
ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަޤްބޫލް ކަމެއް ހޯދަމުން އަންނަ އޮންލައިން ވެބްސައިޓް މުރާސިލް އަބަދުމެ މަސައްކަތް ކުރަނީ ލިޔުންތެރިންނާއި ކިއުންތެރިންނަށް އައު ހިދުމަތްތަކެއް ތައާރަފް ކޮށްދިނުމާއި އެކު މުރާސިލް ތަރައްޤީ ކުރުމަށެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ތައާރަފް ކުރެވުނު އައު ހިދުމަތް ފޮތްތަކުން މިބަޔަކީ އެންމެހާ ފަރާތް ތަކުން ވަރަށް އުފަލާއި އެކު ބަލައިގަންނާނެ ހިދުމަތެއް ކަމުގައި ވާނެ ކަމުގައި އުންމީދު ކުރެވެއެވެ. މި ހިދުމަތަކީ ކޮމްޕިއުޓަރ ނެތް ދުވަސްވަރުގައި އަތުން ނުވަތަ ޓައިޕްރައިޓަރ މެދުވެރިކޮށް ލިޔެ ޗާޕް ކޮށްފައިވާ ދިވެހި ލިޔުންތައް ޑިޖިޓަލައިޒް ކުރުމަށްފަހު އާއްމު ކުރުމަށް ތައާރަފް ކުރެވިފައިވާ ހިދުމަތެކެވެ.
މަދަރުސާ ދައުރުގައި ދިވެހި ކްލާހަށް ނުވަތަ ދިވެހި ޖަމިއްޔާ އަށް ލިޔެފައިވާ އެތައް މަޖައްލާތަކެއް ހިއްސާ ކޮށްލުމަށް މިއީ ވަރަށް ފުރިހަމަ ބިންގަލެއް ކަމުގައިވާނެ އެވެ. އާއިލާގެ މެމްބަރަކު ލިޔެފައިވާ ނަމަވެސް ޕްރިންޓް ކުރުމަށް ނުވަތަ ޗާޕް ކުރުމުގެ ފުރުސަތު ލިބިފައިނުވާ ވާހަކަ ތަކާއި ފޮތްތަށް އާއްމުންނާއި ހިއްސާ ކުރުމަށް މި އީސާފުކޮށް ކޮށިފައިވާ މަގެކެވެ. ކުރިން ޕްރިންޓް ކޮށްގެން އާއްމުކޮށްފައިވާ ފޮތްތައް ޑިޖިޓަލައިޒް ކުރުމަށް ފަހު މުރާސިލް މެދުވެރިކޮށް ގިނަ ބަޔަކާއި އެކު ހިއްސާކޮށްލައްވާށެވެ. މީގެ ޒަމާންތަކެއް ކުރީގެ ލިޔުންތަކުގައިވާ ވިސްނުން އާއްމުކުރުމުން މިޖީލުގެ ޒުވާން ލިޔުންތެރިން ދިރާސާ ކުރާފަރާތް ތަކުން ވިސްނާ ފިކުރުކުރާނެ ގިނަ މައުލޫމާތު ތަކެއް ވާނެ ކަން ގައިމެވެ.
މުރާސިލް ފޮތްތަކުން މިބައިގައި ފޮތެއް ޝާއިއު ކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ އީމެއިލްގެ ޒަރިއްޔާއިން އެދިލެއްވުމުން އަމަލުކުރައްވަން ވީގޮތުގެ އިރުޝާދު ރަޅުގަނޑުމެން އަރުވާނަމެވެ. މުރާސިލް ޓީމް އިން ފޮތްތަށް ޑިޖިޓަލް ކުރުމުގެ ހިދުމަތްވެސް ދެމުންގެންދަމެވެ. މިގޮތުން މިހާރުވެސް 90 ގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި މަޝްހޫރު ބައެއް މަޖައްލާތަކާއި ފޮތްތައް މުރާސިލް އިން ޑިޖިޓަލައިޒް ކުރުމަށް ފަހު ޝާއިއު ކުރުމަށް ލިބިފައިވެއެވެ. ކުރިއަށް އޮތް ތާންގައި މިތަކެތި މުރާސިލް އިން ފެނިގެންދާނެ އެވެ. މުރާސިލް ފޮތްތަކުން މިބައި އެންމެ ތަފާތު ވާ އެއް ސަބަބަކީ ޑިޖިޓަލް ކޮށްފައިވާ ފޮތް ތަކުގެ ތެރެއިން ސާރޗް ކުރެވޭނެ ނިޒާމް ތައާރަފް ވެފައިވުމެވެ. މީގެ ސަބަބުން ދިރާސާ ކުރާ ފަރާތް ތަކަށް ވަރަށްވެސް ފަސޭހަވާނެ އެވެ.
ލިޔުންތެރިކަން އެންމެނަށް މިޝިއާރުގެ ދަށުން ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާ މުރާސިލް ގެ މެނޭޖްމަޓްމަންޓް އިން ދެކޭ ގޮތުގައި މި އައު ހިދުމަތުގެ ސަބަބުން އުވި ގެއްލިފައިވާ އެތައް ލިޔުންތަކެއް އާއްމުކުރެވޭނެ ކަމަށާއި ދިވެހި ތާރީޙްގައި ނަންވިދާފައިވާ އެތައް ލިޔުންތެރިންތަކެއް މުރާސިލްގެ ސަފްހާތަށް މެދުވެރިކޮށް އަލުން ދިރިގެންދާނެ އެވެ. މިއީ ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށް މުރާސިލް އިން ވެދެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމުގައި މެނޭޖްމަންޓް އިން ދެކެމެވެ.
Posted on 2010-03-13 20:08:55 |
Report this Comment
Posted on 2010-03-13 22:32:56 |
Report this Comment
Posted on 2010-03-14 00:40:01 |
Report this Comment
Posted on 2010-03-15 00:11:20 |
Report this Comment