އިބްން އިލްޔާސް

  • ޝާއިޢުކުރި ތާރީޚް: 09 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 897

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެއީ ހަމަ ލާމަސީލު މިސާލެކެވެ...!!!!!

އެއީ އަޅުގަނޑުމެންގެ ދިވެހިން ދެކޭގޮތުގައި އެބައިމީހުންގެ ފުރާނައިގެ ކާނާ ނުވަތަ ހިތުގެ ފިނިކަން ފޯރުކޮށްދިން މި ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ އެކަކެވެ. މުދަލާއި، ފައިސާވެރިކަމާއި، މަޝްހޫރުކަން ލިބެމުންދިޔައީ އޭގެ އިންތިހާއަށެވެ. ލޯބީގެ ގޮތުން ގުޅެން ބޭނުން ވެގެން ތިބި އެތައް އަންހެންކުދިންނެއް ތިބީ މަށައް މަށަޢް ކިޔާލަ ކިޔާލައެވެ. އެހެންނަމަވެސް މިހުރީހާކަމެއް ޤުރުބާންކޮއްލީ ހަމައެންމެ ކަމަކަށްޓަކައެވެ. މަތްﷲގެ ރިސާލަތުގެ އަޑު ހަޤީޤީ ގޮތުގައި ހިތުގެ އެންމެ ފުންމިނަށް ފޯރި ހިސާބުންނެވެ. މަޝްޙޫރުކަމާއި، ފައިސާވެރިކަމާއި، އެތައްހާސް ބައެއްގެ ސަޕޯރޓާއި ދުނިޔަވީ އެތައް އުފަލާއި، ހިތްހަމަޖެހުމެއް ދުކޮއްލީ އެއްވެސް ފިކުރެއް ނެތިއެވެ. އެތައްހަސް ސަޕޯޓަރުންނެއްގެ ލޮލުން ކަރުނަ ފޫއްދާލަފައެވެ. މި ހިތްވަރުގަދަ ޒުވާނާއަކީ ކާކުކަން އެގިލައްވާތޯއެވެ؟؟ އާއެކެވެ. އެއީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީރަމީޒެވެ. ކުޅަދާނަ ފަންނާނެއް ނޫންތޯއެވެ!؟؟ އެކަމަކު ހުރިހައި ކަމެއް ދޫކޮއްލީއެވެ. މާތްﷲއަށްޓަކައެވެ. އެކަލާންގެ ބާވައިލެއްވި މާތްވެގެންވާ އިސްލަމްދީނަށްޓަކައެވެ. އެކަލަންގެ ރަޙުމަތުގެ ގޯތި ސުވަރުގެ އަދައިގެނަނެވެ.
އަލީރަމީޒަކީ ކުރިމަތިލި ކޮންމެ ކަމެއްގައިމެ އެހާމެ ފަރުވާތެރި، ކުޅަދާނަކަމާއެކު ސާބިތުވެހުރި ހިތްވަރުގަދަ ޒުވާނެއްކަން އޭނާ ވަނީ ދައްކާފައެވެ. ލަވަކިޔުމުގައި ކުރިޔައްދިޔައިރު މުޅިރާއްޖޭގައި ތިބި ހުރިހައި ލަވަކިޔުންތެރިންނަށް ގޮންޖަހާލިއެވެ. އޭނާއާއި އެއްހަމައެއްގައި ފައިތިލަސާބިތުކުރެވުނު އެއްވެސް ލަވަކިޔުންތެރިޔަކު މިރާއްޖޭގައި އަދި އަދަށްވެސް އުފެދުނުކަމުގައި ނުވެއެވެ. އެކަމުގައި ކުރި އަރަން ބޭނުންވި ޒުވާނުންނަށް އެހީތެރިވަމުން ދިޔައީ އޭގެ އިންތިހާއަށެވެ. އެހެންނަމަވެސް ކަމަކީ ކިހާ ފާހިޝް ކަމެއްކަމާއި އޭގެ ނުބައިކަމުގެ ބޮޑުކަން އެނގުނުހިސާބުން އެހުރިހާކަމެއް ކަނޑަށް ފައްތާލީ އަމިއްލަ ހަވާނަފްސައް ގޮންޖަހާލަމުންނެވެ.
