްފަހު ތިޔަ ފެށި މަސައްކަތުންވެސް އެނގެނީ ހަމަ އެކައްޗެކެވެ. ކަލޯގެ ހިތުގައި އިސްލާމްދީނާމެދު ކެކެމުން ދާ ޢަދާވާތްތެރިކަމެވެ. އެހެންކަމުން، ކަލޯއަށް ޢަދާވާތްތެރިވާ އެތައް މީހުންނެއް މި ދީބުގައި އެބަތިއްބެވެ. އަންނިއެވެ! އެ ސޮރު ތި މަޤާމުން ދުރުކޮށް ތަންފުކެއް ހެޔޮ ވިސްނޭ ޖާހިލެއް ނަމަވެސް ލާށެވެ. ތިޔަ ލުތުފީ އަކީ ހަމަ މުރައްކަބެކެވެ. އަންނިގެ ހަލާކަކީ ހަމަ ތިޔަ ލުތުފީއެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.