މޮޔަ ކުއްޖާ
އަޅުގަޑަކީ މާމޮޅު ލިޔުންތެރިއެއްނޫނެވެ. . އެހެން ނަމަވެސް އަޅުގަޑުގެ ލިޔާ ލިޔުންތަކަކީ ހޯހޯ ލިޔުންތަކެއްނޫނެވެ..http://www.mydhevvadhoo.com/
  • ޝާއިޢުކުރި ތާރީޚް: 02 03 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 804
  • މޯބައިލް ލިންކު: m.muraasil.com/9891

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދެއްވަދޫގެ ކައުންސިލަރުން އެހެން ރަށްތަކުގެ ކައުންސިލަރުއްނަށް ނަމޫނާއެއް

ދެއްވަދޫގެ ވެރިން އޮފީހާ ހަވާލުވިތާމިވީ އެއްމެ ދެދުވަހެވެ. ކައުންސިލަރުން އޮފީހާއި ހަވާލުވިއިރު މަސައްކަތް ކުރެވޭނޭ އިންތިޒާމް އޮފީހުގެ ޖާގަކުޑަކަމުން އަދިހަމަޖެހިފައިނެތް ކަމުގަވީނަމަވެސް، ކައުންސިލަރުން ގެންދަވަނީ އޮފީސް ގޯތިތެރޭ ހުރި މިދިލިގަސް ދޮށުގައިތިބެ ރަތްޔިތުއްނަށްޓަކާ ކޮތްދޭނޭ ކަންތަށްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުއްނެވެ. މިގޮތުން އިއްޔެ ކޮށްދެއްވި ކަމަކީ ރަށުގެ މަސްވެރިންނަށާއި އަދި ރަށަށް އައްނަ އެހެން މަސްވެރިންނަށް ސާފްބޯފެން ފޯރުކޮށްދިނުމަށް ރަށުގެ ބަދަރުމަތީގައި ބެހެއްޓިފައިވާ ތާގީތަކުން ފެންހުސްވެފައިވާތީ ތާގީތަށް ސާފްކޮށް ކުއްޔަށް ދޯންޏެއް ހިފައިގެން ރަށާއި ކައިރީގައިވާ މައުއްޑޫ ރިޒޯޓުން ފެންގަނެގެން ފެންތާގީތަށް ފުރާލާފައެވެ. ފެންތާގީތަށް ސާފުކުރުމަށް ހަރަދުވި ފައިސާ ހަރަދުކޮށްފައިވަނީ ކައުންސިލަރުންގެ އަމިއްލަ ޖީބުއްނެވެ. މިމަސަތްކަތުގައި ކައުންސިލަރުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ހަމަހަގީގަތުގައިވެސް އިއްޔެއަކީ އަޅުގަޑުވަރަށްވެސް އުފާވި ދުވަހެކެވެ. އެހެނީ އަޅުގަޑުގެ އުފަން ވަޒަންކަމުގައިވާ ދެއްވަދޫގެ އިއްޒަތްތެރިން ކައުންސިލަރުން އެދެއްކެވި ލާމަސީލް ނަމޫނާއަކީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުންވެސް ނަމޫނާއަކަށް ބަލަންޖެހޭ ފަދަކަމެކެވެ. ކުރިޔަތް އޮތްތާގައިވެސް ހުރިހާ ކައުންސިލަރުންވެސް ތިބީ ސިޔާސީ ވަކިފިކުރަކަށް ނުބަލާ ރަށުގެން އަމަން އަމާން ކަމާ ސުލްހަ އިސްކުރަތްވާގެން މަސަތްކަތް ކުރުމަތް އަތާއިއަތް ގުޅައިލައިގެއްނެވެ.