އެއަށްފަހު އަޅުގަނޑުމެންނަށް އަލީރަމީޒު ފެނިގެންދިޔައީ އިސްލާމްދީނުގައި ހަރުދަނަކަމާއިއެކު ފައިތިލަ ސާބިތުކޮއްލިތަނެވެ. ރޭގަނޑުގެ އެތައް ވަޤުތެއް ﷲގެ ގެކޮޅުގައި އެކަލާންގެއަށް ކުއްތަންވުމުގައި ހޭދަކުރާތަނެވެ. ކީރިތިރަސޫލާ (ސއވ) ގެ ސުންނަތުގައި ފުރިހަމަޔަށް ހިފުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މުޅި ހަށިގަނޑުން އެކަމުގެ އަލާމާތްތަށް ފެންނަން ހުރުމެވެ. ފައިސާއާއި، މުދަލާއި، މަޝްހޫރުކަމަކީ އެއްވެސް އަގެއްނެތް އެއްޗެއްކަން، އަދި ހަޤީޤީ ހިތްހަމަޖެހުން ވަނީ ހައްޤުމަގުގައި ސާބިތުވެގެންކަން ބަލަންތިބި އެންމެންނަށް ދައްކައިލިއެވެ.
މިއަދު އަލީ ރަމީޒަކީ އެތައް ބައިވަރު ކުދިންތަކަކަށް ކީރިތި މާތްﷲ ގެ ކަލާމްފުޅު އޭގެ ހައްޤުގޮތުގައި އުގަންނައިދެމުންދާ އުސްތާޡެކެވެ. ﷲގެ ގެކޮޅުތަކުގައި އެކަލާންގެ އަޅުތަކުންނާއިގެން އިމާމުވެ ނަމާދު ކުރުމަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ
އިމާމެކެވެ. ޖަމިއްޔާތަކާއި، ޕާޓީތަކާއި ގުޅިގެން ގުޅިގެން ތަފާތު ރޮނގުތަކުން އިސްލާމީ ހައްޤު ދައުވަތު އަޅުގަނޑުމެން ދިވެހީންނަށް ފޯރުކޮއްދިނުމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން އަންނަ މުރާލި ދިވެހި ދަރިއެކެވެ. މުޖުތަމަޢުގެ ގޮންޖެހުންތަކާއި ސާބިތުކަމާއިއެކު ކުރިމަތިލަމުން އަންނަ ހިތްވަރުގަދަ ޒުވާނެކެވެ.
ލަވަޔާއި މިޔުޒިކުގައި މުޅި އުމުރު ދުއްވާލުމުގައި ނިޔަތްގަނެގެން ތިބި ޒުވާނުންނޭވެ..! ދާނެ ނުދާނެތަނެއް ނޭންގި މަގުތަކުގައި ވިއްސި ވިހާލިވެގެން އޫޅޭ އަޅުގަނޑުމެންގެ ޒުވާނުންނޭވެ..!! ހައްޤުގެ މަގަށް އެބުރި އަންނާށެވެ. ތިޔައީ މިޤައުމުގެ މިސްރާބު އަންގައިދޭ ސަމުގާއެވެ. އިސްލަމްދީނުގެ އެންމެ ފުހިހަމަ ހިދާޔަތުން އަލިކަންލިބި ބާއްޖަވެރި ދިރިއުޅުމަކަށް މަސައްކަތް ކުރާށެވެ. ކުރިއެރުމާއި އުފާވެރިކަމާއި ބާއްޖަވެރިކަން ހަމައެކަނި މާތްﷲގެ ހަޡްރަތުން މެނުވީ ނުވެއެވެ. އެކަލާންގެ އަށް ރުޖޫޢަވާށެވެ. ކުރެވިފައިވާ ކުށްތަކަށް ޢަފޫކޮށްދެއްވުމަށްއެދި ﷲގެ ހަޡުރަތުގައި ރޮއެ އާދޭސް ކުރާށެވެ. އެނޫން އެހެން އެއްވެސް ގޮތަކަށް ކާމިޔާބެއް ނުވެއެވެ، އިސްވެދިޔަފަދަ ޒުވާނުންނީ މިޔަދުގެ ޒުވާނުންނަށްހުރި ލާމަސީލު މިސާލެއްކަމާއިމެދަކު ޝައްކެއްނެތެވެ. . މާތްﷲ އެ އަޅާއަށް އެކަލާންގެ ދެއްކެވި ސާފު ސީދާ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤް ދެއްވާށިއެވެ. އަދި އަޅަމެންގެ ޒުވަނުންނީ ހެޔޮބަސް އަޑުއަހާ އެގޮތުގައި ސާބިތުވާ ޒުވާނުންކަމުގައި ލައްވާށިއެވެ.. އާއާއާއާމީމީމީމީ ީން..

