ޖިބުއެ!

  • ޝާއިޢުކުރި ތާރީޚް: 02 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 425
  • މޯބައިލް ލިންކު: m.muraasil.com/5849

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެމްޑީޕީގެ ޗެއަރ ޕާސަން މަދަނީ އިއްތިހާދުގެ އެހީއަށް އެދިއްޖެ

މޫސަބެ
28 ފެބްރުއަރީ 2010 ވީ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ޢާންމު ޖަލްސާގައި ވާހަކަ ދައްކަމުން، އެމްޑީޕީގެ ޗެއަރޕާސަން، މަދަނީ އިއްތިހާދުގެ އެހީއަށް އެދި ހަރުއަޑުން، އަދި ވަރަށްޞަރީޙަ ޢިބާރާތުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، ގޮވާލައިފައެވެ. ދިވެހިރާއްޖޭގެ ޑްރަގާ ބެހޭ ގާނޫނު ތަންފީޛު ކޮށްދިނުމަށް އެދި މަދަނީ އިއްތިހާދުގައި ބައިވެރިވާ 90 އެތައް ޖަމްޢިއްޔާއެއްގެ ކިބައިން އެދިގޮވާލުމާއިއެކު މަދަނީ އިއްތިހާދުގެ އެހީތެރިކަމާއި ނުލާ އެކަން ނުކުރެވޭނެކަން ދޭހަވާފަދަ އެތައް ޢިބާރާތްތަކެއް ހާމަކޮށްފައިވެއެވެ.
މަދަނީ އިއްތަހާދަކީ މިހާތަނަށް ދިވެހި ރާއްޖޭގެ އެންމެ ބޮޑު އެންޖީއޯ އިއްތިހާދު ކަމުގައިވެފައިވާކަމީ ބައެއް މީހުންނަށް އެކަން ހަޖަމުކުރަން ވަރަށް ދަތިކަމަކަށްވަނީ ވެފައެވެ. މީގެ އިތުރުންވެސް، ހުކުރު ދުވަހު ބޭއްވުނު މުޒާހަރާއަކީ އެތައް ގޮތަކުން ތަފާތުވެފައިވާ މުޒާހަރާއެކެވެ. ރާއްޖޭގެތާރީޚުގައި މިހާތަނަށް މުޒާހަރާއަކަށް އެންމެ ގިނަމީހުން އެއްވި މިއެއްވުމުގައި އެއްވެސް ސިޔާސީ މަޤުޞަދެއް ނެތްކަން ވަރަށްރަނގަޅަށް ހާމަވެގެންގޮސްފައިވެއެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވަގުތެއްގައި މި މުޒާހަރާ ބޭއްވިފައިވާކަމާއި، އަދި ޢަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީ، ޑީއާރުޕީ، ޕީއޭ، ޤައުމީޕާރޓީ އަދި އައިޑީޕީ އާއި އަދި މިނޫންވެސް ސިޔާސީ ޕާރޓީތަކުގެ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަ ޢާންމު މެމްބަރުންވަނީ މި މުޒާހަރާގައި ބައިވެރިވެފައި ވެއެވެ.
ﷲޙަރާމްކުރެއްވި ބަނގުރަލާ އިދިކޮޅަށް މިއެއްވި އެއްވުމުގައި ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭކަމެއްވެސް އެބައޮތެވެ. އެއީ އިސްލާމްދީނާއި ރައްޔިތުންދެކެ މާލޯތްބެއްވެގެން ރައްޔިތުންގެ ކަންތައްތައް ކޮށްނުދީ ލޮލަށް ނިދިނައިސްގެން އުޅޭ ބޮޑު ދެޕާޓީ ރަސްމީކޮށް ބައިވެރިނުވާކަމެވެ. އަދި ނުވިތާކަށް މިކަމަށް މަލާމާތާއި ފުރައްސާރައިގެ ބަސްތަކުން މުސްލިމުންގެ ގޮތުގައިތިބެމެ ހަޖޫޖެހިކަމެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ "އިސްލާމް" މިލަފްޒު މިބައިމީހުން މިކިޔަނީ ކޯއްޗަކަށްބާއެވެ؟
ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާވެ، ތަރައްޤީވަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި، އެމީހުންގެ ދީނަށާއި ޢަޤީދާއަށް ފުށޫ އަރާފަދަ އެއްވެސް ޢަމަލެއް އެއްވެސް ބަޔަކު ހިންގާކަށް، މި ބިމުގައި ޖާގައެއް ދެވެން ނެތްކަން ދިވެހި ރައްޔިތުން ވަރަށް ސާބިތުކަމާއެކު ހާމަ ކޮށްފިއެވެ.
ނިންމާލުމުގެ ކުރިން އެއްވާހަކަ ބުނެލާނަމެވެ. މުޅިދުނިޔޭގައިވާ ހުރިހާ އިންސާނުން އެއްތާކަށް ޖަމާވެގެން ބަނގުރާ "ހިއްޕެވި" ކަމުގައިވިއަސް އިސްލާމްދީނުގައި އެކަން ހުއްދަވާނެ އެއްވެސް ގޮތެއްނޯންނާނެއެވެ..... ޝުކުރިއްޔާ.

މުރާސިލުގައި ޖިބުއެގެ ހުރިހާ ލިޔުންތައް

ސެންސަރު ނުކުރާ ޖިބުއެގެ ލިޔުންތަކުގެ އޮރިޖިނަލް


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-04 11:52:57 | Report this Comment
މިރުސް:

މިމާރިޔާ ލަދެއްނުގަނޭތަ ބުރުގާނާރާ ހާމުންޑި ކުކުޅެއްހެން ރައްޔިތުންގެ މެދުގައިހުރެ ފެލިއަރުވަން.. މީނައަށް ނގެނީތަ އިސްލާމް ދީނުގައި އަންހެނުންގެ މަގާމް.... މާރިޔާ ފެލޭ ކަލޭވެސް މަރުވާނެ

Posted on 2010-03-04 11:57:39 | Report this Comment
އެސެޑް:

އައްޗީޑީ މާރިޔާ ރާބޮއެ ބޮއެ ދަތްތައް ރަތްވެފައި!!!!

Posted on 2010-03-09 19:05:29 | Report this Comment
އިސްމަ:

ފޮޓޯގައި އެވަނީ އިންސާނެއްތަ ނުވަތަ ވައްވައްޖައްސާ ކުއްތާއެއްތަ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.