މިގޮތިން ކުރިއަށް އިންތިޒާމް ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި މިއަދުވަނީ ދެއްވަދޫގެ ހުކުރު މިސްކިތުގަ ސައުންޑް ސިސްޓަމްއެއް ހަރުކުރަން ނިއްމާފައެވެ. މިއައްނަ ހަފްތާގައި ކައުންސިލަރުން ރަށުގެ ގެތަކަށް ގޮސް ރައްޔިތުއްނާ ބައްދަލުކޮށް މިވަގުތަށް ރައްޔިތުއްނަށް ހުރި ދަތިކަންތައްތަށް އޮޅުން ފިލުވުމަށް ވަނީ ނިއްމާފައެވެ.މީގެއިތުރުން ދެއްވަދޫ ރަސްގެފާންގެ މިސްކިތުގެ ފުރާޅު ބަދަލުކޮށް އިހުގައިވެސް އެމިސްކިތް ހުއްނެވިގޮތަށް ހަދައި އެތަން ޓޫރިސްޓް މަންޒިލްއެއްގެ ގޮތުގައި ހެދުމާއި، ދެއްވަދޫގެ ފުޓްބޯޅަ ދަނޑު ހެދުމާއި، ކޮއްމެ ގެޔެއްގެ މަގުފާރު ރޭނުމާއި، ކުޑަކުދިންގެ ބަގީޗާއެއް ހެދުމާއި،ރަށާއި ކައިރީގައިވާ ފަޅުރަށްތައް ކުއްޔައް ހިފައި އެތަން ވޔާފާރީގެ އުސޫލުން ހިންގުމަށް ބީލަމަށް ލުމުގެ ކަންތަށްވެސް ވަނީ ހަމަޖައްސަން ނިއްމާފައެވެ.

ނޯޓް:http://www.mydhevvadhoo.com/ އިން .

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-03-02 18:52:04 | Report this Comment
މާމެލާމެލި:

ސާބަސް !ދެއްވަދޫ ހީވާގި ކައުސިލަރުންނަށް .ތިގޮތުގައި ދެމިތިއްބަވާނެކަމަށް އުއްމީދު ކުއަން.

Posted on 2011-03-03 00:37:46 | Report this Comment
ހަމީ:

ފާޓީނުވެ މިގޮތަށް ރަށްޔިތުންނަށް ޓަކައި ކޮންމެ ކައުން ސެލަރަކު ވެސް މަސައްކަތް ކުރަނަމަ ރައްޔިތުންގެ ވޯޓުން ހޮވާއިރު

Posted on 2011-03-03 04:24:52 | Report this Comment
ނަނާ:

ސިޔާސީގޮތުން ވަކި އަތަކަށް ނުޖެހި ކުރާ ކޮންމެ ހެޔޮކަމަކަށް އަޅުގަނޑު މަރުހަބާކިޔާނަން..

Posted on 2011-03-04 23:50:25 | Report this Comment
ރަންކުރި:

ތިއީ ކިތައްމެ ރަގަޅު ނަމޫނާ އެއްނަމަވެސް ހިތާމައަކީ ބައެއް ރަށްރަށުގެ ކައުންސެލަރުންނަށް ޤާނޫނުވެސް ނޭގޭކަން އޭގެ. ތިހެން ކަންތައްކޮށްދެވޭނީ ތިމާމެން ހޮވިފައ ތިބީކީއްކުރަންކަމާއި ހުވަޔަކީކޯއްޗެއްކަން އެގޭމީހުންނަށް ކައުންސެލަރުންނަށް ހޮވުނު ގިނަރަށްތަކުގައި ތިބީ ލިޔަންކިޔަން ރަގަޅަށް ނޭގޭމީހުން. އަތޮޅަށް ހޮވިފަ ވާ މީހުންގެ ތެރޭގަވެސް އެފެންވަރުގެ މީހުން އެބަތިބި.

Posted on 2011-03-14 02:36:34 | Report this Comment
ރައްޔިތުމީހާ:

ހޮވައިފައިތިބި ކައުންސިލަރުންނަކީ އަލިފުބާ ނޭގޭބައެއްކަމުގައި ވިއަސް އެއްމެ ރަނގަޅެވެ. ސަބަބަކީ އެރަށަކުންތާޢީދު ދީފައިވާ މީހުންނަކީ އެރަށުގެރައްޔިތުން ވަރަށް ރަނގަޅަށްދައްނަ އަދި އެމީހަކަށް އިތުބާރުކުރެވޭމީސްމީހުންނެވެ. މިސާލަކަށް ޑރ ގެ ފާސްއޮތް ކިތައްމީހުނަށްތޯ ރައްޔިތުންގެ ޜުހުންލިބިފައިވަނީ ކޮބައިތޯ ޑރ ޙަސަން އަށް ، ޑރ މުނަށްވަރުފަދަ ބޭބޭފުޅުންނަށް ރައްޔިތުންނެއް ރުހުންދީފައެއްނެތް!!!

Posted on 2011-04-20 15:38:37 | Report this Comment
އުތުރުގެ ޕްރޮވިންސް:

ކިހާރަގަޅުވާނެދޯ ރާއްޖޭގެ ހުރިހާރަށެއްގެ ކައުންސިލްގެ އިދާރާތައް ކައުންސިލަރުން އެބޭފުޅުންރިވެތި މިސާލުކަށް ވުންކީންތޯ " ޤައުމުގެ ދޫ "

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.