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-09 18:11:55 | Report this Comment
ސީދާމަގު:

ޢަލީރަމީޒުއާއި ސިމާއުއަށް ހިދާޔަތުގެ އަލި ލިބުނީތީވެ އުފާކުރަމެވެ.ހުރިހާ ޙައްމުދެއް ހުރީ ﷲއަށެވެ. އަދި ދެންލަވައާއި މިއުޒިކްގެ އަވައިގައި ތިބި އަޚުންނާއި އުޚްތުންނަށް ﷲތެދުމަގު ދައްކަވާށިއެވެ.އާމީން!

Posted on 2010-03-10 11:12:59 |
އަބޫ ލަހަބު:

އަލީ ރަމީޒަކީ ސިކުނޑީގެ ނުބައި ނަފްސާނީ ބައްޔެއް ޖެހިފައިހުރި މީހެކެވެ. ތިބުނާހާ ދީންވެރިޔަކަށްވިނަމަ ހަރާމްކަމެއް ( ލަވަކިޔައިގެން ) ކޮށްގެން ހޯދައިފައި ހުރި ފައިސާއިން ވިޔަފާރި ނުކުރާނެއެވެ. މިސާލެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކޮއްގެން ބޮޑު އާމްދަނީއެއް ހޯދާފަހުރި މީހަކު ތައުބާވުމަށްފަހު އެއްކަލަ ހަރާންގޮތުގައި ހޯދާފަ ހުރި ލާރިން ހަލާލުވިޔަފާރިއެއް ނުކުރާނެ އެވެ. ވީމަ އަލީ ރަމީޒު މިހާރު އެކުރަނީ ކަނޑައެޅިގެން ހަރާން ގޮތުގައި ހޯދާފައި ހުރި ފައިސާއިންކުރާ ހަރާން ވިޔަފާރިއެވެ. މީގެ އިތުރަށް އަލީ ރަމީޒުގެ ކުރީގެ މިއުޒިކު ޕާޓްނަރ ޓާކޫރޭ އާއި ދެކޮޅަށް އެ ކުރަނީ ވެސް ކިހާ ގޮތްކުޑަ ދައުވާއެއް ހެއްޔެވެ. ހަރާން ވިޔަފާރިއެއް ކޮއްގެން 10 އަހަރުވަންދެން ޓާކޫރޭ ހޯދާފައި ހުރި ފައިސާއިން އެތަށް ލައްކަ ރުފިޔާއެއް ހޯދުމަށް މި ކަނޑުކޮސް އަލީ ރަމީޒު ވަނީ މިދިޔަމަހު ދައުވާ ކޮއްފައެވެ. މިއީ ތޯ ތިބުނާ ކަނލާގެ މަގުގައި ފައިސާ އާއި މުދާ ދޫކުށްލާ މީހުންގެ ހާލު ހުންނަ ގޮތަކީ؟.މިކޮމެންޓު ހިތްވަރެއް ހުރިއްޔާ ޖަހާބަލާށެވެ. އެހެން ސައިޓްތަކުގައިވެސް އަލީ ރަމީޒު އާއި ބެހޭގޮތުން ލިޔާނަމެވެ. އަލީ ރަމީޒަކީ މިޖީލުގައި މިރާއްޖޭގައި އުފެދުނު މީހުންގެ ލޯބި އެންމެ ބޮޑަށް ލިބުނެ ސުޕަ ސްޓާރ އެވެ.އަދި ލިޔުންތެރިޔާވެސް ވިދާޅުވިގޮތަށް އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. ނަމަވެސް މިހާރު އެއީ އާވާރާވެފައި ހުރި ބޮޑު މޮޔައެކެވެ.
ސ: بسم الله الرحمن الرحيم 1. تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ 2. مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ 3. سَيَصْلَى نَارًا ذَاتَ لَهَبٍ 4. وَامْرَأَتُهُ حَمَّالَةَ الْحَطَبِ 5. فِي جِيدِهَا حَبْلٌ مِّن مَّسَدٍ
އަޅުގަނޑު: ތިޔަހެން ގިޔާމަތް ދުވަހު ބުނަން ކެރޭނެ ނަމައެވެ.
ލކ: ސ ގެ ވިސްނުން ވަރަށް ތޫނު މާޝާﷲ. އަބޫ ލަހަބަށް ދެން އިތުރަށް ޖަވާބެއް ދޭކަށް ނުޖެހޭނެ. އާވާރާވެފަ ހުރި ބޮޑު މޮޔައަކީ ކާކުކަން މަށަށް އެނގިއްޖެ
އިބްން އިލްޔާސް: ރަޙްމާންވަންތަ ރަޙީމްވްންތަ ﷲގެ އިސްމުފުޅުން ފަށަމެވެ. 1- އަބޫލަހަބުގެ ދެއަތްގެއްލި ހަލާކުވެދާށިއެވެ.(އަބޫލަހަބަށް ހަލާކު ހުއްޓެވެ) އޭނާ ގެއްލޮ ހަލާކުވެއްޖެ އެވެ. 2- އޭނާގެ މުދަލާއި އޭނާ ހޯދާފައިވާ ތަކެތިން އޭނާއަށް ފައިދާއެއް ނުކުރިއެވެ. 3-ހުޅުގަނޑުގެވެރި ނަރަކަޔަށް އޭނާ ވަންނާނެއެވެ. 4-އަދި ދަރު އުފުލަމުންދުވާ (ދެބައޮޑުވަމުން ދުވާ) އޭނާގެ އަނބިކަބުލޭގެވެސް މެއެވެ. 5- ކަށިގަސްގަހުގެ ކައްޓާއި ކިފުޅިން އެޅިފައިވާ ހާރެއް އެކަނބުލޭގެ ކަރުގައި ވެއެވެ. އަބޫލަހަބައް ޖަވާބުދިނުމުގައި ކީރިތިވަންތަ ﷲ އަށްވުރެ ޤާބިލު ފަރާތެއް ނުވެއެވެ.
އަންނި: އަލިފާނުގެ ބައްޕަ އެނޫން އެއްޗަކަށް ވާނެތަ! تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ! ތިޔަ އަބޫލަހަބަށްވެސް މިފަދައިން ދިމާވުން ހަމަ ވަރަށް ގާތް!

Posted on 2010-03-11 09:34:59 | Report this Comment
ނާނަ:

އަލީ ރަމީޒަކީ ހަމަ ހަގީގަތުގައި ވެސް މީހުންނަށް ވަރަށް ރަނގަޅު މީހެއް .... އަހަންނަކީ މިހާރތުވެސް އޭނަ އާ އެކު މަސައްކަތް ކުރާ މިހެއް..

Posted on 2010-03-12 01:00:02 | Report this Comment
ޚަދީ:

ދިވެހި ލަވަ ތަކުގެ ތެރޭގައި ޢަލީ ރަމީޒުގެ ލަވަތަކަށްވުރެ ރީތި ލަވައެއް މިއަދުވެސް މަދެވެ. އެލަވަތަކުގައި ހުންނަގޮތެއް މިހާރުގެ ގިނަ ލަވަތަކުގައި ނުހުރެއެވެ. އޭނާ އެންމެ މަޝްހޫރު ދުވަސްވަރު އޭނާ އެ ހުރިހާ ކަމެއް އެ ޤުރްބާންކޮށްލީ މާތް އިސްލާމް ދީނަށްޓަކައެވެ. އޭނާގެ އެ ނިންމުމަށް ހަމަގައިމުވެސް އަޅުގަނޑު ވަރަށް ގަދަރުކުރަމެވެ. މީހުން ދާނީ ސުވަރުގެއަށްކަމެއް ނުވަތަ ނަރަކައަށް ކަމެއް ނިންމުމުގެ ޙައްޤެއް އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ލިބިގެންނުވެއެވެ. ކޮންމެ ބޭފުޅަކުވެސް އެހެން މީހުން އުޅޭ ގޮތަށް ފާޑު ކިޔަމުންދާއިރު ތިމާ ގެ އުޅުން ބެހެއްޓޭ ގޮތާމެދު ވިސްނާލުން ރަނގަޅުވާނެއެވެ.

Posted on 2010-03-12 14:10:02 | Report this Comment
މަޢްލޫމާތު:

އަލީ ޒަމީޒާއި ބެހޭގޮތުން ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިޔުނަސް އޭނާ ކުރާ ވިޔަފާރިއަކީ މީހަކު އޭނައަށް ދީފައިވާ ޙަލާލުފައިސާއެވެ. މިޙަޤީޤަތް ދުނިޔެ ޤިޔާމަތް ވިޔަސް ނުފޮރުވޭނެއެވެ. ތިޔަހެން ހަސަދަވެރިވެގެން ކިތަންމެ ވައްވަށް ޖެއްސިއަސް ﷲ އޭނާގެ މައްޗަށް ލައްވާފައިވާ ޜަހްމަތްތައް މަށާއި ކަލެއާއި ލިޔާ ލިޔުމަކުން ނިގުޅައިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟.. ކޮމެންޓް ލިޔަންވާނީ މާޢްލޫމާތުވެސް ހުރެގެންނެވެ.

Posted on 2010-03-13 14:39:40 | Report this Comment
ޔާބެ:

އަލީރަމީޒަކީ ބުއްދިވެރިއެއް.އަލީރަމީޒަށް ސުވަރުގޭގެ ދާއިމި ނިއުމަށް ދެ ވާ ށި އާ މީން..........

Posted on 2010-03-16 14:49:08 | Report this Comment
ނ:

އާމީން.................

Posted on 2010-03-16 20:43:58 | Report this Comment
ކިއުއެސް:

އަޅުގަނޑު ޤަބޫލު ކުރާގޮތުން މިހާތަނަށް އަލީ ރަމީޒު ވަރުގެ މޮޅު ލަވަކިއުން ތެރިއެއް ރާއްޖޭގައި ނު އުފެދެއެވެ. އެލަވަތަކަކީވެސް ހިތާއި ކުޅެލި ލަވަތަކެވެ. އަދި ކިއެއްތޯ އެވެ. އޭގެ ފަހުން އަލީ ރަމީޒުގެ ފަރާތުން ދިވެހިންނަށް ލިބިގެން ދިޔަ އެއްމެ ބޮޑު އެއް ހަދިޔާ އަކީ އަލީރަމީޒު ކިޔާފައިވާ އަސަރުން ފުރިގެންވާ މަދަހަ ތަކެވެ. އެމަދަހަ ތައް އަޑު އަހާ އެޔާއި މެދު ވިސްނާލުމުން ގައިން ހީބިހި ނަގައިގެން ދެއެވެ. މިހެން ކަމުން ފާހިސް ގޮތްތަކަށް ލޯބިކުރާ މީހުން މި މަދަހަތައް އަޑު އެހުމަށް ބިރުގަނެއެވެ. އަދި އަލީ ރަމީޒުދެކެ ރުޅި އާދެއެވެ. އަހަރެން ޔަޤީ ކުރަމެވެ. އަލީރަމީޒު ލަވަ ކިޔަން އުޅުނު އިރު އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާއި އުފަލަށް ވުރެ ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް މިއަދު އޭނާގެ ހިތައް ލިބެމުން ދާނެއެވެ. އެހެނީ ހިތްހަމަ ޖެހުމަކީ ﷲ ދެއްވާ އެއްޗެކެވެ. އެއީ ހަމައެކަނި ރުފިޔާ ފައިސާއިން ހޯދޭނެ އެއްޗެއް ނޫނެވެ. ހިތްހަމަ ޖެހުން ހޯދަން އެދޭ މީހާ ﷲ ގެ މަގަށް އެނބުރި އަންނާށެވެ.

Posted on 2010-03-17 05:48:27 | Report this Comment
ފރސ:

@ސީދާމަގު: އާމީން ޔާ ރަބުލް ޢާލަމީން.. @ އަބޫ ލަހަބު: އަބޫ ލަހަބަށް ކެތްނުވީތަ އަލީރަމީޒަށް ތައުރީފުގެ ބަސް ތަކުން މި ލިޔުމުގައި ލިޔެވިފަ އޮތީމަ އަބޫ ލަހަބުވެސް އަލީ ރަމީޒް މިސާލަކަށް ނަގައިގެން އެގޮތްށް އުޅުނީމަ އަބޫ ލަހަބުއަށް ވެސް އެފަދަ ތައުރީފު ލިބޭނެ އިންޝާﷲ.. މި ލިޔުމުގައި ލިޔުން ތެރިޔާ އެ އޮތީ އަލީ ރަމީޒް އަށް ޙައްގުވެގެންވާ ތައުރީފުގެ ބަސް ތަކެ ގެނެސްދީފަ މާޝާﷲ... ލިޔުންތެރިޔާއަށް ސާބަސް.. ޖަޒާކައްﷲ ޚައިރް...

Posted on 2011-04-23 00:58:07 | Report this Comment
އަފުރާ:

ަައަލީ ރަމީޒު އެއީ ބެސްޓު ،، އަލީ ރަމީޒު ލަވަކިޔުން ހުއްޓާލި ކަން އިއުލާން ކުރި ދުވަހު ވަރައް ދެރަވި ގަބޫލުވެސް ނުކުރެވުނު އެދުވަހު އަޑުއިވުނު އިވުން ނޫސް ހޯދައިގެންވެސް ކިއިން ކިތަންމެފަހަރަކު ،،ފަހުން ވިސްނުނީ މިހާރު ވަރައް ހިންހަމަޖެހޭ ޢަލީ ރަމީޒު އާމެދު

Posted on 2011-05-24 17:57:15 | Report this Comment
ނ:

އަލިި ރަމިިޒް އަށް މަަތްﷲ ދެދުނިޔެެގެ ބަައްޖަވެރިކަން ދެއްވަަށި.. އަަމިިން.. އަދި އަބުު ލަހަބަށް ﷲ ތެދުމަގު ދައްކަވަަށި، އަަމިިން..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.